ވެމްކޯގެ މުވައްޒަފަކު ކުނި ނަގައިގެން ވެހިކަލަކަށް އަރުވަނީ. އެކުންފުނިން ބުނީ ކުނި ނެރޭއިރު ސަމާލުނުވާތީ މުވައްޒަފުންނަށް އަނިޔާވާ ކަމަށް. ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
27 މެއި 2021 - 21:06
ގޭގެއިން ކުނި ނެރުމުގައި އަމަލުކުރަން އަންގާފައިވާ އުސޫލަށް ތަބާނުވުމުގެ ސަބަބުން ވެމްކޯގެ މުވައްޒަފުންނަށް ހާނީއްކަވުމުގެ ހާދިސާތައް ގިނަވަމުންދާ ކަމަށް އެކުންފުނިން މިއަދު ބުނެފި އެވެ.
ވެމްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ ގެއަކުން ނެރުނު ޑަސްބިނެއްގައި އޮތް ކޮތަޅަކަށް ބިއްލޫރި އަޅާފައި ހުރުމުގެ ސަބަބުން އެކުންފުނީގެ މުވައްޒަފެއްގެ އަތަށް ބޮޑު ގެއްލުމެެއް ލިބިފައިިވާ ކަމަށާއި މިމަހުގެ މިހައިތަނަށް އެފަދަ ތިން ހާދިސާ ހިނގާފައިވާ ކަަމަށެވެ. އެ ތިން ހާދިސާ ވެސް ހިނގާފައި ވަނީ މާލެ ސަރަހައްދުގަ އެވެ.
ޑަބިސްނުގައި އޮތް ކޮތަޅުގައި ހުރި ބިއްލޫރިތަކުގެ ތެރެއިން ބިއްލޫރިގަނޑެއް ހެރުމުގެ ސަބަބުން ހާނީއްކަވީ އަފްރާހް މޫސާ ނަމަކަށް ކިޔާ މުވައްޒަފަކަށެވެ. ވެމްކޯގެ ބަޔާނުގައި ބުނިގޮތުގައި އޭނާގެ އަތުގެ ނާރަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.
ވެމްކޯއިން ބުނިގޮތުގައި ކުނިނެގުމުގެ މަސައްކަތް އެކުންފުނީގެ މުވައްޒަފުންނަށް މަސަައްކަތުގެ މާހައުލުގައި ރައްކާތެރިވުމަށް ޓަކައި ދޭން ޖެހޭ ވަސީލަތްތައް ވާނީ ދީފަ އެވެ. އެގޮތުން އަންގިއާއި މާސްްކް އަދި އެހެނިހެން އާލާތްތައް ވެސް ފޯރުކޮށްދީފައި ވާނެ ކަަމަށް ވެސް ބުންޏެވެ. ކުނިނެގުމަކީ ވެމްކޯއާއި ހަވާލުވެފައިވާ އެންމެ ބޮޑު ޒިންމާ ކަމަށާއި އެހެންވީމާ އެ މަސައްކަތްކުރާ މުވައްޒަފުންނަކީ ކުންފުނީގެ ފަހުރުކަމަށް ވެސް ބުންޏެވެ.
"...ކަން މިހެން ހުރުމާއި އެކު ވެސް ހިތާމައަކީ ގިނަ އަދަދެއްގެ ކަސްޓަމަރުން މިކޯޕަރޭޝަނުން އާއްމުކޮށްފައިވާ، ކުނި ބަންދުކުރުމުގެ މިންގަނޑަށް ބެލުމެއް ނެތި ކުނި ނެރެމުން ދިއުމެވެ. އަދި މީގެ ސަބަބުން މިކޯޕަރޭޝަނުގެ ވެށިފާރަވެރިންނަށް އެކަކި ކަހަލަ ހާނީއްކައާއި އަނިޔާ މެދުނުކެނޑި ލިބެމުން ދިއުމެވެ،" ވެމްކޯގެ ބަޔާނުގައި ބުންޏެވެ.
