ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. އެމަނިކުފާނު ވިދާޅުވީ އެމްއެެމްޕީއާރުސީގެ ހިޔާނާތް ބެލުމުން ބައެއް މެމްބަރުންގެ ގޮނޑި ގެއްލިދާނެކަމަށް.
26 އެޕްރީލް 2021 - 11:18
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލޭނެ ކަމަށާއި އެ މައްސަލަ ބެލުމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ވެސް ގެއްލިދާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު، އިބްރާހީމް ޝަރީފު، އޭނާއަށް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތުތައް ކުރައްވާ ކަމަށް ވިދާޅުވެ، އެކަމުގައި ނަޝީދަށް ރައްދު ދެއްވުމުން، އުފެދުނު ދެބަސްވުމެއްގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ރިޔާސަަތުގައި އިންނަވާ ކަމަށް ވަންޏާ އެމްއެމްޕީއާރުސީ މައްސަލަ ނުބަލައި ދޫކޮށްލިޔަ ނުދެއްވާނެ ކަމަށެވެ.
"ދިވެހިރާއްޖޭގެ ހަޒާނާއިން އެތައް އެތައް މިލިޔަން ރުފިޔާއެއް، 70 މިލިޔަން ޑޮލަރު ނާޖާއިޒް ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށާއި އަދި އެހެން ވެސް މުއައްސަސާތަކުގެ އިދާރާތަކުގެ ތިބި އެތައް ބަޔަކަށް ބަހައިލެވުނު ގޮތް ވަރަށް ތަފްސީލުކޮށް، ހެއްކާއި ގަރީނާއާ އެކުގައި ވާނީ ސަަރުކާރުގެ ކަމާ ބެހޭ ކޮމިޝަނަށްް ހުށަހެޅިފައި،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެކަމުގައި 200 އަށް ވުރެ ގިނަ މީހުންނާ ދެކޮޅަށް ދައުވާކުރަން ޖެހޭކަން މިހާރު ވެސް ފާހަަގަވެފައިވާ ކަމަށާއި އެ ދައުވާތައް ކުރިއަށް ގެންދާނެ ކަމާ މެދުގައި އެމަނިިކުފާނަށް ޝައްކެއް ނެތް ކަމަށެވެ.
"އިއްޒަތްތެރި ބައެއް މެމްބަރުންގެ ގޮނޑިފުޅު ވެސް ގެއްލިދާނެ. ބަައެއް ބޭފުޅުންގެ މަގާމުފުުޅު ވެސް ގެއްލިދާނެ އަދި އަނެއްބައި ބޭފުޅުންނަށް އިތުރު އެެހެން ގޮތްގޮތް ވެސް ވެދާނެ،" ނަޝީދު ވިދާޅުވި އެވެ.
އެމްއެޕީއާރުސީ ހިޔާނާތުގެ މައްސަލަގަނޑު މަޖިލީހުގައި މިއަދު އަލުން ހިލުނު އިރު، އެކަމުގައި ތުހުމަތުވާ އެއްވެސް މީހަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ވަނީ ފާސްްކޮށްފަ އެވެ.
ގިނަ ދުވަސްތަކަކަށް ފަހު އިއްޔެ ރޭ ބޭއްވި ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި، އެފަދަ މީހުންނަށް އެ އިންތިހާބުގައި ބައިވެރި ނުވެވޭ ގޮތަށް ހެދުމަށް ހުށަހެޅީ މާފަންނު މެދު ދާއިރާގެ މެމްބަރު މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
އަންނަ މަހު 29 ގައި ބާއްވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ އެކި މަގާމުތަކަށް ކުރިމަތިލެވޭ ޝަރުތުތަކެއް އޭނާ ހުށަހެޅުއްވި އެވެ. އޭގެ ތެރޭގައި އެސެޓް ރިކަވަރީ ކޮމިޝަނާއި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި، ކުށެއްގައި ބައިވެރިވެފައިވާ މީހުންނަށް އިންތިހާބުގައި ބައިވެރި ނުވެވޭނެ ކަމަށް ބޮންޑޭގެ ހުށަހެޅުއްވުމުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނި ކަލޯ
27 April 2021
އަޅެ ހިތްވަރެއް ހުރިއްޔާތިކަން ކޮށްލަ ބަލަ ކޮށްފިނަމަ މަނިކުފާނައް އިތުރައް ތާޢީދު ބޮޑުވާނެ
ސަރަންފީ
27 April 2021
ބައެއް މޭޔަރުންގެ މޭޔަރޝިޕް ވެސް ގެއްލެންވާނެ.
