ރައީސް، ކޮވިޝީލްޑްގެ ދެވަނަ ޑޯޒް މިއަދު ޖައްސަވަނީ
05 އެޕްރީލް 2021 - 20:11
ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ދެވަނަ ޑޯޒް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޖައްސަވައިފި އެވެ.
އިންޑިއާގެ ކޮވިޝީލްޑް ވެކްސިން މިދިޔަ ފެބްރުއަރީ އެކެއްގައި ރާއްޖޭގައި ޖަހަން ފެށި އިރު ފުރަތަމަ ދުވަހު ރައީސް ވެކްސިން ޖެއްސެވި އެވެ. ދެވަނަ ޑޯޒް މިދިޔަ ހޮނިހިރު ދުވަހު ދޭން ފެށި އިރު، އެ މަނިކުފާނު މިއަދު ވަނީ ވެކްސިން ފުރިހަމަ ކުރައްވައިފަ އެވެ.
ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒް ޖެހޭނީ ފުރަތަމަ ޑޯޒް ޖެހިތާ އަށް ހަފުތާ ފަހުންނެވެ.
ވެކްސިންގެ ދެ ވަނަ ޑޯޒް ޖެއްސެވުމަށް ފަހު ކުރެއްވި ޓުވީޓެއްގައި ރައީސް ވެސް އެދިވަޑައިގަތީ، ފުރަތަމަ ޑޯޒް ޖެހިތާ އަށް ހަފުތާ ވެއްޖެ ނަމަ، އަވަހަށް ދެ ވަނަ ޑޯޒް ޖަހަން ދިޔުމަށެވެ.
ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ އަދިވެސް ތިބި ނަމަ، އަވަހަށް އެކަން ކުރުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.
"އެންމެން ގުޅިގެން އަހަރުމެންނަށް ކޮވިޑް ބަލި ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ކޮވިޑް ވެކްސިންގައި ފުރަތަމަ ޑޯޒް މިހާރު ދެމުން އަންނަނީ ޗައިނާގެ ސިނޯފާމް ވެކްސިނެވެ. ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ދެނީ، ހާއްސަ ބަލިތަކުގެ މީހުންނަށެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވެފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި ފަހުން އަށް ހަފުތާ ވި މީހުން ވީ އެންމެ އަވަހަށް ވެކްސިންގެ ދެވަނަ ޑޯޒު ޖެހުމަށާއި ލަސްވާ ނަމަ ހަށިގަނޑުގެ ދިފާއުގެ މިންވަރު ދަށަށް ދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ފުރަތަމަ ޑޯޒް ޖެހިތާ ގިނަ ދުވަސް ވާ ވަރަކަށް މީހާގެ އެންޓިބޮޑީ ރެސްޕޮންސް ދަށްވާނެ ކަމަށެވެ. އޭގެ މާނައަކީ ކޮރޯނާވައިރަސްއާ ދެކޮޅަށް ވެކްސިނުން އުފައްދައިދޭ އެންޓިބޮޑީސް ނުވަތަ ދިފާއީ ބާރު ދަށްވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސް ކިޔާމީހާ.
06 April 2021
މިއީ ކީއްކުރާ މީހެއްތަ ؟. ވެރިކަން ނިމެންދެން މުސާރަކޮޅު ނަގައިގެން ހުންނަނީ.އެމީހަކާ އެމީހެއް.މީނަގެ ކޮންމެ ވުޒާރައަކީ ވެރިކަމެއް ކުރަމުންދާ ވުޒާރައެއް.ތިމަންމެން މިއައީ ރޔާމީނު އިންތިހާބުން ބަލިކޮށްފައި މި ގައުމަށާއި ރައްޔިތުންނަށް ރަނާއި ޖަވާހިރުން އެއްކޮށްގެން ތަރައްގީ ، އިންސާފާއި އާއި ފާގަތިކަން ގެނެސްދޭންށޯ.
1828
05 April 2021
ގައިމު ރައްޔިތުންނާ މުހާތަބުކޮށް ބުނި ރައްޔިތުން ކޮވިޑްއިން ސަލާމަތްވުމަށް ކުރާކަމެކޭ ކުރާނީ. ގިނަ ރަްްޔިތުން އަދި 02 ވަނަ ޑޯޒެއް ނުޖަހާ.