ޅައިމަގު: އެ ރަށުގެ އިންޑިއާ ޓީޗަރަކު އިޒްރޭލަށް ތާއީދުކުރުމުން ވަނީ ރަށުން ބާލާފައި
22 މެއި 2021 - 11:07
ށ. ޅައިމަގު ސްކޫލުގެ ޓީޗަރަކު އިޒްރޭލަށް ތާއީދުކޮށް، ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރުމާއެކު، އެ ރަށުގެ މީހުން ރުޅިގަދަވެ، މުޒާހަރާ ކުރަން ފެށުމުން ފުލުހުންގެ އެހީގައި އޭނާ ރަށުން ބާލައިފަ އެވެ.
އެނގިފައިވާ ގޮތުގައި އިންޑިއާގެ އެ ފިރިހެން ޓީޗަރު، އިޒްރޭލަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އެކަމަކު ސްކޫލުގެ ސަމާލުކަމަށް އެކަން އައީ އިއްޔެ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީއާއެކު އެ މައްސަލަ މިހާރު ބަލައި ނިމެންދެން، ޓީޗަރު ހުރީ ސަސްޕެންޑްކޮށްފަ އެވެ.
ރަށުގެ ޒުވާނުންގެ ތެރެއިން ބަޔަކު ރޭ ޓީޗަރުގެ ގޭދޮށުގައި މުޒާހަރާކުރީ، އޭނާ ރަށުން ބޭރުކުރުމަށް ގޮވައިލަ އެވެ.
ޅައިމަގު ކައުންސިލްގެ ރައީސް އާދަމް އަޒްމީރު މިއަދު ވިދާޅުވި ގޮތުގައި އިޒްރޭލަށް ތާއީދުކުރާ މީހަކު، ހާއްސަކޮށް ކުދިންނަށް ކިޔަވައިދޭ ޓީޗަރަކު ރަށުގައި ބަހައްޓާކަށް ޒުވާނުން ބޭނުމެއް ނުވި އެވެ. ރޭ މުޒާހަރާ ކުރި މީހުން ޑިމާންޑުކުރީ ޓީޗަރު ވަގުތުންވަގުތަށް ރަށުން ބޭލުމަށް ކަމަށް އޭނާ ބުންޏެވެ.
"އެންމެން ވެސް ވަރަށް ރުޅި އައިސްފައި ތިބީމާ އަޅުގަނޑުމެން ބޭނުންވީ ފުލުހުންގެ ރައްކާތެރިކަމުގައި އޭނާ ރަށުން ބާލަން. އެއީ އޭނާއަށް އިތުރު ގެއްލުމެއް ލިބިދާނެތީ،" އަޒްމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރޭ ދަންވަރު 2:30 ގައި ފުލުހުން ވަނީ ޓީޗަރު އެ އަތޮޅު ފުނަދު އަށް ގެންގޮސްފަ އެވެ.
ހދ. ހަނިމާދޫގައި ވެސް އިއްޔެ ވަނީ ހަމަ މި ފަދަ މައްސަލައެއް ފެންމަތިވެފަ އެވެ.
އެކަމަކު ހަނިމާދޫ ސްކޫލުގެ ޓީޗަރު އިޒްރޭލަށް ތާއީދުކޮށް ހިޔާލުފާޅުކުރުމާއެކު، އޭނާ ވަނީ ވަގުތުން ވަޒީފާ އިން ވަކިކޮށްފަ އެވެ. އޭނާ އަނބުރާ އިންޑިއާ އަށް ފޮނުުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން ބުނެފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯޒަސް
23 May 2021
