މަސްވެރިންތަކެއް މަސްބާނަނީ: މަސް ދޮޏިތަކުގައި ބިދޭސީން ގެންގުޅޭވޭ ގޮތް ފިޝަރީސް މިނިސްޓްރީން ވަނީ ހަދާފައި-
19 އެޕްރީލް 2021 - 14:30
ރާއްޖޭގެ މަސް ދޯނިތަކުގައި މަސްވެރިކަން ނޫން އެހެން ކަންކަން ކުރުމަށް ބިދޭސީން ގެންގުޅުމުގެ ހުއްދަ ފިޝަރީޒް މިނިސްޓްރީން ދީފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ މި ހުއްދަ ދިނީ މަސް ދޯނިތަކުގައި ކުރާ ބައެއް މަސައްކަތަކަށް ދިވެހިން ލިބުމުގެ ދަތިކަން ކުރިމަތި ވާތީ ކަމަށެވެ.
ގަވާއިދާ ހިލާފަށް ބިދޭސީން ދޯނިތަކުގައި މަސައްކަތް ކުރުމުން ރާއްޖޭގެ މަސްވެރިކަމަކީ ގަވާއިދާ ހިލާފަށް ކުރާ ކަމެއްގެ ގޮތުގައި ބޭރުގެ ރީޓެއިލަރުން ގަބޫލު ކުރާ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.
އެހެންވެ، މަސްވެރިކަންކުރުން ފިޔަވައި އެހެން މަސައްކަތްތަކަށް ދޯނިތަކުގައި ބިދޭސީން ގެންގުޅުމުގެ ހުއްދަ ދިނުމުން އެ އިންޑަސްޓްރީ އަށް ވެސް ފައިދާ ވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ގަވާއިދަށް ގެނައި މި ބަދަލާއެކު، މަސްވެރި އުޅަނދުފަހަރުގައި ކަމާގުޅޭ އިދާރާތަކުގެ އުސޫލުތަކާ އެއްގޮތަށް އެ އުޅަނދެއްގައި މަސައްކަތް ކުރަން ހޯދާ ވޯކްޕާމިޓެއްގެ ދަށުން ގެންގުޅެވޭނީ ބިދޭސީ ދެ މީހުންނެވެ. މަސް ދޯނިތަކުގައި މަސައްކަތް ކުރަން ބިދޭސީންނަށް ހުއްދަ ދެނީ ކެއްކުން ނުވަތަ ދޯނި ފޮޅާ ސާފުކޮށް ބެލެހެއްޓުމަށެވެ.
މި ބަދަލާއެކު، މަސްވެރި އުޅަނދުފަހަރުގައި ގެންގުޅޭ ބިދޭސީންނަކީ ގަވާއިދާ އެއްގޮތަށް ސައްހަ ހުއްދައެއް އޮވެގެން މަސައްކަތްކުރާ ބައެއްކަން ޔަގީންކުރަން މިނިސްޓްރީން ވަނީ އެދިފަ އެވެ.
އެ މިނިސްޓްރީން މި ހުއްދަ ދިން އިރު، ރާއްޖޭގެ ގިނަ މަސް ދޯނިތަކުގައި މިހާރު ވެސް ބިދޭސީން ގެންގުޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
20 April 2021
ރައީސް،، ނައިބު ރައީސް އަދި މަޖުލިސް މެންބަރުން ކަން ވެސް ބޭރުމީހުނައް ކުރެވޭގޮތައް އޮތުންމައް ފެނޭ. ގަވައިދު ގާނޫނު ތަންފީޒުނުކުރެވޭ ގައުމެއް މިނޫނީޔަކާ ނުދެކެން.
