އެމްޑީޕީން އެންމެފަހުން ބޭއްވި ބޮޑު ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު: ނަޝީދު ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ރަނގަޅުވުމުގެ ފައިދާ ދެ ގައުމަށް ވެސް ކުރާނެ ކަމަށް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
23 ޖުލައި 2025 - 18:42
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހުކުރު ދުވަހު ރާއްޖެއަށް ކުރައްވާ ދަތުރާއެކު އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ މީޑިއާއެއް ކަމަށްވާ އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އޭއެންއައި) އަށް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް ލޯނުގެ އެހީގައި ހަދަމުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަޝްރޫއު މިހާރު ނިމެން ކައިރިވެފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ އިންޑިއާގެ ދެކުނުގެ ސިޓީތަކާ، ވައިގެމަގުން އެންމެ ގަޑިއިރެއްގެ ދުރުމިނުގައިވާ ތަނެއް ކަމަށް ވާތީ، އެ އެއާޕޯޓުގެ ތަރައްގީކޮށް ހުޅުވުމާއެކު ރާއްޖެ އަންނަ އިންޑިއާގެ ދަތުރުވެރިންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށެވެ. އަދި އިންޑިއާގެ އެކުވެރި ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސް ކުންފުންޏާ ހަވާލުކޮށްގެން ހަދަމުން އަންނަ ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓު ތަރައްގީކުރުމުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ މަޝްރޫއު އެއްކޮށް ނިންމާލުމެވެ.
އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
އެންމެ ބޮޑެތި ބޯޓު ވެސް ޖެއްސޭ ގޮތަށް ތަރައްގީކުރާ އެ އެއާޕޯޓަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަތުރާއެކު އިންޑިއާގެ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ދެ ގައުމުގެ ގުޅުން ވަރުގަދަވެއްޖެ ނަމަ، އޭގެ ފައިދާ ދެ ގައުމަށް ވެސް ކުރާނެ ކަމަށެވެ.
ނަޝީދަކީ އަބަދުވެސް އިންޑިއާއެކު ވަރަށް ގާތް ގުޅުމެއް ބާއްވާ ބޭފުޅެކެވެ.
މި ސަރުކާރުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވުމުގެ ކުރިން އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމެވެ. ނަމަވެސް، އެ ގުޅުން މިހާރު އަލުން އިޔާދަކޮށްފައި ވާތީ، އިންޑިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަޑުމަޑުން ވަނީ އިތުރުވާން ފަށައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އަންނަ ހުކުރު ދުވަހު ރާއްޖެއަށް ކުރައްވާ ދަތުރާ ބެހޭ ގޮތުން ބޮޑުވަޒީރު މޯދީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވެވަޑައިގަތުމަކީ ލިބޭ ފަހުރެއް ކަމަށެވެ.
ރާއްޖެ އާއި އިންޑިއާގެ ޚާރިޖީ ގުޅުމަށް މި އަހަރު 60 އަހަރު ފުރޭތީ މޯދީގެ ޕޯސްޓުގައި ވަނީ އެކަން ވެސް ފާހަގަކުރައްވައިފަ އެވެ. ދެ ގައުމުގެ މެދުގައި ޚާރިޖީ ގުޅުން ގާއިމްކުރީ ނޮވެމްބަރު 1، 1965 ގަ އެވެ.
