19 މެއި 2021 - 14:11
އައްޑޫގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން 22 މީހަކު އެ ބަލިން އިއްޔެ ރަނގަޅުވެފައިވާ ކަމަށާއި އެޑްމިޓް ކޮށްގެން މިހާރު ފަރުވާ ދެނީ ދެ މީހަކަށް ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން މިއަދު ބުނެފި އެވެ.
އެތަނުން ބުނީ، އައްޑޫގައި ކޮވިޑް ޖެހިފައިވާ މީހުންގެ މިހާރުގެ އަދަދަކީ 112 ކަމަށެވެ. އެ ބައްޔަށް އިއްޔެ ޕޮޒިޓިވްވީ އެންމެ މީހެކެވެ. އެކަމަކު އޭގެ ކުރީ ދުވަހު 26 މީހަކަށް އަލަށް އެ ބަލި ޖެހުނެވެ.
އައްޑޫގައި މިދިޔަ މަހުން ފެށިގެން ކޮވިޑް ޖެހޭ މީހުން އިތުރުވަމުންދާއިރު، 134 މީހަކު ވަނީ މިހާތަނަށް އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.
ހިތަދު އާއި ހުޅުދޫން ކޮންމެ އަވަށަކުން 45 މީހަކު ކޮވިޑަށް ޕޮޒިޓިވް އެވެ. މީދޫން ޕޮޒިޓިވް މީހުންގެ އަދަދު އަށަކަށް ދަށްވެފައިވާ އިރު ފޭދޫގެ ކޭސްތައް ފާއިތުވި ދެ ދުވަހު ވެސް ހުރީ 12 ގަ އެވެ.
Addu city Covid-19 case status as of 18th may 2021 6:00pm#StayHome #StaySafe #WearMask pic.twitter.com/hqfYgthllx
— Addu Emergency Operations Center (@EOCaddu) May 18, 2021
މަރަދޫފޭދު އާއި ބަންދުކޮށްފައިވާ ޝަންގްރިއްލާ ވިލިނގިިލި ރިސޯޓުން ކޮންމެ ތަނެއްގައި އުޅެނީ އެއް ކޭހެވެ..
އައްޑޫން އަނެއްކާވެސް ކޮވިޑް ފެނި، މި މަހުގެ 1 އިން ފެށިގެން މުޅި އެ ސިޓީ މޮނިޓަރިންގެ ހާލަތުގައި އޮތްއިރު މިހާތަނަށް 2،273 ސާމްޕަލް ނަގާފައިވެ އެވެ. ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދަކީ 383 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
19 May 2021
ސިޓީގައިދިރިއުޅޭ އާބާދީގެ ބޮޑުބައެއް ޙިއްސާކުރަނީ އުމުރުން 60 އަހަރަށްވުރެންމަތީ ސީނިއަރ ރަށްވެހިންނަށްކަމުގައިވާތީ އައްޑޫސިޓީގެ ކޮންމެއަވަށެއްގައި ވަކިވަކިން ކޮރަންޓިން ފެސިލިޓީޒްތަކާއި ބަލިމީހުން އެޑްމިޓްކޮށްގެން ހިދުމަތްދެވޭނެ މެޑިކަލް ޓެންޓްތައް ޤާއިމްކޮށް އާންމު އުސޫލުން އިކްއިޓޯރިއަލް ހޮސްޕިޓަލް އާންމު ބަލިތަކަށް މެދުނުކެޑި ފަރުވާދެވޭގޮތަށް ހަދާން އޭއީއެޗް ގެ ސީއީއޯ އަދި އައްޑޫ މޭޔަރ އިސްކަންދެއްވާންޖެހޭ. ބަލި އިތުރުވާނެކަން ޔަޤީންކުރޭ.