މުނިފޫހިފިލުވުން / ބޮލީވުޑް

"ދަ ޑާޓީ ޕިކްޗާ" ދޫކޮށްލެވުމަކުން ކަންގަނާ ދެރައެއް ނުވޭ

ބަތަލާ ވިދިޔާ ބާލަން އަށް ނެޝަނަލް އެވޯޑް ލިބުނު ފިލްމު "ދަ ޑާޓީ ޕިޗްކާ" ކުޅެން ލިބި އެ ފުރުސަތު ދޫކޮށްލެވުމަކުން ދެރަ ނުވާ ކަމަށާއި އެކަމަކު އެ ފިލްމަކީ ހީކުރި ވަރަށް ވުރެ މާ ބޮޑަށް ހިނގި ފިލްމެއް ކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.

އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، މިލަން ލުތުރިއާ 2011 ގައި ގެނެސްދިން އެ ފިލްމަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި 80 ގެ އަހަރުތަކުގައި ސިލްކް ސުމީތާގެ ނަމުން މަޝްހޫރުވި ކޮންޓްރަވާޝަލް ބަތަލާ ވިޖަޔަލަކްޝްމީ ވަޑްލަޕަލްޓާގެ ވާހަކަ ކިޔައިދިން ބައޮގްރިގަލް މިއުޒިކަލް ޑްރާމާއެކެވެ. "ދަ ޑާޓީ ޕިޗްކާ" ގައި ވިދިޔާ ކުޅުނީ ސިލްކް ސުމީތާގެ ރޯލެވެ.

ފިލްމުގެ ބަތަލުންނަކީ ނަސީރުއްދީން ޝާހާއި އިމްރާން ހާޝިމީގެ އިތުރުން ތުޝާރް ކަޕޫރެވެ.

"ދަ ޑާޓީ ޕިކްޗާ" ކުޅެން ލިބި އެ ފުރުސަތު ދޫކޮށްލުމާ ބެހޭ ގޮތުން ކަންގަމާ ބުނީ އޭނާ ފިލްމު ގަބޫލުނުކުރީ އެއީ މާ އޮއްޓަރެއް ހުރި ފިލްމެއް ކަމަށް އޭރު ނުދެކޭތީ ކަމަށެވެ. އެކަމަކު ފަހުން ފިލްމު ރިލީޒްކޮށް ބަލައިލުމުން ވިދިޔާ ކޮށްފައި ހުރި މަސައްކަތާއި ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބަށް ބަލާ އިރު، އެއީ ކުރިން ހީކުރި ވަރަށް ރަނގަޅަށް ހިނގި ފިލްމެއް ކަމަށް ބުންޏެވެ.

"ފިލްމު ބަލާލީމަ ހިތަށް އެރި ވިދިޔާ ކުޅެފައިވާހާ މޮޅަށް އެ ފިލްމު އަހަންނަކަށް ނުކުޅެވޭނެއޭ ވެސް. އޭނަ ފިލްމުގައި ދައްކުވައިދިން އެކްޓިން ވަރަށް ފުރިހަމަ. އެކަމަކު އެ ފިލްމު ދޫކޮށްލުމަކީ ކުރިން ވެސް ބުނަމުން އައިހެން އަހަރެން ރިގްރެޓްކުރާ ކަމެއް ނޫން." ކަންގަނާ ބުންޏެވެ.

"ދަ ޑާޓީ ޕީކްޗާ" ދޫކޮށްލި ނަމަވެސް އެ ފިލްމުގެ ޑައިރެކްޓަރު ލުތުރިއާގެ 2010 ގެ "ވަންސް އަޕޮން އަ ޓައޮމް އިން މުމްބާއީ" ކަންގަނާ ކުޅުނެވެ.

ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ އީޓީ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ މިހާތަނަށް ކާމިޔާބު ހޯދީ އޮފްބީޓް ފިލްމުތަކެއް ކުޅެގެން ކަމަށާއި މިހާތަނަށް އެންމެ ވަރުގަދަ ޑައިރެކްޓަރުންނާއި ޕްރޮޑަކްޝަން ހައުސްތަކާ އެކީ ވެސް މަސައްކަތްނުކުރާ ކަމަށެވެ. އެގޮތުން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އާއި ރާޖްކުމާރު ހިރާނީ އާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ފަދަ ކޮމާޝަލް ނުވަތަ މެއިންސްޓްރީމް ފިލްމުތަކަށް ގެނެސްދޭ މީހުންނާ އެކު މަސައްކަތްނުކޮށް ކާމިޔާބު ހޯދުމަކީ ހަމަ ހަގީގަތުގައި ވެސް ކުޑަ ކަމެއް ނޫން ކަމަށް ބުންޏެވެ.

ފިލްމު ބަލާލީމަ ހިތަށް އެރި ވިދިޔާ ކުޅެފައިވާހާ މޮޅަށް އެ ފިލްމު އަހަންނަކަށް ނުކުޅެވޭނެއޭ ވެސް. އޭނަ ފިލްމުގައި ދައްކުވައިދިން އެކްޓިން ވަރަށް ފުރިހަމަ. އެކަމަކު އެ ފިލްމު ދޫކޮށްލުމަކީ އަހަރެން ރިގްރެޓްކުރާ ކަމެއް ނޫން: ކަންގަނާ

ކަންގަނާ ބުނި ގޮތުގައި އޭނާ ފިލްމަކަށް އެއްބަސްވާނީ އެ ފިލްމެއްގައި އޭނާ އަށް އެކްޓްކޮށްލެވޭ ކަހަލަ ވަރުގަދަ ރޯލެއް ލިބޭ ނަމަ އެވެ. އެކަން ސިފަކޮށްދިނީ ކުރިއަށް ހުރި ފިލްމެއްގެ ޑައިލޮގަކާ ވެސް ގުޅުވައިގެންނެވެ.

"ތަގުދީރު އަހަންނަށް އައުންސެއް ދިން ނަމަ، ބަދަލުގައި އަހަރެން ދޭނަން ޕައުންޑެއް." ކުޅޭ ކޮންމެ ފިލްމަކީ އެ ފިލްމަކަށް ގިނަ ބައެއްގެ ސަމާލުކަން ހޯދާނެ ފިލްމަކަށް ވާނެ ކަމަށް އިޝާރާތްކޮށް ކަންގަނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިހާތަނަށް ހިންދީ ސިނަމާގެ ވަރުގަދަ ލީޑް ބަތަލާއަކަށްވީ މާ ނުފޫޒު ގަދަ ބަޔަކާއެކީ މަސައްކަތް ނުކޮށް، ހުނަރަށް އިސްކަން ދީގެން މަސައްކަތްކޮށްގެންނެވެ. އަދި މިހާރު އާދެވިފައި ހުރި ހިސާބަށް ދެވުނީ އަމިއްލަ ބުރަ މަސައްކަތުން ކަމަށް ވެސް ބުންޏެވެ.

"ދިރާސާކުރަން ބޭނުންވާ މީހަކަށް އެކަން ވަރަށް ފަސޭހަ އިން ސާބިތުވާނެ،" ކަންގަނާ ބުންޏެވެ.

ކާމިޔާބު ބަތަލާގެ ބޮޑު ތިން ފިލްމެއް ކުރިއަށް އެބައޮތެވެ. އެއީ ރިލީޒްކުރުން ފަސްކޮށްފައިވާ ބައޮގްރަފިކަލް ޑްރާމާ "ތަލައިވީ" އާއި ޝޫޓިން ނިންމާފައި އޮތް އެކްޝަން ފިލްމު "ދާކަޅް" ގެ އިތުރުން ޝޫޓިން ފަށައި ބޮޑު ބައި ނިންމާފައި އޮތް ވަތަނީ ފިލްމު "ތޭޖާސް" އެވެ.

"ތަނޫ ވެޑްސް މަނޫ" އާއި "ކްއީން" އަދި "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ފަދަ ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު ކަންގަނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޕަންގާ" އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454