ރިޕޯޓް / އިސްލާމް

ފިރްއައުނުގެ ހަށިގަނޑު ދިރާސާކުރުމަށް ފަހު އިސްލާމްވި ޑޮކްޓަރު

ޒަމާނީ ޓެކްނޮލޮޖީން މާ ފަހުން ހޯދުނު ކަމެއް ހާސް އަހަރު ކުރިން ގުރުއާނުގައި އެހާ ތަފްސީލްކޮށް އޮތުމުން ގުރްއާނަކީ ކަލާނގެ ބަސްފުޅުކަން ޑޮކްޓަރަށް ޔަގީންވި

ޑރ. މޯރީ ބުކާއިލް

16 އެޕްރީލް 2021 - 09:39

17 comments

މިސްރުގައި ރަސްކަންކުރި ފިރްއައުނުންގެ ބާރުވެރިކަމާއި އެ މީހުންގެ އަނިޔާވެރިކަމުގެ ވާހަކަތައް އަހަރެމެންނަށް އަލެއް ނުވާނެ އެވެ. އިލާހުން ކަމަށް ހެދިގެން އުޅުނު މި ވެރިންގެ ތެރެއިން އެތައް ބަޔަކާއި އެ މީހުންގެ އާއިލާތަކުގެ މީހުންނާއި އެ މީހުންގެ އޮޅު ވަލު ޖަނަވާރުންނަށް ދާންދެން ކުނި ނުވާ ގޮތަށް ހަދައި އަހްރާމްތަކުގެ ތެރޭގައި ރައްކާކޮށްފައި ހުއްޓާ އަންނަނީ ފެންނަމުންނެވެ.

ސަލާމް ލެއްވި މޫސާގެފާނަށް އަނިޔާވެރިކަން އިސްކުރި ފިރްރައުން ކަމަށްވާ ރަމްސެސް [ދެ ވަނަ] ގެ ހަށިގަނޑު މި ހުރިހާ ހަށިތަކުގެ ތެރެއިން ވެސް ހާއްސަ އެވެ. އެއާ ގުޅިފައިވާ އެތައް ބައިވަރު ވާހަކަ އެބަހުއްޓެވެ.

ރަމްސެސް [ދެ ވަނަ] އަކީ އެންމެ ބާރުވެރިކަމާ އެކު ރަސްކަން ކުރި އެއް ފިރްއައުނެވެ. އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 1302 އަހަރު ކުރިން އުފަންވެ އަދި އުމުރުން ވިއްސަކަށް އަހަރުގައި މިސްރުގެ ރަސްކަން ލިބި 60 އަހަރަށް ވުރެ ގިނަ ދުވަހު ރަސްކަމުގައި ހުރި މި ފިރްއައުނުގެ ހަށިގަނޑު ކުނިނުވާ ގޮތަށް ހަދާފައި އޮއްވައި ފެނުނީ 1898 ވަނަ އަހަރު އެވެ. އޭގެ އަހަރުތަކެއް ފަހުން 80ގެ ފަހުކޮޅު މިސްރު ސަރުކާރުގެ އެދުމަކަށް ފިރްއައުނުގެ މި ހަށިގަނޑުގެ ދިރާސާއެއް ކޮށްދޭން ފްރާންސް ސަރުކާރުން އެއްބަސްވި އެވެ.

ފިރްއައުނު ރަމްސެސް [ދެ ވަނަ] ގެ ހަށިގަނޑު ފްރާންސަށް އެތެރެވީ ރަސްކަލެއްގެ އިއްޒަތުގަ އެވެ. އެ ހަށިގަނޑަށް ޕާސްޕޯޓެއް ހަދައި މިސްރުން ފްރާންސަށް "ދަތުރުކުރި" އެވެ. ފްރާންސުން ރަތް ދޫލައިގެ މަރުހަބާއެއް ވެސް ކިޔާފައިވެ އެވެ. އެ ގައުމުގެ ވެރިން އަނިޔާވެރި ފިރްއައުނަށް ރަސްމީ އިއްޒަތުގައު މަރުހަބާ ކިޔައި ކުރުނީސްކުރި އެވެ.