މިތާ އިދިކޮޅަށް ކޮމެންޓު ކުރާ "ވޯކް" ކުދިންނަށް ބުނެލަން.. ފްރީޑަމް އޮފް ސްޕީޗަކީ ހައްދުތަކެއް އޮންނަކަމެއް. އޭނަ ބޭނުން އެއްޗެއް އޭނައަށް ބުނެވޭ. އެހެންވެތާ ބުނީ!! އެކަމަކު އެއަށްފަހު އޭނަ ޖެހޭނެ އޭގެ ސަބަބުން ދިމާކަންކަމާ ހަވާލުވާން. ހީވެތަ އައި އޭމް ވިތް އައިއިސް އޭ ކިޔާފަ ސޯސަލް މީޑިއާގައި ލިޔެފަ އެމެރިކާގެ ސްކޫލްގެ ޓީޗަރަކަށް ހުރެވޭނެހެން؟ ހީވޭތަ އައިއެމް ވިތް ޕާކިސްތާން އޭ ކިޔާފަ އިންޑިއާގެ ޓީޗަރަކަށް ހުރެވޭނެހެން؟ ނުހުރެވޭނެދޯ؟
ފަސްބައްލަވާ
23 May 2021
އިންޑިޔާވެސް އެމެރިކާވެސް ދިވެހިންވެސް މިގެންގުޅެނީ އެއް ލޮޖިކެއް. ތިމަންގެ ބާރުހިނގާ ތަނުގައި ހިނގާނީ ތިމަންގެ ގާނޫނޭ އެހެންނޫނީ ބިމުންފެއްސިގެން ނިކުންނާށޭ ބުނާ އުސޫލު! ދެން ބާރުގަދަ މީހާގެ ކޮޅު މޮޅުވާތީވެ ކުރެވޭނެކަމެއް އެބައޮތްބާ؟ މި އުސޫލު ބަދަލުކުަރަން ބޭނުން. އެހެންކަމަށް ވަންޏާ އެއަށްވުރެ ރަގަޅު ގޮތްތައް ނެރެދީ ކުރިއަރުވާ ތާއީދު ބޮޑުކުރަންޖެހޭ. ވިސްނުންތެރި ތަހައްމުލުކުރާ ބަޔަކަށް ވާންޖެހޭ.
ތަހުޒީބް
23 May 2021
ކޮންމެ މަގުސަދެއްގަ ކުރިކަމަކަށް ވިޔަސް ތިކަމަކީ ނާތަހުޒީބު އަމަލެއް..ދިވެހިން ހިކުމަތާއި ރަނގަޅު ނަސޭހަތާއި މޭހުންގެ މެދުގައި ރިވެތިގޮތުގައި ވާހަކަ ދައްކައިގެން އެއްބަހަކައް އައުން މުޅިންހެން ދޫކޮއްލައިފި...އިސްލާމީ ތަހުޒީބު ދޫކޮއްލައިފި...ހުރި ހިތާމައެއްގެ ބުޑުކަމާއެވެ.
ދޮންބޭ
23 May 2021
އަސްތަޣްފިރުﷲ، އެކުވެރި އިންޑިއާގެ ޓީޗަރެއް. ވެދާނެ ގޮތަކާމެދު ހީބިހި ނަގަން ފަށައިފި
މުސަޅު
23 May 2021
މީގެފަހުން އިންޑިއާއިން ގެންނާނީ ހަމައެކަނި މުސްލިމް ޓީޗަރުން
ޓޮއްޓޮއް
23 May 2021
ޓިޗަރުން އަފްގާނިސްތާން، ޕާކިސްތާން، ސީރިޔާ، ފަލަސްތީން އަދި ބަގްލަދޭޝުން ވެސް ގެނެވި ދާނެ.
އުދުހޭ
23 May 2021
ފަލަސްތީނު ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާ ދެކޮޅަށް އަޑުއުފުލަނީ ހަމައެކަނި މުސްލިމުންނެއްނޫން. ލަންޑަނުގައިވެސް 200،000 ހާ މީހުން މުޒާހަރާ ކުރިކަމަށް ޚަބަރުތަށް ބުނޭ. ގައުމެއްގެ ރައްޔިތުން އެކަތިގަނޑަކަށްވެގެން އެއްފިކުރެއްގަ އޮތް ކަމެއްގައި އެއާ ދެކޮޅު ނުވުމަށް ދަސްކުރަން ޓީޗަރު އަނބުރާ ކުލާހަށް ދާންވީ.
އހެހެނ
23 May 2021
މިކަމުގެ އަސްލު މައްސަލަ ކަލެޔަކަށް ނޭގުނު ދޯ. މުސްލިމު ނޫނަސް ނުހައްގުން މީހުން މަރާ ބަޔަކާ ދެކޮޅްށް ހުރެވިދާނެ. ތީ ހަމަ ތާކު ހުރި މަރުމޯލެއްތަ.
