ތަހުގީގާ ބެހޭ ގޮތުން މަޖިލީހުގައި އިއްޔެ ހޯމް މިނިސްޓަރާ ސުވާލުކުރީ ފުލުހުން ތަހުގީގު ނިންމައި އެކަމާ ބެހޭ ރިޕޯޓް ޕީޖީން 241 ކޮމިޓީ އަށް ފޮނުވާފައި ވަނިކޮށް
އެމްޑީޕީން ބޭއްވި ބައްދަލުމުގައި މަޖިލީހުގެ ރައީސް ނަޝީދާއި (ކ) މަޖިލީހުގެ ނައިބު ރައީސް އީވާ އަދި 241 ކޮމިޓީގެ މުގައްރިރް އަސްލަމް ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
25 މެއި 2021 - 11:18
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ ކޮޓަރިކޮޅު ހިމެނޭ ގޮތުން މަޖިލީހުގެ އިދާރާގެ ބައެއް ތަންތަން ބަގްކުރަން ފުލުހުންގެ ބަޔަކު މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޖިނާއީ ދައުވާކުރާނެ ހެކި ނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން 241 ކޮމިޓީއަށް އަންގައިފި އެވެ.
މަޖިލީހުގެ އިދާރާތަކުގެ ކޮޓަރިތަކެއް ބަގްކުރަން ފުލުހުންގެ ބަޔަކު އުޅުނު ކަމަށް ނަޝީދު ތުހުމަތުކުރެއްވީ މިދިޔަ ނޮވެމްބަރު 23 ގަ އެވެ. އެ ދުވަހު މަޖިލީހުގެ ޖަލްސާ ފައްޓަވައި ރިޔާސަތުން އަންގާ އެންގެވުމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ ކޮޓަރިތައް ބަގްކުރަން ނުވަތަ އެ ތަންތަނުގައި ދައްކާ ވާހަކަތައް އާލަތްތައް ބޭނުންކޮށްގެން އަޑުއަހަން ފުލުހަކު ގުޅީ މަޖިލީހުގެ އިދާރާގެ އަންހެން މުވައްޒަފަކަށް ކަމަށެވެ.
އެ މައުލޫމާތު ތަނުގެ ސެކިއުރިޓީންނަށް ދިނީ އެ މުވައްޒަފެވެ.
ނަމަވެސް މަޖިލީހުގެ އިދާރާ ބަގްކުރަން އުޅުނު މައްސަލައާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ މަޖިލީހުން އިއްޔެ ސުވާލުކޮށްފައިވަނީ، އެ މައްސަލައިގެ ތަފްސީލު 241 ކޮމިޓީއާ ހިއްސާކޮށްފައިވަނިކޮށް ކަން އެނގިފައި ވެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި 241 ކޮމިޓީން އެންގުމުން، މަޖިލިސް ބަގްކުރަން އުޅުނު މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް އެންގީ ޕީޖީ އޮފީހުންނެވެ. އެއަށްފަހު، އެ މައްސަލައިގެ ރިޕޯޓު 241 ކޮމިޓީއާ ހިއްސާކޮށް ޕީޖީ އޮފީހުން ބުނެފައިވަނީ ޖިނާއީ ދައުވާ ކުރެވޭ ވަރަށް އެކަމުގައި ހެކި ނެތް ކަމަށެވެ.
މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަކާ ގުޅިގެން އިމްރާން ވިދާޅުވީ މަޖިލީހުގެ އިދާރާ ބަގްކުރަން އުޅުނުކަމަށް ބުނާ މައްސަލަ ތަހުގީގުކުރަން ފުލުހުން މަސައްކަތްތަކެއް ކުރި ކަމަށެވެ. އެކަމުގައި އިތުރަށް ކުރިއަށް ދާނެ މާ ބޮޑު މަގުތަކެއް ނުފެނުމުން ތަހުގީގު ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމަށް ވިދާޅުވި އެވެ.
"އެއާ ގުޅިގެން ފުލުހުންގެ ތަހުގީގީ ބައިން މަސައްކަތްތަކެއް ކުރި. އެހެން ނަމަވެސް އޭގެ އިތުރަށް ކުރިއަށް ދިއުމަށް މާ ބޮޑު މަގުތަކެއް ނުލިބުމުން ދެން ސީދާ މަޑުޖެހިފައި އޮތް ހިސާބެއް އަޅުގަނޑު އިތުރަށް ބަލައިލަން ޖެހޭނީ،" އިމްރާން ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ބަގްކުރުމަށް ބޭނުންވާ އާލާތްތައް މަޖިލީހުގެ ރައީސް ނައިބު ރައީސްގެ ކޮޓަރިކޮޅުގައި ހަރުކޮށްދޭން އަންހެން މުވައްޒަފަކަށް ހުށަހަޅައި އެކަމުގެ ބަދަލުގައި ފައިސާގެ ބޮޑު އަދަދެއް ވެސް ހުށަހެޅި އެވެ. ނަމަވެސް އެ މުވައްޒަފު އެކަން ގަބޫލު ނުކޮށް މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އަށް އެކަން ރިޕޯޓްކުރީ އެވެ. ސާޖަންޓް އެޓް އާމްސްއާ މެދު ފަހުން ފިޔަވަޅު އަޅާފައިވަނީ އެކަން އެނގިހުރެ ނޭންގި މައްސަލާގައި ކަމަށް ވެސް އެނގިފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރޭ
25 May 2021
އަޑީ ދައުލަތުން ބަގުކުރަން އުޅުނީ ވެސް. ތަހުގީގު ކުރީވެސް. ދެން ކޮން ވައްތަރު ހެކި؟
ކިރިބަތީ
25 May 2021
ހުސް ޑްރާމާ.
ފަހުދު
25 May 2021
ނަޝީދު ދައްކާ ގިނަ ވާހަކަތަކަކީ ހިންދުކޮޅެއް ވަންދެން އަޑުއަހާލާފަ ހަންދާން ނައްތާލުން ރަންގަޅު ވާހަކަތަކެއް. އެއީ ދައުލަތުގެ ވަގުތާއި ފައިސާ ހޭދަކުރަން ވާވަރުގެ ވާހަކަ ތަކެއް ނޫން
އަލިކޮއި އެލެކްސް
25 May 2021
އަސްތާ، އިމްރާނުގެ އިތުބާރުގެއްލުމުގެ ކޮޅުމަތި ފެންނަންފެށީތާ! މަޖިލީހުގެ ރައީސް ތިމަންނާގެ ކޮޓަރި ބަގްކުރަން ފުލުހުން އުޅެފިޔޭބުނީމާ، އިމްރާންގެ މަސައްކަތަކަށްވާނީ ހެކިހޯދުމޭ، ހެކިނެތޭ ބުނުމެއްނޫނޭ.
ބަބުރަންޖީ ހާޖީ
25 May 2021
ތީދެން ބަގުކުރާވަރުތަނެއްތަ؟ ބަގަށް ދިވެހިބަހެއްބެތީތަ ރަދީފޫ؟
އަހްމަދު_
25 May 2021
މިވެރިން ޗަރުކޭސީ ކުލެން ހަދަން ހަދައިގެން މިހުރީހާކަމެއް މިވަނީ... އަބަދުވެސް ކަންތައް މިކުރަނީ ހިޔާލީ ގޮތަކައް... އެއްވެސް ފެކްޓަކަށް ނޫން... އުއްމީދުކުރަނީ ބޮޓެތިވީމަ ރަގަޅުވާނެ ކަމަށް...