ފިރުއައުނު ރަމްސެސް (ދެ ވަނަ) ގެ ހަށިގަނޑު

އާކިއޮލޮޖީ އާއި ސަގާފަތް ދިރާސާކުރުމުގެ ތަޖުރިބާކާރުން ގިނަ ފްރާންސުން ފިރްއައުނުގެ ހަށިގަނޑު ދިރާސާކުރުމަށް ހަވާލުވި ޓީމުގައި އިސްކޮށް ހުންނެވީ ޕްރޮފެސަރު ޑރ. މޯރީ ބުކާއިލް އެވެ. ކްރިސްޓިއަން ދެމަފިރިއަކަށް އުފަން މޯރީ ބުކާއިލް އަކީ ސާޖަންއެއްގެ އިތުރުން އެނަޓޮމިސްޓެކެވެ. އޭނާގެ ޒިންމާއަކަށްވީ ފިރްއައުނުގެ މި ހަށިގަނޑާ ގުޅޭ ގޮތުން ހުރި "ނޭނގޭ" ސުވާލުތަކަށް ޖަވާުބު ހޯދުމެވެ.

ހަށިގަނޑުގެ އަސްލު ސިފަ، ޓެކްނޮލޮޖީގެ ޒަރިއްޔާ އިން ދެނެގަތުމުގެ މަސައްކަތް ކުރިއަށް ދިޔައިރު މޯރީ ބުކާއިލް މަސައްކަތްކުރައްވަމުން ދިޔައީ ފިރްއައުނު މަރުވި ގޮތް ދެނެގަތުމަށެވެ. ހަށިގަނޑު ތެރޭގައި ހަރުލާފައި ހުރި ލޮނުން އެނގުނީ ފިރްއައުނު މަރުވެފައިވަނީ ގެނބިގެންކަމެވެ. އަދި ގެނބިގެން މަރުވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ހަށިގަނޑު ނަގައި، ކުނި ނުވާ ގޮތަށް ހަދާފައިވާކަމުގެ ހެކިތައް ލިބުނެވެ. އެ ހަށިގަނޑު އޮތީ މަރުވި އިރު "ހަަމަ އޮތް ގޮތަށް" ކަމަށް ބުނެވޭހާ ވަރުވެ އެވެ.

މިހާ ހިސާބުން މޯރީ ބުކާއިލްގެ ސުވާލުތައް ގިނަވި އެވެ. މިސްރުން އެތައް ބައިވަރު މިކަހަލަ [މަމީ] ހަށިތައް ފެންނައިރު މި ހަށިގަނޑަކީ މޫދުން ނަގާފައި އޮތް އެއްޗަކަށް ވާއިރު ވެސް މިހާ ރީތިކޮށް އޮތީ ކީއްވެހެއްޔެވެ؟

ދިރާސާގެ ފައިނަލް ރިޕޯޓް ތައްޔާރުކުރައްވަމުން ދިޔައިރު މޯރީ ބުކާއިލްގެ ސުވާލަކަށްވީ މި ހަށިގަނޑު، ގެނބުމާ އެކު އެހާ އަވަހަށް ކަނޑުން ނަގާފައި އޮތީ ކީއްވެތޯ އެވެ. މި ހިސާބަށް މަސައްކަތް ގޮސްފައި ވަނިކޮށް މޯރީ ބުކާއިލްގެ ޓީމުގެ މެންބަރަކު، އެހާ އަވަސްއަރުވާލައިގެން ރިޕޯޓް ނެރުމުގެ ބޭނުމެއް ނެތް ކަމަށް ބުންޏެވެ. އެއީ ފިރްއައުނު ރަމްސެސް [ދެ ވަނަ] މަރުވީ ގެނބިގެން ކަމަށް މުސްލިމުން އަބަދުވެސް ބުނާތީ ކަމަށް އޭނާ ސަބަބު ދެއްކި އެވެ. އެކަމަކު ގެނބިގެން މަރުވެފައިވާ މީހެއް ކަމަށް ބުނެ ރިޕޯޓެއް ނެރެންވާނީ ޒަމާނީ ޓެކްނޮލޮޖީގެ ފުރިހަމަ ދިރާސާތަކެއް ކޮށްފައި އޭގެ ނަތީޖާ އިން އެގޮތަށް ފެނިއްޖެ ހިނދެއްގައި ކަމަށް ބުންޏެވެ.

