ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
21 މެއި 2021 - 01:07
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިންއިރު، އެތަނުގެ ފާހާނާގެ ތެރޭގައި ފިސްތޯލައެއް ބޭއްވި ސިފައިންގެ މީހާ ސަސްޕެންޑް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ރޭ ބުނެފި އެވެ.
މި ހަތިޔާރު ފެނުނު އިރު ސިފައިން ދިޔައީ އެ ހޮސްޕިޓަލުގައި ހަތިޔާރާއެކު ނަޝީދުގެ ސަލާމަތީ ކަންކަން ބަަލަހައްޓަމުންނެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މުވައްޒަފަކަށް އެ ހަތިޔާރު ފެނުމުން ފުލުހުންނަށް އެކަން އެންގުމުން ފިސްތޯލަ އެމްއެންޑީއެފާ ހަވާލުކުރީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް އެނގިފައި ވެ އެވެ.
އެކަމާ ގުޅިގެން، އެމްއެންޑީއެފްގެ މޭޖާ އިބްރާހީމް އާޒިމް ރޭ ވިދާޅުވީ، އޭޑީކޭގެ ފާހާނާއެއްގެ ތެރޭގައި ފިސްތޯލަ ބޭއްވުނީ ސިފައިންގެ މީހަކަށް ކަމަށާއި އެކަމާ ގުޅިގެން އެ ސިފައިންގެ މީހާ ވަނީ ޑިއުޓީތަކުން އެއްފަރާތްކޮށްފައި ކަމަށެވެ. އަދި މިލިޓަރީ ޕޮލިހުން މައްސަލަ ބަލައި، އިތުރަށް ތަހުގީގު ކުރުމަށް އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
އިއްޔެ ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ސުވާލުކުރުމުން، ފުލުހުން ވެސް ވަނީ ސީދާ ޖަވާބެއް ނުދީ، މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.
އެ ޕްރެސް ކޮންފަރެންސަށް ފަހު، އެ ކަން ފެންމަތިވެ ގިނަ ބަޔަކު އަންނަނީ ސިފައިންނަށް ފާޑުކިޔަމުންނެވެ.
އެނގިފައިވާ ގޮތުގައި އެއީ ނަޝީދުގެ ބޮޑީގާޑަކު ފާހާނާ އަށް ވަން ވަގުތު އެ ތަނުގައި ބޭއްވުނު ފިސްތޯލަ އެކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖެނުއަރީ 2014 ގައި އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ހުންނެވި ޝަންގްރިއްލާ ރިސޯޓުގެ ކޮޓަރިއެއްގެ ތެރެއިން ވެސް ފިސްތޯލައެއް ފެނިފައި ވެ އެވެ. އެއީ ޔާމީންގެ ބޮޑީގާޑެއްގެ އަތުން އޭރު ގެއްލުނު ފިސްތޯލައެއް ކަމަށް ވެ އެވެ. ޝަންގްރިއްލާގެ މުވައްޒަފުންނަށް އެ ފިސްތޯލަ ފެނުމުން ޔާމީންގެ ސެކިއުރިޓީންނާ އެ ހަވާލުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިބީދު
22 May 2021
މަބުނީ ގެންގުޅޭ ފޯން ފާހާނާ އަކު ނުބާއްވާ ދޯ
ކަރީމް
21 May 2021
ސިފައިންނަކީވެސް އިންސާނުން
ސަމާ123
21 May 2021
އެންމެންނަކީވެސް އިންސާނުން މިގައުމުގައި މައްސަލައަކީ ހުރިހާކަމެއްގައިވެސް އެމޯސަނަލް ސޮފްޓްސްޕޮޓްގަ ޖައްސަނީ އާންމުމީހަކުކުރާކަމަކާ ގައުގެޒިންމަދާރު މަގާމްތަކުގަތިބޭމީހުން ޒިންމާނުނެގިގެން ހިގާކަންކަމާ އެއްވަރުކުރެވިގެންނުވާނެ އަދަބުލިބެންޖެހޭނެ ނޫނީ ދުވަހަކުވެސް ކަމެއްރަގަޅެއްނުވާނެ
ޒީރޯ2
21 May 2021
ޓްރެއިނިންގައި ހަތިޔާރު ރައްކާތެރިތޯ ނުބަލައި މީހެއްގެ ބޮލައްވަޒަންއަރައި ސިފައިގެ މީހަކުމަރުވީ އަންބަކާއި ދަރިއަކު ނިކަމެތިވީ، ވަޒަންޖެހި ސިފައިންގެ އޮފިސަރު ޕްރޮމޯޝަންޖަހައި ހީވާގޮތުން ކެޕްޓަންރޭންކުގައި، ވަކިމީހަކު ވީމާވަކިގޮތެއް، ރައީސްނަޝީދު ކޭސްގައި ހޮސްޕިޓަލަށްގޮސް ކޮންމެމީހަކުނަމަވެސް ހުންނާނީ ހާސްވެފައި އެކަމަކު މިދެކަމުގެ ތެރެއިން ބޮޑީކޮންކަމެއްތޯ ކިއުންތެރިން ވިސްނަވާ، މިއީތޯމިމުއައްސަސާގައި އިންސާފު ހަމަޖެހިފައި އޮންނަގޮތަކީ
އަބްޑޫޅް
21 May 2021
ހީވާގޮތުން ތިޔައީ ޓެރަރިސްޓުން ނަށް ފިސްތޯލަ ދޭންވެގެން، ގަސްތުގަ ކުޅަ ކަމެއް.