ޕޮގުބާ
22 May 2021
މިސަރުކާރާ ދެކޮ ޅަށް ނިންމި ރަގަ ޅު ނިންމެއް މަރުހަބާ ޅައިމަގު ރަށްޔިތުންނަށް
މިވަރެއްނެތް
22 May 2021
ސަރުކާރާއި އެމްޑީޕީ އަދި އެހެނިހެން ސިޔާސީ ޕާޓީތަކާއި ވެރިން މިއަދު މިފަދަ ޢަމަލުތައްކުރުވާ، ނުހުއްޓުވާ އެފަދަ ކަންކަމަށް ހިތްވަރުދޭއިރު އެއިގެ ނަތީޖާ މާދަން ފެނި ހިތާމަކުރަންޖެހޭނެ. ނަތީޖާއަކަށްވާނީ 1.އިންޓޮލަރެންސް ޤައުމަކަށްވުން 2.އަމިއްލައަށް ނިޔާކަނޑައަޅާ އަދަބުދީ ތަންފީޛުކޮށް ލޯލެސް ސޮސައިޓީއެއް އުފެއްދުން. މިއަދު މީހުންމަރާ ތަންތަންގޮއްވާ އުޅޭ ދީނީގޮތުން ހައްދުފަހަނައަޅާއިގެން އުޅޭމީހުންގެ ޢަމަލުތައްވެސް ފުރަތަމަ ފެށުނީ ތިފަދައިން.
ވެންކަޓް
22 May 2021
މިއީ މިފަދަ ތަހުޒީބީ ޒަމާނެއްގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިއްބައިދޭ އިރެއްގައި، އިސްލާމްދީން އައިރު މުސްލިމުންނަށް އަބަދުވެސް ކަމޭ ހިތުމަށް ގޮވާލަމުން ދާއިރެއްގައި ، ރާއްޖޭގެ ކުޑަ ކުޑަ ރަށެއްގެ ބަޔަކު ހިންގި އެންމެ ރަގަޅު ނޫން ކަމެއް ކަމަށްވިއަސް، މުޅި ގައުމަށް މީގެ ހަޑި ހުތުރު ނަން ނުލިބޭނެކަމަށް އުއްމީދު ކުރަން. އެއްވެސް ކަމެއްގައި އެކްސްޓްރީމް ނުވުމަށް ގޮވާލަން.
ނަހޫ
22 May 2021
ޣައިރު މުސްލިމުންގެ ޙައްޤުތަކޭ ކިޔައިގެން މޮޅުވާހަކަ ދައްކަން ނޫޅޭ.. އަހަރުމެން އިންޑިޔާގައި ވަޒީފާއެއްގައި ނުވަތަ ކިޔަވަން ހުރެ ޕާކިސްތާނަށް ސަޕޯޓުކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަން އިންޑިޔާ ރައްޔިތުން ރުހޭނެތަ! އެހެންވީމަ އިންޑިޔާ މީހުންވެސް ސައިޒުގަ ތިބޭ.. ކޮންމެހެން ފިޔާ އަލުއްވޭ! އުފެއްދުންތެރިކަމެއް ނެތޭ ކިޔައިގެން ޗިޕުޖަހަން އުޅޭނެކަމެއް ނެތް! މިރާއްޖެ 2ވަނަ ފަލަސްތީނަކަށް ނެހެދޭނެ!
ޓޮއްޓޮއް
23 May 2021
ރާއްޖެ މިއޮތީ ސީރިޔާ އަފްގާނިސްތާނަށް ވުރެވެސް އެކްސްރީމްވެފަ.
ނޫންހެ
23 May 2021
ދޮން ކަލޯ. ކަލޭގެ ދަރިޔާ މައިންބަފައިން ނުހައްގުން މެރީމަވެސް އެ މަރާ ބަޔަކަށް ސަޕޯޓު ކުރުމަކީ ކަލޭ އެދޭނެ ގޮތެއްތަ؟ އެއީ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމެއް ނޫން. ތަފާތު ދަސްކުރޭ. ސިކުޑިން ވިސްނާ.
އާދަނު2
22 May 2021
ޑުރަގު ވިއްކާ މީހުންވެސް ތިގޮތަށް ރަށުން ބާލަބަލަ
ބޮޑުމީހާ
22 May 2021
އުސޫލެއްގެ ގޮތުން އެންމެންގެ ޚިޔާލަށް އިހުތިރާމްކުރަންޖެހުނަސް މިރާއްޖެ އަންނަ ބިދޭސީންނަށް ޚާއްސަކޮށް ޓީޗަރުންނަށް އިގެންވާނެ އިސްރޭލުދެކެ މިގައުމު މީހުން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެރުޅިއަންނަ ވަރު. އިސްރޭލަށް ތާއިދުކުރާ ކޮންމެ މީހަކަށް ތިފަދަ އަދަބު ހައްޤު. ސަބަބަކީ އިޒްރޭލަކީ އެއަށްވުރެ ޔަހޫދީ ބަޔެްއް