ޚަބަރު / އެމްއެމްޕީއާރްސީ ޚިޔާނާތުން މަންފާވި ލިސްޓު

ބޮޑު ހިޔާނަތުގެ ފައިސާ މަޖިލީހުގެ އެހާރާއި މިހާރުގެ 61 މެމްބަރަކަށް

ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މިހާރުގެ 16 މެމްބަރުންގެ ތެރެއިން 13 ބޭފުޅުން.-- ފޮޓޯ: މަޖިލިސް

އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ބޮޑު ހިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ އެހާރާއި މިހާރުގެ 61 ބޭފުޅަކަށް ލިބިވަޑައިގެންނެވިކަން، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު އާއްމުކުރި ލިސްޓުން ހާމަވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބޮޑު ހިޔާނާތުގެ ފައިސާ، އެހާރާއި މިހާރުގެ ފަނޑިޔާރުންނާއި މަޖިލީހުގެ ކުރީގެ އަދި މިހާރުގެ މެމްބަރުންނަށް ލިބިވަޑައިގެންނެވި ކަމަށް ކަމާ ބެހޭ އިދާރާތަކުން އޮތީ ބުނެފަ އެވެ.

މިއަދު އާއްމުކުރީ، އެ މައްސަލަ ބެލުމަށް އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ފޮނުވި ލިސްޓެވެ.

މިއީ، މީގެ ފަސް އަހަރު ކުރިން ފަޅާއެރި ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ދައުލަތުގެ ރަސްމީ އިދާރާއަކުން ހާމަކުރި ފުރަތަމަ ފަހަރެވެ.

ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި، އެއް ޕާޓީއަކަށް އެންމެ ގިނައީ އޭރު މަޖިލީހުގެ މެޖޯރިޓީގައި ތިއްބެވި އަދި މިހާރު އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕާއި މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނެވެ.

މި ސަރުކާރު ކޯލިޝަންގެ ތެރެއިން އެ ފައިސާ ނުލިބޭ ހަމައެކަނި ޕާޓީއަކީ އަދާލަތު ޕާޓީ އެވެ. ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި ބައެއް މެމްބަރުންނާއި މިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރެއްވި ބައެއް މެމްބަރުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހިފައި ކަމަށް ލިސްޓުން ދައްކަ އެވެ.

ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރާ މިހާރުގެ މެމްބަރުން:

1- ނިލަންދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް މުހުސިން (ޖޭފޯ) ފައިސާ ލިބިވަޑައިގެންނެވި އިރު ހުންނެވީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް.

2- ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު.

3- ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ.

4- މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)

5- ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް.

6- މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގު.

7- މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް.

8- ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސެއިން.

9- ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު.

10- މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝަރީފު.

11- ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް.

12- ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ގައްސާން މައުމޫން.

13- ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު.

14- ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ.

15- މުލަކު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނަސީރު.

16- ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން.

ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރާ ކުރީގެ މެމްބަރުން:

1- އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ.

2- ތިނަދޫ ދެކުނު ދާއިރާގެ ޖޭޕީގެ މެމްބަރު އަބްދުﷲ އަހުމަދު.

3- މަޖިލީހުގެ ކުރީގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ މަސީހު.

4- މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ)

5- މައްޗަންގޮޅި ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ސިނާން.

6- މާވަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު އަޒްހާން ފަހުމީ.

7- ބިލެތްދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަހުމަދު މުބީން.

8- ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ނިހާން.

9- ގައްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ރަޝީދު.

10- އިސްދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމް.

11- ކެލާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ އާރިފް.

12- ފުވައްމުލަކު މެދު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ ފަޒާދު.

13- ހޮޅުދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ މުހައްމަދު.

14- ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި އިންތިހާބީ އައްޑޫ މޭޔަރު އަލީ ނިޒާރު.

15- ފުނަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ ސަލީމް.

16- ފުވައްމުލަކު އުތުރު ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ޝާހު.

17- މާފަންނު މެދު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަސްމާ ރަޝީދު.

18- ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫން.

