ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ބޭރު ތެރޭގައި މާސްކް ނަގައިގެން އުޅެވޭނީ އެކަނި އުޅޭ އިރު ނުވަތަ މަދު ބަޔަކާ އެކު އުޅޭ އިރު. --ފޮޓޯ:ގެޓީ އިމޭޖަސް
28 އެޕްރީލް 2021 - 01:39
ވޮޝިންޓަން (އެޕްރީލް 28) - ކޮރޯނާވައިރަހުގެ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުން ނުވަތަ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ބޭރުތެރޭގައި އުޅޭ އިރު މާސްކް އަޅަން ނުޖެހޭ ގޮތަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ގައިޑްލައިނަށް ބަދަލު ގެނެސްފި އެވެ.
އާ ގައިޑްލައިންގައި ބުނެފައިވާ ގޮތުގައި ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުން ބޭރު ތެރޭގައި އެކަނި އުޅޭ އިރު ނުވަތަ މަދު ބަޔަކާ އެކު އުޅޭ އިރު މާސްކް ނަގައިގެން އުޅެވިދާނެ އެވެ. ނަމަވެސް ބަންދުވެފައި ހުންނަ ތަންތަނާއި މީހުން ގިނަ ތަންތަނުގައި އުޅޭ އިރު މާސްކް އަޅަން ޖެހޭނެ ކަމަށް ސީޑީސީން ބުނެފައިވެ އެވެ.
އެމެރިކާގައި މިހާތަނަށް ވަނީ 95 މިލިއަން މީހުން ވެކްސިން ފުރިހަމަކޮށްފަ އެވެ. ވެކްސިން ފުރިހަމަވުމަކީ އެންމެ ފަހު ޑޯޒް ޖެހި ފަހުން ދެ ހަފުތާވެފައިވުމެވެ. އެމެރިކާގެ ގާތްގަނޑަކަށް 141 މިލިއަން ނުވަތަ އާބާދީގެ 42 ޕަސެންޓް މީހުން ވަނީ މަދުވެގެން އެއް ޑޯޒް ވެކްސިން އެޕްރީލް 26 ގެ ނިޔަލަށް ޖަހައިފަ އެވެ.
ސިއްހީ އޮފިޝަލުން ބުނެފައި ވަނީ އެމެރިކާގައި ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރުވާ ވަރަކަށް ކޭސްތަކުގެ އަދަދު ދަނީ އެއްވަރެއްގައި ހިފެހެއްޓެމުން ކަމަށެވެ.
އެމެރިކާ އިން މިހާތަނަށް ވަނީ 32 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 587,143 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިތަކުރު
28 April 2021
ދެޑޯޒް ނުޖެހިޔަސް އެކަނި މާސްކް ނާޅާ އުޅެވިދާނެ ދޯ. ދެން ދެ ޑޯޒް ހަމަކޮށްފަ ނިދާ ގަޑީގަ މާސްކް އަޅާކަށް ނުޖެހޭނެއޭ ބުނުން ކަހަލަ ވާހަކައެއް.
ށަވިޔަނި
28 April 2021
الحمد لله ދެވަނަ ޑޯޒް ޖެހިތާ ދެހަފްތާއަށްވުރެ ގިނަދުވަސް ވެއްޖެ. މިދުނިޔޭގައި ހުރިހާ ރޮގަކުން އެންމެ ކުރީގައި އުޅޭ ގައުމުގެ ބަލި ކޮންޓްރޯލު ކުރާ މަރުކަޒުން ތިވާހަކަ ބުނީމަ ވަރަށް ހިތްހަމަޖެހިއްޖެ.
ޢަހްމަދް..
28 April 2021
އެހެންތާ ވާނީ 2 ވެކްސިން ވިއްކާލެވުނީމަ ފައިދާވީ ބޭސްއުފައްދާ ކުންފުއްނާށް.