ކެނެޑާ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އެއް މިލިއަން ޑޮލަރު ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
06 އެޕްރީލް 2021 - 11:34
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މެދުވެރިކޮށް ކެނެޑާ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާ އަށް އެއް މިލިއަން ޑޮލަރު ދީފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ، ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެ އިން ކުރާ މަސައްކަތްތަކަށް އެހީތެރިވުމަށާއި ރައްކާތެރި ގޮތެއްގައި މެޑިކަލް ވޭސްޓް ނައްތައިލުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ކެނެޑާ ސަރުކާރުން އެއް މިލިއަންް ޑޮލަރު ދީފައިވާ ކަމަށެވެ.
ކެނެޑާ ސަރުކާރާއި ޑަބްލިއުއެޗްއޯ އިން ރާއްޖޭގައި ގާއިމުކުރާ "ޑިސްއިންފެކްޝަން އޮފް މެޑިކަލް ވޭސްޓް" ޕްރޮޖެކްޓް އިފުތިތާހު ކުރަން ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ވާޗުއަލް ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވަނީ އެފަދަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ކެނަޑާ ސަރުކާރާއި ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ކެނެޑާ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އެއް މިލިއަން ޑޮލަރު ހަދިޔާކުރުމަށް މިއަދު ބޭއްވި ވާޗުއަލް ރަސްމިއްޔާތުގެ ތެރެއިން.---ފޮޓޯ: ހެލްތު މިނިސްޓްރީ
އެ ޕްރޮޖެކްޓްގެ ދަށުން ރަށްރަށުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި މެޑިކަލް ވޭސްޓް މެނޭޖްމަންޓް މަރުހަލާތައް ހަރުދަނާކުރުމަށް 40 އޮޓޯކްލޭވް ހޯދާނެ އެވެ. މިހާރު އެ ހިދުމަތް ގާއިމްކޮށްފައިވާ އަތޮޅުތަކުގެ އިތުރުން 10 އަތޮޅެއްގައި އެ ހިދުމަތް ގާއިމުކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ހެލްތު މިނިސްޓްރީ ބުނިގޮތުގައި، ސިއްހީ ހިދުމަތް ދިނުމަށް ބޭނުންްކުރާ ސާމާނު ރަނގަޅު ގޮތުގައި ނައްތައިލުމަކީ ކޮވިޑް-19 ފަދަ ގައިންގަޔަށް އަރާ ބަލިތަކުންނާއި އެހެނިހެން ޖަރާސީމުތަކުން ރައްކާތެރިވުމަށް މުހިއްމު ކަމެކެވެ. އެ ހިދުމަތާއެކު ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހިދުމަތް ހޯދާ މީހުންނަށް ވެސް އިތުރު ރައްކާތެރިކަމެއް ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީއާއެކު ރާއްޖެއިން ނޭޝަނަލް ހެލްތު ކެއާ ވޭސްޓް މެނޭޖްމަންޓް ޕޮލިސީ އަދި ސްޓްރެޓެޖީއެއް ވަނީ އެކުލަވާލައިފަ އެވެ. ހެލްތު ކެއާ ވޭސްޓް ނައްތައިލުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ލ. އަތޮޅުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާކަން މިނިސްޓްރީން ފާހަގަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޔާސީއެއްކިބާ
06 April 2021
ހިލޭ އެހީ ވިޔަސް ލޯނު ވިޔަސް ތިލިޔަނީ "އެހީގެ ގޮތުގައި ލިބުނޭ". ނޫސްވެރިން ވެސް ޒިންމާދާރު ކަމާއެކު ހިލޭ ލިބޭ އެއްޗަކާ ލޯނާ ވަކިކޮށްބަލަ. އެތަކެއް % އިންޓަރެސްޓްގައި ނަގާ ލޯނަށް ވެސް ޖަހާއުޅެނީ އެހީއޭ.
ވއްލން
06 April 2021
ހޫނ ސަރުކާރަށއ ދިން އެއްޗެކޭ ހޫނ މިސަރުކާރުގައި އެބަ އުޅޭ ކަޅާކުރާ ބއިގނޑެއް
1828
06 April 2021
ފެން ފޮދަކާނުލައި ދުވާލުގެ މެންދުރު ވަގުތުގައި ދިރުވާލާނެ.
މަސްރަޙު
06 April 2021
ކިހގާ ރަނގަޅު އެހީއެރއް މިލިބުނީ އެކަމަކު ރައްޔިތުން ގޭގަ ކަރަންޓީނު ކޮށްފަ ބައިތިއްބާފަ ވައިނޮޅިން ވައްކަން ކުރިމީހުން ސަލާމަތްވެ އެބަތިބި
ދިރާސާވެރިޔާ
06 April 2021
ދެން އަދަދުތައް ދާނީ ދަށަށް، ތިޔަ ފަދަ ލާރިގަނޑު ހޯދަން ޕްރޮޕޯސަލް ހަދަން ވެގެން އަދަދުތައް މަތިކޮށްގެން އުޅެނީ. ދެވަނަ ކަމަކީ ސިޔާސީ ސަބަބުތައް..
ބަބުރަންޖީ ހާޖީ
06 April 2021
ތިޔަ ޑޮލަރުތަކަށް ވާގޮތެއް ޖެހޭނީ މައިކުރޮސްކޯޕުއަޅައިގެން ބާލާން.
ވައިދިސް ކޮލަވެރި
06 April 2021
އަބަދު ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް ހިންގަ ހިންގާ، މެނޭޖްވި ވޭސްޓެއް ހަރާމް
ހައު7
06 April 2021
2 ލައްކަ އާބާދީ އެއް އޮތް މާލޭގަ ތިބީ އެންމެ 2 ސައިކޭޓްރިސްޓުން. ލާރި ނެތިގެންނޫން. ޙަމަ ބޭނުން ނުވަނީ.
ޖަސްޓިން ޓްރޫޑޯ
06 April 2021
މުއްސަނދި ބަޔަކު އިތުރަށް މުއްސަނދިވާނެ ކަމެއްތީ.
މަހާރަދުން
06 April 2021
ކާކުގެ އެކައުންޓކަށް ބާ މިފަހަރު ތި 1 މިލިޔަން ކައްވާލީ....ސްވިސް ބޭންކު ތަކާ ބެލްޖިއަމްގަ އެކައުންޓު ހުރި ވަގުންގެ އޮޑިޓެއް މަޖިލީހުން ބަލާބަލަ!!