ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިން: އަންނަ ހަފްތާގެ ދެ ދުވަހު ސަރުކާރު ބަންދު ކުރަން ރައީސް އޮފީހުން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
04 އެޕްރީލް 2021 - 17:15
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން އަންނަ ހަފުތާގެ އާދީއްތަދުވަސް ބަންދު ކުރަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އިންތިހާބާ ގުޅޭ މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާތީ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.
އޭގެ އިތުރުން މި އަހަރު ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 13 ވަނަ ދުވަސް (އަންގާރަ ދުވަސް) ކަމަށް ކަލަންޑަރުން ދައްކާތީ އަންނަ ހަފުތާގެ ހޯމަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އާންމުކޮށް އިންތިހާބުތަކުގައި 3،000 އެއްހާ އޮފިޝަލުން ބައިވެރިވި ނަމަވެސް މިފަހަރު އެއަށް ވުރެ ގިނައިން އޮފިޝަލުން ބޭނުންވާ ކަމަށް އީސީން ބުންޏެވެ. އެގޮތުން މާލޭގައި އެކަނިވެސް 2،000 އަށް ވުރެ ގިނަ އޮފިޝަލުން މި އިންތިހާބުގައި ހަރަކާތްތެރިވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަކްތޫރު
05 April 2021
އާދީއްތަ ބަންދު، ހޯމަ ބަންދު، އަންގާރަ ބަންދު، ހަފްތާބަންދު... މަސް ވެސް ބަންދު... އަހަރު ވެސް ބަންދު ކޮށްލާ........
ކޮރަލް
04 April 2021
ސޯލިހް ވެރިކަން ކުރަން ދަސް ކޮށްފި އެވެ. ބަންދެވެ. އެއާޖެހިގެން ވެސް ބަންދެވެ.ބަންދު އަށް ފަހު ބަންދު އެވެ.
2021
04 April 2021
ހާދަ ރަނގަޅޭ ހަފުތާ އެއްކޮށް ބަންދުކޮށްދެއްވާ...
ކަދީދައްތަގެ ހަބީބާ
04 April 2021
ދެން މިވަރުން ކިހިނެއް ސިލަބަސް ކަވަރުކުރާނީ.