ފަހެ، ތިމަން ރަސްކަލާނގެ، މިއަދު ކަލޭގެ (ފުރާނަ ނެތް ހަށިގަނޑު) ސަލާމަތްކުރައްވާހުށީމެވެ. އެއީ ކަލޭގެ ފަހުން އަންނަ ބަޔަކަށް އިބްރަތެއް ކަމުގައި ކަލޭ ވުމަށެވެ. ހަމަކަށަވަރުން މީސްތަކުންގެ ތެރެއިން، ގިނަ މީހުން ވަނީ ތިމަން ރަސްކަލާނގެ އާޔަތްތަކާ މެދު (އެބަހީ: ތިމަން ރަސްކަލާނގެ ގުދުރަތްތެރިކަމުގެ މައްޗަށް ދަލީލްކުރާ ހެކިތަކާމެދު) ޣާފިލްވެގެންކަން ކަށަވަރެވެ: سورة يونس : 92

ޓީމުގެ އެހެން މެންބަރަކު ބުނީ ކީރިތި ގުރުއާނުގައި، ފިރްއައުނު މަރުވީ ގެނބިގެން ކަމަށާއި އޭނާގެ ހަށިގަނޑު ސަލާމަތުން އޮންނާނެ ކަމުގެ ވާހަކަ އެބަ އޮތް ކަމަށް މޯރީ ބުކާއިލް އަށް ދެންނެވި އެވެ. މޯރީ ބުކާއިލްގެ ސުވާލުތަށް ދިޔައީ އިތުރުވަމުންނެވެ. ފިރްއައުނުގެ ހަށިގަނޑު ފެނުމުގެ އެތައް ސަތޭކަ އަހަރެއް ކުރިން އަދި ފިރްއައުނުންގެ ހަށިތައް ކުނި ނުވާ ގޮތަށް ހަދާފައި ހުރިކަން އެނގުމުގެ ވެސް އެތައް ސަތޭކަ އަހަރެއް ކުރިން، މުސްލިމުން ކިޔަވަމުން އަންނަތާ 1400 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ފޮތެއްގައި މި ވާހަކަ މިހާ ސާފުކޮށް އޮތީ ކީއްވެހެއްޔެވެ؟

މޯރީ ބުކާއިލް އިތުރަށް ބެލުމުން އެނގިވަޑައިގަތީ ތައުރާތާއީ އިންޖީލުގައި ވެސް އޮތީ މޫސާގެފާނުގެ ފަހަތުން ފިރްއައުނާއި އޭނާގެ ލަޝްކަރު ދިޔަ ވާހަކަ އެކަނި ކަމެވެ. ފިރްއައުނަށް ދިމާވޮ ގޮތުގެ ވާހަކަ އޮތީ ތަފްސީލާ އެކު އޮތީ ގުރުއާނުގައި އެކަންޏެވެ. ގުރްއާނުގައި، މޫސާގެފާނުގެ ފަހަތުން ފިރްއައުނާއި ލަޝްކަރު ދަނިކޮށް ކަނޑުމެދުން މަގެއް އިރުއްވައި މޫސާގެފާނާއި އެކަލޭގެފާނުގެ ބައިވެރިން ސަލާމަތްކުރައްވައި އެ މަގު މެދުން ފިރުއާނާއި އޭނާގެ ބައިވެރިން ކަނޑަށް ޣަރަގުކުރެއްވި ވާހަކަ އޮވެ އެވެ. އަދި ހަށިގަނޑު ފެންނަން އޮންނާނެ ކަމަށް އޮވެ އެވެ.

