ވެލާނާގެ ބޭރުގައި ސިވިލް ސާވިސް މުވައްޒަފުންތަކެއް މަޑުކޮށްލައިގެން:-- މިހާރު ފައިލް ފޮޓޯ
29 އެޕްރީލް 2021 - 12:23
ދައުލަތުގެ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތަކުގެ އެއްހަމަކޮށް، އެކުލަވައިލާ ޕޭ ފްރޭމްވޯކްގެ ފަންނީ މަސައްކަތްތައް ވަނީ އެންމެ ފަހުގެ މަރުހަލާތަކުގައި ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޓީޗަރުންގެ މުސާރަ އަށް ބަދަލު ގެނައުމާ ގުޅޭ މައުލޫމާތު ހޯދަން "މިހާރު" ން އެދުމުން އެ މިނިސްޓްރީން ބުނީ ދައުލަތުގެ ހުރިހާ މަގާމުތަކެއް ހިމެނޭ ގޮތަށް މުސާރަ އާއި އެލަވަންސްތައް އެއްހަމަކޮށް، އެކުލަވައިލާ ޕޭ ފްރޭމްވޯކްގެ ފަންނީ މަސައްކަތްތަކާ ގުޅޭގޮތުން ކުރަމުން އަންނަނީ އެންމެ ފަހުގެ ކަންތައްތައް ކަމަށެވެ.
"އެ ފްރޭމްވޯކްގެ ދަށުން ޓީޗަރުން ވެސް ހިމެނޭ ގޮތަށް ދައުލަތުގެ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މުސާރައާއި އިނާޔަތްތައް އެއްހަމަ ކުރެވިގެންދާނެ އެވެ،" ލިޔުމުން ދިން ޖަވާބުގައި ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ އާދިއްތަ ދުވަހު ވަނީ ނިންމައިފަ އެވެ. އެއާއެކު، ކުޑަ މުސާރައެއްގައި މަސައްކަތްކުރާ ސަރުކާރުގެ މުވައްޒަފުންނަށް ހެޔޮ ބަދަލުތަކެއް ނާންނާތީ އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެފައި ވެ އެވެ.
ޓީޗަރުންގެ މުސާރަ ބޮޑުކުރަން ހެދި އާ އޮނިގަނޑުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އެ އޮނިގަނޑު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް އޮގަސްޓް 8، 2019 ގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވިދާޅުވި އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އޭގެ ނަތީޖާއެއް މި ސަރުކާރަށް ދައްކައި ނުދެވުނެވެ.
އެކަމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނީ ކޮވިޑު-19 އާ ހެދި އެވެ. އިގުތިސޯދީ ގޮތުން ދިމާވި ގޮންޖެހުންތަކާ ގުޅިގެން ހަރަދުތައް ކުޑަކުރަން ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރު އެންގި އެވެ. ނަމަވެސް އެ އެންގުން އުވައިލުމަށް ފަހު، މި ފަހުން ވެސް ބޮޑެތި މުސާރައާއެކު އާ މަގާމުތަކެއް ވަނީ އުފައްދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވުނަދާނަ
30 April 2021
ވެރިކަން ނިމެން މަހަކަށްވީމަ 200 ގުނަ ބޮޑު ކޮށްލާ ..އެއިރުން ދެން އަންނަ ވެރިކަމެއްގަ ހޭބޯނާރައިގެން އުޅޭނީ.ކަލޭމެން ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓާއި ބޭރުގެ އެހީ ދިރުވާލަ..މިހާރުވެސް ކަންތައް ތިކުރަނީ އެހެންވިއްޔާ..
ވާނުވާގަޔޯ
30 April 2021
މުޅިއަކުން ދޮގު ވާހަކައެއް ނޫން. ތިޔަ ވާހަކައެއް ދައްކާތާ މިހާރު 12 އަހަރުވެއްޖެ. އެންމެ ފަހު މަރުހަލާއަކީ މަރުވުން. މިހާރު ތިކަން ތި އޮތީ އެ މަރުހަލާއަށް އަޅާފައި. ދެން އިވޭނީ ފަހު މަރުހަލާގައި ކޮވިޑް ޖެހިގެން މަރުވެގެން ވެއްޓުނު ވާހަކަ. އެހިސާބުން ތިޔަ ވާހަކަ ނިމޭނެ. މުސާރަ ހުންނާނީ ހުރިގޮތަށް.
