09 މެއި 2021 - 09:28
މިއަދުގެ ވަގުތެއްގައި ދުނިޔެ އަށް ވެއްޓޭނެ ކަމަށް ކުރިން ރިޕޯޓް ކޮށްފައިވާ، ޗައިނާ އިން ޖައްވަށް ފޮނުވައިލި ރޮކެޓުގެ ބައެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓިއްޖެ ކަމަށް ޗައިނާގެ ސްޓޭޓް މީޑިއާ އިން ރިޕޯޓްކޮށްފި އެވެ.
މި ރޮކެޓް ވެއްޓިފައި ވަނީ ރާއްޖޭގެ ގަޑިން މިއަދު ހެނދުނު 7:24 ގައި ޗައިނާ އިން ބުނެ އެވެ.
"ލޯންގް މާޗް-5ބީ" ވެހިކަލްގެ ބޮޑު ބައެއް ދުނިޔެ އަށް ވެއްޓޭނެ ކަމަށާއި އޭގެ ބަރުދަނުގައި 18 ޓަނު ހުންނާނެ ކަމަށް ބެލެވޭ ކަމަށް ޗައިނާގެ މީޑިއާތަކުން އިއްޔެ ރިޕޯޓްކުރި އެވެ. އެއީ މިއިން ޒަމާނަކު ދުނިޔެއަށް ނުވެއްޓޭވަރުގެ ބޮޑު ބައެކެވެ.
މި ރޮކެޓްގެ ބޮޑު ބައެއް ދުނިޔޭގެ ސަތަހައިގެ ތެރޭގައި އޮތް އިރު އަނދާފައިވާ ކަމަށް ޗައިނާގެ ޖައްވީ އިދާރާ އިން ބުނެ އެވެ.
މިކަމާއި ގުޅިގެން ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަދި އެއްޗެކޭ ނުބުނެ އެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް ވަނީ ރޮކެޓުގެ ބައެއް ދުނިޔެ އަށް ވެއްޓިފަ އެެވެ. އެ ފަހަރު ރޮކެޓުގެ ބައި ވެއްޓިފައި ވަނީ އެފްރިކާގެ އައިވަރީ ކޯސްޓަށެވެ. ޖައްވުން ވެއްޓޭ އެއްޗެއް މީހެއްގެ ގައިގައި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. ސަބަބަކީ ދުނިޔޭގެ ބޮޑު ބައެއް ކަވަރުވެފައި ވަނީ ކަނޑުން ކަމަށް ވާތީ އެވެ.
އެމެރިކާގެ ޖައްވީ ސްޓޭޝަން ސްކައިލެބުގެ ބައިތަކެއް 1979 ވަނަ އަހަރު ވަނީ ވެސްޓަން އޮސްޓްރޭލިއާ އަށް ވެއްޓިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައި އަނގަ
10 May 2021
ތަނެއް ދޮރެއް ނޭނގުނަސް ކޮމެންޓްކުރަން އެންމެ މޮޅީ ދިވެހިން.
އަލް އުސްތާޒު
09 May 2021
ވާނުވާ ރަނގަޅަށް އެނގި ތިބެ އިންޑިއާ އަވައިގަ ޖެހިފަ ތިބި މީހުން ކޮމެންޓް ކޮއްބަލަ. ރޮކްޓް ބޫސްޓަރ އަކީ ގިނަފަހަރަށް އޭގެ ބޭނުން ކެނޑުމުން ޖައްވުގައި ޖަންކަށް ވާ އެއްޗިސް. ޗައިނާއަކުން ނޫޅޭ މި މިޝަން ފެއިލްވެގެންނެއް. ރޮކެޓް ޑިބްރިސް ވެ ދުނިޔެއަށް މީހުން އުޅޭ ތަންތަނަށް ވެއްޓިފަ އެބަހުރި ބައިވަރު. އެންމެފަހުން އެކަމެއް ހިނގީ އެމެރިކާގަ ސްޕޭސް އެކްސްގެ ރޮކެޓެއްގަ. ނާސާ އާއި ސޯވިއެޓް އީރާގެ ރޮކްޓްގަވެސް މިހެން ވެފަ އެބަހުރި.
