ޚަބަރު / އިދިކޮޅު ފަރާތްތައް

ކޮވިޑުން އަރައިގަތުމަށް އިދިކޮޅުގެ އެއްބާރުލުން ސަރުކާރަށް ލިބޭނެ: ޕީޕީއެމް/ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް.-- ފައިލް ފޮޓޯ/މިހާރު

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ، ރައްޔިތުން އިތުރު ބިރުވެރިކަމެއްގެ ތެރޭގައި ތިބި މި ނާޒުކް ދަނޑިވަޅުގައި މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން ދަންނަވާފައި ވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި އޮތް މީޑިއާ ބްރީފިންއެއްގައި، ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް އެންމެ ފުރަތަމަ ފެތުރި، ރައްޔިތުން ހާސްކަމެއްގެ ތެރެއަށް ދިޔަ ފަހަރު ވެސް އިދިކޮޅުން ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭން ހުށަހެޅި ކަމަށެވެ. އަދި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭން ތައްޔާރަށް ތިބި މީހުންގެ ލިސްޓެއް ވެސް އޭރު ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދޭންވީ ދާއިރާތަކާއި ކުރަންވީ ކަމެއް ސަރުކާރުން އަންގަވައި ދެއްވައިފި ކަމަށް ވާ ނަމަ އެ ކަމެއް އަޅުގަނޑުމެން ކުރާނަން. މި ކަމުގައި ސަރުކާރުން ޕޮޒިޓިވް ނޯޓެއްގައި މަސައްކަތް ކުރައްވާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރަން އިދިކޮޅުން ހުށަހެޅިއިރު ވޮލަންޓިއާކޮށް މަސައްކަތް ކުރާނެ މީހުން ހޯދުމަށް ހެލްތު މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.

އިދިކޮޅުން އެންމެ ކަންބޮޑުވާ ކަމަކީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ރައްޔިތުންނަށް ބޭނުންވާ ސަލަމާތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރު ނުކުޅެދިފައިވުން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި ބަލި ފެތުރިފައިވާއިރު، އެ ތަންތަނުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ ފަސޭހަ އިންތިޒާމުތައް ހަމަޖެހިފައި ނެތުމާއި ބަލިވާ މީހުން ގިނަވެ، މީހުނަށް ފަރުވާދޭނެ ޑޮކްޓަރުންނާއި ނަރުހުން މަދުވުމާއި އަދި ކޮވިޑް ފެސިލިޓީތަކާއި އައިސީޔޫގެ ހުރި ދަތިކަމަކީ އިދިކޮޅުން ފާހަގަކުރި ކަންބޮޑުވުންތަކެވެ.

"ބޭނުންވާ މިންވަރަކަށް ބޭނުންވާ ގޮތަކަށް އަޅުގަނޑުމެންގެ ވަސީލަތްތައް، ޚާއްސަކޮށް އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ފުރިހަމަ އަށް މި ތިބީ ތައްޔާރުވެގެން--- އާދަމް ޝަރީފް

ޑޮކްޓަރުންނާއި ނަރުހުންގެ މަދުވުމުގެ ދަތިކަން ކުރިމަތިވެ، އެ ހިދުމަތަށް ވެސް މީހުން ހޯދުމަށް ވަނީ އިއުލާންކޮށްފަ އެވެ.

ސަރުކާރުން ބޮޑު އަގުދީފައި ގެންގަނަން އުޅުނު ވެންޓިލޭޓަރުތަކަށް ވީ ގޮތެއް އަދިވެސް ނޭނގުމާއި ބޭނުންވާ ވަރަށް ވެކްސިން ހޯދިފައި ނެތުމާއި ވެކްސިން ދިނުމުގައި ވެސް އެއްވެސް ހަމައެއް ނެތި އެކަން ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ވަރަށް ބޮޑު ފެއިލިއާއެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރި އެވެ.

"ބޭނުންވާ މިންވަރަކަށް ބޭނުންވާ ގޮތަކަށް އަޅުގަނޑުމެންގެ ވަސީލަތްތައް، ޚާއްސަކޮށް އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ފުރިހަމަ އަށް މި ތިބީ ތައްޔާރުވެގެން،" ކުރީގެ ރައީސް އަބްދުﷲ ޔާމީމްގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ކޮންމެ ދުވަހަކު ވެސް ދަނީ ރެކޯޑް އަދަދަކަށް މައްޗަށް އަރަމުންނެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި އެ ބަލި ޖެހޭ މީހުން ވެސް ރެކޯޑް އަދަދަކަށް މިހާރު ވަނީ މަތިވެފަ އެވެ. އެހެންވެ، މާލެ ސަރަހައްދުގައި މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 9 އިން ފަތިހު 4 އަށް ކާފިއު ހިންގަން ވަނީ ނިންމައިފަ އެވެ. އަދި މާލެ ސަރަހައްދުގައި ހިންގާ ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، ކެފޭ/ރެސްޓޯރަންޓުތަކާއި ފިހާރަތަށް ކޮންމެ ރެއެއްގެ ނުވައެއް ޖެހުމާ ހަމައަށް ހުޅުވަން ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން، ޒަރޫރީ ބޭނުމެއްގައި ނޫނީ ރަށްރަށަށް ދަތުރުކުރުން ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.