ކަންޒުކަހަނބު
21 May 2021
ޢާއްމުކޮށް ހަތިޔާރާއެކު އުޅެން އާދަވެފައި ނުވާ ބަޔަކަށް ހަތިޔާރު ދޭތީ އެހެން އެވަނީ. ހަރުކަށި ކުދިންކޮޅެއް ވެލައިގެން ބޮމެއް ގޮއްވާލީމަ އެކަމުގެ ލަދުން، އެއީ ބޮޑު ކޮންސްޕިރެސީއެއްކަމަށް ހަދައިގެން މިއުޅެނީ. އެއްގޮތަކަށްވެސް ފިސްތޯލަ ދޭނެކަމެއް ނެތް. ދެން ލައިވް ވަޒަނާއެކު ފޯރިމަރަނިކޮށް މަރުވެދާނީ ކުށެއްނެއްޢާއްމު ރައްޔިތެއް ނޫންކަމެއްވެސް ނޭންގެ. އަމިއްލައަށް ޤަބޫލުކޮށްބަލަ ސަލާމަތީ ބާރުތައް ފެއިލްވެއްޖެ ކަމަށް. ފުލުހުން ފެއިލްވެއްޖެ ކަމަށް.
އެމްސް
21 May 2021
މިހާރު މިއުޅެނީ ހަރުކަށްޓާއި މަޑުކަށި އެއްވެގެން! ހަރުކަށިކުދިން ކޮޅަކަށް އެކަންޏަކު މިވަރުކަމެއް ރާވާ/ނުހިންގޭނެ!
ޝޯމޭން
21 May 2021
ސިފައިން އަދި ފުލުހުންނަކީވެސް އިންސާނުން. އެމީހުންގެ ހަނދާނުގަވެސް ކަންކަން ހުންނާނީ އެހެނިހެން އިންސާނުންގެ ހުންނަގޮތައް. ޙަނދާންނެތޭ ފަހަރުވެސް އަންނާނެ. ޢެހެންވުމުގަ އެހެންއިންސާނުންނެކޭ އޭނައެކޭ ތަފާތެއްނުހުންނާނެ. ޢެކަމު އޭނަ ހަނދާން ނެތުނީމަ ނަތީޖާ ނުބައިވާނެ. ގަސްތުގައި މީހުން ނުކުރާކަންމަމުގަ އަދަބު ދިނުމުގެ ބަދަލުގަ އެކަން ރަނގަޅުކުރަން ފުރުސަތު ދިނުން ނުވަތަ އެހެން ޑިއުޓީއެއް ދިނުން ރަނގަޅުވާނެ
އެމްސް
21 May 2021
އެވަރުބަޔެއްގަ އަތަށް ހަތިޔާރު ދޭކަށް ނުވާނެ! ނޫނީ ދުވަސްކޮޅަކުން އެކިއެކި ކޮފީ މޭޒުތައް މަތީވެސް ހަތިޔާރު ހުއްޓާ ފެންނަން ފަށާފާނެ!
ޑެވްގްރޫ
21 May 2021
މާރިޔާ އާއި ޝަމާލް މަޤާމުން އެއްކައިރި ކުރަންވީ!! ލަދުންވެސް މީހަކު އިސްތިއުފާ ދޭވަރުވެއްޖެ.
ލޯބިރު
21 May 2021
ތީ އަލަކަށް ވެގެން އުޅޭކަމެއް، ނޫން، 2009 ވަނަ އަހަރު ރައީސް ނަޝީދު ބަތަލާ އައިލެންޑު ރިސޯރޓުގަ ޗުއްޓީ ހޭދައް ކޮއްފަ ދިޔައިރު ރޫމް ނަބަރު 102ގަ ހުރި ، އެމްއެންޑީއެފުގަ ހުރި މީހާ ދިޔައި ފިސްތޯލު ބާވާފަ
އެމްސް
21 May 2021
އެވަރު މީހުން އަތަށް ހަތިޔާރު ދޭކަށް ނުވާނެ!
ރުވާންޑާމޭން
21 May 2021
އެހިސާބުން އެކަން އެނިމުނީ.