19- ނޮޅިވަރަމް ދާއިރާގެ މެމްބަރު ޖޭޕީގެ މެމްބަރު ހުސެއިން އަރީފް.

20- ގުރައިދޫ ދާއިރާގެ ޖޭޕީގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު.

21- ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީ.

22- އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު.

23- ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު.

24- ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު.

25- އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު.

26- އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)

27- ދުވާފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު އަލީ.

28- މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޖަޕާނުގައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތު.

29- ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް.

30- ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ.

31- ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު.

32- ހުޅުދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ޝާހިދު.

33- މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު.

34- ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް.

35- ތުޅާދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ނާޒިމް ރަޝާދު.

36- ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު.

37- ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ

38- ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު.

39- ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު.

40- ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު.

41- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު.

42- ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު.

43- މިލަންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހަސަން މުފީދު އަބްދުލް ގާދިރު.

44- ސަތާރަ ވަނަ މަޖިލީހުގެ މެމްބަރު މުހައްމަދު ރަޝީދު

45- ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި މޫސާ ޒަމީރު

މަޖިލީހުގެ އިދާރާ އިން ލިސްޓު އާއްމުކުރުމުގެ ކުރިން "މިހާރު" އަށް ވަނީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ފޮޓޯ އާއި އެ މީހުންނަށް ލިބުނު ފައިސާގެ އަދަދުތައް އެނގޭ ލިސްޓު ވެސް ލިބިފަ އެވެ. އެ ލިސްޓާ މެދު ސުވާލު އުފެދެނީ، އޭގައި ހުރި ބައެއް ބޭފުޅުންގެ ނަންތައް މަޖިލީހުން އާއްމުކުރި ލިސްޓުގައި ނެތުމުންނެވެ. އެހެންވެ މެމްބަރުންނަށް ލިބުނު ކަމަށް ބުނާ ފައިސާގެ އަދަދު ނުހިމަނަމެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީީ އެމްއެމްޕީއާރުސީ މައްސަލަ ބެލުމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ވެސް ގެއްލިދާނެ ކަަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ހިޔާނާތުގައި 200 އަށް ވުރެ ގިނަ މީހުންނާ ދެކޮޅަށް ދައުވާކުރަން ޖެހޭކަން މިހާރު ވެސް ފާހަަގަވެފައިވާ ކަމަށެވެ. އެ ދައުވާތައް ކުރިއަށް ގެންދާނެ ކަމާ މެދުގައި ޝައްކެއް ނެތް ކަމަށް، މިދިޔަ މަހުގެ 26 ގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ. "އިއްޒަތްތެރި ބައެއް މެމްބަރުންގެ ގޮނޑިފުޅު ވެސް ގެއްލިދާނެ. ބަައެއް ބޭފުޅުންގެ މަގާމުފުުޅު ވެސް ގެއްލިދާނެ އަދި އަނެއްބައި ބޭފުޅުންނަށް އިތުރު އެެހެން ގޮތްގޮތް ވެސް ވެދާނެ،" ނަޝީދު ވިދާޅުވި އެވެ.

25 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 57%
icon wow icon wow 43%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗޮސްބެ

13 May 2021

ތި އެންމެއްންވެސް ހުންނާނީ އަދީބުދިން ފައިސާގަ ހިފާފަ އެކަމަކު ތިތަނުން އެކަކުވެސް އެމްއެމްޕީއާރސީ ގެ ފައިސާ ލިބުނުކަމަށް ސާބިތުކޮށެއް ނުދެވޭނެ. އަދީބު ފައިސާއެއްދިނަސް އެއީ ވަގުފައިސާކަމެއް ކިހިނެއް ސާބިތުކޮއްދޭނީ.

The name is already taken The name is available. Register?

ރޮދު

13 May 2021

ކޮންކުއްޖެއްބާ ލިސްޓުގައި ފެންނަންހުރި ލާރީގެ ޖުމްލަ ބަލައިލަދޭނީ އެއަށްފަހު ލިބެންޖެހޭ ފައިސާއިން އެބައި ކަނޑާލަދޭނީ.

