ނަޝީދަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި އަހްމަދު ފާތިހު.
20 މެއި 2021 - 14:44
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅުންހުރި ހަތަރު ވަނަ މީހާގެ ބަންދަށް 15 ދުވަސް މިއަދު ކޯޓުން ދީފި އެވެ.
މި މަހުގެ ހަ ވަނަ ދުވަހު މާލެ، ނީލޯފަރު ހިނގުމުގައި އައިއައިޑީއެއް ގޮއްވާލައި ނަޝީދަށް ދިން ޓެރަސްޓިން ހަމަލާއާ ގުޅިގެން ބ. ދަރަވަންދޫން ރޭ ހައްޔަރުކުރީ އަހްމަދު ފާތިހު، ދުންފިނި އުފާ/ ލ. ގަން އެވެ. މިއީ މި މައްސަލާގައި ހައްޔަރުކުރި ހަތަރު ވަނަ މީހާ އެވެ.
ފާތިހު އަކީ ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކުރި ސައިކަލް އެތަނުގައި ބެހެއްޓި މީހާ ކަމަށްވެ އެވެ. ނަމަވެސް ފުލުހުން މިއަދު ބުނީ ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންނާ ހަމަލާއާ ގުޅޭ ގޮތާއި ލިބިފައިވާ ހެކީގެ މައުލޫމާތު އަދި ހާމަ ނުކުރެވެން ނެތް ކަމަށެވެ.
ނަޝީދަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މީހުން.
މި ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުން މިހާތަނަށް މައުލޫމާތު ހާމަކޮށްފައިވާ މީހުންނަކީ އަދުހަމް އަހުމަދު ރަޝީދު/ ވ. ތިނަދޫ، ހިޔާ، މުޖާޒް އަހުމަދު/ މއ. ފޭރުގެ އަދި ތަހުމީން އަހުމަދު / ގއ. ކޮނޑޭ، ފޮޅޭމާ އެވެ. މީގެ ތެރެއިން ސައިކަލްގެ ވެރިމީހާ އަކީ ތަހުމީން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އައިއީޑީ ގޮއްވާލި ކަމަށް ތުހުމަތުކުރަނީ އަދުހަމަށެވެ.
ނަޝީދަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށް ފަހު، އިތުރު ފަރުވާއަށް މިހާރު ހުންނެވީ ޖަރުމަނަށް ވަޑައިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
20 May 2021
އަސްލު ބޮސް ހޯދާ! ފަންޑް ކޮށްފަ ވާނީ ކޮންމެވެސް ޕްރޮކްސީ އެއް މެދުވެރިކޮށް ކަމަށް ބެލެވޭ!
ތޯރާ ބޯރާ
20 May 2021
ބޮޑެތި މަސް ތައް އަދި ތިބީ
ސަޙިންކޮ
20 May 2021
މަތި އޮމާން ނުކޮއް މިކަން ހައްލު ކޮއްދިނުން އެދެން. ކާކު ކޮންތާކު، ކީއްކުރަން، ކޮން މަގްސަދެއްގަ، ކޮން އިރަކުން ފެށިގެން، ކޮންބަޔެއްކަން އޮޅުން ފިލުވާ، ފުރިހަމަ މައުލޫމާތު އާންމުންނައް އެބަ އެނގެން ޖެހޭ!
ފިއްތެޔޮ
20 May 2021
އެންމެ 23 އަހަރުގަ ކޯޗެއްތަ އިނގޭނީ؟ ހުސް ބޮޓުން. ރިމޯޓު ހިފައިގެން ތިބީ ކޮންބައެއް؟