ރިޕޯޓް / އަންހެނުން ބާރުވެރިކުރުން

އޭރު ވެސް ބުނީ އަންހެނުން ތިބޭނީ ބަދިގެއަކު ނޫނޭ

މީގެ 87 އަހަރު ކުރީގެ މި ލިޔުމުގައި ވަނީ ދެ ޖިންސުން އިންސާނުން ހެއްދެވީ އެއްބަޔަކު އަނެއްބައެއްގެ އެހީއާ ނުލައި ނޫޅޭވޭ ގޮތަށް ކަމަށް ވާއިރު މާތްކަމާއި އިއްޒަތްތެރިކަން ބޮޑީ ފިރިހެނުންތޯ ނުވަތަ އަންހެނުންތޯ ސުވާލުކޮށް ބަހުސްކުރުން ބޭކާރު ކަމަށް

އިހުގެ ދިވެހި އަންހެނުން ދުވުމުގެ މުބާރާތެއްގައި ވާދަކުރަނީ

އަންހެނުންގެ ހައްގުތަކާއި ގައުމެއްގެ ކުރިއެރުމުގައި އެ މީހުންގެ ދައުރުގެ މުހިންމުކަމުގެ ވާހަކަ އަކީ އިއްޔެ ދައްކަން ފެށި ވާހަކައެއް ނޫނެވެ. ރާއްޖޭގެ ތާރީހީ ލިޔުންތަކަށް ބެލުމުން މި އެނގެނީ މި ވާހަކަ ދައްކާތާ ގަރުނެއް ވާއިރު ވެސް ދިވެހިންނަށް އަދިވެސް މިކަން ހަމަ މިގޮތަށް ކިޔައިދޭންޖެހޭ ހިސާބުގައި އޮތްކަމެވެ.

މިއީ މީގެ 87 އަހަރު ކުރިން، އޭރު ދައުލަތުގެ ފަރާތުން ނެރެމުން އައި، ދިވެހި ބަހުގެ ފުރަތަމަ މަޖައްލާ "އަލް އިސްލާހު" ގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ. ނޮވެމްބަރު 4، 1933 ގައި ނެރުނު އަލް އިސްލާހުގެ 5 ވަނަ އަދަދުގައި އޮތް މި ލިޔުމުގެ ސުރުހީ ވެސް އޮތީ ހަމަ މިއަދު މި ބުނެ އެޅޭ ގޮތަށެވެ.

"ރަށެއް ކުރިއަރާނީ އެ ރަށެއްގެ އަންހެނުންގެ އެހިއާލައިގެންނެވެ"

ލިޔުން ފަށާފައި ވަނީ ވެސް ޖިންސީ ތަފާތުކުރުމުގައި އަދިވެސް އަހަރެމެންގެ ބަދަލުނުވެގެން މި އުޅޭ ވިސްނުމާ ގުޅުވައިގެންނެވެ. "މާތް ރަސްކަލާނގެ ދުނިޔެމަތީގައި ހައްދަވާފައިވާ އެންމެ ފުރިހަމަ، އެންމެ އަގުހުރި އެއްޗަކީ، އެކަލާނގެ ކުޅަދުންވަންތަވެރިކަމުގެ ނަމޫނާ އިންސާނާ" ކަމަށް ބުނެ ދެން އޮތީ އިންސާނުންގެ ތެރެއިން އިއްޒަތްތެރިކަން ބޮޑީ ފިރިހެނުންތޯ ނުވަތަ އަންހެނުންތޯ ސުވާލުކޮށް ބަހުސްކުރުން ބޭކާރު ކަމަށެވެ.

"އިންސާނުންގެ ތެރެއިން މާތްކަމާއި އިއްޒަތްތެރިކަން ބޮޑީ ފިރިހެނުންތޯ ނުވަތަ އަންހެނުންތޯ ސުވާލުކޮށް އެ މައްޗަށް ބަހުސް ކުޅައުމަކީ ބޭކާރު ކަމެކެވެ." އެ ޒަމާނުގައި ވެސް، އަންހެނުންނަށް ބާރުވެރިވެރިކަން ދޭން ބޭނުން ނުވާ އަދި އެއީ ނިކަމެތި ބައެއްގެ ގޮތުގައި ދެކޭ މީހުންގެ އެންމެ ބޮޑު ވާހަކަ އަކީ މިއީ ކަމަށް ހެކި ލިބޭ އިބާރާތުގައިވެ އެވެ.