އެޑްމުންޑޯ
20 April 2021
މަސްދޯނިތަކުގައި މިހާރުވެސް 6 ނުވަތަ 7 ބިދޭސީން މިހާރުވެސް ގެންގުޅޭ ، މަސްބާނާށާއި މަހާގުޅޭ ހުރިހާ ކަމެއްގައި ، މިމީހުންގެ މިކަހަލަ ކަންތަކުން ހިނއައިސް ފަޅާގެންދާވަރުވޭ
ސައިޚް
20 April 2021
މިދެން މިހާރު ބޮޑުވަރު، މިކަމާ މުޒާހަރާއަށް ނިކުންނަން ޖެހޭ.
އެމްސް
20 April 2021
ބިދޭސީންނާއި ހެދީ ނުކުޅަދާނަވެގެން އުޅޭއިރު އަދިވެސް ބިދޭސީންނަށް މިލިބެނީ ޙިމާޔަތް!
އ
19 April 2021
އެމީހުން މިގައުމުގައި އުޅެނީ މާކުރީގައި.
ހަސަދު
19 April 2021
ދެން ރައީސް އަކަށް ވެސް ބިދޭސީންނަށް އާދެވޭ ގޮތަ ހަދަންވީނު. ގައުމު ހަލާކު.
ޙވޖވޖވ
19 April 2021
މީގެކުރިން ދިވެހިން މަސްދޯނިދުއްވީ ބިދޭސީންލައިގެންނެއްނޫން. އެޒަމާނަކީ މިހާރަށްވުރެ ވަސީލަތްތައްވެސްމަދު ޒަމާނެއް. އަމަލުނުކުރިޔަސް ގާނޫނީގޮތުން ހަމައެކަނި ދިވެހިންގެ ސިނާއަތެއްގެ ގޮތުގައޮތް ސިނާއަތެއްގެ ތެރެއަށް ބިދޭންސީވަނުމުގެ ހުއްދަތިދިނީ. ދެންބަލަންތިބޭ ވާނެގޮތް. މަސްވެރިކަމަށްވެސް ދިވެހިންނަށްލިބޭ ފުރުސަތުތިގެއްލެނީ. މަދުލާރިކޮޅެއްދީގެން ބިދޭސީންގެންގުޅެވޭތީ އޮޑިވެރިން ދެންބަލާނީ ބިދޭސީ މަސްވެރިންހޯދަން!!!!!
މޫޗީ/
19 April 2021
ފަސޭހައިން ބޭރުމީހުންގެ ކަންތައްތަ ގަވާއިދާއެއްގޮތަށް ހަމަޖެހެންޖެހޭ. ސަރުކާރުން ތިކުރެއްވީ ރަގަޅުކަމެއް. މހާރުވެސް ވަރަށް ގިނަދޯނިތަކުގައި ބިދޭސީން ގެންގުޅޭ. ދިވެހިން ކަންނެވެ، ފޯނާއި ދޯޅުވީމާ ދެން މަސައްކަތް ކުރެވޭނީ ބޭރުމީހުން ލައިގެން. މިގައުމު ރައްޔިތުން ހަލާކުކޮށް ޒިއްމާދާރު ރައްޔިތުން ނެތިގައުމު އޮޔާދާން ދޫކުރީ މައުމޫނު. ހޭޓް ހިމް.
ހުތްއާދަނު
19 April 2021
ދުވަހަކުވެސް ގިނަނުވާވަރަށް ބިދޭސީން މުޅި ރާއްޖޭގައި . މިއީ ވަރަށް ބޮޑު ނުރައްކަލެއް. ބައެއްފަހަރު ސަލާންޖަހަން ތިބޭ. އިމިގްރޭޝަން ވަނީ ފެއިލްވެފައި. ޒިންމާ ނަގާނެ ކުރަވާނެ ބައެއް ، މުއައްސަސާއެއް ނެތް.
އައްޔަ ބޮޑޭ
19 April 2021
ތިކޮއްދެވުނީ ކަމެއް އާނ! މަހައްދިޔަސް ދަރައްދިޔަސް ވަލައްދިޔަސް ކޮންއޮޑިޔެެއްގާތޯ ބިދޭސިން ނުގެންގުޅެނީ, އެެއީކާކު ކޮންގޮތެއް ހަދައިދީގެންތޯ ?