ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނުކުންނަނީ. ޔޫކޭ މީހުން ރާއްޖެއަށް ދަތުރުކުރުން މިހާރު ވަނީ މަނާކޮށްފައި. ފޮޓޯ: ނިޝާން އަލީ/މިހާރު
07 މެއި 2021 - 22:39
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އެންމެ ގޯސްވެފައިވާ ގައުމުތަކާއި އިނގިރޭސިވިލާތާ ދެމެދު ދަތުފަތުރުކުރުން ހުއްޓައިލުމަށް އެކުަލަވާލާފައިވާ ރެޑް ލިސްޓުގައި ރާއްޖެ ހިމަނައިފި އެވެ.
އިނގިރޭސިވިލާތުގެ ނޫސްތަކުން ބުނީ، އެ ލިސްޓަށް އެންމެ ފަހުން އިތުރުކުރީ ރާއްޖެ އާއި ތުުރުކީ އަދި ނޭޕާލެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އެ ގައުމުގެ ޕާލަމެންޓުގައި ވިދާޅުވީ، އެ ލިސްޓުގައިވާ 22 ގައުމުން އިނގިރޭސިވިލާތަށް ދަތުރުކުރުން މަނާކުރުމުގެ އިތުރުން، އެ ގައުމުތަކުން އެނބުރި ދާ މީހުން ކަރަންޓީނުކުރަން ނިންމާފައިވާ ކަމަށެވެ.
ރެޑް ލިސްޓްގައި ގައުމުތައް ހިމެނީ ކޮވިޑްގެ ވޭރިއަންޓްތައް އުޅޭ ގައުުމުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމުގައި ކާމިޔާބީ ހޯދަމުން އަންނަ ގައުމުތައް އިނގިރޭސިވިލާތުން ލިސްޓްކޮށްފައި އޮންނަނީ ގްރީން ލިސްޓްގެ ގޮތުގަ އެވެ. އެއީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ދަތުރުކުރެވޭނެ ގައުމުތަކެވެ. ރާއްޖެއަކީ ވެސް ކުރިން އެ ލިސްޓްގައި އޮތް ގައުމެކެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތު ރާއްޖޭގައި މިހާރު ވަނީ ވަރަށް ގޯސްވެފަ އެވެ.
މިދިޔަ 48 ގަޑި އިރުގެ ތެރޭގައި ރާއްޖޭން އެ ބަލީގައި އަށް މީހަކު މަރުވި އިރު އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 7،000 އާ ގާތްވެފަ އެވެެ. އޭގެ ތެރެއިން 200 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދެމުން އަންނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ. މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައިި ރާއްޖޭން ކޮންމެ ދުވަހަކު އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދުދު ހުރީ 500 އަށް ވުރެ މަތީގަ އެވެ. އެޗް؛ޕީއޭއިން އިއްޔެ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން ބުދަދުވަހުގެ ހަވީރު 6:00 އިން އިއްޔެ ހަވީރު 6:00 އަށް 700 އަށް ވުރެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލުގައި
09 May 2021
ކޮބާ މައުސޫމު، ބޮލުގައި ވީއްލާލިހެން މިހާރު ރަގަޅަށް ހީވެއްޖެނުން!!
އަހުމަދުބޭ
08 May 2021
ކޮމެންޓުތައް ކިޔައިލުމުން ފިއްކަޑައިގެން ދެއެވެ، އެކަކަށްވުރެ އަނެކަކު މޮޅެވެ، ގޮތްކިޔަން، ކަންވީގޮތް ބުނެދެން ހާދަވާހައި މޮޅެވެ، ނޭގޭ އެއްޗަކީ ދުރުގައި ބަލަންތިބެ ކުރިޓިސައިޒް ކުރަން، ޖަޖްކުރަން ނުވަތަ ސުޓެޓިސްޓިކު ހަދަން ވަރަށް ފަސޭހައެވެ، އެހެންނަމަވެސް ފެންނަމުންދާ މަންޒަރުގެ އެތެރެ އޮތްގޮތެއް ވަމުންދާ ގޮތެއް ނޭގެއެވެ، މިސާލަކަށް މައުމޫން ވެރިކަމުގައި އެމްޑީޕީ ވެރިކަން ކޮއްލަން ބުނީ ލެޕްޓޮޕަކާ މޭޒެއްކައިރީގައެވެ، މިއަދު ވެރިކަން ލިބުމުން އެ
އަހުމަދު ޗާބީބޮކާ
08 May 2021
މިވަރުންވެސް މިރާއްޖޭގެ ރައީސަކައް ނުކެރުނު ރާއްޖޭގެ ރެޑްލިސްޓުގަ އިންޑިޔާގެ ނަންޖަހަން" އީއްޔެ ރާއްޖެއާ 6 އިންޑިޔާމީހުން އެމީހުން އެއާޕޯޓުން ދޫކޮއްލީ ގެއިން ނުނިކުމެ ކޮޓަރީގަ 14 ދުވަސް މަޑުކުރާށޭ ކިޔާފަ އެހަމީހުން އެއްކޮޓަރީގަ އެހަމީހުން ކަނީ ހޮޓަލުން އެހަމީހުން އުޅެނީ މީހުން ދިރި އުޅޭ ގެއެއްގެ ކޮޓަރިޔެއްގަ މައިމޫނާ ކަލޭ ކޮބާތަ
ށަވިޔަނި
08 May 2021
ފާޑުކިޔުން ނޫންކަމެއް ދިވެހިންދަނޭތަ؟ ކޮންމެ ކަމެއް އިސްލާހުކުރުމުގެ ފެށުމަކީ އަމިއްލައަށް އިސްލާހުވުން. އަމިއްލައަށް ކޮންމެ މީހަކު އިސްލާހުވޭ. އެއޮތީ ގައުމު އެއްކޮށް އިސްލާހުވެފަ.
