ޚަބަރު / މާލެ ސިޓީ ކައުންސިލް

ވެކްސިނަށް ހޭލުންތެރިކުރާ ޕްރޮގްރާމަކަށް މާލޭ ސިޓީ ކައުންސިލުން ހެލްތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފި

މާލެ ސަރަހައްދުގެ ކޮވިޑްގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން ހެލްތު މިނިސްޓްރީ އަދި އެޗްޕީއޭއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުން.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސަރަހައްދުގައި ވެކްސިން ނުޖަހާ ތިބި 60 އަހަރުން މަތީގެ މީހުންނާއި ހައި ރިސްކު މީހުން ވެކްސިން ޖަހަން ބާރު އަޅައި، ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންދިއުމަށްޓަކައި މާލެ ސިޓީ ކައުންސިލުން އެކަމަށް އިސްވެ މަޝްވަރާ ކޮށްފި އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި ސިޓީ ކައުންސިލުން އިއްޔެ ވަނީ ހެލްތު މިނިސްޓްރީ އަދި އެޗްޕީއޭއާ ބައްދަލުކޮށްފަ އެވެ.

މާލެ ސަހަރައްދުގެ ކޮވިޑްގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި އެ ބައްދަލުވުމުގައި މާލޭގެ މިހާރުގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އާއި އެ ކައުންސިލުގެ އިތުރު މެމްބަރުންނާއި އަދި ހެލްތު މިނިސްޓަރު މުހައްމަދު ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެޗްޕީއޭގެ ފަރާތުން ޑިރެކްޓަ އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ވެކްސިނަށް ހޭލުންތެރިކުރުވާ މި ޕްރޮގްރާމާ ގުޅޭ ތަފުސީލު މާދަމާ މީޑިއާތަކަށް ހިއްސާކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވެވަޑައިގަތް މެމްބަރުން މިދިޔަ އާދިއްތަ ދުވަހު މަގާމާ ހަވާލުވެވަޑައިތުމަށް ފަހު މި ނިމުނު ހަފުތާގައި ވަރަށް ބާރު ސްޕީޑެއްގައި އެ ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދަން މަޝްވަރާތައްކޮށް އަދި ކުރަން ރާވާފައިވާ ބައެއް ކަންކަން ވެސް ވަނީ މީޑިއާއަށް ހާމަކޮށްފަ އެވެ.

18 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 0%
icon angry icon angry 31%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަރުކެހި

22 May 2021

މިބައްދަލުވުމައް ފިނޭންސު މިނިސްޓަރު ވެއްދިނަމަ ތިކަމުގެ ތަފްސީލުރިޕޯޓު އެގިލައްވާނެ..... ހުރިހާކަމެއްގާ ރަހަލާވަރުކޮއްލާފަ ކަންނޭގެ ދެއްތޮ ޗާޕުކުރަންފަށާނީ

The name is already taken The name is available. Register?

ޑރ. ކޮވެކްސް

21 May 2021

ސަރުކާރަށް ދަންނަވަންއޮތީ، މިހާރު ވެކްސިން ނުޖަހާ ރައްޔިތުން ތިބެންމިޖެހެނީ ހޭލުންތެރި ނުވެގެނެއްނޫން، ވެކްސިން ނުލިބިގެން. ވެކްސިން ލިބޭނެ މަގެއް ހޯދުން މާ ބުއްދިވެރި. ނިކަމެތި މީހާގެ ބޮލައް މިކަން ޖަހަންނޫލޭ

The name is already taken The name is available. Register?

ކޮވިޝީލްޑް

21 May 2021

ސިޓީކައުންސިލުން ވެކްސިން ހޯދަދޭންވީނު

The name is already taken The name is available. Register?