މޯރީ ބުކާއިލްގެ ވިސްނުން މިހާ ހިސާބުން މުޅިން ބަދަލުވި އެވެ؛ އުނދަގޫ ދިރާސާއެއް ކޮށްގެން އަދި ކިރިޔާ މި ހޯދުނު މައުލޫމާތު 1،000 އަހަރު ކުރިން ރަސޫލާ މުހައްމަދުގެފާނަށް އެނގިވަޑައިގެންފައި އޮވެދާނެހެއްޔެވެ؟

މި ސުވާލު އުފެދުނީ ގުރުއާނަކީ އިންސާނެއްގެ ބަސް ކަމަށްވާ ނަމަ ފިރްއައުނުގެ މި ވާހަކަ އެހާ ތަފްސީލްކޮށް ލިޔަން އެނގޭނެ ގޮތެއް ނޯންނާނެތީ އެވެ.

ފިރުއައުނު ރަމްސެސް (ދެ ވަނަ) ގެ ހަށިގަނޑު

ދިރާސާއަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ފަހު ފްރާންސުން ފިރްއައުނުގެ ހަށިގަނޑު މިސްރަށް ރައްދުކުރި އެވެ. މޯރީ ބުކާއިލް ނިންމެވީ ސައޫދީ އަރަބިއްޔާގައި، މުސްލިމް ތަޖުރިބާކާރުން ވެސް ބައިވެރިވާ، މެޑިކަލް ކޮންފަރެންސަކަށް ވަޑައިގަތުމަށެވެ. އެ ކޮންފަރެންސްގައި މޯރީ ބުކާއިލް ވަނީ ފިރްއައަނުގެ ހަށިގަނޑު އޮތީ އެއްވެސް ގެއްލުމެއް ނުވެ، މަރުވިއިރު އޮތް ގޮތަށްކަން ހާމަކުރައްވައި ހެކިތައް ހާމަކުރައްވައިފަ އެވެ. އެހާ ހިސާބުން ކޮންފަރެންސްގެ ބައިވެރިޔަކު ޔޫނުސް ސޫރަތުގެ 92 ވަނަ އާޔަތާއި މާނަ އިއްވައިދެއްވި އެވެ.

[ފަހެ، ތިމަން ރަސްކަލާނގެ، މިއަދު ކަލޭގެ (ފުރާނަ ނެތް ހަށިގަނޑު) ސަލާމަތްކުރައްވާހުށީމެވެ. އެއީ ކަލޭގެ ފަހުން އަންނަ ބަޔަކަށް އިބްރަތެއް ކަމުގައި ކަލޭ ވުމަށެވެ. ހަމަކަށަވަރުން މީސްތަކުންގެ ތެރެއިން، ގިނަ މީހުން ވަނީ ތިމަން ރަސްކަލާނގެ އާޔަތްތަކާ މެދު (އެބަހީ: ތިމަން ރަސްކަލާނގެ ގުދުރަތްތެރިކަމުގެ މައްޗަށް ދަލީލްކުރާ ހެކިތަކާމެދު) ޣާފިލްވެގެންކަން ކަށަވަރެވެ. - سورة يونس : 92]

މޯރީ ބުކާއިލް ތެދުވެވަޑައިގެން އިސްލާމް ދީން ގަބޫލުކުރެއްވި ކަމާއި ގުރުއާން ގަބޫލުކުރައްވާ ކަމަށް އެ ވަގުތު އިއުލާނުކުރެއްވި އެވެ.