މިއަދު
08 May 2021
ރާއްޖެ މިހާލަތަށްގެންދިޔައީ ކެނެރީގެ ނަޝީދާއި ޓޫރިޒަމް މިނިސްޓަރ މައުސޫމު މިދެމީހުން މިހާރުންމިހާރަށް މަޤާމުން އިސްތިއުފާދިނުމަށްގޮވާލަންރައިސްސާލިހު ކޮވިޑްހުރިހާކަމެއް ހިނަގެވީ ޑަކުޓަރުންގެލަފާހޯދައިގެން ރައިސްނަޝީދުބުނާގޮތަށް އެއިގެ އަސްކާ މިލިބުނީ މައިމޫނާއަށް ގޭދޮށުގަކުރިމުޒާހަރާއިން
ޝާހިދު އަލީ
08 May 2021
ކީއްވެގެން އިދިކޮޅުން ކުރަމުން ދިޔަ މުޒާހަރާތަކުގެ ވާހަކަވެސް ބުނެނުލީ؟ ކެފޭ ތަކަށްގެއްލުންވަނީއޭ ކިޔާ ކުރި ޕްރެޝަރު؟ ގެސްޓް ހައުސްތަކަށްގެއްލުންވަނީއޭ ކިޔާ ކުރި ޕްރެޝަރު.... ފިހާރަތަކާ މިސްކިތް ތަކުގަ ގައިދުރުކަން ބަހައްޓާށޭ ބުނިއަޑު އިވުނު ބަޔަކުވެސް މަދު... ނުވީތާކަށް މާސްކް އޮންނަނީ ދަތްދޮޅީގަ އެއްނޫންތަ އަޅާފަ...
ޓްރޭ
08 May 2021
މައުސޫމު އަދިވެސް އުޅެނީ "އިންޑިޔާ ކަރަންޓީން ޕެކޭޖް" ނުގެނެވިގެން! ކޮބާ ހީވޭ ކަމެއްހެން! އިންޑިޔާއިން އަންނަ މީހުން މިވަގުތައް ހުއްޓުވިނަމަ ރާއްޖޭގެ ޓުވަރިޒަމަށް މާފައިދާ ބޮޑުވީހެއްނު!
