ޔުނައިޓަޑްގެ ކަވާނީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ / އޭއެފްޕީ
11 މެއި 2021 - 12:33
މެންޗެސްޓާ ޔުނައިޓަޑަށް ކުޅެމުންދާ އުރުގުއޭގެ ފޯވަޑް އެޑިސަން ކަވާނީ އެ ކްލަބާއެކު ހަދާފައިވާ ކޮންޓުރެކްޓް އާކޮށްފި އެވެ.
އެންމެ ފަހުން ކުޅުނު ހަތް މެޗުން 8 ލަނޑު ޖަހާފައިވާ ކަވާނީ ،34، ޔުނައިޓަޑާއެކު ހަދާފައިވާ ކޮންޓުރެކްޓް އާކުރީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
"ޔުނައިޓަޑްގައި މި ހޭދަކުރި ފުރަތަމަ ސީޒަންގައި ވެސް މި ކްލަބަށް ބޮޑު ލޯތްބެއް އުފެދިއްޖެ،" ކަވާނީ ބުންޏެވެ. "ޓީމުގެ ކުޅުންތެރިންނާއި ޓީމުގެ ސްޓާފުންނާ ވަރަށް ރަނގަޅު ގުޅުމެއް އެބައޮތް."
ހިލޭ ޓްރާންސްފާއެއްގައި މިދިޔަ އަހަރުގެ ކއޮކްޓޯބަރު މަހު ޔުނައިޓަޑާ ގުޅުނު ކަވާނީ ވަނީ އެ ޓީމަށް މިހާތަނަށް ޖުމްލަ 15 ލަނޑު ޖަހައިދީފަ އެވެ.
ޔުނައިޓަޑްގެ ކޯޗު އޮލޭ ގަނާ ސޮލްސަޔާ ބުނީ ކަވާނީ އެ ޓީމުގައި މަޑުކުރުމަކީ އޭނާ ބޭނުންވި ގޮތް ކަމަށެވެ.
"ކަވާނީ މި ކްލަބާ ގުޅުނުއިރު، އޭނާގެ ފަރާތުން އަހަރެން އުންމީދުކުރި ހުރިހާ ކަމެއް އޭނާ ދައްކައިދީފި،" ސޮލްސަޔާ ބުންޏެވެ. "އަހަރަމެންނަށް އެނގޭ ކަވާނީ އަކީ ގޯލާ ރައްޓެހި ކުޅުންތެރިއެއްކަން. އެކަމަކު އޭނާގެ ލީޑަޝިޕާއި ތަޖުރިބާގެ ސަބަބުން، މުޅި ޓީމަށް އެބަ ފައިދާކުރޭ." -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
11 May 2021
ފަށްކަނޑާ ހިސާބަށް ދިޔަތަ؟