ޚަބަރު / ހިޔާ ފްލެޓްތައް

ހިޔާ ފްލެޓްގެ ކުއްޔަކީ މަހަކު 7،500ރ. ޑައުންޕޭމަންޓް ދައްކާ ނަމަ ކުލި ކުޑަވާނެ

ހައުސިން މިނިސްޓަރު އަސްލަމް މިއަދު ނޫސަްވެރިންނާ ވާހަކަ ދައްކަވަނީ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ހިޔާ" ފްލެޓްތައް ޑައުންޕޭމަންޓާ ނުލައި މަހު ކުއްޔަކީ 7،500ރ. ކަމަށް ސަރުކާރުން ނިންމައިފި އެވެ. '

ރައީސް އޮފީހުގައި އޮތް މީޑިއާ ބްރީފިންގައި އެކަން އިއުލާން ކުރައްވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ޑައުންޕޭމަންޓާއެކު ކުއްޔަށް ދޭ ނަމަ އެ އަދަދު 7،500ރ. އަށް ވުރެ ކުޑަވާނެ ކަމަށެވެ. ޑައުންޕޭމަންޓު ދައްކާ މީހުންނަށް ދެ އޮޕްޝަނެއް ދޭނެ ކަމަށް އޭނާ ވިދާޅުވި ނަމަވެސް އެ މަޝްވަރާ އަދި ދަނީ ކުރިއަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ޑައުންޕޭމަންޓް ދައްކާ މިންވަރަކުން އެ އަގަށް ބަދަލު އަންނާނީ،" އޭނާ ވިދާޅުވި އެވެ.

ހިޔާ ފްލެޓަށް ދައްކަން ޖެހޭ އެންމެ ބޮޑު އަގަކީ 7،500ރ. ކަމަށް ސަރުކާރުން ކަނޑައެޅި ނަމަވެސް އެއީ އެ ފްލެޓްގެ އަސްލު އަގާ ބަލާފައި ވަރަށް ކުޑަ އަގެއް ކަމަށާއި މި މަޝްރޫއުގެ އުނދަގޫ އެޗްޑީސީއަ ށް ވަރަށް ބޮޑު ވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ހިޔާ ފްލެޓްތައް އިމާރާތް ކުރުމުގެ އަގާއި ލޯނުގެ ފައިނޭންޝަލް ކޮސްޓާއެކު ފްލަޓަކަށް އަސްލު ޖެހޭ އަގަކީ 11،000ރ. އެވެ.

ހިޔާ ފްލެޓް ލިބިފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީގެ ގުރުއަތު ނެގުން މާދަމާ އޮންނާނެ އެވެ.

އަސްލަމް ވިދާޅުވީ ގުރުއަތު ނަގާ ނިމުމުން އެޗްޑީސީން އެ މީހުންނާއެކު އެއްބަސްވުމެއް ހަދާނެ ކަމަށާއި އެ ފްލެޓްތަކަށް ވަނުމަށްޓަކައި ދޮރާއި ބޮކި އަދި ތަށިމުށި ޖެހުމުގެ ކަންކަން އަމިއްލައަށް ކުރަން ތިން މަސް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ.

ހިޔާ ފްލެޓް ދޫކުރުމުގެ އަގާއި ގުރުއަތުލުން މި ބާއްވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުމަށް ހަތަރުވަރަކަށް ދުވަހަށް ވެފައި ވަނިކޮށެވެ. ލޯކަލް އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު. މި ސަރުކާރުން ވަނީ މިދިޔަ ދެ ތިން ހަފުތާގެ ތެރޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފަށައިފަ އެވެ.

43 ކޮމެންޓް, 61 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 3%
icon angry icon angry 84%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަލަންބޭނުން

11 April 2021

ނިކަން ތި ި އެޕާޓްމަންޓްތައް ރައްޔިތުންނަށް ދައްކާލަ ބަލަ. ބުނާ އަޑުއިވޭ ޓައިލްސް ނުޖަ ހައޭ، ދޮރެއް ނު ހުރެއޭ. އެތަން ނުފެނި އެތަން ހަވާލުކުރުމަކީ ވަރަށް ބޭއިންސާފު ކަމެއް. ޓީވީތަކުން ލައިވްކޮން ދައްކާލަބަލަ. ނޫސްވެރިން ގެންގޮސް

The name is already taken The name is available. Register?