އެލެކުސް އޮބި
08 May 2021
މިއީ ހިސާބަށްވުރެއް ބޮޑަށް ބައެއްގެ އުގަންވެއްޓުމުގެ ނަތީޖާ، މީގެ އަގު އަދާކުރަމުން އެދަނީ ނިކަމެތިންގެ ފުރާނައިން، ވެރިން އަދިވެސް އެމީހުންގެ ގޮތުގައި ހުރިހާ ނިކަމެތިކަމެއް އާއްމު ރައްޔިތުމީހާއަށް، ޓޫއަރިޒަމު ސިނާއަތަށް ވާ ކޮންމެއް ގެއްލުމެއް ގުޅިފައިވަނީ އާބާދީގެ %65 އާއިލާޔާ. އަދިވެސް ކޮވިޑު އެއްމެއް ގޯސް ގައުމުގެ ބޯޑަރ ބަންދުކުރާކަށް ނުވޭތޯ؟
މިވަރެއްނެތް
07 May 2021
ރާއްޖޭގެ %65 މީހުންނަށް ފުރަތަމަ ޑޯޒްޖަހާ %35 މީހުންނަށް 2ވަނަ ޑޯޒްޖެހުމަށް ފަހުވެސް އިންގިރޭސި ވިލާތުން ނެރުނު ރެޑްލިސްޓުގައި ރާއްޖެއާއި އިންޑިޔާއާއި ނޭޕާލް ހިމަނާފައިވަނީ އެއްހަމައެއްގަ! މިއީ ޖޯކެއްދޯ؟ އިންޑިޔާގައި ވެކްސިންޖެހުނީ އެންމެ %13އަށް އަދި ނޭޕާލުގެ އެންމެ %7 މީހުންނަށް. މިވަރުގެ ބޮޑު ޖޯކެއް ދުނިޔޭގަނެތް! މިހެންވެ މަބުނަނީ ތިތަފާސްހިސާބެއް މަށެއް ގަބޫލެއް ނުކުރަމޭ. އެޗްޕީއޭ/ޓެގްގެ އިސްވެރިން އަދިވެސް އެލަވަންސްނެގުމުގައިދޯ؟
ހޫން
08 May 2021
އެއްކަލަ ރޯނުއެދުރުން. ބަލަގަ ވެކްސިން ފުރަތަމަ ޑޯޒް ފުރހިމަކުރުމަކުންނެއް ވެކްސިން އެއްކޮށް ފުރިހަމައެއް ނުކުރެވޭ. ވެކްސިންއިން ބައްޔާ ދެކޮޅަށް މަސައްކަތްކުރާނީ އާބާދީގެ 90 އިންސައްތައަށް ޖެހިގެން. ދެން ޕޮޒިޓިވްވާ ރޭޓް 24 އިންސައްތައިގެ ހުއްޓާ ބަލި ރަނގަޅަށް ކޮންޓްރޯލް ކުރެވިފައިވާ އެއްވެސް ޤައުމަކުންނެއް ސިޔާސީ ދެއުޅިއަށް ނުވާ މީހުންގެ ނުފޫޒު ތަންފީޒީ އިދާރާތަކަށް ފޯރުވާ ޤައުމަކަށް އެމީހުންގެ މީހުން ނުފޮނުވާނެ އިނގޭ.
ގެއްލުންބޮޑު މަޖިލިސް
07 May 2021
މިހަޑި ހޭވީ މަޖިލިހުން. އެޗްޕީއޭއަށާ، އިލެކްޝަންސް ކޮމިޝަނަށް ބިރުދައްކާ، ބުލީ ކުރާ ޒާތުގެ ބަސްތަުން މުހާތަބުކޮށް، މަސައްކަތްނުކރަން އޫޅޭ ބަޔެކޭ ކިޔާ އެންމެން މަސްހުނިކޮށް، ތަންތަނަށް އެއްވެ ޕޮޒިޓީވެއް، ކޮންޓެކްޓެއްނުބަލާ އެއްރަށުން އަނެއްރަށަށް އެރުމަށް ހުއްދަދީ، ކެފޭތައް ޙުޅުވާން ގޮވާ، އިންޑީޔާ މީހުން ކުއަރަންޓައިންވާ ތަނަކަށް މިތަން ހަދާ، އިންޑިޔާ މީހުން 14 ދުވަސް ހަމަކުރނަް ނުޖެހި، މާސްކްނާޅާ އުޅެން ހުއްދަ ދިނީމަ މިއޮއްގެން ދަނީ.
އަރުތަ
08 May 2021
ތާއީދު، އެކަމަކު ކެފޭތައް ބަންދުކޮށް ހުޅުވަން ފުރުސަތުނުދިނީމަ އެމީހުނަށް ގެއްލުންވާތީ ކުރަން އުޅުނު ކަންތައް އޮތީ ފެންނަން، ލޯކަލްޓުއަރިޒަމް ފުނޑިއްޖޭ ޑޮލަރު ނުލިބެއޭ ކިޔާ ރަށްރަށުގަ ގެސްޓްހައުސް ހިންގާ މީހުން ޑިމާންޑް ކުރަމުން ދިޔަކަންތައްވެސް އޮތީ ފެންނަން، މީވެސް ވިސްނާލަން ޖެހޭ ކަންތައް، ސަރުކާރުވެސް އާއްމު ރައްޔިތުންގެވެސް އިހުމާލު، ބޮލަށް ކަނޑާލައިގެން ދެންވެސް ނުތިބެ އެކައްޗެއް ކިއަންވީ ވަގުތު މިއޮތީއައިސްފަ.
ބިލް ކުލިންޓަން
07 May 2021
މިގައުމުގާ އުޅޭ ބޮޑުންނަކީ ރާއްޖެކީއްކުރަން ދުނިޔޭގެ ޑޮކްޓަރުންނަށްވުރެވެސް ސިއްހަތު ދަންނަ މޮޅު ބައެއް.
އަރުތަ
08 May 2021
ސަރުކާރާ އާއްމު ރައްޔިތުންގެވެސް އިހުމާލު، އެއްބަޔަކަށްވެސް ކަމުން ނުރެކެވޭނެ.