ޓްރާންސްޕޯޓް އޮތޯރިޓީން ވަކިކުރި މުވައްޒަފުން، ޝަކުވާ އުފުލަން ގޮސް މިނިސްޓްރީގެ ބޭރުގައި--
06 މެއި 2021 - 16:30
ޓްރާންސްޕޯޓް އޮތޯރިޓީގެ ވަޒީފާ އިން މިދިޔަ އަހަރު ވަކިކުރި ނުވަ މީހަކަށް އަލުން އަނބުރާ ވަޒީފާ އިޔާދަ ކޮށްދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި އަމުރާ އެއްގޮތަށް ކުރިއަށް ދާން ނިންމާފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.
އިންޒާރުތަކަކަށް ފަހު، ޓްރާންސްޕޯޓް އޮތޯރިޓީން ވަޒީފާ އިން ވަކިކުރި މީހުންނަށް އަލުން ވަޒީފާ އިޔާދަކޮށްދިނުމަށާއި ވަޒީފާ އިޔާދަކޮށްދޭ ދުވަހާ ހަމައަށް މުސާރައާ އިނާޔަތް ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކުރީ މިދިޔަ މަހުގެ 29 ގަ އެވެ.
އެ އަމުރާ ގުޅިގެން ސީއެސްސީގެ ސެކްރެޓަރީ ޖެނަރަލް ޑރ. ޝަހުނީޒާ ނަސީރު ވިދާޅުވީ، އެ ކޮމިޝަނުން ނިންމާފައި ވަނީ ޓްރައިބިއުނަލްގެ އަމުރާ އެއްގޮތަށް، އެ މީހުންނަށް އަލުން ވަޒީފާ އިޔާދަކޮށްދޭން ކަމަށެވެ. އެކަމަކު އަލުން ވަޒީފާއަށް ނެރޭނެ ދުވަހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން 11 މީހަކު ވަޒީފާ އިން ވަކިކުރި އެވެ. އޭގެ ތެރެއިން ދެ މީހަކު ވަކިކުރީ ރަނގަޅަށް ކަމަށް ޓްރައިބިއުނަލުން ވަނީ ނިންމައިފަ އެވެ. އެއީ އަމިއްލަ ގޮތުން ވަކީލުން ތަމްސީލުކުރި ދެ މީހެކެވެ. ބާކީ ނުވަ މީހުންގެ މައްސަލަ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން ތަމްސީލުކުރިއިރު ޓްރައިބިއުނަލުން އަމުރުކުރީ އެ މީހުންނަށް އަލުން ވަޒީފާ ދޭށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ޓްރާންސްޕޯޓް އޮތޯރިޓީގެ އެ މުވައްޒަފުން ވަކިކުރާނެ ކަމުގެ އިންޒާރު ފުރަތަމަ ދިނީ އޮކްޓޫބަރު 2019 ގަ އެވެ. ޓްރާންްސްޕޯޓް މިނިސްޓްރީން ކުރިން ބުނި ގޮތުގައި ބައެއް މުވައްޒަފުންނަށް ނޯޓިސް ދިނީ އެ މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ ތަނެއް ހިމެނޭ ގޮތުން ނެގި ހާޒިރީ ރިޕޯޓަކަށް ބެލުމަށް ފަހުގަ އެވެ. އެކަށީގެންވާ ސަަބަބެއް ނެތި ވަޒީފާ އިން ވަކިކުރުމުން، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ނުވަ މީހަކު ހުށަހެޅި މައްސަލަ ނިންމައި، ޓްރައިބިއުނަލުން ކުރި އަމުރުގައި ވަނީ އެ މީހުން ވަޒީފާއިން ވަކިކޮށްފައި ވަނީ މައުލޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށް ކަމުން، ކުރިން އަދާކުރަމުންދިޔަ ވަޒީފާ އަލުން އިޔާދަކޮށްދިނުމާއެކު، ވަޒީފާ އިޔާދަކޮށްދޭ ތާރީހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތް ވެސް ދޭން ޖެހޭނެ ކަމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން އެ މުވައްޒަފުން ވަކިކުރަން އުޅުނު މައްސަލައިގައި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭރު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސްް މުވައްޒަފަކަށް ފިޔަވަޅު ނާޅާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްޅާމުޙައްމަދު
06 May 2021
ވައްކަން ކުރާ ޕޮލިޓިކަލް މީހުން އަދިވެސް ތިބީ މިނިސްޓަރ ޒަހާ އެވަރަށް މަސައްކަތް ކުރި އިރުވެސް ދިޔައީ އެކަމަކު ޓްރާންސްޕޯޓްގަ ތިބި ވައްކަންކުރާ ޕޮލިޓީކަލް މީހުން ހަމަ ގަދަފައި ޖަހާފަ އެދަނީ ވައްކަންކުރަމުން. ސަރުކާރުން އޮތީ އަތްޖަހަން. 3 ދުވަހުން ލިބުނު ލައިސަން 2 މަސް ދުވަހުންވެސް ނުލިބޭ.
