ކާބޯތަކެތި ޑެލިވަކުރާ ބަޔަކު މީހަކަށް ޑެލިވަރީއެއް ހަވާލުކުރަނީ.
16 އެޕްރީލް 2021 - 11:33
ކޮވިޑް-19ގެ ތެރޭގައި ހާލުގައި ޖެހިފައިވާ ދިވެހިންނަށް އެހީވާން، އަވަސްފުޑުން ކުރިއަށް ގެންދިޔަ ކެމްޕޭނުގައި އެންމެ ދުވަހެއްގެ ތެރޭގައި 90،000 އަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
މީހުންނަށް އެހީވުމުގެ މުހިއްމުކަމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ވެސް މަގްސަދުގައި، ޑެލިވަރީގެ ހިދުމަތްދޭ އަވަސްފުޑުން މި ކެމްޕޭން ފެށީ އިއްޔެ އެވެ. ކެމްޕޭން ކުރިއަށް ގެންދިޔައީ، އެ ކުންފުނީގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތައް ޝެއާކުރާ ކޮންމެ ފަހަރަކު، އެތަނުން ހިންގާ "ރޯދަ ފަންޑަށް" ތިން ރުފިޔާ ހަދިޔާކުރާ ގޮތަށެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނާއި މިސްކިތްތަކަށް އެ ފައިސާއިން ރޯދަ ވީއްލުން ގެންދިޔުމަށް ހަމަޖެހިފައިވެ އެވެ.
އަވަސްފުޑްގެ މަގްސަދަކީ މި މަހުގެ ނިޔަލަށް 30،000 ޝެއާ ހޯދުމެވެ. އެކަމަކު ކެމްޕޭން ވައިގައި ހިފައި، މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ވަނީ ޓާގެޓަށް ހާސިލްވެފަ އެވެ. އަދި ވައުދުވި ގޮތަށް، 90،000 ރުފިޔާ، ރޯދަ ފަންޑަށް ހަދިޔާ ކުރާނެ ކަމަށް އެތަނުން ބުންޏެވެ.
އަވަސްފުޑުން ވަނީ، މީހުންނަށް އެހީވުމާ ގުޅޭގޮތުން ހިންގި މި ކެމްޕޭނަށް ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ލިބުނު ތަރުހީބަށް ބަލައި، މީހުންނަށް ފައިސާ ހަދިޔާ ކުރެވޭ ގޮތަށް ވެސް މި ފަދަ ކެމްޕޭނެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
17 April 2021
ކިޑްނީ ނުވަތަ ކެންސަރު ފަދަ ބޮޑެތި ބަލިތަކުގައި އުޅޭ ފަގީރުންނަށް އެއީވާނެކަމަށް އުންމީދުކުރަން. މިސްކިތްތަކަށް ރޯދަވީއްލަންގޮސް ތިބޭތަން ބޮޑަށް ފާހަގަވަކީ ބިދޭސީން. އެމީހުންނަށް ހަރަދުކުރުމަށްވުރެ އަމިއްލަ ގައުމުގެ މީހުން އިސްކުރުން ރަގަޅުވާނެކަމަށް ވިސްނޭ.
އަލި
16 April 2021
މިސްކިތައް ރޯދަވީއްލަން ތަކެތި ގެންދިއުނަށްވުރެ ނިކަމެތިންނަށް ރޯދަ ވީއްލަން ހަރަދު ކުރުން ރަނގަޅު ކަމަށް ދެކެން.
އައްޔަ ބޮޑޭ
16 April 2021
ތީވަރައްބޮޑުއަމާނާތެއް ތިފައިސާ އައް ޚިޔާނާތް ނުވާތި!
ހަދިޔާ
16 April 2021
ދެފުއްފެއްނަ ގޮތަކަކައް ހާމަކަމާ އެކީ 90000ރ ގެ އެހީ ހޭދަކުރި ގޮތް ފެނުމަކީ ސެއާކުރި ގިނަ މީހުންގެ އެދުމަކައްވާނެ. މީގެ ކުރިން އެކިފަރާތްތަކުން މިކަހަލަ ކަންކަމުގަ އޮލުވާލާ މަކަރު ހަދާފަ އަމިއްލަ ފައިދާ ނަގާފަ ހުރީމަ މިހެންމިބުނެލީ
ބަޑީ
16 April 2021
އަޅުގަޑަށްހީވީ، ޝެއަރކުރާ ކޮންމެފަހަރަކު އަވަސްފުޑްއިން އެފަންޑަށް 3ރ ޖަމާކުރަނީކަމަށް!! މީސްމީހުނަށް 3ރ ކޮންމެފަހަރަކު ޖަމާކުރަން ކިހިނެއްތޯހަދާނީ؟ ނޭގޭތީ ހަމައަހާލީ.
އަލީ
16 April 2021
ކޮބާހޭ ތިބުނާ ނިކަމެތިން.މާލޭގަ ކުއްޔައް ހިފައިގެން ތިބެނީ ތިބުނާ ނިކަމެތިންވެސް.