The name is already taken The name is available. Register?

އަލީ ޖަމްޝީދު

13 May 2021

އަދިވެސް ސްކޫލް ކުދިންނައް މިކިޔާދޭން މިއުޅެނީ، ކިޔަވާ ނިންމައިގެން އައިސް 40 އަހަރު ގައުމައް ތެދުވެރިކޮން، ޤައުމިއްޔަތުގަ، ކުޑަމުސާރައަކައް ގަނަތެޅި، މަސައްކަތް ކޮއްދީފަ، އަތުގަ 200ރ ވެސް ސޭވް ކުރެފި ނޯންނާނެ 'ސާފު' ދިރިއުޅުމެއް އުޅެންތަ؟؟؟ ހާމަކަން ބޮޑު، މި ޖަރީމާއިން މިފެންނަނީ، ދިވެހިގައުމު ދަވާލީމަ، ގިންވެގެން 4 ދުވަހުގެ މަސައްކަތުން، މުޅި އުމުރުދުވަހު މާފަސޭހަ، އަރާމު ދިރިއުޅުމެއް އުޅެވޭ ވަރައް ފައިސާ ކޮޅާލެވޭކަން. އެއްވެސް އަދަބަކާ ނުލާ!!!

The name is already taken The name is available. Register?

އަލީ111

13 May 2021

އަލީ ނިޒާރު - އައްޑޫ ހިތަދޫ ދެކުނު މީނާ އެއްވެސް ވައްކަމެއް ނުކުރާތީނުން ޖަހާނެ އަދަދެއްވެސް ނެތީ؟

The name is already taken The name is available. Register?

ގާސިމު

13 May 2021

ލިސްޓް ގަ އުނިވެފަތި ބި މޑޕ މީހުންގަނޑު ކޮ ބާ

The name is already taken The name is available. Register?

ޖުވެނައިލް

13 May 2021

އަންނި ނިކަން ތިޔަ މެންބަރުންގެ ގޮނޑި ގެއްލުވާލަބަލަ އޭރުން އަޅުގަނޑު މިހުރީ އަންނިއަށް އަނެއްކާވެސް ތާއީދުކުރަން ރެޑީގަ

The name is already taken The name is available. Register?

އިއްބީސް

13 May 2021

ތިޔަ ލިސްޓްގަ ނަން ނެތިއްޔާ ތިޔަ ވައްކަމުގަ ބައިވެރި ނުވާކަމަށްވޭބާ؟ އަންނި އާއި ސާލިހު ތީގަ ބައިވެރި ނުވާކަމެއް ކާކަށް އެނގެނީ!

The name is already taken The name is available. Register?

ހައިރާން

13 May 2021

ތި މައްސަލަ ނިންމާ ނަނއ ހާމަ ކުރި އިރު ކިތައް މެންބަރުންގެ ނަން އުނި ކޮއްފަ ވާނެ ބާއޭ ހިތައް އަރާ.. ކޮރަޕްޝަން ނެތި އެކަމެއްވެސް ކުރެވޭ ބައެއް ޢިއްޒަތް ތެރި ބޭފުޅުންގެ ތެރޭގައި ތިއްބަވާބާ.! މި ހާ ތަނަށް އެއްވެސް ސަރުކާރެއްގަ ޚިޔާނާތް ނުހިނގާ އޮވެދާނެބާ!.. ކެޔޮ ކޭ ވަރު އިނގޭނީ ބިތުފަންގި ނެގީމަ

The name is already taken The name is available. Register?

އުމަރުބެ

13 May 2021

ނަންއިނިއްޔަ ކޮބާ މައްސަލަޔަކީ، އެކަކުވެސް ލާރި ލިބުނުކަމަކަށް އެއްބަހެއްނުވިއެއްނު. ސާބިތުކޮށެއްވެސް ނުދެވޭނެ.

The name is already taken The name is available. Register?

