ކުޅިވަރު

ޔުނައިޓަޑް ފައިނަލާ ގާތަށް، ވިޔަރެއާލަށް ހަނި މޮޅެއް

ޔުނައިޓަޑްގެ ބްރޫނޯ (ވ) ލަނޑު ޖެހުމަށް ފަހު އެ ޓީމުގެ ފްރެޑާއެކު އުފާފާޅުކުރަނީ. -- ފޮޓޯ / އޭއެފްޕީ

30 އެޕްރީލް 2021 - 03:34

1 comments

ޔޫރޮޮޕާ ލީގުގެ ސެމީ ފައިނަލްގައި މިރޭ އޭއެސް ރޯމާ އަތުން 6-2 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓަޑް ފައިނަލާ ގާތަށް ޖެހިލައިފި އެވެ. މިރޭ ކުޅުނު އަނެއް ސެމީގައި އާސެނަލް އަތުން އަމިއްލަ ދަނޑުގައި 2-1 އިން ވިޔަރަރެއާލް ވަނީ މޮޅުވެފަ އެވެ.

އަމިއްލަ ދަނޑުގައި ރޯމާ އަތުން ތަފާތު ބޮޑުކޮށް ޔުނައިޓަޑް މޮޅުވިއިރު، އެ ޓީމުގެ ފޯވަޑް އެޑިސަން ކަވާނީ އާއި ބްރޫނޯ ފެނާންޑޭޒްގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު ވެސް ވަނީ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. ޔުނައިޓަޑަށް ދެން ލަނޑު ޖަހައިދިނީ ޒުވާން ފޯވަޑް މޭސަން ގްރީންވުޑާއި މިޑްފީލްޑަރު ޕޯލް ޕޮގްބާ އެވެ.

މެޗުގެ ނުވަ ވަނަ މިނިޓުގައި ޔުނައިޓަޑުން ލީޑު ނެގީ ބްރޫނޯ ޖެހި ލަނޑުންނެވެ. އެކަމަކު މެޗުގެ 15 ވަނަ މިނިޓުގައި ރޯމާ އަށް ލިބުނު ޕެނަލްޓީއަކުން، ލޮރެންޒޯ ޕެލެގްރިނީ ކާމިޔާބުކުރި ލަނޑާއެކު ރޯމާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. އަދި ފުރަތަމަ ހާފުގައި ރޯމާ ލީޑު ނެގީ 33 ވަނަ މިނިޓުގައި އެޑިން ޖެކޯ ޖެހި ލަނޑުންނެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ، ކަވާނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. އަދި 64 ވަނަ މިނިޓުގައި ކަވާނީ ޖެހި ލަނޑާއެކު، ޔުނައިޓަޑުން ލީޑު ހޯދި އެވެ. މެޗުގެ ބާކީ އޮތް ބައިގައި ޔުނައިޓަޑަށް ލިބުނު ޕެނަލްޓީއަކުން ބްރޫނޯ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހިއިރު، ޕޮގްބާ އާއި ބަދަލު ކުޅުންތެރިއެެއްގެ ގޮތުގައި ކުޅެން އެރި ގްރީންވުޑް ވެސް ވަނީ ލަނޑު ޖަހައިފަ އެވެ.

މިއީ 1964 ވަނަ އަހަރުގެ ފަހުން، ޔޫރަޕްގެ ބޮޑު ކްލަބު މުބާރާތެއްގެ ސެމީ ފައިނަލެއްގައި އެއް ޓީމަކުން ހަ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

އެކަމަކު މެޗަށް ފަހު ޔުނައިޓަޑްގެ ކޯޗު އޮލޭ ގަނާ ސޮލްސަޔާ ބުނީ ފުރަތަމަ ލެގުން ތަފާތު ބޮޑުކޮށް މޮޅުވި ނަމަވެސް، ފައިނަލްގެ ޖާގަ ޔަގީންނުކުރާ ކަމަށެވެ.

"މި މެޗުން މި ލިބުނީ ވަރަށް ރަނގަޅު ނަތީޖާއެއް. އެކަމަކު އަދި އަހަރަމެންނަށް ފައިނަލްގެ ޖާގައެއް ކަށަވަރެއްނުވޭ. ރޯމާ އަކީ ރަނގަޅު ޓީމެއްކަން ގަބޫލްކުރަންޖެހޭ،" ސޮލްސަޔާ ބުންޏެވެ.

ވިޔަރެއާލް މޮޅުވިއިރު ދެ ޓީމު ވެސް މެޗު ނިންމާލީ 10 މީހުންނާއެކު

މިރޭ ކުޅުނު އަނެއް ސެމީ ފައިނަލްގައި އާސެނަލްގެ މައްޗަށް ވިޔަރެއާލް އިން 2-1 އިން ކުރި ހޯދިއިރު، ދެ ޓީމުން ވެސް މި މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

އާސެނަލްގެ ސާކާ (ކ) އަތުން ބޯޅަ ހޯދަން ވިޔަރެއާލްގެ ޕެޑްރާޒާ މަސައްކަތްކުރަނީ. -- ފޮޓޯ / އޭއެފްޕީ

އާސެނަލްގެ ކުރީގެ ކޯޗު އުނާއީ އެމްރޭގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ވިޔަރެއާލްގެ އިން ލީޑު ނެގީ މެޗުގެ ފަސް ވަނަ މިނިޓުގައި މަނޫ ޓްރިގުއޭރޮސް ޖެހި ލަނޑުންނެވެ. އަދި 29 ވަނަ މިނިޓުގައި ވިޔަރެއާލަށް ލިބުނު ކޯނަރެއްގައި ތަނަވަސްވި ފުރުސަތަކުން، ތަޖުރިބާކާރު ޑިފެންޑަރު ރައޫލް އަލްބިއޮލް ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.

މެޗުގެ 55 ވަނަ މިނިޓުގައި އާސެނަލްގެ ޑެނީ ސެބާލޮސް އަށް ދެއްކި ރަތްކާޑާއެކު އެ ޓީމު 10 މީހުންނަށް މަދުވެފައި ވަނިކޮށް، އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ނިކޮލަސް ޕެޕޭ ވަނީ 73 ވަނަ މިނިޓުގައި ތަފާތު ކުޑަކޮށްފަ އެވެ.

މެޗުގެ 80 ވަނަ މިނިޓުގައި ވިޔަރެއާލްގެ އެޓިއަން ކަޕޫއޭ އަށް ރަތްކާޑު ދެއްކުމުން، ވިޔަރެއާލް ވެސް މެޗު ނިންމާލީ 10 މީހުންނާއެކު އެވެ.

މި މެޗުން އާސެނަލް ބަލިވި ނަމަވެސް، އާސެނަލް އަށް އޮތް ހިތްހަމަޖެހުމަކީ އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގަށް ނުކުންނައިރު އަވޭ ގޯލެއް ލިބުމެވެ. -- އޭއެފްޕީ

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝިއަލް.

30 April 2021

ބަލިވުން އެއީ ދެރަކަމެއް.2 ވަނަ ލެގް ކާމިޔާބްކުރެވޭނެ.އިންޝާﷲ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454