ވެކްސިން ޖަހަން ގޮސް ތިބި ބައެއް މީހުން ކިއޫގައި -- ފޮތޯ: ނިޝާން އަލީ/ މިހާރު
19 މެއި 2021 - 13:47
ރާއްޖެ އިން ޗައިނާގެ ސިނަފޯމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ޝަރުތު ހަމަވާ 70 ޕަސެންޓް މީހުން އަދިވެސް އެ ވެކްސިން ނުޖަަހާ އެބަތިބި ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.
އެ އިދާރާ އިން ބުނީ، ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 72،662 މީހުންގެ ތެރެއިން 70 ޕަސެންޓް މީހުންނަކީ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ މީހުން ކަމަށެވެ. އެކަމަކު މާލޭ ސަރައްދުގައި ތިބި އެ މީހުން އަދިވެސް ވެކްސިން ފުރިހަމައެއް ނުކުރެ އެވެ.
އެ މީހުންގެ ފުރަތަމަ ޑޯޒް ޖެހިތާ މިހާރު ތިން ހަފުތާ ވެފައި ވާތީ، އަވަހަށް ދެވަނަ ޑޯޒް ޖެހުމަށް އެޗްޕީއޭ އިން އެދެ އެވެ.
ސިނަފޯމް ވެކްސިނަކީ ފުރަތަމަ ޑޯޒް ޖަހާތާ މަސް ދުވަސް ފަހުން ދެވަނަ ޑޯޒް ޖަހަންޖެހޭ ވެކްސިނެކެވެ.
މި ފަހުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ހުއްދަ ލިބިފައިވާ ސިނަފޯމް ވެކްސިން އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ވެސް މިހާރު ދަނީ ދެމުންނެވެ.
ރާއްޖެ އިން 303،919 މީހަކަށް މިހާތަނަށަށް ކޮވިޑް ވެކްސިން ދީފައިވެ އެވެ. އޭގެ ތެރެއިން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 147،682 މީހެކެވެ. ސިނަފޯމް ވެކްސިންގެ އިތުރުން އިންޑިއާގެ ކޮވިޝީލްޑާއި ހާއްސަ ހާލަތުތަކުގައި ފައިޒާ ވެކްސިން ވެސް ރާއްޖޭގައި ދެ އެވެ. އެކަމަކު ވެކްސިން ލިބުމުގައި ދަތިވެ، މި ވަގުތަށް ކޮވިޝީލްޑް ޖެހުން ވަނީ ހުއްޓާލައިފަ އެވެ.
މާލޭ ސަރަހައްދުން ވެސް މިހާރު ގިނަ ބަޔަކު ތިބީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒަށް ޝަރުތު ހަމަވެފަ އެވެ. މިއީ ވެކްސިިންގެ ފުރަތަމަ ޑޯޒް ޖަހާތާ 8-12 އާ ދެމެދު ދެވަނަ ޑޯޒް ފުރިހަމަ ކުރަންޖެހޭ ވެކްސިނެކެވެ. އެކަމަކު މިހާރު ޑޮކްޓަރުން ބުނަނީ 16 ހަފުތާގެ ކުރިން އެ ވެކްސިން ފުރިހަމަ ކުރުމުގައި ވެސް މައްސަލައެއް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލި
19 May 2021
ސަރުކަރުގެ ދިޔާކަން ތިޔަފެންނަނީ އިރުކޮޅަކުން މަބުރޫކު އަރު ވާނެ ދޮގުހަދަން ދޮގުހަދަން އެންމެކުލަދާނައީ އެސޮރު
ފައްސިމޭން
19 May 2021
އެމީހުން އެނގެންޏާ އެޕޮއިންޓްމަންޓް އުސޫލުން ވަކި ގަޑިއަކަށް ވަކި ތަނަކަށް ދާން އެސްއެމްއެސް ކޮށްބަލަ އެބަޔަކަށް. ގައިމު ނަންބަރު ހުންނާނެތާ އެ އެންމެންގެ.
Ibrahim Mohamed
19 May 2021
ވެކްސިން ޖަހާދީ ބަލަ. ދާނެތަނެއް ގަޑިއެއް އެގޭނެގޮތެއް ނެތް.
ކޮރަލް
19 May 2021
ވެކްސިން ޖެހޭނެ ގޮތް ފަސޭހަ ކޮށްދީ ބަލާށެވެ. ބޭރުގަ މަސައްކަތް ކުރަން މިއުޅެވެނީ 6 ގަޑި އިރު އެވެ. އެއީ 9 ން 4 ކަށެވެ.
ބޮޑުމީހާ
19 May 2021
އެޗްޕީއޭ މީހުންގެ ސީދާ އިހުމާލު ކޮވިޝިލްޑްގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވަނަ ޑޯޒް ނުޖެހި ދިޔުން.
ބަސްމަދު
19 May 2021
ދެން ކޮށްމެވެސް އެއްޗެކޭ ކިޔަނީ އިންޑިޔާއިން ވެކްސިން ނުލިބުނީމަ. ހުސް ދޮގު ތީ. ކަލޭމެން ތިއުޅެނީ 14 ދުވަސް ވެގެން ދާއިރުވެސް ކަރަންޓީން ކުރަންޖެހޭ މީހުން ކަރަންޓީން ނުވެގެން. ލިއުން ނުދީ އޮފީސްތަކަށް ދާމީހުން މިދަނީ ހާޒިރުނުވާ ދުވަސތަކެއް ޖަހަމުން. ދެން އޮފީހަށް ނިކުތަސް ގޯސްވާނެ. ތިކަހަލަ ހުރިހާކަމަކަށް ސިފައިންނާ ފުލުހުން ތިބޭނެ. ނުވަންޔާ އެމީހުނާ ހަވާލުކުރޭ
ނިރު
19 May 2021
މިހާރު އެބަ ހިތަށްއަރާ ކޮވިސީލްޑް ގެ ބަދަލްގަ ސިނޮފާމް ވެކްސިން ޖެހުނު ނަމައޭ.. އިންޑިޔާ ވެކްސިންއަށް ކުރި އިތުބާރެއްގެ ސަބަބުން މިއޮތީ އަތަށް ގޮވާފަ... އެޗްޕީއޭ އަށް ކޮވިޝީލްޑް ދެވަނަ ޑޯއްޒް ޖަހަން ލިބޭނެ ދުވަހެއްވެސް ބުނަން ނޭގެ