މޯރީ ބުކާއިލް އޭގެ ފަހުން ގުރުއާން ދިރާސާކުރައްވައި ގުރުއާނުގައި ހުރި ވާހަކަތަކާއި ސައިންޓިފިކް ފެކްޓްތަކާ އެއްވެސް ފުށުއެރުމެއް ނުވާކަމުގެ ހެކިތައް ހާމަކުރެއްވި އެވެ. އޭނާ ލިޔުއްވި "ދަ ބައިބްލް، ދަ ގުރްއާން އެންޑް ސައިންސް، ދަ ހޮލީ ސްކްރިޕްޗާސް އެގްޒަމައިންޑް އިން ދަ ލައިޓް އޮފް މޮޑާން ނޮލެޖް" އަކީ ހުޅަނގުގެ ގައުމުތަކުގައި ވެސް ބޮޑު ސަމާލުކަމެއް ލިބުނު ފޮތެކެވެ.

މޯރީ ބުކާއިލް އުމުރުން 77 އަހަރުގައި، 1998 ވަނަ އަހަރުގައި އަވަހާރަވުމުގެ ކުރިން މިފަދަ އެތައް ފޮތެއް ލިޔުއްވައި ޝާއިއުކުރައްވާފައިވެ އެވެ.

17 ކޮމެންޓް, 114 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 1%
icon angry icon angry 4%
icon wow icon wow 13%
icon inlove icon inlove 65%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑު ކިނބޫ

17 April 2021

މިއީ 2013 ވަނައަހަރު "އެރަބް ނިއުސް" ގާ ޝާއިިކުރި އާރޓިކަލްގެ ނަކަލެއްބާ؟ - އެހެން ބުނިލިނަމަ! މިވާހަކާއާއި ވިކިޕީޑިޔާގައި https://en.wikipedia.org/wiki/Ramesses_II އެންްޓްރީއާއި މޮރީސް ބުކާއިލް ގެ އެންޓްރީއާއި https://en.wikipedia.org/wiki/Maurice_Bucaille ތަފާތު އެބަހުރި - މިއިން އެއްވެސް ވާހަކައެއްގައި ރަމެސެސްީ 2 މަރުވީ ގެނބިގެން ކަމެއް ލިޔެފައް ނެތް - އެކަމުގެ މޯރިސް ބުކާލީ އާއި އޭނާ އުފަންކުރި "ބުކޭލިޒަމް' ކިހިނެއްބާ މިވަނީ!

The name is already taken The name is available. Register?

ފިރިއައުން

17 April 2021

ނޭފަތުގެ ތެރޭގައި ލޮނުހުރި ވާހަކަ އަހަރެން ނުދެކެން އެއްވެސް ލިޔެކިޔުމަކުން، މި އާޓިކަލް ފިޔަވާ، ރެމެސިސް2 ގެ ހަށިގަނޑު ދިރާސާ ލިޔުންތަކުން ދައްކަނީ މީނަގެ ދަތްތަކުގަ ވަރުގަދަ އިންފެކްޝަނެއް ހުރި ވާހަކަ، އެއީ އޭނަ މަރުވާން ދިމާވެދާނެ ބޮޑު ސަބަބެއް ކަމަށް،

The name is already taken The name is available. Register?

ލީސާ

17 April 2021

ރަނގަޅު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔުންތައް ލިޔުން މުޙިންމު. ރަމްސެސް2 ގެ ހަށިގަނޑު ފެނިފައިވަނީ 1881 ގައި. އޭނާ މަރުވެފައިވަނީ ގެނބިގެން ކަމަށް މި ޒަމާނުގެ އެއްވެސް ދިރާސާއަކުން ނުދައްކާ. ހަށިގަނޑުގައި ލޮނުގެ އަސަރު ފެނިފައިވަނީ ކުނިނުވާގޮތަށް ހެދުމަށް ނެޓްރޮން ބޭނުންކޮށްފައި ވާތީ. ކުރިން ހީކުރެވިފައި އޮތީ މީ ގެނބިގެން މަރުވުމުން ހުރި ލޮނުގެ އަސަރު ކަމަށް. ފަހުން ފެނިފައިވާ އެތައް މަމީ ތަކުގައި ހަމަ މި ސަބަބާ ހުރެ ލޮނުގެ އަސަރު ފެނިފައިވޭ.