ރަދިފުއޮފިސަލް
09 May 2021
ޗައިނާ މީހުން މީގެހަފުތާއެއް ކުރިން ރޮކެޓްގެ ފޮޓޯއެއް ޖަހައިގެން އިންޑިޔާއަށް މަމާމާތްކުރީ. ގިނަދުވަހެއްވިތަ ރޮކެޓްގަނޑު ވެއްޓެން. ޗައިނާއެއް ކަމަކު ނުފޯރާ ފޮތިން ފޫގަޅަން ތެޅުނީމަ ވާނީ ތިހެން. ތިރޮކެޓް މާލެ މައްޗައް ވެއްޓުނަސް އިދިކޮޅޭމެން ތިބޭނެ އަނގަފޭކޮއްގެން އައްޖަހަން. ނުވާވަރުން ނޫޅެ ދޭބަލަ މުޑި ކާށިހޮވަން. ވ.ވެދުން.
ފަހުދު
09 May 2021
ޗައިނާމީހުން ހީކުރީ ދިވެހިން މަސްބާނަނީ ހަމައެކަނި އެއްގަމުން ކަމައްތަ
ފަހުދު ފަހާ ދުވުން
11 May 2021
އެއްގަމުން ބޭނޭނީ ކޯޗެއް؟ އެއްގަމުން ބޭނޭނީި ކުކުޅު ބިސް
އުދުހޭ
09 May 2021
ނަޝީދު ހެޔޮހާލުގަ ހުރިނަމަ މިކަން ކުށްވެރިކޮށް ޗައިނާއަށް ބަހުގެ ހަމަލާ ފޮވާލާނެއޭ ހިތްބުނޭ. ޗައިނާ ކަނޑުން އާވީގެގޮތުގައި މައްޗަށް އަރާ ފެން ވާރޭގެގޮތުގައި ދިވެހިރާއްޖެއަށް ވެހޭތީ އެކަންވެސް ކުށްވެރިކޮށްފަ މޯދީ ޒިންދާބާދު ގޮވާކަށް އެމްޑީޕީ ހާޑްކޯ މީހުން ފަހެއްނުޖެހޭނެ.
ޒުލްފިޤާރު
09 May 2021
އެމެރިކާގެ ފްލައިޓްތައް ހުއްދަ ނެތި ރާއްޖޭގެ ބޯޑަރަށް ބަދެ، އެއަރޕޯޓްތަކުގައި ޖައްސާ ހީސަމާސާ ކޮށްލާފައި ދާއިރު ގިނަ ދިވެހިންނަށް ނޭންގޭ. ވީމާ 18 ޓަނުގެ ކުޑަ އެތިކޮޅެއް ކަނޑަށް ވެއްޓިގެން ކަންބޮޑުވާކަން ނުޖެހޭ
ކުރަފި
10 May 2021
ތިޔަބުނާ 18 ޓަނުގެ "އެތިކޮޅު" ރާއްޖޭގެ މީހުންއުޅޭ ރަށަކަށް ނުވެއްޓުނުކަން ހަމަ ނަސީބެއްނޫންތޯ؟ މުޅިރަށް ފުނޑައިގެން ދިޔައީސް.. ހަމަޖެހޭ ވާހަކަ ދައްކަބަލަ.
ރަދީފްއޮފިޝިއަލް.
09 May 2021
ތިޔައީ އެހާ ބޮޑުކަމެއް ނޫން.މިވަގުތުގެ މެއިން ސަބްޖެކްޓަކީ “ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާ”. އޭޑިކޭގެ ގޭޓް 24 ޓީވީތަކުން ލައިވްކުރާނީ ވަރަށް މުހިންމުވީމަ.ގެޓް ވެލް ސޫން މިސްޓަރ ޕްރެސިޑެންޓް.ވ.ވެދުން
ސޯބެ
09 May 2021
ޖައްވުތެރޭ އެންބުރިއެނބުރިފަ ރިޓާން ޓު ހޯމް"
ނަން
09 May 2021
އިންޑިޔާގެ ޕަޕެޓް މި ކުއްވެރި ކޮއް އަވަހަށް ޖޫރިމަނާ ކުރަން އުޅޭ.
ޓިބެޓް
09 May 2021
ނަސީބެއްނު ބޮޑުވަގުގެ ބޮލައްމިގޮލާ ނުވެއްޓުނުކަން.
ކޮބާ އީ.ޕީ.އޭ
09 May 2021
އީޕީއޭ އިން ޖޫރިމަނާ ކުރަން ޖެހޭނެދޯ؟ ނޭނގެދޯ ކިހާ ވަރެއް ވެފަކަމެއް އޮނާނެކީ ކަނޑަށް.