މޯދީ ވިދާޅުވީ ދެ ދުވަހުގެ މި ދަތުރުގައި ރައީސް މުއިއްޒުއާ އެކި ދާއިރާތަކުން ކުރައްވަން ހަމަޖެހިފައިވާ މަޝްވަރާތަކާ އެކު ދެ ގައުމު ގާތް ގުޅުން އަދި އިތުރަށް ހަރުދަނާ ވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުލުވަތް
24 July 2025
މަނިކުފާނު ދެން ކޮންމެހެން މޮޅެތި ވާހަކަ ދައްކަވާނެ ކަމެއްނެތް. އަމިއްލަ އެދުމަށް ޤައުމު މިހާލަތަށް ވައްޓައިލެއްވީ ހަމަ މަނިކުފާނު އިސްވެ ހުންނަވާ. އޭރު މަނިކުފާނުވެސް ބެއްލެވީ ތިމަންމަނިކުފާނަށް މޮޅު ގޮތަކީ ރައީސް އިބޫ ވެރިކަމުން ދުރުކުރުން ކަމަށް. އެއްވެސް ވަރަކަށް އަހަރެމެން ރައްޔިތުންނާއި ދޭތެރޭ މަނިކުފާނުވެސް ނުވިސްނަވާ. ސިޔާސީ އަނދުން އަޅުއްވައި އަހަރެމެންގެ ބޮލަށް ސަވާރުވެ، މަނިކުފާނުގެ ދޫފުޅު ފަރިތަކަމުގެ ބޭނުން ހިފާންއުޅުއްވާނެކަމެއްނެތް
މުރާސިލް
24 July 2025
މޯދީއޭ ޓުއަރިސްޓުންގެ ކިޔައިގެން ވާހަކަ ދައްކަން ނަޝީދު ލަދެއް ނުގަނޭ ހެއްޔެވެ؟ ނަޝީދު ތިއީ ރާއްޖޭގެ ޓުއަރިޒަމް ބޮއިޓޮކްކުރަން އެންމެ ބޮޑަށް މަސައްކަތްކުރި އެއް ބޭފުޅާއެވެ. ނަޝީދު ފަދަ ދައުލަތުން އެތައް އިނާޔަތެއް މިއަދުވެސް ލިބެމުންދާ ބޭފުޅަކު އެފަދަ ކަމެއް ކުރެވިފައި އޮތީމާއި ރައްިޔތުންގެ ކިބައިން މަޢާފަށްވެސް އެދެން ޖެހޭނެއެވެ. އެކަމަކު މިއަދުވެސް މި ފެންނަނީ އަނެއްކާވެސް ވެރިކަމަށްފައި ނަގައިގެން ހުރިތަނެވެ. ލަދު ޙަޔާތް ކޮބައި ހެއްޔެވެ؟
ޗަކް
24 July 2025
މީނަ ހީކުރަނީ މީނަ މިއީ ރާއްޖޭގެ ބައްޕަކަމަށް. ފެންވަރު އޮޅިފައި ހުންނަ މީހެއް ތިއީ.
ސެންސަރުކޮށްގެނތ ިބޭ
24 July 2025
ނޯޓް ކޮށްލާ. އެމްޑިޕީއަކީ ރާއްޖޭގެ ވެރިކަމަސް އަރުވަން ހެޔޮވާވަރުބއެއްނޫން. ގައުމިއްޔަތެއް ނެތް. ކޮންމެވެސް ބަޔެއްގެ ފީކުދާނަކަށްވެގެން ރާއްޖެ އުޅެންވިއްޔޯ. ގައުމު ކީއްކުރަން މަމެންވެސް ވިއްކަފާނެ ވެރިކަމަށްޓަކާ. ރެޑް ލަިއނެއް އެއްގޮތަކަށްވެސް ނޭގޭ ނޫނީ ވެރިކަމާހެދި ދަހިވެތީ. ދެން ނޭވަޔަކު ދެކޮޅު މިކޔަނީ ޖީއެމްރާރު ރަގަޅޭ. އެޭގެން ގެއްލޭ ވޯޓޫ ގިނަވާނަކަން ނޭގެނީ ތޯއްޗެ. އެއީ ބިރުވެރިކަމުގެ ސިގްނަލް. ވެރިކަމަށް އަރުވަން ހެޔޮނުވާނެކަމުގެ ހެކި.
ގައުމީ ދޫ
24 July 2025
ނަޝިދުަޢަށް ހީވާކަހަލަ އިންޑިއާގެ ބެކިންގ ލިބިގެންނޭ ރާއްޖޭގެ ވެރިކަމަށް އާދެވޭނީ! އެއްވެސް ބޭރުގައުމެއްގެ ބެކިންގް ހޯދައިގެން ރާއްޖޭގެ ވެރިކަމަށް އާދެވިދާނެކަމަށް ވިސްނުމަކީ މޮޔަކަމެއް! އިހުގެ ބޯދާ އުކުޅުތައް މިހާރު ނުވިކޭނެ. ރާއްޖޭގެ އާބާދީގެ ބޮޑު ސައްތައަކީ ޖެން ޒީ. ޓެކް އަދި ސައިންސް ގެ ދާއިރާއިން ރާއްޖެކުރިއަށް ގެންދެވޭނެފަދަ ޒުވާން ލީޑަރުން ނިކުންނާނެ!
