ލާމު އަތޮޅު ލިންކު ރޯޑު.-- ފޮޓޯ: ތޮއްޓޭ ފޮޓޯގްރަފީ
10 މެއި 2021 - 12:38
ލ. ގަމު ތުނޑީ އަވަށުގެ މިސްކިތެއްގެ އިމާމު ދަމުނަމާދަށް ހުއްޓާ ހަމަލާދިން މައްސަލައާ ގުުޅިގެން ރޭ މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަމުނަމާދަށް ހުއްޓާ މީހަކު، އެ މިސްކިތަށް ވަދެ އިމާމުގެ މައިކު އަތުލައި އޭނާގެ ގައިގައި ޖެހި އެވެ. ނަމާދު ނިމެންދެން އިމާމު ކައިރީގައި ހުރެ ހަޅޭއްލަވައި ހުތުރު ބަހުން އެ މީހާ މުހާތަބުކުރި ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.
ގަމު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް "މިހާރު" އަށް އިއްޔެ ވިދާޅުވެފައިވާ ގޮތުގައި ސޯޓެއް ލައިގެން ހުރި އެ މީހާ، އިމާމަށް ހަމަލާދިން ވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވެ އެވެ.
ނަމާދަށް ފަހު ޖަމާއަތުގައި ތިބި އެހެން މީހުން އޭނާ މިސްކިތުން ނެރުނެވެ. އެ އަށް ފަހު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް އޭނާ ގެންދިޔަ އެވެ. އެކަމަކު ހަތަރު ގަޑިިއިރެއްހާއިރު ފަހުން އޭނާ އޭރު ދޫކޮށްލި އެވެ.
އޭގެ ފަހުން، އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރިތޯ ސުވާލުކުރުމުން ފުލުހުން ބުނީ ރޭގެ ވަގުތެއްގައި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.
މީގެ ކުރިން ވެސް މިސްކިތަށް މީހުން ވަދެ، ނަމާދަށް ތިބޭ މީހުންނަށް ހަމަލާދިނުމުގެ މައްސަލަތައް ފެންމަތިވެފައި އެބަ ހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
10 May 2021
މިއީ އިނގޭ ތޯ ނިރުބުވެރި ހަމަލާއަކީ. މިފަދަ މައްސަލަތަކުގައި ދައުވާކުރަންވާނީ ނިރުބުވެރި ހަމަލައެއް ދިންކަމަށް ތުހުމަތުކޮށް. އެކަމަކު މިސަރުކާރުގެ ޕީޖީ އިން މަފަދަ މައްސަލަތަކުގައި ގިނަ ފަހަރު ދައުވާ ކުރަނީ 'ނުކިމަންތެރިކަން' ދެއްކިކަމަށް. އަދަބަކަށް އަންނާނީ 2000ރ ވަރުން ޖޫރިމަނާކުރުން.
ރަދީފްއޮފިޝިއަލް
10 May 2021
ތިޔަ ޒުވާނާއަށް ހައްގު އަދަބު ދޭންޖެހޭ.
އަލިފުޅުދެވަނަ
10 May 2021
މިސްކިތުގެ ތެރޭގަ ތި ސަކަރާތް ޖެހުނީ ފަރުދީޒިންމާ ދެންތިބިމީހުން ނުނެގީމަ ދޯ! މީހަކު މެރިޔަސް ކުޅިބަލަން ތިބުން އެއީ ޒިންމާދާރުކަންކުޑަ ނާތަހުޒީބު ޢަމަލެއްނޫންބާ!
1828
10 May 2021
ފަރުދީ ޒިންމާ ފެށެނީ މުޖުތަމައުއާ ހަމައިންނެއްނޫން. ފަރުދީ ޒިންމާ ފެށެނީ މައިންބަފައިންނާ ހަމައިން. ގިނަ ޒުވާނުންނަކީ ހަމަ ވަރަށް ރަނގަޅަށް ދިރިއުޅުމުގެ ކަންކަން ހަމަޖައްސަމުން ރިވެތި އަހުލާގެއްގެ މަތީގައި ދެމިތިބޭ ބައެއް. ނިސްބަތުން މަދު ޒުވާނުން 'ރޮދި' ކެނޑިގެން މިދިވެހި މުޖުތަމުގައި ދިރިއުޅެނީ. އެއީ މައިންބަފައިން އެމީހުންގެ ދަރިންނަށް އިހްމާލްވެފައިވާތީ.
ހާޖި
10 May 2021
މިހާރު އެބަ ރަނގަޅުވޭ
މޮޔައާދަނު2ސަލީމުއިދުރީސް
10 May 2021
މި ޓެރެރިސްޓު ހަމަލާ ކުށްވެރިކުރަން. ލާދީނީ މަޑުކަށި ފިކުރުތަޢް މި އިސްލާމީ ޤައުމުން ނައްތާލެވޭނީ އެންމެން އަތު ކުރި އޮޅާލައިގެން.
ކޮމެންޓޭ1
10 May 2021
މަޑުކަށި ކުދިންގެ ފޮޓޯއެއް ނަމެއް އެޑުރެހެއްވެސް ނުޖެހޭ
މީނާ
10 May 2021
ތިމިހާރުދޫކޮއްލަފާނެ އެއީިމަޑުކަށިފިކުރެއްނު
ބަބުރަންޖީ ހާޖީ
10 May 2021
އަދިކިރިޔާ؟؟؟؟
ށަވިޔަނި
10 May 2021
ހިތާމަހުރިކަމެއް. މިގައުމު ބައިބައިވެ ނިމިއްޖެ. މިއީ މިކަންވާނެގޮތް. ބައެއްގެ ވިސްނުން ކުޑަކަމުން ގައުމު ބައިބައިވީ.
ވިސްނުންތެރި
10 May 2021
ބައެއްގެ ވިސްނުން ކުޑަވީކީނުން. ގާނުނާ ގަވާއިދު ނުހިންގަނީ. ކޮންމެ ކަމެއްކުރިއަސް ވަރިހަމަވީ. ޒިންމާމާނެ ފަރާތެއްނެތް.