ކަކުނިބޯ

08 April 2021

މި މަޝްރޫއުގެ އުނދަގޫ އެޗްޑީސީއަ ށް ވަރަށް ބޮޑު ވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. ޢެއީ ކޮންގޮތަކަށް ހިސާބުޖަހާގެން ހުރިހާ ގްރައުންޑް ފްލޯއެއް ދުނިޔެއުމުރަށް އެޗް ޑީސީ ޖީބަށްލައިގެން އުދަނގޫވާނީކިހިނެއް. ޢަނެއްކާ ތިޖަހާހިސާބު ދެފަހަރު އެކަށްޗެކޭނުކިޔާ މިހާރު ތިޔަހިސާބުު ތެދު ހޯދަން ޖިހޭނީ ކޯޓުން އެގޮތަށްވާންނެތިއްޔާ ތެދެއްނުލިބޭނެ

The name is already taken The name is available. Register?

މަންޑޭލާ

07 April 2021

ރައިސް ޔާމިން ރައްޔިތުންނަ ދިނީ 6 ހަސް ރުވިޔާއަ. މި ސަރުކާރުގެ އަނިޔާވެރިކަން ވަރައް ބޮޑު

The name is already taken The name is available. Register?

ބަބުރަންޖީ ހާޖީ

07 April 2021

ފުލެޓުތަކުގެ އަގު ކުޑަކުރާންވީ. އެއަށްފަހު ބުރިޖުން ކުޑަފީއެއް ނަގާގޮތަށް ހަދާންވީ.

The name is already taken The name is available. Register?

ޙގހހގހ

07 April 2021

ހޫން ކަލެއަށް ފްލެޓްލިބިފަ އަދި ފްލެޓްގެ އަގު ބައިރުފިޔާއަށް ހަދަން ފްލެޓްނުލިބޭ ރައްޔިތުން ފެލާފަވެސް ކަލެއަށް ލިބުނު ފްލެޓްގަ ހިލޭއުޅެންވީދޯ. މިމީހުންގެ ލަދުހަޔާތްވެސް ނެތީއޭދޯ

The name is already taken The name is available. Register?

ބުހާޖީ

08 April 2021

ކަލޭ އެކަނި ޢުޅެންވީނު ދުނިޔޭގަ. ބުރިޖުން ފީނަގައިގެން. ޙުސް ކަލޭމެނަށް މޮޅުވަގޮތްތަ ބަލަންވީ

The name is already taken The name is available. Register?

އަހުސަން ފަރީދު

07 April 2021

ޗައިނާއިން ލޯނު ދޫކުރީ5% އިންޓްރެސްޓް އެއީ އުނިޓްއަކަށް (ފްލެޓް) އަކަށް 62000 ޑޮލަރު މަގުން × 15.42ރޭޓް = 956000ރ 20 އަހަރަށް ބަހާލުމުން އަހަރަކު 47000ރ 12މަހަށް ބެހުމުން 3910ރ ލޯނު އިންޓްރެސްޓް އުނިޓްއަކަށް ޖެހެނީ މަހަކަށް 1979ރ އެއިރުން ދެބައި އެއިކޮލުމުން މަހަކަށް 5889ރ ނޫންތޯ ދެން 7500ރ 1611ރ އިތުރަސް ނަގަން ޖެހުނު ގޮތް ރައިޔަތުންނަށް ބުނެދޭން ޖެހޭނެނޫންތޯ. މިނިސްޓަރުގެ ކިބައިން އަދަބު ވެރިކަމާ އެކީ ދަންނަވަން.

The name is already taken The name is available. Register?

ޙުސޭނުގެ ހަސަނު

07 April 2021

މެއިންޓަނަންސް ފީ.

