ވިޔަފާރި / ޓޫރިޒަމް

އިގްތިސާދަށް ވައްޓާލި "ބޮމާ" އެކު ރިހޭ ފައިމައްޗަށް ފޮއި!

ނަޝީދަށް ދިން ހަމަލާ އަށް ފަހު ސިފައިންނާއި ފުލުހުން ފޯރިމަރަނީ -- ފައިލް ފޮޓޯ: މިހާރު

ކޮވިޑްގެ ދަތި އުނދަގޫ ދުވަސްވަރު ހަނދާނަށް ގެންނަމާ ހިނގާށެވެ! ރިސޯޓްތަކާއި އަމިއްލަ އޮފީސްތަކުން މުވައްޒަފުން ވަކިކޮށް، އަދި ހުރި މުސާރަތައް ވެސް ކުޑަކޮށް ވަރަށް ދަތި ހާލުގައި އަހަރެއްހާ ދުވަހު އުޅެފީމެވެ. އެ އަޑިގަނޑުން އަރައިގަނެވޭތޯ ރާއްޖެ މި އަންނަނީ ވަރަށް ގަދައަޅައި މަސައްކަތް ކުރަމުންނެވެ. އެކަމަކު މުޅިންް ހަމައަކަށް ނޭޅި އުޅެނިކޮށް ބުރާސްފަތި ދުވަހުގެ ރޭ އިގްތިސާދަށް މި ވަނީ އަނެއްކާ ބޮމެއް ވައްޓާލައިފަ އެވެ. އެއީ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލަ އެވެ.

ދިވެހިންގެ ތެރެއިން ބޭރުގެ މީޑިއާތަކާއި އެކިއެކި ގައުމުތަކަށް އެންމެ ފަރިތަ، ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލައާ އެކު ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މިވަނީ އެ ދާއިރާ ކޮޅަށް ޖަހަން އަނެއްކާ އަލުންބަލުން މަސައްކަތް ކުރަން ޖެހިފަ އެވެ.

ޓޫރިސްޓް އޮޕަރޭޓަރު އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މި ހަމަލާ ސިފަ ކުރެއްވީ މިއީ "ސޭފް ޑެސްޓިނޭޝަން"ގެ ގޮތުގައި އޮތް ރާއްޖޭގެ ނަން ކިލަނބުވި ހާދިސާއެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހަމަލާ އާ ބެހޭ މައުލޫމާތު ދުނިޔޭގެ މަޝްހޫރު ޓްރެވަލް އޭޖެންސީތަކުން އަންނަނީ ގުޅައިގެން އޮޅުންފިލުވަމުންނެވެ. އެ ހާދިސާގެ ވާހަކަތައް ދުނިޔޭގެ އެކި ހިސާބުގައި ފަތުރަމުން އަންނަ އިރު، އޭގެ ނޭދެވޭ ނަތީޖާ ހަފުތާއެއްހާ ދުވަސް ފަހުން ފެންނަން ފަށާނެ ކަމަށް އޭނާ އަންދާޒާ ކުރައްވަ އެވެ.

"ޕެންޑެމިކް ހާލަތުގައި ވެސް ރާއްޖެ އަށް ޓޫރިސްޓުން އަންނަނީ ސޭފް ޑެސްޓިނޭޝަނަށް ވުމުން. މި ހާދިސާއާ ހެދި ޓޫރިޒަމަށް ބޮޑު ލޮޅުމެއް އަރާނެ،" އޭނާ ވިދާޅުވި އެވެ.

ބޮމުގެ ހަމަލާ ދިން ސަރަހައްދުގައި ސިފައިން ހަރަކާތްތެރިިވަނީ -- ފައިލް ފޮޓޯ: މިހާރު

ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވެފައި އޮންނަ ޓޫރިޒަމް ދާއިރާއަށް މިކަމުން ކުރާނެ ހަގީގީ އަސަރު އަދި އަންދާޒާ ނުކުރެވުނަސް، ރާއްޖެ އަށް ޓޫރިސްޓުން އަންނަ ގައުމުތަކުގައި މި ވާހަކަ މިހާރު އެބަ ދެކެވެ އެވެ. އެންމެ ވަރުގަދަ މީޑިއާތަކުގައި ވެސް މިހާރު މި ހަމަލާގެ ވާހަކަތައް އެބައޮތެވެ. ޔޫރަޕްގެ ގައުމުތައް ކަމަށްވާ ޖަރުމަނާއި އިޓަލީ ފަދަ ގައުމުތަކުގައި އެ މީހުންގެ އަމިއްލަ ބަހުން ނެރޭ ނޫސްތަކުގައި ވެސް މިކަމުގެ ވާހަކަތައް ވަނީ ލިޔެފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވިދާޅުވީ، މި ހާދިސާއާ ގުޅިގެން ޓޫރިޒަމަށް ގެއްލުންތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ޓޫރިސްޓުން ކޮންމެވެސް ވަރަކަށް އައުން މަދުވުމުގެ ބިރު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. ކޮވިޑުން އަރައި ނުގަނެވެނީސް މިފަދަ ކަމެއް ކުރިމަތިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މިިިނިސްޓަރު ވިދާޅުވި އެވެ.