އެކުންފުނިން ބުނިގޮތުގައި ކުނިނަގަން އުޅޭ މުވައްޒަފުންނަށް ހާނީއްކަވަމުން ދަނީ ބިއްލޫރިއާއި ދަގަނޑު އަދި އެނޫން ވެސް ތޫނު އެއްޗިހި ރަނގަޅަށް ބަންދުނުކޮށް ނެރޭތީ އެވެ. އެގޮތަށް ކަންތައް ނުކުރުމަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަންދޭން އިލްތިމާސްކުރާ ކަމަށް ވެސް ބުންޏެވެ. ނެރޭ ކޮންމެ ކުނިކޮތަޅަކީ ވެސް މެމްކޯގެ ކޮންމެވެސް ވެށިފާރަވެރިއަކު އަތުން ނަގާނެ ކޮތަޅެއްކަން ހަނދާން ކޮށްދޭ ކަަމަށް ވެސް އެކުންފުނިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނޑޭރި
30 May 2021
މިކަމަށްވެސް އެއްޗެއް ނުބުނެ ހުރެވޭތޯ ވަރަށް ބަލައިފިން. އެކަމު ހަމަ ނުހުރެވިގެން މިކޮމެންޓް މިކޮށްލަނީ. އަނެއްކަ ރައްޔިތު މީހާ ވީ ވަޅި އެއްލާލަން ވީމަ އެވަޅި ލާން އެއްޗެއް ގަންނަން. ފުޅިއެއް އެއްލާލަންވީމަ އެފުޅި ލާން އެއްޗެއް ގަންނަން. މިސަރުކާރަށާ ކުންފުނިތަކަށް އަބަދުވެސް ރައްޔިތުމީހާ މި ގޯސްވަނީ. ވެމްކޯއިން ކީއްވެބާ މުވައްޒަފުންނަށް ސޭފްޓީ ސާމާނު ނުދެނީ. ލައިކް އަންގި ކަހަލަ. ހަމަ ބުނެލީ
ހޭލުން
28 May 2021
ބިލް މެސެޖްކުރާ ގޮތަށް ކުނި ބަންދުކުރަންވާ ގޮތުގެ ހޭލުންތެރިކަން އުފައްދަން މައުލޫމާތު އެކުލެވޭ މެސެޖްތައްވެސް ވެމްކޯއިން ކުރާނަމަ އިތުރަށް މީހުން ހޭލުންތެރިވާނެ. ކުނިކޮތަޅަށް ކޮންމެ ޒާތެއްގެ ކުންޏެއް އެޅިއަސް އެކޮތަޅު ތަނަކަށް ގެންދާއިރު އާއްމުކޮށް ހިފާނީ ކޮތަޅުގެ މަތީގަ. ކުނިނަގާ މީހުން ކޮތަޅުގަ އަތްލާއިރު ދަންނަންވާނެ ކޮންމެފަދަ ކުންޏެއްވެސް ހުރެދާނެކަން ކޮތަޅުގަ. ހުސް ރައްކާތެރި ކުންޏެއްނޫން ހުންނާނީ. އެންމެންނަކީ އެހާ ހޭލުންތެރިބައެއްނޫން
ޝުކުރު
28 May 2021
ވެމްކޯ އުފެދުނީތީ ވ އުފާވޭ. އެންމެ ބޮޑަށް އުފާވަނީ ދިވެހި ކުދިން އުޅޭތީ. އެކުދިން ނަށް އިހްތިރާމް ކޮށް ސަލާމަތްތެރިކަން ހޯދައި ދިނުމަކީ އެންމެންގެ ޒިންމާއެއް.
Happy 133
28 May 2021
ވެމްކޯ މީޙުން އިންޝުއަރ ކޮށް ރިސްކުއލެވެން ދޭނަމަ ކިހާ ރަގަޅު?
