ދައުލަތުގެ ތިން ބާރުގެ ވެރިންނާއި ޝަރުއީ ދާއިރާގެ އިސް ބައެއް އެހެން ވެރިން ބައްދަލުވުމެއްގައި.---ފައިލް ފޮޓޯ: މިހާރު
17 މެއި 2021 - 18:51
ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސައި، އެ ބޭފުޅުންނަށް ހިމާޔަތާއި ރައްކާތެރިކަން އިތުރު ކުރަމަށް ގާނޫނަށް އިސްލާހު ގެނައުމަށް ބަންޑާރަ ނައިބުގެ އޮފީހުން ދެ ބިލެއް އެކުލާވަލައި، ރައީސް އޮފީހަށް މިއަދު ފޮނުވައިފި އެވެ.
އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ހިމާޔަތާއި ރައްކާތެރިކަން އިތުރުކުރަމަށް ކަމާ ގުޅޭ ގާނޫނަށް އިސްލާހުތައް ގެނައުމަށް ދެ ބިލެއް ރައީސް އޮފީހަށް ފޮނުވާފައި ވާނެ ކަމަށެވެ.
މި ދެ ބިލު ރައީސް އޮފީހަށް މި ފޮނުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވާހަރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ދެމުން ގެންދާ ހިމަޔާތާއި ރައްކާތެރިކަން އިތުރަށް ޔަގީން ކުރުމަށްޓަކައި، އެ ދެ ބޭފުޅުންނަށް ހާއްސަ ރަސްމީ ގެކޮޅެއް ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވާފައި ވަނިކޮށެވެ.
ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށާއި މަޖިލީހުގެ ރައީސަށާއި އުއްތަމަފަނޑިޔާރަށް ރަސްމީގެ ހަމަޖައްސައި، ޙިމާޔަތާއި ރައްކާތެރިކަން އިތުރުކުރަން ކަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް ދެ ބިލެއް،މަޖިލީހަށް ހުށަހެޅުމަށްޓަކައި މިއަދު ރައީސް އޮފީހަށް ފޮނުވައިފިން.
— I Riffath (@ibriffath) May 17, 2021
ބަންޑާރަ ނައިބު ރިފްއަތުގެ ޓުވީޓް
ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ދެމުންގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީން ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އެޓާނީ ޖެނެރަލަށް ރައީސް އެންގެވީ މިދިޔަ ހަފުތާގަ އެވެ. އެ މަނިކުފާނު އެންގެވީ މިހާރު އޮތް ގާނޫނުގެ ތެރެއިން އެކަން ކުރެވެން ނެތް ނަމަ، އާ ގާނޫނެއް އެކުލަވައިލައިގެން ވިޔަސް އެ މަސައްކަތް ކުރިއަށް ގެންދެވުމަށެވެ.
ދައުލަތުގެ އެންމެ އިސްވެރިންގެ ތެރެއިން ރަސްމީ ގެކޮޅެއް ސަރުކާރުން މިހާރު ހަމަޖައްސައިދީފައި ވަނީ ރައީސުލްޖުމްހޫރިޔާ އަށް އެކަންޏެވެ. ރައީސްގެ ރަސްމީ ގެކޮޅަކީ މުލީއާގެ ކަމަށް ވާއިރު ނައިބު ރައީސްގެ ރަސްމީ ގެކޮޅަކީ ހިލާލީގެ އެވެ.
މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް އަމާޒުކޮށް ގޮއްވައިލި އައިއީޑީގެ ސަަބަބުން ބޮޑެތި އަދި ފުން ޒަހަމްތަކެއް އެ މަނިކުފާނަށް ވަނީ ލިބިފަ އެވެ. ނަޝީދަށް ފުރަތަމަ ފަރުވާ ދިން އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުން ވިދާޅުވެފައިވާ ގޮތުގައި މި ހަމަލާގައި އެ މަނިކުފާނުގެ ފުރާނަ އަށް ނުރައްކާވާނެ ކިތަންމެ ޒަހަމްވެއް ލިބުނެވެ. ނަޝީދު އިތުރު ފަރުވާ އަަށް ޖަރުމަނަށް ވަޑައިގަތީ އިމަޖެންސީގައި ކުރި ބޮޑެތި އޮޕަރޭޝަންތަކަކަށް ފަހު ހާލުކޮޅު ރަނގަޅުވާން ފެށުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަމަރިއްޔާ
18 May 2021
ހޮހޮ ހޯ އަހަރެމެންގެ ފައިސާއިން އެކަމާ ނޫޅޭތި.. މިފަހަރުވެސް ކަމެއް ހިނގީ ގޭތެރެއަކުން ނޫން.. ތިޔަތަނަށް ލައިފިއްޔާ ކަރަންޓާފެނާ ދެންވެސް ހުރިއެއްޗެއް އަހަރެމެންގެ ބުރަ މަސައްކަތުން ހޮހޮ ހޯ
ބޮޑުމީހާ
18 May 2021
މިވަރުން ދަންޏާ މަޖްލިސް މެމްބަރުންނާއި މިނިސްޓަރުންނަށްވެސް ގެ ދޭނެ އަދި ނުވިތާކަށް ކައުންސިލަރުންނާެއި އަންހެނުންގެ ކޮމިޓީގެ މެމްބަރުންނަށްވެސް ގެ ދޭނެ. މީ ދިވެހިރާއްޖެއެއް ނޫން، މީ ސިޔާސީރާއްޖެ!