ހަޖަމު
24 July 2025
އަންނި އެއްޗެއް ބުނުމަށް ވުރެން ހަޑި ދޯ އިންޑިޔާ އައުޓް ގޮވި މުއިއްޒުމެން ގޮތް ދައްކަން މިހާރު އިންޑިޔާ ގާތްކުރަން އުޅުން
އައްބެ
24 July 2025
ބަލަ މަނިކުފާނު ތިޔަ ފަޚުރުވެރިވާ ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރަނީ އިންޑިޔާއިން ނެގި 2 ބިލިޔަން ރުފިޔާގެ ލޯނަކުންނޫންތަ. އިހައްދުވަހު ބުނާތީ އިވުނީ ވެލާނާ އެއަރޕޯޓް ހެދީ ދިވެހިން ދަރުވާލައިގެންނޭ އެހެންވީމާ އެއީ މީހަކު ކްރެޑިޓްނަގާވަރުގެ ކަމެއްނޫނޭ. އިންޑިޔާއިން ލޯނުނެގީމައި އެނުވޭ ދަރަންޏަކަށްވެސް މިބޭފުޅާއަކަށް. އެކަމަކު މިފަދަ މީހުންނަށް ތާއީދުކުރާ މޮޔަ ރައްޔިތުން އުޅޭތީ ހިތާމަކުރަން.
އަބުދުލް ޤާދިރު
24 July 2025
ތިމާމީ މި ޤައުމުގެ މާ ވަރރުގަދަ މީހަކަށް ވާން ޤައުމުގައި ހިނގާ ކަންތައްތަކަށް (ތިމާއާ ނުބެހުނަސް) އަނގަ ބޭނިއަސް ތިއީ މިހާރު ދިވެހިންނަށް އެހާ މުހިންމު މީހެއްނޫން. އެ ދުވަސް މާޒީވެއްޖެ
ދޮންތުއްކަލާ
24 July 2025
ތަޢުރީފު ކުރުމެއް އޮތްކަމަކަށް ނުދެކެވެ.މީލާދީ ސަނަތުން 1965 ވަނަ އަހަރު މިރާއްޖެ މިނިވަންކަން ޢިއުލާނުކުރި އިރު ތިބައިމީހުން ތިބީ ނިތްކުރިއަށް ރޫއަރުވައިގެންނެވެ.އެބައިމީހުންނަށް ވުރެ ކުރިން އެހެން މީހުން މާއަވަހަށް ރަހުމަތްތެރިކަމުގެ އަތްދިކުރިއެވެ.އަދިވެސް ކަނޑުގެ އިމުން ފުށުއަރާތީ ކުރަހާފައިވާ ކުރެހުންތަކުގެ އެއްބަސްވުމުގައި ސޮއެއްނުކުރެއެވެ."ފަސް ޕޮލިސީ"އަކުން އަޅުވެތިކަން ނޫންކަމެއް ނުފެނެއެވެ.
އަބްދޫޅް +
24 July 2025
އަހުރެން ރާއްޖޭގެ ވެރިޔަކު ނުވަތަ މަޖިލީސް މިންބަރަކު ހޮވުމަށް، ދުވަހަކުވެސް ވޯޓެއް ނުލަން؛ ނުވެސް ލާނަން. އެކަމަކު ރާއްޖޭގެ ރައީސަކު މަގާމުން ދުރު ކުރުމަށް ވޯޓު ލިން. އެއީ މަޖީދިއްޔާގެ ސީނިޔާ އިގިރޭސި ލިޓަރަރީ އެސޯސިއޭޝަން ގެ ރައީސަކު މަގާމުން ދުރު ކުރުމަށް ލީ ވޯޓެއް.