ޙގފފދދ
28 May 2021
މިއީ އަހަރެން އަބަދުބެސް ހިތައްއަރާ އެއްޗެއް. އެއްވެސްމީހެއްކައިރީ ނުބުންޏަސް ދަޅެއްކަނޑާފަވެސް ދަޅުގެމަތިހުޅުވިފަ އިން ގޮތަށް ޑަސްޕިނަށްލާކަށް އަހަންނަކަށް ނުކެރޭ. އަބަދުވެސް މަތިގަނޑު ދަޅުތެރެއަށްލައްވާލާފަ ޑަސްޕިނަށްލަނީ ތަށިއެއްޗެހިތަޅައިގެންދިޔަޔަސް ޕްލާޓިކް ފްލިއަކަށްލުމުގެ ބަދަލުގަ ބަނޑިނުވާކަހަލަ ދަގަނޑު ދަޅު (މަސްދަޅު) ނޫނީ އެކަހަލަދަޅަކަށްލާފަ ޑަސްޕިނަށްލަނީ. އަސްލުކުނިނަގާދޭ މީހުންއެކުރަނީ ވ ބޮޑު ޚިދުމަތެއް
މޯލު
28 May 2021
ވ ރަނގަލު އިރުޝާދުކޮޅެއް.. އެކަމަކު ޑަސްޕިން ގެ ބަދަލުގައި ޑަސްޓްބިން ނުވަތަ ޑަަސްބިން ލިޔުނީމަ ފުރިހަމަ ވާނީ.. ވެދުން..
ސުރޭ
28 May 2021
މުވައްޒަފުންގެ ސަލާމަތަށްޓަކައި އެފަދަ ތަކެތި، ބިއްލޫރި، ދަޅު، ފުޅި ފަދަ ތަކެތި ވަކިން ބަންދުކުރުމަށް އަދި ކުނިވާޒާތުގެ ކާތަކެތި ވަކިން ބަންދުކުރުމަށް މިހާރަށްވުރެން ބޮޑަށް ހޭލުންތެރިކަން އިތުރުކުރަން މަސައްކަތްކުރުން މުހިންމު. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް އަމަލުކުރްނީ މިފަދައިން.
ސަރިމަލަ
28 May 2021
ވެމްކޯ ކުދިން ވަރަށް ހިތްވަރުގަދަ ހަމަ. ޝުކުރިއްޔާ .
އާދަނު1
28 May 2021
ގޭގޭގަ އެއްލާލަންޖެހޭ ދޮންނަމެޝިނުވެސް ހުރޭ މަގުމައްޗަށް ނެރެފަ.!! އަޅެމިދެން ބޮޑުވަރުދޯ!
ކުނިނެރޭ މޭން
27 May 2021
އެކުދިންނަށް ރަނގަޅު އަންގިވެސް ހޯދަމާ، އިތުރު ރައްކާތެރިކަމަށް...
ގުޅާފަ ރިޕޯރޓް ކުރިން......
27 May 2021
ވެމްކޯގެ އުޅަނދަށް، ގޭގެއިން ނެރެފަ ހުންނަ ކުނި އަރު ވަމުންދާ އިރު، ކުނިތަކުގެ މަތީ އެކަކު އިނދެގެން ފައިންނާއި، އަތުން ކުނިކޮތަޅުތައް ކޮއްޕާ ގަންނަ ވާ ހެދުމަކީ، ޢާއްމުކޮށް ފެންނަ ކަމެކެ ވެ. އެގޮތަށް އެކަން ކުރަނީ ވީހައި ވެސް ގިނަ ކުނި ބަރާކުރަން ކަމަށް ވެދާނެ އެ ވެ. އަދި އެއީ ކަމުގެ ނުރައްކާ ނޭނގި އެމީހުން އަމިއްލަ އަށް ކުރާ ކަމަކަށް ވެސް ވެދާނެތީ އެކަން އެގޮތަށް ވާ ވަހަކަ މީގެ ހައެއްކަ ދު ވަސް ކުރިން ވެމްކޯ އަށް ގުޅާފަ ރިޕޯރޓް ކުރީމެ ވެ.