މުހައްމަދު ޙަމީދު

21 May 2021

ގދ. ތިނަދޫއިން ކީއްވެގެންތޯ، ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހިގެން އުޅެނީ؟ ތަކުރާރުކޮށް ގުޅައިގެންވެސް، ވެކްސިން ނުޖަހާ، ކޮވިޑް ކޮންޓްރޯލްކުރަން މިއުޅެނީ ކިހިނެއްތޯ؟ ސްކޫލް ކުއްޖަކާ ހޮސްޕިޓަލް ހަވާލުކުރީމަ ވާނެގޮތް މިފެންނަނީ! ވެކްސިނަށް ހޭލުންތެރި ކުރުވަނީޔޭ ބުނަން ލަދުގަންނަންވާނެ! ފެންނަ މަންޒަރުތަކުން، ކޮވިޑަށް އެންމެ ބާރުގަދަ ރަގަޅު ބޭހަކީ، ފަރުދީ ޒިންމާ އާއި މާސްކް! ދެން ސަރުކާރުން ބޭކާރު ގޮތުގައި ތި އިންޖެކްޝަން ގަތުން ހުއްޓާލާ!

The name is already taken The name is available. Register?

އާދަނުބޭބެ

21 May 2021

މި އުޅެނީ ވެކްސިނަށް ހޭލުންތެރި ނުވެގެންތަ. ވެކްސިން ނުޖަހައިދީގެން މި އުޅެނީ. ވެކްސިން ޖަހަން ފެށީމަ އޮންނަ ދިގު ކިޔޫ ތަކުން ވެކްސިންގެ މުހިންމުކަން ދިވެހިންނަށް އެނގޭކަން ހާމަވޭ. ނުލިބޭ އެއްޗެއް ޖަހަން ހޭލުންތެރިކަން އުފައްދާނީ ކިހިނެއް. ތިޔަށްވުރެ ސުރުޚީ އަޅަން މޮޅު އެހެން ކަމެއް ކޮށްބަލަ.

The name is already taken The name is available. Register?

ޖާބެ

21 May 2021

ކޮބާ ކެރަފާ ވެކްސިން 2 ވަނަ ޑޯޒް، ކަލޭމެން ފައިސާ ކެއުން ނޫންކަމެއް ނެތެއްނު ޒީރޯ ޓޮލަރަންސް، ބަރޯސާ ވަނީ މިތާއޮތް އެއްމެ ނާތަހުޒީބު ސަގާފަތް އޮތް ގަޢުމާ ވެރިކަން ބޭނުންވެގެން، ދަހިވެތި ވާންވެސް ނޭންގޭ ނާގާބިލް ވެރިކެމެއް މފެންނަނީ. ވެރިިކަމެއް ދެނެއް ނުލިބޭނެ ކާނެވަރައް ކައިގެން މިފަހަރު ތިބޭ . ރައްޔިތުންގެ ވޯޓް ނިމުނީ . ކޮބާ ހޭ ވެކްސިން ދައުލަތުގެ ޙަޒާނާ ނަހަމަގޮތަ މިސްމެނޭޖްކުރަނީ އަމިއްލަ މަންފާއައް. ވެންޓިލޭޓަރު ކޮބާހޭ .

The name is already taken The name is available. Register?

އަހުމަދު200

21 May 2021

ވެކްސިންއަށް ހޭލުންތެރިވިޔަކަސް އަދި ނުވާނެދޯ، ވެކްސިން ނެތިގެން 2 ވަނަ ޑޯޒް ނުޖެހި އެބަތިބި ލައްކައެއްހާ މީހުން

The name is already taken The name is available. Register?

އެހަނދާން......

21 May 2021

މިހާރު ހަނދާންވަނީ ވެކްސިން ނުޖަހާށޭ ޕޕމ އިން ގޮވި ހަނދާނެވެ.

The name is already taken The name is available. Register?

ބުރުހާނުއްދީން ރައްބާނީ

21 May 2021

ދެން ހެލްތުމިނިސްޓްރީ މީ ކީއްކުރާތަނެއް؟

The name is already taken The name is available. Register?

ސަދަން

21 May 2021

ކޮންމެ ދުވަހަކު ކޮންމެވެސް ހެޑިންއެއް ޖަހަން ސިޓީ ކައުންސިލުން އުޅޭތަން މި ފެންނަނީ. ހަފްތާއެއް ވީ އިރު މި ނޫން ކަމެއް ނުކުރޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454