އަލީ އާޒިމް

12 May 2021

ތިޔަ އެންމެންގެ ގޮނޑި މިހާރުން މިހާރަށް ގެއްލެންޖެހޭ.. ޒީރޯ ޓޮލެރެންސް ގެ ދަށުން ގައުމުގެ މިހާރުގެ ރައީސަށް މިކަން ކުރެވެން ޖެހޭނެ... އެކަކަށްވެސް ދައުލަތުގެ ފައިސާ އަށް ހިޔާނާތް ތެރިވެގެން ހުރެވިގެން ނުވާނެ. ތިޔަ ފައިސާ ދައުލަތުގެ ބަޖެޓަށް ހޯދަން އެބަޖެހޭ. ވަގުންނަށް އެއްވެސް ފުރުސަތެއް ދީގެން ނުވާނެ. އަޅުގަޑުމެން ނިކަމެތި ރައްޔިތުން މިތިބީ ރައީސް ސޯލިހުއާއި އެކު... ރޮކެޓު ސުޕީޑުގަ މިކަން ބައްލަވާ ދެއްވާ...

The name is already taken The name is available. Register?

ބާޒިމް

13 May 2021

ލިސްޓުން އުނިކުރި ނަންތަކަށް ކިހިނެތް ހަދާނީ؟

The name is already taken The name is available. Register?

ފަލަކީ ހިސާބު

12 May 2021

30 އަހަރު ވެރިކަން ކުރިއިރު މައުމޫނު ދަރިންނަށް ދަސްކޮށްދިނީ ތިޖޫރީގެ މާތްކަން. ރާއްޖޭގެ އެންމެ ބޮޑު ހިޔާނާތުގެ ފައިސާ މައުމޫނުގެ 3 ދަރިންނަށް ލިބުނުކަން މިހާުރުވަނީ ކަށަވަރުވެފައި.

The name is already taken The name is available. Register?

އެދުރުކަލޭގެފާނު

12 May 2021

އައްޑޫ އިންތިޚާބީ މެމްބަރު ނިޒާރު ހުސެއިން ސަލާހުއްދީނުގެ ނަސޭހަތް އަޑުއައްސަވާ: " ލަދެއްނެތި އަތްދިމާކުރުމީ ތިމާގެ އެދުންތަކާއި މެދުގައި، ހިނގާގޮސް އަނެކަކުގެ ގާތަށް ކަމެއްތޯ ހުތުރު ނުވެދާނޭ، ލިބޭމިންވަރު ނިކަންދަނެގެން ވިބޭނުންތައް ބަހާލައިގެން، ތިބޭނަމައީ ފިކުރުކޮށްގެން މިބޭޒާރެއް ނުވެސްވާނޭ، ލިބޭހައި ދެރެކަމެއްދުނިޔޭން ޤަޟާޤަދަރާއި މަތިކޮށްފައި، ތިބޭއިރު ކުށްނުވާކަމުގައި ހިތާކަށްވާ ނުވެސްވާނޭ " މިޢީ ޢިބުރަތުން ފުރިގެންވާ ނަޞޭޙަތެކެވެ.

The name is already taken The name is available. Register?

ެއެދުރުކަލޭގެފާނު

13 May 2021

ހުސެން ސަލާހުއްދީނުގެ އަލް-އަދަބުގެ މިބަައިތުތަށް ވެސް ތިޔަކަމުގައި ބައިވެރިވި ބޭފުޅުންނަށް ނަޞޭޙަތަކަށް ވާނެކަމަށް: " ހަވާނަފުސުން ސަލާމްތްވާ، ފަވާފާގޮތްތަކުން ދުރުވާ، ޖަވާނާނޭ ސަޢާދަތުމަންދު ޕަންދޭޕީރު ދަންނާނޭ ސަމަރުޤަންދުން ދަމައިނެރެގެން، ހުނަރުމަންދުން އަތުންގަނެގެން، ކަމަރުދބަންދުން ދަމައިބަނދެގެން، ތިބެންވީތާ އަބަދުޖާނޭ މިހެންނުވިނަމަ ފަސާދަވެގޮސް ދެދުނިޔޭން ގެއްލިނިމިގެންގޮސް، ޖަހަންނަމައަށް ޚަރާބުވެގޮސް، ހިތާމައިގާ ތިބެންވާނޭ "

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454