ބޭހޮއްކޮ
17 May 2021
ހެޔޮނުވާނެ އަހަރެމެން މިއުޅެނީ ކަރަންޓާފެންބިލު ނުދެއްކިގެން އަހަރެމެން ޖޫރިމަނާކޮށްފެލާފަ ތި ސަކަރާތް ޖެހުން ހުއްޓލާ.. ބަރުލަމާނީ ނިޒާމު އައިމަ ބޮޑުވަޒީރު ގަނޑުވަރަށްލާ
ހައްސާސްދަނޑިވަޅު
17 May 2021
ރައްޔިތުންގެ ޓެކްސް ފައިސާއިން މިފަދަ ދުވަސްވަރެއްގައި ރައްޔިތަކަށް ފައިދާވާނެ ކަމެއް ކޮށްދިނުން ކީއްތޯ ވާނީ
މިވަރެއްނެތް
17 May 2021
މަގާމުތަކާއި ބާރުތަކުގައި ތިބޭ މީހުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގެ ބަދަލުގައި ތިމާމެނަށް މޮޅުގޮތް ހޯދަން ފެށުމަކީ ގައުމެއްގެ ފެއިލުވުމުގެ މަލަމަތި. މިއަދު އެމެރިކާގެ ރައީސުންނާއި، މަޖިލީސް މެންބަރުންނާއި ގާޞީންނަށް ދޭ އިނާޔަތާއި މުސާރައަށް ވުރެން ރާއްޖޭގައި ވެރިކަންކުރި މީހުންނާއި، މަޖިލީސް މެންބަރުންނާއި ގާޞީންނަށްދޭ އިނާޔަތުގެ މިންވަރު ބޮޑު! ރައްޔިތުންނަށް އަމާންކަމެއް ނުލިބުނަސް ފުލުހުންގެ އިނާޔަތްދަނީ މައްޗަށް. މަރްހަބާ އަނެއްރާއްޖެ!
ައަހާ
17 May 2021
މިކަހަލަ ކޫސަނި ކަންތައް ކޮށްފައި ރައްޔިތުން ކުރާ މަސައްކަތްތަކަށް ދޭނެ ފައިސާއެއް ނުހުރޭ. 3 މަހާއި 4 މަސްދުވަހަށްވުރެ ގިނަދުވަސް އެބަނަގާ ބިލްތަކަށް ފައިސާ ދޭން. އެކަމަކު ދައްކާނީ އަބަދުވެސް ކުދިވިޔަފާރިތައް ކުރިއަރުވާ ވާހަކަ. މިހެން ވުމުން ކިހާރަގަޅަކަށް ވިޔަފާރިތައް ކުރިއަރާނީ
އައްޕާ
17 May 2021
ވަރަށް ރަނގަޅު ނިންމުމެއް. ތިޔައީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެކެވެ.
ޝަފީރު
17 May 2021
މައުމޫނު ތީމުގެގައި ހުމްނެވުމުން ކޮށިއަރައިގެން ދުވެ އެންމެފަހުން އެތަނަށް ހައި ކޯޓު ވައްދަދާފައި މިހާރު މިއޮތީ ރައްޔިތުންނަށް މަންޒަރެއް ދައްކުވައިގެން އަމިއްލައަށް ތަނަކަށް ވަންނަން ބޭނުންކަމަށް ހަދާން ޖައްސާފައި. މިވާގޮތަކީ ވެރިކަމުގެ ލައްޒަތު ފުރިހަމަ ކުރެވޭނީ ގުޅިފައިވާ ސަކަރާތް ޖަހާލެވޭނީ އަދިވެސް އެކަހެރި ވެލައިގެން ކަމަށް ވިސްނެނީ. ޖާހުވެސް ދެއްކޭނީ އޭރުންނޭ.
ފާތުމަ
17 May 2021
ދެރަ ކަމެއްނު މި ވެރިންގެ ކަންކަން ކޮށްފަ ރާއްޖޭގެ ރަށްތައް ވިއްކައިގެން ލިބޭ ފައިސާ އާ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން އާއްމު ރައްޔިތަކަށް ބޭނުންވާ އެއްމެ އަސާސީ ކަމެއްވެސް ކުރެވޭވަރެއް ނުވާނެ
ސިމްޕަލް
17 May 2021
މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް އެކަނި ރަސްމީ ގެކޮޅު ހަމަޖެއްސުމަކީ ގިނަކަންތައްތަކުގައި ސަރުކާރުން ގެންގުޅޭ "ރިއަކްޓިވް ޕޮލިސީ" ހާމަކޮށްދޭ ކަމެއް. ދުރާލާ ވިސްނައިގެން މައްސަލަތަކާ ކުރިމަތިލާނަމަ ގައުމަށްވެސް ފައިދާކުރާނެ. ހުޅުމާލޭގައި "ސަރުކާރު އާބާދު" ކިޔާ ވަކި ސަރަހައްދެއްހަދައި އެތާ ދައުލަތުގެ އިސް ވެރިންނަށް ޚާއްސަ ގެތައް އެޅުން މާރަގަޅުވާނެ. މީގެ ތެރޭގައި ދިފާއީ، އަދި ދާޚިލީ ވަޒީރަށްވެސް ޚާއްސަ ގެކޮޅު ހުންނަންވާނެ.
ގެދާނޯމޮސް
17 May 2021
މައިކަލް ޖެކްޝަން ދުނިޔޭގައި މަރުނުވެ ގިނަދުވަހު ހުރުމަށް ކުރި ޚަރަދަށް ވުރެވެސް ބޮޑުވެއްޖެއެވެ.