"ނަސީބަކުން ރާއްޖެ ވަކިވަކި ރަށްތަކެއްގެ ގޮތުގައި އޮތުމަކީ ރާއްޖޭގެ ޓޫރިޒަމަށް އޮތް ނަސީބެއް. ރާއްޖެއަކީ ރިޕީޓް ޓްރެވަލާސް ވަރަށް ގިނައިން އަންނަ ގައުމެއް. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ [މި ހަމަލަ އަށް ފަހު] ރާއްޖޭގެ ހާލަތުގެ އަޕްޑޭޓްތައް ބޭރުގެ ފަރާތްތަކަށް ދެމުނ،ް" އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ނުރައްކާތެރި ހަމަލާއެއް ދިން އިރު ކުރީ ސަރުކާރުގައި ވެސް މިފަދަ ބައެއް ހާދިސާތައް ހިނގައިފައިވެ އެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން އިންނަވަނިކޮށް "ފިނިފެންމާ" ލޯންޗުކޮޅުގައި ވެސް އެއްޗެއް ގޮވައި ޒަހަމްތަކެއް ވަނީ ލިބިފަ އެވެ. އޭގެ އިތުރުން މީގެ 14 އަހަރު ކުރިން ސަލްޓަން ޕާކުގައި ވެސް ވަނީ ބޮމެއް ގޮއްވާލައި ޓޫރިސްޓުންތަކަށް ޒަހަމް ވެފަ އެވެ.

"އެކަމަކު އެއީ ވަރަށް ކުރި. އޭރާ މިހާރާ ވަރަށް ތަފާތު ވާނެ. ހަބަރުތައް މިހާރު މާ ބާރަށް ފެތުރި ގަނެ އިމްޕެކްޓް އަވަސް ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ، މި އުނދަގޫ ހާލަތުން އަރައިގަތުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިކަމުގައި އެންމެ މުހިއްމީ ރާއްޖޭގެ ހާލަތު ބޭރުގެ ފަރާތްތަކަށް ސާފުކޮށްދީ ކިޔައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރަން ޖެހޭ މަސައްކަތް ބުރަ

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މިދިޔަ އަހަރު ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައިސް މުޅި އިގްތިސާދަށް ވަންނަ 60 ޕަސެންޓް އާމްދަނީ ހުއްޓުމަކަށް އައެވެ. ކޮވިޑުން އަރައި ނުގަނެވެނީސް، ކޮވިޑްގެ ބަލި އިތުރަށް ކުއްލިއަކަށް ބޮޑުވި ދަނޑިވަޅު، ބޮމެއް ގޮއްވާލުމަކީ ވަރަށް ދެރަކޮށް ދިމާވި ކަމެކެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާޒް (މަޓާޓޯ) ރައީސް އަބްދުﷲ ސުއޫދު ވިދާޅުވީ، މިފަދަ ހާދިސާއެއްގެ ހިނގުމުން ޓޫރިސްޓުން ރާއްޖެ އަންނަން ފަސް ޖެހޭނެ ކަމަށެވެ.

"މީގެ އިމްޕެކްޓް ފެންނާނީ ދުވަސްކޮޅެއް ފަހުން. އެކަމަކު މިހާރުން ފެށިގެން ސަރުކާރުން މިކަމުގައި ރަނގަޅު ފިޔަވަޅުތަކެއް އަޅަންވީ،" އޭނާ ވިދާޅުވި އެވެ.

ރެޕުންތަކެއް އެއާޕޯޓްގައި: ޓޫރިޒަމް ރަނގަޅުވަމުން އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން -- ފައިލް ފޮޓޯ: މިހާރު