އޭގެ ފަހުން، ވަރަށް ކުޑަކުޑަ ވާހަކައަކުން ވިސްނައިދީފައި އޮތީ ބޮޑު ކަމެކެވެ.

"މިހެނީ އަންހެނާ އާއި ފިރިހެނާ، މާތް ރަސްކަލާނގެ އުފެއްދެވީ އެތައް ސިއްރުތަކަކާއި އެތައް ކުޅަދުންވަންތަވެރިކަމެއް ލައްވައިގެން އެކަކަށް އަނެނަކާ ނުލައި ނޫޅެވޭނެ ފަދަ ގޮތްތަކެއް މެދުވެރިކުރައްވާފަ އެވެ."

އަހަރެމެންގެ ތެރެއިން އެތައް ބަޔަކަށް އަދިވެސް މިކަން ވިސްނައިދޭން ޖެހިފައިވާކަން ގަބޫލުކުރަންޖެހެ އެވެ.

އަންހެނުންގެ މުޅި ދިރިއުޅުން ވަނީ ގަތާ ބޯވަޅުއެޅުމާއި ކައްކާފައި ފިރިމީހާއަށް ކާންދިނުމުގެ މައްޗަށް ހުއްޓިފައިކަމުގައި ނުހިއްތަވާށެވެ.

އަލް އިސްލާހުގައިވާ މި ލިޔުމުގެ މުސައްނިފަކީ ކޮން ބޭފުޅެއް ކަމެއް އެނގެން ނެތް ނަމަވެސް ޔަގީންވާ ކަމަކީ އެ ބޭފުޅެއްގެ ދުރުވިސްނޭކަމެވެ. އަދި މާޒީން މިސާލު ޖައްސަވައި ހެކި ދައްކަވަމުން ލިޔުއްވާފައިވަނީ އަންހެނުންގެ ހަށިގަނޑުގެ ނިކަމެތިކަމުން މެނުވީ ފިރިހެނުންނަށް ވުރެ ނިކަމެތިނުވާނެކަން ސާބިތުކޮށްދޭ އެތައް އަންހެނުންނެއް ދުނިޔެއަށް އައިސް ގޮސްފައިވާ ކަމަށެވެ.

"މި ބަސް ޝައްކުވާ މީހަކު ތާރީޚުގެ ގަނޑުތައް އުކައިލަބަލަނިކޮށް ހިތްހަމަޖެހިދާނެ އެވެ،" ޖަދަލުކުރާ މީހުންނަށް ރައްދެއްގެ ގޮތުން ލިޔެފައިވާ ޖުމްލައެއްގައިވެ އެވެ.

އަންހެނުން ނިކަމެތިކޮށް އެކަމުގެ ބޭކާރު ބަހުސްގެ ތެރެއިން އަންހެނުންނަށް ލިބޭ ނިކަމެތިކަން ބަޔާންކޮށް އެ ލިޔުމުގައި ވަނީ ވަކި ޖިންސަކަަށް ވީތީ ތަފާތެއް ނެތްކަން ވަންހަނާވެގެން ނުވާ ހާލު ވެސް އަންހެނުންނަކީ މާ ނިކަމެތި، ފިރިހެނުން ހިތަށްއެރިހާ ގޮތެއް ހެދުމަށް މާތްކަލާނގެ އުފައްދަވާފައިވާ ބައެކޭ ހީކުރާ ބަޔަކު އަބަދުވެސް ތިބޭ ކަމަށެވެ.