12 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 71%
icon wow icon wow 14%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެދުރުކަލޭގެފާނު

06 May 2021

އެއްބާރުލުން ދެއްވަން ވެގެން ނޫންތޯ މުޒާހަރާކޮށް އޮޅުލައި ބައްދައި މަގުމަތީގައި ދުވެވަޑައިގެން އުޅުއްވީ؟ މަރަށް ބިރުން ގެއަށް ވަދެ ފިލިޔަކަސް އެކަމެއް ނުވާނެެއެވެ. ޕީޕީއެމުން މަގުތަކަށް މީހުން އެއްކުރާން ގޮވާ، އަދި މިދަތި އުނދަގޫ ދަނޑިވަޅުގައި ޖެއްސި ތުރާތަށް ކޮބަައިތޯއެވެ. ދުނިޔެއަށް މަކަރުހަދައި އޮޅުވާލަން ކަމަށްތޯއެވެ؟ އެކަމެއް ނުވާނެއެވެ.

The name is already taken The name is available. Register?

ނގބޅ

06 May 2021

ކޮވިޑް ފަތުރާފަ ކޮންވާހަކައެއް! މަރުވާ ކޮންމެ މީހަކަށް ކަލޭމެމެން ޒިންމާވާންޖެހޭ.

The name is already taken The name is available. Register?

ނުޖެހޭނެ

06 May 2021

އަންނިއާ އިބޫއާ ސަރުކާރުގެ ކަމާބެހޭ އެންމެން ޒިންމާވާން ޖެހޭވަރަށްވުރެ ކުޑަކޮށް އެމީހުން ޒިންމާވާންޖެހޭނީ. އެޗްޕީއޭގެ އިހުމާލު އެންމެ ބޮޑީ. ކޮވިޑް ބޭނުންވާނީ ކަރަންޓީނާ ނުލާ ދަތުރުކުރެވޭ އެންމެ ދުވަހެއް ބަލި ފަތުރާލަން. އެ ދުވަސް ދިނީ އެޗްޕީއޭއިން.

The name is already taken The name is available. Register?

ބަައިރޯ

06 May 2021

ތީސަރުކާރަށް ދޭއެއްބާރު ލުމެއް ނޫން، އަމިއްލަ ނަފުސއްދޭ އެއްބާރު ލުމެއް، މިއޮތްހާ ދުވަހު މަގައް ނުކުމެ ގަތްގަޑުގެ ނަތީޖާ މިފެންނަނީ!

The name is already taken The name is available. Register?

ގެދާނޯމޮސް

06 May 2021

އިންސާފުގެ ތިލަފަތަށް ތަބާވާ ބޯލަނބާނަމަ އެބަޔަކަށް އެއިން މިނެކިރުމުގެ އުސޫލެއް ނުގެންގުޅެވޭނެއެވެ. ޔައުނީ ތިމާގެ ކުށްއިސްލާހް ނުކޮށް އެހެންމީހުންގެ ކުށްދައްކާނެއެވެ.

The name is already taken The name is available. Register?

ސިޔާސީ

06 May 2021

ކަލޭމެން އެއްބާރުންދޭން ނުކުންނަންވީނުން މަގުމައްޗަށް. މިމީހުންވެސް ކޮވިޑަކީ ކަމެއްނޫންކަމަށް ބަލައިނއުޅުނުގޮތް. މިއަދު ގައުމަށް މިހެންވީމަ އަދިވެސް އިގިލިދިގުކުރަނީ. ކަންކަން ސިޔާސީކުރިޔަސް އޮންނާނެ ހައްދެއް. މިމީހުން މީ ވެކްސިންވެސް ސިޔާސީކުރިމީހުން

The name is already taken The name is available. Register?

ޖަމީލުބެ

06 May 2021

މިހިސާބަށް މިކަންތައް ގެންދިއުމަށް ބޮޑު ވަޒީރަށް އެއްބާރުލުން ދެއްވި ގޮތައްތޯ؟

The name is already taken The name is available. Register?

ކުމްކުމް

06 May 2021

އަދުރޭ އިސްލާހުވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅު.

The name is already taken The name is available. Register?

ދެފުއް

06 May 2021

ހޮހޮހޯ....އިއްޔެ ނޫންތޯ ބުނީ ފަހު ދިހަޔަކައްފަހު މަގުމަތީ ހަ ރަކާތް ފަށާނަމޭ....ވަގުތުން ވަގުތައް ފަށަންވީ ނޫންތޯ

The name is already taken The name is available. Register?

ބިސްބެ

06 May 2021

ފު ރަތަމަ ކޮށްދޭން ވީ ކަމަކީ މި ރޭ މުޒާހިރަ ކު ރަން ފެށެން

The name is already taken The name is available. Register?

ފަލަޑޭ

06 May 2021

މަގުމަތީ ހަ ރަކާތް ފަށަނީ ކޮން އި ރަކުން.....ހައްލަކީ އެއީ ނޫންތޯ

The name is already taken The name is available. Register?

ޙަސަން،

06 May 2021

ހައްލަކީ އެއީ. ބިރު ފުޅު ގަންނަނީތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454