ޓެރަރިޒަމްގެ ހަމަލާތަކަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގަމުން އަންނަ ހާދިސާތަކެވެ. އެހެން ނަމަވެސް ރާއްޖެ ޓޫރިސްޓުންގެ މެދުގައި އެންމެ ބޮޑަށް މަޝްހޫރުވެފައި އޮތީ އެންމެ ރައްކާތެރި އަމާން މަންޒިލްގެ ގޮތުގަ އެވެ. ލަކްސް މޯލްޑިވްސް ރީޖަނަލް ޑިރެކްޓަ އޮފް ޓްރެއިނިން، ޑިވެލޮޕްމެންޓް އެންޑް ކޮލިޓީގެ މަގާމުގައި ހުންނެވި އަފީފު ހުސެއިން ވިދާޅުވީ، ކުރިއަށް އޮތީ ލޯ ސީޒަން ކަމުން މިފަދަ ނުރައްކާތެރި ހާދިސާއެއްގެ ސަބަބުން ޓޫރިޒަމަށް އަސަރު ކުރާނެ ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް ޓްރެވަލާސްގެ ކޮންފިޑެންސް ގެއްލޭނެ ކަމެއް މީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ ކަހަލަ ޓޫރިޒަމްގެ މައްޗަށް މުޅި އިގްތިސާދު ބިނާވެފައި އޮތް ގައުމެއްގައި އެންމެ ބޮޑަށް ބޭނުން ވަނީ ވެސް ހަމަޖެހުމާއި ރައްކާތެރި ކަމެވެ. ރާއްޖެ އިން ވިއްކަނީ ސޭފް ޓޫރިޒަމެވެ. ޓޫރިސްޓް މީހާ އަށް އެނގެން ޖެހެނީ ރާއްޖެ އަކީ ސަލާމަތްތެރިކަން އޮތް ގައުމެއް ކަމެވެ. އެކަމަކު، މިފަދަ ހަމަލާތަކުން އެ ސަލާމަތްތެރި ކަމުގެ ޔަގީންކަމެއް މި ގައުމަކަށް ނުދެވޭނެ އެވެ.

"ކޮންމެ ދިވެއްސަކަށް ވެސް އެނގެން ވާނެ އަޅުގަނޑުމެންނަކީ ޓޫރިޒަމުން ލިބޭ އެއްޗަކުން ކައިގެން ބޮއިގެން އުޅޭ ބައެއްކަން. އެވަރު ދަންނަ މީހަކު މިކަހަލަ ނާތަހުޒީބު އަމަލެއް ނުހިންގާނެ. އަޅުގަނޑު ނުދަންނަވާނަން ހެޔޮލަފާ ގައުމު ދެކެ ލޯބިވާ ދިވެއްސަކު ވެސް މިކަހަލަ ކަމެއް ކުރާނެއެކޭ. މިއީ އެންމެ މީހަކަށް ދެވޭ ގެއްލުމެއް ނޫން. މިއީ މުޅި ދިވެހި ރައްޔިތުންގެ ބަނޑުފުރާމުއްތިކުރުމާ ގުޅިފައިވާ ކަމެއް،" ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

17 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 11%
icon angry icon angry 56%
icon wow icon wow 11%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުވިސްނޭތަ

09 May 2021

މިމީހުންނައް ހީވަނީބާ މިފަދަ ދަނޑިވަޅެއްގަ ރާއްޖޭގެ އިގްތިސާދު އިނދަޖެހިއްޖެނަމަ ދެން ރާއްޖެއާ ހަވާލުވާނީ ނޫނީ ބާރުލިބޭނީ އައިސިސް ނޫނީ މިފަދަ އެހެން ބައެކޭ އެހެންނެއްނޫންވާނީ އަނެއްކާވެސް ބޮޑެތިލޯނުތަކާ އެއްޗެހި ނަގަންޖެހޭނީ ހަމަ ބޭރުގެ ގައުމުތަކުން އޭރުން އެމީހުންގެ ނުފޫޒު އިތުރައްފޯރުވަން މަގުފަހިވާނީ. ސިނކުޑި ދެއްވިއަސް މިމީހުންގެ ބުއްދި އެއްހަމަ ނެތީ.

The name is already taken The name is available. Register?

ޙަބީބު.

09 May 2021

ރިސޯޓު މުވައްޒަފުންނައް ރަނގަޅު މުސާރަޔާ ފުލެޓާ ލިބޭނެގޮތް ހަދަންޖެހޭ މުޅިރާއްޖޭގެ އާމްދަނީ ހޯދައިދެނީ ރިސޯޓު މުވައްޒަފުން

The name is already taken The name is available. Register?

އެޑްމުންޑޯ

08 May 2021

މިހިރަ ފެންނަ މަންޒަރުތަކުން ފިލާވަޅު ލިބިގެން ނުދޭތޯ ؟ އިއްޔެ އެމްޑީޕީ އިސްމީހުން ޖޯކުޖަހާ މަލާމާތްކުރީ ، ރައީސްޔާމީނު ހަތިޔާރާއިއެކު ސިފައިން މަގުމައްޗަށް ނެރެގެން އުޅެނީއޭކިޔާފައި ، ބައްލަވާ މިއަދު ، ވެރިކަމުގެ ތިބީ ކޮންބަޔަކުތޯ ؟ މާލޭގެ މަގުމަތިން މިފެންނަނީ ފިލްމެއްގެ މަންޒަރެއްތޯ ؟ ފިނިފެންމާ ލޯންޗްގެ ބޮމުގެ ހަމަލާއަށް ޖޯކުޖެހި ރޮޒައިނާމެންގެ އަނގާގެ ޓޭޕް އެޅިފައިވާ މަންޒަރު ފެނިގެން ނުދޭތޯ ؟

The name is already taken The name is available. Register?