އަލް އިސްލާހުގައި، އަންހެނުންގެ ދައުރުމުގެ މުހިންމުމަކާ ބެހޭ ގޮތުން ޝާއިއުކޮށްފައިވާ ލިޔުން

"އެކަމަކު މި ޚިޔާލާތު ދަނީ ދުނިޔޭގެ މީސްތަކުންގެ ހިތްތަކުން ކެނޑެމުންނެވެ. އަދި ރޭގަނޑަށް ފަހު ދުވާލު އަންނާނެކަން ޝައްކުނުވާ ފަދައިން ސިވިލައިޒޭޝަންގެ ގަދަފަދަ ފިޔަވަޅުތައް މި ޚިޔާލާތު މުޅިން ނައްތާލާނެ ދުވަހެއް އަންނާނެކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ." މުސްތަގުބަލް ލަފާކޮށް ލިޔެފައިވެ އެވެ.

އަލް އިސްލާހުގައި މި ލިޔުން ޝާއިއުކުރި އިރު ރާއްޖޭގައި ވެސް ޖިންސީ ތަފާތުކުރުމުގެ ވިސްނުމާ ދެކޮޅު ރޫހެއް އުފެދެމުން ދިޔަކަން އެނގެ އެވެ. އެ ލިޔުމުގައި ވަނީ "މި ޒަމާނުގެ ބައެއް އަންހެން ބޭފުޅުންނާއި އަންހެން ކުދިން، އެ ބޭފުޅުންގެ އާއި އެ ކުދިންގެ އަގު ވަޒަންކުރައްވައި އެ ބޭފުޅުންނާއި އެ ކުދިން އަންނާން އޮތް ޒަމާނުގައި އުފުއްލަވާންޖެހޭ ޒިންމާދާރީގެ މައްޗަށް ހޭފުޅުލައްވާން ފައްޓަވައިފިކަން ވިސްނޭ" ކަމަށެވެ. އެކަން އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ސިފަކޮށް ބުނެފައި އޮތީ އެއީ "ހޫނު ދުވަހަކު ޖެހޭ ފިނި ވައިރޯޅިއެއް ފަދައިން ހިތަށް ފިނިކަން ހާސިލްކޮށްދޭ ކަމެއް" ގެ ގޮތުގަ އެވެ.

އަންހެނުން ނިސްބަތްވަނީ ބަދިއެއް ކަމަށް ދެކޭ ތާކުންތާކު ނުޖެހޭ ވިސްނުން ދޫކޮށްލަން ވެސް އެ ލިޔުމުގައި ބާރުއަޅާއި ވިސްނައިދީފައިވެ އެވެ.

އަންހެނުންނަށް، އިއްޒަތްތެރިންގެ ގޮތުގައި މުޚާތަބުކުރަމުން ލިޔުން ކުރިއަށް ގެންދަމުން ބުނަނީ؛

"އަންހެނުންގެ މުޅި ދިރިއުޅުން ވަނީ ގަތާ ބޯވަޅުއެޅުމާއި ކައްކާފައި ފިރިމީހާއަށް ކާންދިނުމުގެ މައްޗަށް ހުއްޓިފައިކަމުގައި ނުހިއްތަވާށެވެ. ރަށެއްގެ މީހުން ކުރިއަރާނީ އެ ރަށެއްގެ އަންހެނުން ވެސް އެހީތެރިކަމާއި ބާރާ ލައިގެންނެވެ."

އަންހެނުންނަކީ ދައުލަތުގެ ޒިންމާތައް އަދާކުރަން ދަރިންގެ ކޮނޑުގައި އަޅުވައި ހެޔޮ ދަރިންތަކެއް ތަރުބިއްޔަތުކޮށް އެކަމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާ މީހުން ކަމަށާއި އެހެންނޫނީ ބިންގަލުގެ ހަރުދަނާކަމެއް ނުހުންނާނެ ކަމަށް ބުނެފައިވެ އެވެ. ކެއްކުމާއި ބޯވަޅުއެޅުމަކީ އަންހެނުންނަށް ހާއްސަކަމެއް ނޫންކަން އަންގައިދެމުން ބުނެފައިވަނީ އެ ކަންކަމާއި އަދި އިތުރުން އެހެން ކަންކަން ވެސް އަންހެނުންނަށް އެނގެންވާނެ ކަމަށާއި އަންހެނުންނަކީ އެތައް ހުނަރެއް ލިބިފައިވާ މުހިންމު ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