އޮނަރަބްލް އަފީފު ދީދީ
26 April 2021
އިއްޒަތްތެރި ރައީސް. އެމްއެމްޕީއާރު ޙިޔާނާތޭ ކިއުމުގެބަދަލުގައި "އެމްއެމްޕީއާރުސީގެ ވައްކަން" މިގޮތަށް ކިޔާންވީނޫންތޯ. # މިމީހުން މިކަން ހިންގާފައިވާގޮތަށްބަލާއިރު މިއީ ޙިޔާނާތެއްްގެ ބަދަލުގައި ވައްކަމެއްގައި ހުންނާންޖެހޭ ހުރިހާ ސިފަތަކެއް ފުރިހަމަވެފައިވާ ބޮޑު ވައްކަމެއް. # ވަޒީރެއް، ފަނޑިޔާރެއް އަދި މަޖިލިސް މެންބަރެއްކަމުގައިވިޔަސް ތަފާތެއްނެތި ވައްކަމުގެ ބައިވެރިންނަށް ޤާނޫނީ ޝަރުއީ އަދަބުދޭންވާނެ. އަހަރުމެން ތިކަމަށް ފުރިހަމައަށް ތާއީދު.
ޖޫސީ
26 April 2021
އިއްޒަތްތެރި ރައީސޭ؟ ބާރު އޮތީތީ 13 އަހަރުގެ ހުކުމެއް ތަންފީޒުނުކޮށް ހުރި މީހެއް އެއީ.
ރެހެންދި.
27 April 2021
ކީއްވެ ތިޔަ ލިސްޓަށް މާލޭގެ ބޮޑުންނާއި ރިސޯތް އޯނަރުން ނުވެއްދީ؟ އެމީހުންވެސް ތިބީ ތިޔަ ގުއްިރޯނުގައި ޖެހިފަ.
ރޮއެރޮއެކަރުނަކޮއެ
26 April 2021
ދަ ޔެލޯ ކާރޓެލް،، ދެން އެންމެން އަތްޖަހާ
ޖާބެ
26 April 2021
ގޭންގެއްތަ ތިޔަ އޮޕަރޭޓްކުރަނީ
ޒިންދަގީ
26 April 2021
“ބަރުލަމާނީ”އަށް ތާއިދުނުކުރާ މެމްބަރުންނަށް ބިރުދައްކަވަންނޫޅުއްވާ.. އަދީބު ނައިބަކަށްހަދަން ގާނޫނު އަސާސީއަށް ބަދަލުގެންނަން ވޯޓުދިނީ އަންނިއަށް ލުއިދޭން ޑީލްހަދައިގެން.. މިބުނީ މަވޯޓާ މައުސޫމުވީ ވާހަކައެއްނޫން..
ނީރާ
26 April 2021
ތިޔޕާޓީގެ އެތެރޭގެ އިނތިޚާބުގައި އެކިއެކި މަޤާމުތަކަށާއި އަދި ލޯކަލް ކައުންސިލް އިންތީޚާބުގައި އެކި މަޤާމުތަކަށް ޕާޓީގެ ފަރާތުން މީޙުން ހޮވަނީވެސް އެންމެ ކަމަކަށް ވިސްނައިގެން . އެއީ ކޮންމެ ދާއިރާއެއްގެ މަޖިލިހުގެ ރަންގޮޑިއަށް ވާދަކުރަންޖެހޭ މެންބަރަށް ކުރީބައިގައި ކެމްޕޭންކުރުމަށް ކަންކަން ތަރުތީބުވާގޮތަށް.
އުދުހޭ
26 April 2021
އިންތިހާބުތަކަށް ހާއްސަކޮށް އެމްޑީޕީން އުފައްދާ ފިލްމްތަށް. 1. ދިވެހިފިލްމް ފްލެޓް. 2. ދިވެހިފިލްމް ރިލްވާން. 3. ދިވެހިފިލްމް އެމްއެމްޕީއާރުސީ.
ޢަބުސީބެ
26 April 2021
ދިވެހި ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރި ނުވާމީހަކު އަޅެދައްކަބަލަ..ނޭންގި ނަމަވެސް ކުރެވެނީ ވައްކަން..އޮޅުވާލުން ސިޔާސީ މަންފާ ނުހައްގުން މުއްސަދިވުން..
ކޮރަލް
26 April 2021
އެއްވާހަކަ އެއް ދައްކަ ދައްކާ ހުއްޓަ ދައުރު ހަމަ ވަނީ އެވެ. 3 އަހަރު ވަނީ އެވެ. އެމްޑީޕީގެ އިސް ސަފައް ބޮޑު ބަދަލެއް ބޭނުން ވެ އެވެ.