ސިނަފޯމް ވެކްސިން--
07 މެއި 2021 - 22:54
ކޮވިޑް-19 އިން ދިފާއުވުމަށް ޗައިނާ އިން އުފެއްދި ސިނަފޯމް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިއަދު ދީފި އެވެ.
ޑަބްލިއުއެޗްއޯގެ އިމަޖަންސީ ޔޫސް ލިސްޓުގައި ސިނަފޯމް ވެކްސިން ހިމެނުމާ އެކު ޖުމްލަ ހަ ވެކްސިނަކަށް މިވަނީ ހުއްދަ ލިބިފަ އެވެ.
ސީނޯފާމަކީ ވެކްސިން އުފައްދުމަށް ދުނިޔޭގައި ހަ ވަނައަށް އެންމެ ކުރީގައި އުޅޭ ކުންފުންޏެކެވެ. ސީނޯފާމްގެ އުފެއްދުން މެނުފެކްޗާ ކުރަނީ ބެއިޖިން އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުންޏަށް 2017 ގައި ޕޯލިއީ ވެކްސިން ކަހަލަ ވަރަށް މުހިއްމު ވެކްސިންތަކަށް އެ ކުންފުންޏަށް ޕްރީ ކޮލިފިކޭޝަން ލިބިފައިވެ އެވެ.
ޑަބްލިއުއެޗްއޯގެ އިމަޖަންސީ ލިސްޓުގައި ހިމެނުމުން އެ ވެކްސިނަކީ ރައްކާތެރި އަދި ރަނގަޅު ނަތީޖާއެއް ނިކުންނަ ވެކްސިނެއްކަން އެނގެ އެވެ. އަދި މިއާ އެކު ކޮވެކްސް ފެސިލިޓީގެ ދަށުން ވެސް މި ވެކްސިން ގައުމުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ އެވެ.
ޑަބްލިއުއެޗްއޯގެ އިމަޖަންސީ ޔޫސް ލިސްޓުގައި މިހާރު ހިމެނެނީ ފައިޒާ ވެކްސިނާއި އެސްޓްރަޒެނިކާ އިން އުފައްދަމުން އަންނަ ވެކްސިންގެ އިތުރުން ޖޯންސަން އެންޑް ޖޯންސަން ވެކްސިން އަދި މޮޑާނާގެ ވެކްސިނެވެ.
ރާއްޖެ ހިމެނޭ ގޮތަށް 20 އަށް ވުރެ ގިނަ ގައުމުގައި މިހާރު ވެސް ސިނަފޯމް ވެކްސިން ދެމުން އެބަދެ އެވެ. އެ ވެކްސިން ރާއްޖޭގައި ދެމުން އަންނަނީ 18-60 އަހަރާ ދެމެދުގެ މީހުންނަށެވެ. މި ވެކްސިންގެ ދެވަނަ ޑޯޒް ދެމުން އަންނަނީ ފުރަތަމަ ޑޯޒް ޖަހާތާ، ހަތަރު ހަފްތާ ނުވަތަ މަހެއް ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށަވިޔަނި
08 May 2021
އަލިބެއްޔާ ނޫހުގަ ލިއުނަސް ނުލިއުނަސް ވެކްސިންއާ ބެހޭ ނޫސްތަކާ ޚަބަރުތައް ބެލުމުން އެނގޭ މިހާތަނަށް ވެކްސިންތަކަށް ހުއްދަދެނީ އިމަރޖެންސީ ޔޫޒަށްކަން. އިމަޖެންސީ ކަނޑާލެވޭނީ ކަނޑައެޅޭ އަހަރުތަކެއްވަންދެން ވެކްސިންގެ ބޭނުން ކުރުމުން.
ޓފފގ
08 May 2021
ކޮބާ ރަޝިއާ ސްޕަޓްނިކް
އަލިބެއްޔާގެ ދޮން
07 May 2021
އިމަޖެންސީ ހާލަަތުގައި ބޭނުންކުރުމުގެ ހުއްދަ ދިނީ. މީހުންނަށް ދެތުބަހުން ބުނެދިނުމަކީ ހެޔޮނޫސްވެރިކަން.
ފަހުދު
08 May 2021
ބަލަގަ ކޮޔާ އެހެނެއްނޫންތަ އެއޮތީ ލިޔެފަ. ހުރިހާކަމެއް ހުއްޓާލާފަ ޖާހިލުކަމައް ދޭނެ ވެކްސިނެއް ކަންނޭންގެ އެންމެ ފުރަތަމަ ހޯދަންވީ
އަލިބެއްޔާގެ ދޮން
08 May 2021
ޑަބްލިއުއެޗްއޯގެ އިމަޖަންސީ ޔޫސް ލިސްޓުގައި ހުރިހާ ވެކްސިނަށްވެސް ހުއްދަނިނީ އެއީ ފައިޒާ ވެކްސިނާއި އެސްޓްރަޒެނިކާ އިން އުފައްދަމުން އަންނަ ވެކްސިންގެ އިތުރުން ޖޯންސަން އެންޑް ޖޯންސަން ވެކްސިން އަދި މޮޑާނާ ވެސް. އެއްވެސް ވެކްސިން އަކަށް އެނޫން ހުއްދަ އެއް އަދި ނުދޭ.