ޙަލީޕް
30 April 2021
ފަހުމަރުހަލާގަ އޮންނަތާ މިވީ އުމުރުންވީދުވަހެއް. ފަހުމަރުހަލާ ނިމޭނީ އަދި 1 ދައުރު ލިބިގެން
ގޯސް
30 April 2021
މުސާރައެއް ހައެއްވެސް ނޫން ތިކުރަނީ. ތިޔަކިރާކަމަކީ ސިޔާސީ އަދި އިންތިހާބީ މަގާމުތަކަށް ބިޔަމުސާރަ ކަނޑައެޅުމާ ސިވިލް ސާވިސް މީހުންނަށް ވީހާވެސް ކުޑަ މުސާރައެއް ކަނޑައެޅުން. ތިޔަ ކޮމިޝަން އިސްތިއުފާ.
ފާތިނާ
29 April 2021
މަންދު ކޮލެޖަށް ބަދަލު ދިނުން، ބިގަށް ބަދަލު ދިނުން، ވެންޓިލޭޓަރުން ކަޓް ނެގުން އޮތީ ފުރަތަމަ މަރުހަލާގައެވެ! މިއީ ކޮންފަދަ ކަމަކާއި ދިމާވެގެން އުޅުއްވާ ބައެއްް؟ އެމްޑީޕީ ވެރިކަމެކޭ ކިޔާއިރު އެމްޑީޕީގެ ފިކުރާއި މިވެރިކާމާއި އުޑާބިމާހާ ތަފާތެވެ.
ބޮޑުމީހާ
29 April 2021
ޓީޗަރުން ނަރުހުން ޑޮކްޓަރުން ސިވިލްސާވެންޓުންގެ މުސާރަ ބޮޑެއް ނުވާނެ. މިގައުމުގައި މުޒާހަރާނުކޮށް އެއްކަމެއްވެސް ހައްލެއްނުވާނެ. މި މީހުންނަކީ މިއަށްވުރެ ފިޑި ބަޔެއް. މިހެން ބުނާއިރު ބުނާނެ ގައުމަށްޓަކައޭ. ގައުމަށްވެސް ރަގަޅުވާނީ ޓީޗަރުންގެ މުސާރަ ބޮޑުވެގެން. ވަޒީފާއާ ބެހޭ ގާނޫނާއި ޚިލާފަށް އޯޓީގެ ގޮތުގައި އެން.ެ 10 އިންސައްތަ ދޭ އިރުވެސް ޓީޗަރުން ތިބެނީ ހެވިދިލިފަ. ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް
ޏުވާލީ
30 April 2021
ނުތިބެ ހަދަނީ ކިހިނެތް އެއްޗެކޭ ބުނާއިރަށް ދެނީ އިންޒާރުގެ ލިޔުން ދެން ބުނަނީ ސިވިލްސާވެންޓުން ތިބެން ޖެހެނީ 24 ގަޑިއިރު ރެޑީގައޭ. ގާނޫނާ ފުށޫއަރާގޮތަށް ގަވާދެއް ނެހެދޭނޭ އޮންނަނީ ލިޔުމުގަ ކަންވަނީ އެހެން ގޮތަކަށް
ވާއު
29 April 2021
ޓީޗަރުންނަށް ކޮންމުސާރައެއްތޯ ބޮޑުކުރަންވީ އެމީހުންގެ މުސާރަވަނީ ވަރަށްފަހުން ބޮޑުކޮށްފަ އަނެއްކޮޅުން އެމީހުންގެ އޮނިގަނޑެއް އެބަ އޮވޭ ސަޓިފިކެޓު ހޯދިވަރަކުން މުސާރަ ދަނީ ބޮޑުވަމުން ދެން ކޮންކަމަކާތޯ ތެޅެންވީ
ފެލުން
29 April 2021
ރައްޔަތުން ފެލާލުންނޫންކަމެއް މިއުޅޭ ސިޔާސީ އިޔަހޫދީންތައް ނުކުރާނެކަމުގެ ހެއްކެއް ތިއޮތީ ފެންނަން. ރައްޔަތުން ލައްވާ ވޯޓްއެޅުމުގެކުރިން އެމީހުންގެ މުސާރައޮންނަންޖެހޭނީ, ހަމަޖެހިފައެވެ. އެހެންވީމަ މިބުނީ, އިޔަހޫދި ކޮމެޓީއެކޭތީ....
ޖުހާބެ
29 April 2021
ފަހު މަރުހަލާގައި އޮންނަތާ މިވީ 2 އަހަރު
ހުތްއާދަނު
29 April 2021
ކައުންސިލަރުންގެ މުސާރަ ބޮޑުކުރީ ޕޭކޮމިޝަނުން ކޮން ފްރޭމްވޯރކެއް ހަދަައިގެން ؟