20 އެޕްރީލް 2021 - 16:16
ދައުލަތުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދައްކަން ޖެހުނު އަދަދު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަދަދަށް ވުރެ އިތުރުވެ، އެ ކަމަށް ހޭދަކުރި ވަރު 189 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.
އެކި ކަންކަމާ ގުޅިގެން ސަރުކާރުން ބަދަލު ދިނުމަށް ހޭދަވާނެ ކަމަށް ލަފާކޮށް ބަޖެޓުގައި ޖަހާފައިވަނީ 100 މިލިއަން ރުފިޔާ އެވެ.
ނަމަވެސް މިހާރު ވަނީ އޭގެ ދެ ގުނައާ ގާތްކުރާ އަދަދެއް ހަރަދުކޮށްފަ އެވެ. ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ އެންމެ ފަހުގެ ހަރަދުތަކުގެ ތަފްސީލުގައިވާ ގޮތުން މިދިޔަ އަހަރު ދައުލަތުން އެކި ފަރާތްތަކަށް ދޭން ޖެހޭ ބަދަލުތަކުގެ ގޮތުގައި 77 މިލިއަން ހޭދަކޮށްފައިވެ އެވެ.
މި ސަރުކާރު ވެރިކަމަށް އައި ފަހުން އެކިއެކި ކުންފުނިތަކަށް ބަދަލުތަކުގެ ގޮތުގައި ބޮޑެތި އަދަދުތައް ވަނީ ދީފަ އެވެ. މިގޮތަށް ބަދަލު ދިނުމުގައި ދައުލަތުން ބޭއިންސާފުން އަމަލު ކޮށްގެން ލިބޭ ގެއްލުމަކަށް އެކަށީގެން ނުވާ އަދަދުތަކުން ފައިސާ ހޭދަކުރަމުން ދާތީ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް މި ވެރިކަމުގެ ފުރަތަމަ އަހަރު ބަދަލުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދީފައިވުމުން އިދިކޮޅުން ވަރަށް ބޮޑަށްް ފާޑުކިޔާފައިވެ އެވެ.
މިދިޔަ ތިން ދުވަސް ދުވަހުން ދައުލަތުން ހަތް ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން ދައުލަތުން އެކި ފަރާތްތަކަށް ބަދަލު ދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިބޫ
20 April 2021
އެންމެ ގިނަ ބަދަލު ވަނީ ބުރޯމެންގެޔަށޯ.
ފަނީ
20 April 2021
މާ ފައްކާ ގޮތަކަށް ކާ ބައެއް މިހާރު މިތިބީ. ބަދަލު ދިނުމުގެ ނަމުގަ ކާލަނީ ކުރީ ސަރުކާރުގެ ބޮލުގަ އަޅުވާފަ. ދެން މިމީހުން ރަސްމީ ގޮތުން ކެއި ކަމަކަށްނުވާނެ.
ގުލްޒާރު
20 April 2021
އާދަޔާޚިލާފަށް މޮޅު ކޮމެންޓެއް.