މަރަދޫގެ ބޮޑުމަގު--
07 މެއި 2021 - 16:48
އައްޑު އާއި ފުވައްމުލަކުން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވެފައިވާތީ އެ ދެ ސިޓީގައި ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއު ހިންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނިންމައިފި އެވެ.
ކާފިއުގެ އިތުރުން ކޮވިޑް ކޮންޓްރޯލްކުރުމަށް މިއަދުން ފެށިގެން އައްޑު އާއި ފުވައްމުލަކުގައި ގިނަ ފިޔަވަޅުތަކެއް އަޅަން އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ.
- ޕާޓީތަކާއި ހަފުލާތައް ބޭއްވުން މަނާ.
- އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.
- އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުން. - ސެލޫންތަކާއި ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
- ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.
- ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން.
- ފިރާތަކުން ހިދުމަތް ދޭއިރު، އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ފިހާރަތަކުގެ ހިދުމަތް ދިނުން.
- ޔުނިވަސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރު ވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުއްޓައިލުން.
- ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުން. (ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތެއް ނުހިމެނޭނެ)
އެ ފިޔަވަޅުތަކުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ސިއްހީ ހިދުމަތްތެރިންގެ އިތުރުން ފަތިސް ނަމާދަށް މިސްކިތަށްދާ މީހުންނާއި އިމަޖެންސީކޮށްް ސިއްހީ ހިދުމަތް ހޯދަން ޖެހޭ މީހުން ނުހިމެނޭނެ އެވެ.
ކޮވިޑް-19 ގެ ކޭސްތަކެއް ފެނިގެން އައްޑު އާއި ފުވައްމަލުކުގައި ވެސް ކާފިއު ހިންގަން ނިންމިއިރު ރޭ ވަނީ ޅ.ނައިފަރު، ކ.މާފުށި، އއ. މަތިވެރި، އއ. އުކުޅަސް އަދި ބ. އޭދަފުށީގައި މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ނިންމައިފަ އެވެ.
މާލެ ސަރަހައްދެކޭ އެއްގޮތަށް ރަށްރަށުގެ ކޮވިޑްގެ ހާލަތު ވެސް ވަނީ ގޯސްވެފަ އެވެ. ކޮންމެ ދުވަހަކު އެކި ރަށްރަށުން ގިނަ ބަޔަކު ދަނީ ޕޮޒިޓިވްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިފް3344
07 May 2021
މާލޭގެ ކާފިއު ވަގުތު އިތުރުކޮށް ހުރިހާ އޮފީސްތަކާއި ކޯޓުތަކުގެ އިމާރާތްތައް ބަންދުކުރަން ގޮވާލަން. ޖޭއެސްސީން ސަރކިއުލަރ ނެރެގެން ކޯޓުތަކުން މުވައްޒަފުން އެބަނެރޭ. ކޮވިޑު ކުރިންވެސް ބޮޑަށް ފެތުރުނީ އޮފީސްތަކުންކަން ތަފާސް ހިސާބުތަކުން އެނގޭ. ކޯޓުތަކުން ތިހާ މުހިންމު ޝަރީޢަތެއް ކުރަން ބޭނުންނަމަ މި ނުރައްކާތެރި ހާލަތުގައި ފަނޑިޔާރުންނަށް ގޭގައި އޮންލައިންކޮށްވެސް އެކަން ކުރެވޭނެ. ބޮޑު އިމާރާތަކަށް ދާކަށް ނުޖެހޭ. ޑޯންޓް މޭކް ދިސް ނެކްސްޓް އިންޑިޔާ
ޑެބީ
07 May 2021
އޮފީހުން ކެނޑިގެން ކަލޭ އޮވަބަލަ ގޭގަ.
ރިޝްފު
07 May 2021
ތިއީ ތެދެކޭ. މާދަމާވެސް އެބައޮތް މަ އުޅޭ ކޯޓަށް އަންނަން ބުނެ ސެކްޝަން ވެރިޔާ މެސެޖުކޮށްފަ. ކުރިއަށް އޮތް ހަފްތާވެސް އަންންޖެހޭނެޔޯ ބަންދު ވިޔަސް. ކިހާ ދެރަކަމެއް މިއީ. މަ އެއްޗެކޭ ބުނެފިއްޔާ މަށަށްވުރެ ފަރުވާކުޑަ ކަޓު ޖައްސާ މީހަކު ނުހުންނާނެ. އާން އެހެން ދޯ ވާނީ. މިތަންތާގެ ވެރިންވެސް ކޮވިޑު އެއީ އޮތް އެއްޗެއް ކަމަށްވެސް ގަބޫލު ނުކުރޭ
ނިރު
07 May 2021
ސަރުކާރުގެ ސިއްހީ ނިޒާމް ފޭލް ވެމުންދާކަމުގެ ހެކިތަށް މިފެންނަނީ... ވޭތުވެ ދިޔަ އެއް އަހަރު ތެރޭގަ ކޮވިޑް 19 ބަލިން ފަރުވާ ދިނުގެ ފުރިހަމަ ނިޒާމެއް ގާއިމެއް ނުކުރެވު ހަމައެކަނި ކޮއްލެވުނު ހާވެސް ކަމަކީ ދަރުމަވަންތަ ހޮސްޕިޓަލްގަ 9 ބެޑްގެ އައި ސީ ޔޫ އެއް ހަދާލެވުނުކަން.. ދެން ކުރެވެން ހުރި ހަމައެކަނި ކަމަކީ ރައްޔެތުން ރަށު ބަންދު ކުރުމާ ގޭބަންދު ކުރުން