ވަޑްމުންޑޫ

08 May 2021

ފިނިފެންމާ ލޯންޗަކީ ސެކިއުރިޓީ ވަރުގަދަތާކު އަޅާ ލޯންޗެއް. އެ ލޯންޗު ބެލުން އޮންނަނީ ދިވެހި އަސްކަރިއްޔާއަށް. އެ ލޯންޗަށް އަސްކަރިއްޔާއިން އަރުވާ މީހަކަށް ނޫނީ ނޭރޭނެ. އެއީ ތަފާތަކީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

08 May 2021

ދުއިސައްތަ ވަރަކަށް ރަށުގައި މީހުން ދިރިއުޅޭ 2000 ރަށަށްވުރެން ދިނަ ރަށްތައް އޮތް ޤައުމެއް ކަމުގައިވިޔަސް "ދިވެހިރާއްޖެ" ކިޔައި އުޅެނީ ކ.އަތޮޅު މާލެއަށް ނޫންތޯ. # އާބާދީގެ 3 ބައިކުޅަ ދެބައި މީހުނަށް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތްނުދީ ފްރާންސް ފުލުހުންނާއި އެމަރިކާގެ މެރިން ކޮޕްސް އަޅާފެންވަރުގެ ޔޫނިފޯމް ތުރުކުރައްވައިގެން ތިބި އެތައް ހާސް ބަޔަކަށް ބިލިޔަނުން ޙަރަދު ކުރަނީ މަތީގައި ދެންނެވި ރަށްގަނޑު ހިމާޔަތްކޮށް ސަލާމަތް ކުރުމަށް ނޫންތޯ؟!

The name is already taken The name is available. Register?

ސަސި

08 May 2021

ނަސީދު އިސްވެ ހުރެ ރާއްޖެ ބޮއިކަޓުކުރަން ގޮވީ ޒަމާންވެސް ދެކުނިން

The name is already taken The name is available. Register?

ތުއްތޮންބެ‫

08 May 2021

ތ‫ިކަހަލަ ކިތަންމެފޮޔެއް އަދިވެއްޓޭނެ ސަރުކާރު ތިވަރައްފެއިލްވީމާ.

The name is already taken The name is available. Register?

ތޯރާބޯރާ

08 May 2021

މިއީ ގަސްދުގަ ސިޔާސީ އިދިކޮޅު ބަޔަކު އަޑީގަ ތިބެގެ ން ގައުމުގަ އުޅޭ ގަބީލާ ހެދިގެ ން އުޅޭ ބައިގަ ނޑު ލައްވާ އެމީހު ން ހޫ ނުކުރުވައިގެ ން ކުރި ކަމެއް.

The name is already taken The name is available. Register?

އެމްސް

08 May 2021

ޤައުމަށް ވަ ން ނަ އި ންކަމް ދަށްވެފަ އޮ ން ނަތާ އަހަރަކަށްވުރެ އިތުރުވެފަ ވާއިރުވެސް މިޤައުމުގަ އުޅޭ ބިދޭސީ ން ފޮ ނުވާލެވޭ ނެ ގޮތެއް އަދިވެސް ނުހޯދޭ! %100 އިމްޕޯރޓްގަ އުޅޭ ޤައުމެއްގަ، އެތަ ނުގެ އާބާދީއާއި ދާދި އެއްވަރަށް އެތަ ނެއްގައި ބިދޭސީ ން އުޅޭ އުޅު ން އަބަދުވެސް ވާ ނީ ކަ ންކަ ން 2 ކޮޅުޖައްސަ ން ދަތިއު ނދަގޫވާ ނެ ކަމަކަށް!

The name is already taken The name is available. Register?

ބި ން އަލީ

08 May 2021

މިގައުމު ކަ ންދަހާރައް ހެދިޔަކަ ނުދޭ ނަނ ން

The name is already taken The name is available. Register?

ހަސަނު

08 May 2021

މި ރާއްޖެ އަކީ ސޭފް ތަނެއް ނޫން.. ސަލާމަތީ ބާރުތަކުން ބުނަނީ މިނިކާ ކުއްތަ ތަކެއް ފަދަ ބަޔަކު މީހުން ގެ ތެރެއަސް ދޫވެގެން އެބަ އުލޭއޭ އެކަމާ ކުރެވޭނެ ކަމެއް ވެސް ނެތޭ.. ކިހިނެއް ސޭފް ވާނީ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454