އަލް އިސްލާހްގެ ފަސް ވަނަ މަޖައްލާ

މި ހުރިހާ ކަމެއްގެ އިތުރުން މައިންބަފައިންނަށް ކަމޭ ހިތައި ހުލްގު ހެޔޮ ބަޔަކަށް ކޮންމެ ދަރިއަކު ވެސް ވާންޖެހޭނެ ކަމަށާއި ލަދުވެތިކަމަކީ އަންހެންކުދިންގެ ހުންނާންވީ ސިފަތަކުގެ ތެރެއިން އެންމެ މާތް އެއް ސިފަ ކަމަށް ބުނެފައިވެ އެވެ. އެކަމަކު އޭގެ މާނަ ވެސް ބުނެދީފައިވެ އެވެ.

"ލަދުވެތިކަމޭ ބުނެވޭ ބަހުގެ މައުނަޔަކީ ފިރިހެނަކު ފެންނައިރަށް ދުވެފައި ގޮސް ފުރަތަމަޖެހޭ ފޮތިގަނޑާ ނިވާވެ ހުރެ ސިއްރުން ބެލުމެއްނޫނެވެ."

ލަދުވެތިކަމަކީ ތިމާ އަނެކަކަށް ބަހައްޓަންވީ ފުރިހަމަ އަދަބުވެރިކަމެއް ބެހެއްޓުން ކަމަށާއި އެހެން މީހުންނަށް އިހްތިރާމްކޮށް "ތިމާޔާ ނުބެހޭ ކަމަކާ ބެހިނުގަތުން" އަދި ތިމާޔާ އެކަށީގެންނުވާ މަޖިލިސްތަކުގައި ނުތިބުމާއި ވާހަކަ ދައްކާއިރު މަޖިލީހާ އެކަށީގެންނުވާ ގަދަފަދަ އަޑުން ވާހަކަ ނުދެއްކުމާއި ބާރަށް ނުހުނުން ފަދަ ކަންކަމުގެ ގޮތުގައި އެ ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.

"ލިބޭ މިންވަރު ނިކަން ދަނެގެން، ވި ބޭނުންތައް ބަހާލައިގެން" ޚަރަދު ކުޑަ އުޅުމެއް ދަސްކުރުމުގެ މުހިންމުކަން ފާހަގަކޮށް، ހުސައިން ސަލާހުއްދީންގެ، އަދާ ހަމަޔަށް ވެސް ދެގޮތެއް ނުވެ އޮތް ނަސޭހަތުގެ ޅެންބައިތުން ތަންކޮޅަކާ އެކު ލިޔުން ނިމުމަކަށް ގެނެސްފައިވެ އެވެ.

22 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 48%
icon sad icon sad 0%
icon angry icon angry 35%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހް

05 June 2021

މިހާރުގެ ބަދިގެތަކަކީ އުނދަގޫ ތަނެއްތަ؟ އިހުގައި އުފުލި ބުރަ އުފުލައިގެން ބަދިގޭގައި މިހާރު ކުރަން އޮންނަ މަސައްކަތެއް ނުހުރެއޭ ބުނުމަކީ ދޮގަކަށްނުވާނެ. ކެއްކުމަށް އެހީވާ އެކި ޒާތްޒާތުގެ މެޝިނަރީ މިހާރު ހުންނާނީ. މިހާރު ބަދިގެއަކީ ކެއްކުމަށްވުރެ ކާ ތަކެތި އާ ޑިޒައިންތަކަށް އީޖާދުކޮށްލައިގެން ނެރޭ ކާރުޚާނާއެއް. ފިރިހެނުންނަށް އެތަނުގަ ނުކުރެވޭވަރުގެ ކަމެއް ނުހުންނާނެ. ކުދި އާއިލާތައް އުޅޭއިރު ފިރިހެނުންވެސް އެތަނަށް ވަދެ ހުރިހާ ކަމެއް ދަސްކުރަންވނ

The name is already taken The name is available. Register?