The name is already taken The name is available. Register?

އަޔާޝާ

08 April 2021

މެއިންޓަނަންސް ފީ؟؟؟ އެހެންވީރުން މެއިންޓަނަންސް ފީއާއެކު -/6500 އަށް ދޭން ކުރިން ނިންމާފައި އޮތް އިރު، -/7500 އަށް ބަދަލުވި ގޮތެއް ބުނެލަދެެއްވަންވީނު؟ -/5889 އަށް އަގު ޖެހޭ ފްލެޓްތަކެެއްގެ “ މެއިންޓަނަންސް ފީ” ތިހާ ބޮޑުވުމަކީ އަޖައިބެއް ނޫންތޯ؟

The name is already taken The name is available. Register?

އަޔާޝާ

08 April 2021

މެއިންޓަނަންސް ފީ؟؟ އާދައިގެ ފެންވަރަކަށް ހަދާފައިވާ، ނުވަތަ މިސަރުކާރުގެ ބަހުރުވައިން ބުނާނަމަ “ކޮތަރި ކޮށި”ތަކެއްގެ މެއިންޓަނަންސް ފީ މިހާ ބޮޑު ވާންވީ ސަބަބެއް ވިދާޅުވެ ދެއްވަންވީ ނޫންތޯ؟

The name is already taken The name is available. Register?

ކުދުބެއްޔާ

07 April 2021

"ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ހިޔާ" ފްލެޓްތައް ޑައުންޕޭމަންޓާ ނުލައި މަހު ކުއްޔަކީ 7،500ރ. ކަމަށް ސަރުކާރުން ނިންމައިފި އެވެ." މިހެން ނިންމީ އެތަނުގެ ހުރިހާ ފްލެޓެއްގަވެސްހުރީ 3 ކޮޓަރިތޯއެވެ؟ ނޭގޭތީ ހަމަ އަހާލީއެވެ.

The name is already taken The name is available. Register?

އަހުމަދުބޭ

07 April 2021

7500 ރުފިޔާއަކީ ފިނިސް ނުކޮށް ހުރި އެޕާރޓްމެންޓަކަށް ބޮޑުއަދަދެކެވެ. އެއީ ފިނިސިން ނިންމާފަ ހުރި ލަގްޒަރީ 900 އަކަފޫޓް 2ރޫމް އެޕާރޓްމެންޓް ރެއިންބޯއިން އަލަށް ހަދާ ބިލްޑިންގ އިން 1.9 މިލިއަނަށް ވިއްކަން އެއޮތީ އެވެ. ދެން ސަރުކާރުން ފިނިސިން ނަހަދާ 2 ރޫމް 550 އަކަފޫޓް 20 އަހަރުން ދައްކާ ގޮތަށް ތިޔަދެނީ 1.8 މިލިއަނަށެވެ، ކަން މިހެން އޮތް އިރު ސަރުކާރުން ހައުސިން ދޭއިރު މިހާ އަގު ބޮޑުކޮށް ދިނުމުން މިނުވޭ ސޯސަލް ހައުސިން އަކަށް

The name is already taken The name is available. Register?

ހިޔަޅު

07 April 2021

ކަލޭމެން ފްލެޓޭ ކިޔައިގެން ނިންމާ ކަންތަކަކީ އަދި ކުރާ ވައުދަކީ ޖެހޭ ވައި ރޯޅިއެއް ކަހަލަ ކަމެއް ... ދެތިން ދުވަހުނއ ބަދަލު ވާނެ.....

The name is already taken The name is available. Register?

ތައްހާނު

07 April 2021

މިއީވާ މުނާފިގް ސަރުކާރެއް...

The name is already taken The name is available. Register?

1234

07 April 2021

"ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ" މީތިގޯސް. ރަނގަޅުގޮތަކީ "ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރަން ފަށާފައިވާ އެކަމަކު އޭރު ނުނިމިހުރި". މިއެއް ނޫންތޯ އަދުލުވެރި އިންސާފުވެރި ނޫސްވެރިކަމަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454