ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު. ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ އާމިރު. ---- ފޮޓޯ: މިހާރު
25 މެއި 2021 - 23:19
ސިނަމާލޭ ބްރިޖްގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ޒަހަމްވެއްޖެ އެވެ.
މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ "މިހާރު" އަށް ވިދާޅުވި ގޮތުގައި އެކްސިޑެންޓުވީ އިރު އޮއްސުނު ވަގުތު ބްރިޖުގަ އެވެ. އެ އެކްސިޑެންޓުގައި ލިބުނު ޒަހަމްތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި މެމްބަރު އާމިރަށް މިވަގުތު އަންނަނީ ފަރުވާދެމުން ކަމަށް އޭނާ ވިދާޅުވި އެވެ. ނިއުޝާ ވިދާޅުވީ، އާމިރުގެ މޫނަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު އާމިރުގެ ހާލު ރަނގަޅު ކަމަށާއި މިވަގުތު އޮންނެވީ އޮބްޒަވޭޝަންގައި ކަމަށް ވެސް ނިއުޝާ ވިދާޅުވި އެވެ.
ފުލުހުން ބުނި މިއަދު ހަވީރު 5:15 ހާއިރު މާލެއިން ހުޅުމާލެ އަށް ދިޔަ ސައިކަލެއްގެ ފުރޮޅު ފަޅައިގެން ގޮސް ކަހާލައިގެން ވެއްޓި މީހަކަށް އަނިޔާވި އެވެ. މިއީ މެންބަރު އާމިރަށް އަނިޔާވި އެކްސިޑެންޓް ކަމަކަށް ފުލުހުން ނުބުނެ އެވެ.
ނަމަވެސް މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންދަން ޖެހުނު އެކްސިޑެންޓެއް ބްރިޖުގައި ހިނގި ކަމުގެ ރިޕޯޓެއް ފުލުހުންނަށް މިއަދު ލިބިފައި ނެތް ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯކްސޮޕް
26 May 2021
ޓިއުބުލެސް ޓަޔަރައް ބަދަލުކޮއްލުމުން ފުރޮލުފަލާގެން ގޮސް ދިމާވާ އެކްސިޑެންޓު ތަކުން ލިބޭ ގެއްލުން ވަރައް ބޮޑައް ކުޑަކުރެވޭނެ. އަމިއްލައައް ހަފްތާއަކު އެއްފަހަރު ނުވަތަ ގަރާޖަކައް ގޮސް ކޮންމެ ތިންމަހަކުން އެއްފަހަރު ޓައިރުގެ ހާލަތު ބަލާލުމުން ވެސް މިކަހަލަ ހިތާމަވެރި ހާދިސާތައް ކުޑަކުރެވޭ
ޚައިރާ
26 May 2021
އަވަހަށް މެމްބަރުންނަށް ޕްރައިވެޓް އިންޝުއަންސް ހަމަޖައްސަދީ އުމުރު ދުވަހަށް. އޭރުން ސަރުކާރުގެ ޙަރަދު ވެސް ކުޑަވެ މިބަލިމަޑު ކަމުގެ ހުރިހާ ނިކަމެތިކަމެއް ތަހައްމަލްކުރާ އާންމުންގެ ހިތް އުފާވާނެ.
އަރުހަމް ހުސައިން(ބާރަނާ)
26 May 2021
އާމިރަށް މާ ބާރަށް ދުއްވެނީހެން ހީވަނީ..އެހެން ނަމަވެސް އަވަސް ޝިފާއަކަށޤ އެދެން.
ރޮބަރު
26 May 2021
އާމިރު ކާފިއު ގަޑީގައި ގާނޫނަށް ވުރެ މަތިން ދުއްވާފައި ދަނިކޮށް ވެއްޓުނީދޯ.
މުރީދު
26 May 2021
މީހުން ނިކުމެ ނޫޅޭ ކަރފިއު ގަޑީގައި ކޮންތާކަށް ބާ މިދިއައީ.
މެދުހުވަދޫ
26 May 2021
ބައި ބަހަމުން ބައި ބަހަމުން ބަހަމުން ބަހަމުން ބަހަމުން ގޮސް އެ ހެދި އެއްޗެއް ހެދީ... ހެދީމަ އޭގެ ނުރައްކާ އެންމެންނަށް ފޯރަމުން މިދަނީ
ތައް ކާނި
26 May 2021
ޕީސީއާރު ޓެސްޓު ހެދި ތ
ހޮސީބުު
26 May 2021
ސައިކަލެއްގެ ފޮރޮޅު ފެޅުމަކީ ހާދަ ހާ ބިރުވެރި އަދި އަލަށް ދުނިޔޭގަ ހިގި ކަމަކަށް ވާތީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުން މުހިންމު.
ޛލކހގ
26 May 2021
ޢާމިރަކީ އެމް.ޑީ.ޕީ މީހެއް ނޫނެއްނު. އެމް.ޑީ.ޕީ މީހެއް ކަމަށްވީނަމަ ތިޔަފަދަ ޖަލްސާއެއް ބާއްވާނެ.
ފައްސިމޭން
25 May 2021
ހާދަ ބިރުވެރި ކަމެކޭދޯ ފުރޮޅު ފެޅުމަކީ އެހެންވީމަ...
ބާބީ ވަހީދު
25 May 2021
5 ގަޑި 15 ގައި މެންބަރު ކޮންތާކަށްތޯ ދަތުރުކުރަނީ؟ މެންބަރެއްވީމާ ކުއްލިހާލަތެއް އެހެންހާލަތެއް ނޯވޭތޯ؟ ގާނޫނަށްވުރެމަތީގަތޯ ގާނޫނުހަދާމީހުން ތިބެނީ؟ މިހާރުނޫހުން ރައްޔިތުންނަށް ސާފުކޮށްދޭންއެބަޖެހޭ އެގަޑީގާ މެންބަރު ބުރިޖުމައްޗަށް އަރާންޖެހުނު ސަބަބު. ރައްޔިތުންގެ މަންދޫބުން ވާންޖެހޭނެ ރައްޔިތުންނަށްހުރި ނަމޫނާއަކަށް.
ގާނޫުނު؟
26 May 2021
ގާނޫނަށްވުރެއްމަތީގަަ، ގާނޫނަށްފައިންް އަރައިން!