ތެދުމަގު
06 May 2021
ވަރަށް ބޮޑު ތެދެއް. މުޅި އެތަން ހަލާކު ކުރުމުގައި ސާމީގެ ވަރަށް ބޮޑު ރޯލެއް އެބައޮތް. މިހާރު އެކަމަކު ހުންނާނީ ރާކަނިމަސް ކެވިފަ. ޓްރާންސްޕޯޓާ 100 ފޫޓާ ހަމައަށްވެސް ދެންނާދެވޭނެ. ދެން ލަލަލާ
ބޭބޭ
06 May 2021
މިނިސްޓަރޫ ޒާތީކަންތައްތަ ޕޮރޮފިޝަނަލްކަންތައްކަށް ނުވައްދާ...ތަންކޮޅެއް ކުރިން ވިދާޅުވީ މިނިސްޓުރީ ސާފުކުރަނީ ކަމަނާ އައިފަހުން ރާއްޖޭގެ އެތަކަށް ޢާމުރައްޔިތުންނަކަށް ގެއްލުންދީފި ނުވީތާކަށް އެތާތިބި ކުޑަމިސާކޮޅެއް ލިބޭ މުއައްޡުންތަކެއް ކަޑައިފި..އެންމެފުން މައިރަސްކަލާގެ ރަހުމައްފޅުން އެބޭފުޅުން އިންސާފު ލިބއެްޖެ....މިހާރު ކަމަނާ ދއްކަވާ ވާހަކައެއް އިތުބާރޔ ނުކުރަން....ކޯއްޗހެއް ސާފުކުރާ ވާހަކައެއް ދެއްކީ ؟
އެދުރުކަލޭގެފާނު
06 May 2021
ސިޔާސީ މީހުން ހިތްޕުޅު ހަމަނުޖެހޭ އިރަށް އަދި ކަމަކާއި ޝައްކުވާއިރަށް އެއްވެސް ބެލުމެއްނެތި ވަޒީފާއިން ވަކި ކޮށްގެން ނުވާނެއެވެ. ޚާއްސަކޮށް އެމްޑީޕީއަށް ނިސްބަތްވާ ސިޔާސީވެރިން މިކަމާއި ދުރުވާން އެބަ ޖެހެއެވެ. ފެނަކައިގެ ވެރިޔަކަށް ހުންނެވި ސައީދުވެސް މިކަން މިގޮތަށް ނުކުރުމަށް ދަންނަވަމެވެ. އާރާއި ބާރު ދައްކުމުގެ ނަތީޖާއަކަށްވާނީ ވެރިކަން ބަދަލުވެ ނުވަތަ ވަޒީފާ ގެއްލޭ ދުވަހު އެމީހަކަށް އާއްމުތަންތަނަށްވެސް ނިނުކުމެވޭ ހިސާބަށް ކަންތަށް ދިއުމެވެ.
ބާންޑު
06 May 2021
ތި ޓްރައިބިއުނަލް ކުރާާ އަމުރު ތަކުން ހިއްތަވު ލިބެނީ ސިވިލް ސާރވިސްގައި މަސައްކަތް ނުކުރާ މުވައްޒަފުންނަށް. މިގައުމުގައި ފެއްނަނީ މަަސައްކަތް ނުކޮށް މުސާރަހޯދަން ދުވާމީހުން.
ބާރިބޭ
06 May 2021
ސިވިލް ސާވިސް ތެރޭގައި އުޅޭ ޒިންމާދާރުކަން ކުޑަ އެތައްސަތޭކަ މުވައްޒަފުންނަށް ލިބިގެން ދިޔަ ބޮޑު ހިތްވަރެއް. ވަޒީފާއާބެހޭ ގާނޫނުތަކާ ގަވާއިދުތައް ހުރީ ބޮޑުތަނުން އެއްކޮޅަށް ބުރަކޮށް. މީގެ ނާޖާއިޒު ފައިދާ މިލިބެނީ ދައުލަތުގެ ތެރޭގައި އުޅޭ ޒިންމާދާރު ނުކުރެވޭ މުވައްޒަފުންތަކަކަށް. އަނެއްކޮޅުން ޕްރައިވެޓް ސެކްޓާގައި މި ގާނޫނުތައް ތަންފީޒެއްނުވޭ، ވަޒީފާދޭ ފަރާތްތަކުން ހަދަނީ ހަދާނެ އެއްޗެއް. މަސައްކަތްތެރިން ހެސްކިޔާފަ ނިކަމެތި. ކޮންތާކު މިޖެހެނީ؟
އެއްކަަލަ ސޮރު
06 May 2021
ތެދެއް ތިބުނީ. ވެރިމީހާ ކަނޑާލީމަ ހަމަ ކެނޑިގެން ދާން މި ޖެހެނީ. އަދިވެސް ރޯދަ އެލަވަންސް ނުދޭ. އެކަމާ ޝަކުވާ ކުރާމީހާ ގޯސް ވަނީ.
ޝިމާޖިއޯ
06 May 2021
ކަލޭމެން ކަހަލަ ދެއުޅިއެއްނުވާ ސިޔާސީ މީހުނަކީ އެއްވެސް އުރަތްޕެއް ހުރިބައެއް ނޫން. ކަލޭ ވެސް ޓްރާންސްޕޯޓަށްވަނީ ސީދާ ވައްކަންކުރަން ހިތް ނިޔަތް ގަނެގެން. އެވާހަކަތައް ދައްކާތީ ކަނޑާލި ބަޔަޔަކީ އެއްވެސް ހާލެއްގައި ފަރުވާ ކުޑަވެގެން ކަނޑާލި ބައެއްނޫންކަން ކަލެއަށްވެސް އަދި ތި އަތްފުޅާކޮށްފަ ހުންނަ ޕޫބެއަރ އަށްވެސް އެގޭނެ. ހަމައެކަނި މައްސަލައަކީ ކަލޭމެން ކުރާ ވައްކަންތަކަށް ފާޅުގައި ނޫނެކޭ ބުނުން
އަނބިމީހާގެ ފިރިމީހާ
06 May 2021
ޓުރާންސްޕޯޓު އައިސާ އިސްތިއުފާ.
ޝިމާޖިއޯ
06 May 2021
ގައުމަށް ޖެހިފަ އޮތް ބޮޑު ވަބާއެއް. މިކަމުން ސަލާމަތްވާނީ ކިހާ އަވަހަކަށްބާ!!