މޭނިސްޓު

05 June 2021

އަންހެނުންނަށް ގޭގެ މަސައްކަތް ނޫން މަސައްކަތްވެސް ކުރެވޭނެ. ފިރިހެނުންނަށް ގޭގެ ހުރިހާ މަސައްކަތްތައް ކުރަން އެނގެން ޖެހޭނެ. ގޭގެ މަސައްކަތް ކުރަންވީ 50-50ކޮށް ދެމީހުން ގުޅިގެން. މިހާރު މިސަރުކާރުގެ ބޮޑުންނަށް ވުރެ ބޮޑަށް އެކަމަށް ކިޔަވައިގެން ތިބޭ އަންހެނުންނަށް މާރަނގަޅަށްވެސް ކުރެވޭނެ. އެކަމަކު މިހާރުގެ މަޖްލީހުގެ މެމްބަރުންނަށް ތިއްބެވި އެމްޑީޕީ އަންހެނުންނަކީ ނާގާބިލް ބައެއް. އެފަދަ އަންހެނުން ތިބެންވީ އަނގަމަޑުންލައިގެން ގޭގައި.

The name is already taken The name is available. Register?

ބަދިގެއަންހެނާ

05 June 2021

އަހަންނަކި ރަނގަޅު ވަޒީފާއެއްގައި ހުރެ ކެނޑިގެން ގޭގަ ދެ ކުދިން ބަލަން މި ހުންނަ ނީ. ހަނގު ކުއްޖާއަށް މިހާރު 5 އަހަރު. ވަޒިފާގެ މާހައުލު މިސްވޭ. އެކަމު ބުނަން، މަ މިކުރާ މަސައްކަތް ކުޑައިމީސް ނުކުރަން އެދެން. މެއިޑެއް ނުހުންނާނެ. ފިރިއާ އެކީ ގޭގެ ހުރިހާ ކަމެއް މެނޭޖް ކުރަނީ. ލާރިގެ ކަންކަން ނިންމުގަވެސް. އޭނާ ނުވަންނާނެ ބަދިގެއަކަށް. ދޮންނާކަށް ނުޖެހޭނެ. މައްސަލައެއް ނޫން މަށަކަށް. އަހަރެން މި ކުރަނީ ވަރަށް ބުރަ ކަމެއް. އައި ޑިޒަރވް ރެސްޕެކްޓް.

The name is already taken The name is available. Register?

ޕޮޕްކޯން

05 June 2021

މިކަމާމެދު އަލީ ރަމީޒު ދެކޭގޮތެއް ބަލާލަން ޖެހެއެވެ.

The name is already taken The name is available. Register?

މޮހިތު

07 June 2021

އަސްލުވެސް! ސޯޝަލް ކަންތައްތަކުން ޕީއެޗްޑީ އެއް އޮތީ އޭނަ އަތުގަ!

The name is already taken The name is available. Register?

ބޮރޮކަނ

05 June 2021

އަހަރުމެން ދިރިއުޅެން ލަފާ ހޯދަނީ ޑޮޓް ގުރޫޕުތަކުގަ އުޅޭ ކޮންމެވެސް މީހަކު ކައިރިން. ފުރަތަމަ އެކަން ބަދަލުވާން ވީ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

04 June 2021

އަންހެނުން “ބާރުވެރި” ކުރުވުން.ލޮލް.

The name is already taken The name is available. Register?

ފަމަނިސްޓް

04 June 2021

އަންހެނުން ނައް ދެވޭނީ ހަމަ އެކަނި އޭސީ ކޮއްފަ ހުންނަ ކޮޓަރިތަކުގަ ތިބެވޭ މަޤާމްތަކައް. ކީއްވެތަ މަހައް ނުދަނީ ދޯނިތަކުގަ. ދެން މިހެން ބުނީމަ ފޮޓޯ ސެޝަނަކައް މަހައް ގޮސްދާނެ ނޫނީ ސައިހޮޓަލަކައް ވަދެ ފޯޓޯއެއް ނަގާފަ ޖަހާފާނެ އަހުރުންނައް ވާނެއޭ. މި ޤައުމުގެ ބޮޑެތި މަޤާމްތަކުގަ މިހާރު އަންހެނުން ގިނަވީމަ ވާގޮތް މި ފެންނަނީ. މުޅި ޤައުމް ފެއިލް ވެއްޖެ. ދެންވެސް ފިރިހެނުންނާ ހަވާލުކޮއްފަ ތި ކަނބަލުންނައް ވާވަރު ކަންކަމައިގެން އުޅުމައް ނަސޭހަތްތެރިވަން

The name is already taken The name is available. Register?

