ވިޔަފާރި

މާލެ ސަރަހައްދުގެ ކާފިއު: ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހަވީރު ހަތަރެއް ޖަހަންދެން

ފިހާރައެއް: ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:00ން ހަވީރު 4:00 ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގާފައި-- ފޮޓޯ: މިހާރު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިއްޔެ އިން ފެށިގެން މާލެ ސަރަަހްދުގައި ދިގު ކާފިއުއެއް ހިންގާތީ، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 5:00 އިން ހަވީރު 4:00 އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނީ، މި ބަދަލު ގެނަައި ނަމަވެސް ފުލުހުމްގެ ހުއްދައާއެކު، ހަވީރު 4:00 އިން ދަންވަރު 12:00 އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ހުރިހާ ތަނަކުން ވެސް ކޮވިޑުން ރައްކާތެރިވާން އެޗްޕީއޭ އިން އެކުލަވައިލާފައިވާ ގައިޑްލައިންތަކަށް އަމަލު ކުރުމަށް އެ މިނިސްޓްރީން އެދެ އެވެ.

އެޗްޕީއޭއިން އެޅި ފިޔަވަޅުތަކާއެކު މާކެ ސަރަހައްދުގެ ހުރިހާ ކެފޭތަކާއި ރެސްޓޯރެންޓުތައް ވެސް އިއްޔެ އިން ފެށިގެން ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް މިފަދަ ތަންތަނުން ޑެލިވަރީ އާއި ޓޭކްއަވޭގެ ހިދުމަތް ދޭނެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެންމެ ފަހުން މާލެ ސަރަހައްދުގައި އެޅި ފިޔަވަޅުތަކުގެ ދަށުން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ފަތިހު 4 އަށް އިއްޔެ އިން ފެށިގެން ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާއިސާ

13 May 2021

އެޗްޕީއޭ އުވާލުމުން ކޮވިޑް ނިމުނީ.. %100

The name is already taken The name is available. Register?

ށަވިޔަނި

13 May 2021

ފަތިހު 5 އިން ހުޅުވޭގޮތް ހެދީމަ ފަސޭހަވާނެ ބަޔަކު އުޅޭނެ. ތޮއްނުޖެހި ބޭނުން ތަކެތި ގަނެވޭނެ. 4 އިން ބަންދުކޮށް ކާފިއު ހިންގީމަ މީހުން ތަންތަނަށް އެއްވެ އުޅުން ވަރަށް މަދުވާނެ. ރަނގަޅު ނިންމުމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454