11 މެއި 2021 - 15:08
މާލޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައި ވާތީ ފިތުރު އީދު ނަމާދު ބޮޑު ޖަމާއާތުގައި ނޯންނާނެ ކަމަށާއި ނަމާދު ކުރާނީ ގައިދުރުކަމާ އެކު މިސްކިތުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު "މިހާރު" އަށް ވިދާޅުވީ މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޖަމާއަތުގައި އީދު ނަމާދު ކުރާނެ ކަމަށެވެ.
މިދިޔަ އަހަރު ރަށްރަށުގައި އީދު ނަމާދު ކުރި ނަމަވެސް މިފަހަރު އީދު އައި އިރު މުޅި ރާއްޖެ އަށް ކޮވިޑް ފެތުރި ވަރަށް ގިނަ ރަށްތައް ހުރީ މޮނިޓަރިންގަ އެވެ. އަދި ބައެއް ރަށްރަށުގައި ވަކި ވަގުތުތަކެއްގައި ކާފިއު ވެސް ހިންގަ އެވެ. އެހެންވެ ކުރީ ފަހަރާ ހިލާފަށް ބައެއް ރަށްރަށުގައި ވެސް މިފަހަރު މިސްކިތްތަކުގައި ވެސް އީދު ނަމާދެއް ނުކުރާނެ އެވެ.
އިލްމުވެރިން ވިދާޅުވާ ގޮތުގައި ސުންނަތްކަން ގަދަވެގެންވާ އީދު ނަމާދު ގޭގައި ވެސް ކުރެވޭނެ އެވެ.
މިދިޔަ އަހަރު ފިތުރު އީދު އައި އިރު ކޮވިޑްގެ ސަބަބުން މާލެ ލޮކްޑައުންގައި އޮތުމުން މިސްކިތްތައް ވެސް ހުރީ ބަންދުކޮށްފަ އެވެ. އެހެންވެ އީދު ނަމާދު މިސްކިތުގައި ވެސް ނުކުރެ އެވެ.
ފިތުރު އީދު ވާނީ ކަލަންޑަރުގައިވާ ގޮތުން އަންނަ ބުރާސްފަތި ދުވަހު އެވެ. ފަލަކީ ހިސާބުން ދައްކާ ގޮތުން މިއަދު ޝައްވާލު މަހުގެ ހަނދު ފެނުމުގެ ފުރުސަތެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންތިހާ
11 May 2021
އިންތިހާބު ޖެހުނީމަ ކޮވިޑު ޖީބަށްލާފަ ފުރާގެން ދާންވީ. އީދުނަމާދު ވަގުތު ޖެހުނީމަ މިސްކިތްތައް ބަންދު. އަސްލު ވާގޮއި އޮޅޭމިހާރު
އަލީ1
11 May 2021
މިސްކިތަށް އެރުން އިހަށް މަޑުޖައްސާލަންފެނޭ.. އީދުނަމާދުވެސް ގޭގަ ކުރަންވީ..
ޢިޙްސާސް
11 May 2021
މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުމެއްނޫން އަސްލު މައްސަލައަކީ. ބައެއްމީހުން މާސްކުނާޅާ މިސްކިތުގައި އުޅުން މައްސަލައަކީ. މިކަހަލަ މީހުން ހިފާ ހައްޔަރުކޮށް ޖޫރިމަނާކޮށްބަލަ.
ވޯޓު
12 May 2021
ދެންވެސް ވޯޓެއް އޮތިއްޔާ ދެވެންވާނެ
ރޯޒަސް
11 May 2021
ގައިދުރުކުރުން ތީ ނަމެއްގައި އޮތް ކަމެއް. އެމީހަކު ހިތއް އެރި ގޮތަކަށް އުޅެނީ ނޯވޭ އެއްޗެކޭ ބުނެވޭކަށްވެސް.. ހިތްހަމަ ނުޖެހެންޏާ ސަފު ދޫކޮށް އެހެން ސަފަކަށް ދާންޖެހެނީ. އަދި މި ކުޑަވައި އިނގިއްޔައް އަރާ ގުރޫޕު ކަންތައް މާ ބޮޑު. ދުރައްލިއަސް އަނެއްކާވެސް އަރާނެ.
އެލިގަނެގެން
11 May 2021
ކުޑަވައި އިންގިއްޔާ އަރާ ގްރޫޕަކަށް ކަމަކު ނުދާނެ ޖެހިގެން ހުރި މީހާ ކޮނޑުގަ އެލި ނުގަނެވެންޏާ. އަނެއްކާ ގައިން އެދުވާ މީރު ވަހޯ.
ނަމާދު އަލީ
11 May 2021
އާމު ހާލަތުގައި ނަމާދުގަ ސަފުހަދަނީ ފަޔާއިފާ އަދި ކޮނޑާކޮނޑު ޖެހޭގޮތަށް. އިމާމުން ސަފުހެދުމުގެ ކުރިން އަބަދުވެސް ކިޔާ މިހެން. މިކަން ނޭގެންވީ ސަބަބެއްނެއި.
ފިނޑި
11 May 2021
ކަންކަމުގަ ލާހޫރެން ނުހަދާ ރަނގަޅު ބޮޑު އެއްފިޔަވަޅުންވެސ ް ރަނގަޅު ނަތީޖާ ނެރެވިދާނެ. ޢެއްދުވަހު އޮފީސް އަނެއްދުވަހު މިސްކިތް. ޢެހެންތަންތަނުގަ މީހުންމާސްކުނާޅާ ގައިދުރުކަމެއްނެތި އުތުރިއަރަނީ.
ޢަލީރަމީޒު
11 May 2021
އެއްވެސް ވަރަކަށއ މިސްކިތް އިހަށްބޭނުން ކުރުން ހުއްޓާލަންވީ×