The name is already taken The name is available. Register?

އީނާޒް

16 April 2021

ހަށިގަނޑު ރައްކާވެފައި އޮތުމަކީ ، މޫސާގެފާނުގެ ފިރުއައުނަށް އެކަނި ވީކަމެއް ނޫން. ވީމާ ފަހުން އަންނަ ބަޔަކަށް އިބްރަތަކަށް އެކަން ނުވޭ.. އާޔަތުގެ މާނައަކީ އިލާހެއްކަމަށް ދައުވާކޮށްގެން އުޅުނު މީހަކު ކަނޑުވެފައި މަރުވީމާ، އޭނާގެ ފަހުން އޭނާއަށް އީމާންވެގެން ތިބި މީހުންނަށް އިބްރަތަކަށް އެކަން ވާ ވާހަކަ...

The name is already taken The name is available. Register?

ޖުހާކި

16 April 2021

ޑރ މޮރިސް ބުކާޢޭ އިސްލާމް ދީން ގަބޫލުކުރިކަން ރަސްމީކޮށް އެނގެން ނެތް

The name is already taken The name is available. Register?

ރަސްމީ

17 April 2021

ރަސްމީކޮށް އަންގާކަށް ނުޖެހޭ އިސްލާމްވާއިރަކު

The name is already taken The name is available. Register?

މަޑްޕީޕަލް

16 April 2021

ދޮން މީހަކު ކޮންވާޓު ވެއްޖެޔާ ބުރައުން މީހުން މިވަނީ ހާދަ އުފަލެކޭ ދޯ!؟ ހިތުގެ އަޑިން ގަބޫލު ކުރެވެނީ ދޯ ދޮން މީހުންނަކީ އެންމެ ވަރުގަދަ ނަސްލުކަން؟

The name is already taken The name is available. Register?

ޙަސަންދީ

16 April 2021

ﷲގެ ކުޅަދުންވަންތަކަމުގެ ޒައްރައްގެ މިންވަރު

The name is already taken The name is available. Register?

ހަސަނު

16 April 2021

ފުލޯކު ވާހަކައެއް. އަޑުއިވޭ ކޮންމެ ވާހަކައެއް ގަބޫލު ކުރުމުގެ ލުރިން އޭގެ ހަގީގަތް ސާފު ކުރާންޖެހޭ...

The name is already taken The name is available. Register?

ާަޢަބްދުއްރަޝީދު

16 April 2021

އެބޭފުޅާގެ ނަމަކީ: މޮރީސް ބޮޚާއީލް

The name is already taken The name is available. Register?

އިލާ

16 April 2021

ސައިންޓިފިކް ހޯދުން ތަކަކީ މާތްﷲގެ ކުޅަދުންވަންތަކަން ދައްކައިދޭ ހެކިތަކެއް. މާތްﷲގެ އެންގެވުންތަކަށް ބުރަދަން ދޭ އެއްޗެއް. އިސްލާމް ދީނަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ އެއްޗެއް. މާތްﷲގެ އެންގެވުންތަކާ ޚިލާފްވާ ކަަމަށް ދައްކާ ކޮންމެ ސައިންސަކީ އަދި އެ ފުރިހަމަނުވެވާ އެއްޗެއް ކަމަށް ބެލެވޭ. ނުވަތަ އެއީ ދީނަށް ނަސްރު ލިބިދާނެތީ އޮޅުވާލެވިފައިވާ އެއްޗެއް ކަމަށް ބެލެވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454