ޖޭއެސްސީގެ މެމްބަރުންތަކެއް: މައްސަލައެއް ބެލުމުން ތަނާޒުލްވި ފަނޑިޔާރަކަށް ފިޔަވަޅު އަޅަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
25 މެއި 2021 - 16:23
ގާނޫނާ ޚިލާފަށް މައްސަލައެއްގައިި ތަނާޒުލްވި ފަނޑިޔާރަކަށް ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައިވަނީ ނ. ޅޮހީ ކޯޓަށް ހުށަހެޅުނު ދެ މައްސަލައެއްގައި އެ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ހަސަން މަނިކު އެ މައްސަލަ ބެލުމުން ތަނާޒުލްވެފައިވަނީ ގާނޫނުގައި މައްސަލަތައް ބެލުމުން ތަނާޒުލްވެވޭނެ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ. އޭނާގެ އެ އަމަލަކީ ފަނޑިޔާރެއްގެ ސުލޫކާ ޚިލާފް އަމަލެއް ކަމަށްވާތީ ސުލޫކީ ފިޔަވަޅެއްގެ ގޮތުން އޭނާއަށް ނަސޭހަތް ދިނުމާ އެކު، އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން އެންގުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ފަނޑިޔާރުންގެ ގާނޫނު އޮންނަ ގޮތުން ފަނޑިޔާރެއްގެ މަސްލަހަތު ހިމެނޭ މައްސަލަތަކާއި އާއިލީ ގޮތުން ވަކި މިންވަރަކަށް ގުޅިފައިވާ މީހުންގެ މައްސަލަތައް އެ ފަނޑިޔާރަކު ބަލައިގެން ނުވާނެ އެވެ. އެހެން ނަމަވެސް މައްސަލަތައް ބެލުމުން ތަނާޒުލްވާން ޖެހޭނެ ގޮތްތަކެއް ކަނޑައެޅިފައިވެ އެވެ. މިއީ މައްސަލައެއް ބެލުމުން ތަނާޒުލްވި ފަނޑިޔާރަކަށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިރު ގާނޫނީ
26 May 2021
ތަނާޒުލް ގެ މާނަ ހޯދަން މިޖެހެނީ އެންމެ ފުރަތަމަ!