އަހުމަދުއަލޯ

04 June 2021

ފަމަނިސްޓު ބުނެބަލަ ސަރުކާރުގެ އިސްމަގާމު ތަކުގައި އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް. ކޮވިޑް އެންމެ ފުރިހަމައަށް ކޮންޓްރޯލުކުރި ގައުމުތަކުގަވެސް ގައުމުގެ ވެރިންގެ ގޮތުގަ ތިބީ ހުސް އަންހެނުން. ޚާއްސަކޮށް ރާއްޖެގެ ވެރިކަމާއި މަތީމަގާމުތަކުގަ ތިބޭ ފިރިހެނުންގެ ކަމަކީ ވައްކަމާއި އަޗާތެޅުން.

The name is already taken The name is available. Register?

ޢީން

04 June 2021

ކާފަރުންނަށް މުސްލިމުން ބަލިކުރެވެން އޮތީ ހަމަ އެކަނި ފިކުރީ ހަނގުރާމައިން!!

The name is already taken The name is available. Register?

އަހުމަދުއަލޯ

04 June 2021

އަންހެނަކަށް ކުރިއެރުމެއް ލިބެން އޮތިއްޔާ ބުނާތި އެމީހުންނަކީ ގޭގެ އޮޅިގަނޑޭ، ގަހެއްގަ އިން ފަޅޮލެކާ.... އިސްލާމް ދީނަކާ ކުޅޭކަށް ބަޔަކު ނޫޅޭ. އާދަކަދައިގެ ގޮތުން އަންހެނުންނަށް ހަނިވެފައޮތް ފުރުސަތުތަށް ހުޅުވާ ވާހަކަ މިދައްކަނީ.

The name is already taken The name is available. Register?

911ޗ

04 June 2021

87 އަހަރު ފަހުން އަންހެނުންނާ ގުޅޭ ހުރިހާ ކަމެއް މިޖެހެނީ ޝޭހެއް ކައިރީ އަހާ ލަފާހޯދަން. ފަހަތައް ދޯ މި ފިޔަވަޅުއެޅިނީ

The name is already taken The name is available. Register?

ސްކިޕަރ

04 June 2021

އަސްލު އަންހެނުންނަކީ ބަދިގޭގައި ތިބޭ ބައެކޭ ދީނަކުވެސް ނޯވޭ.އަސްހާބު ބޭކަނބަލުން އެއްވެސް އިތުރު މީހަކާ ނުޖައްސާ ހަމަ އަމިއްލައަށް ދަރިން ތަރުބިއްޔަތުކުރައްވާ އިސްލާމީ ލީޑަރުންނާއި އިލްމުވެރިން އުފެއްދެވި.އަދި އިސްލާމްދީނުގެ ރޫލްސްތަކުގެ ތެރޭގައި ތިއްބަވައިގެން އެކި ހައިސިއްޔަތްތަކުން މުސްލިމް މުޖްތަމަޢު އަށް ޚިދުމަތް ކުރެއްވެވި. މިހާރު މިތިބޭ ފެމިނިސްޓުންގެ ގޮތަކީ ގޭގެ ކަންތައްތައް މެއިޑަކަށް ދީފައި، ފެޝަންހެދިގެން ގޮސް އޮފީހެއްގައި ތިބެނީ.

The name is already taken The name is available. Register?

އަހުމަދުއަލޯ

04 June 2021

ގޭގެ ކަންތަކަކީ ދެމަފިރިންވެސް ކުރަންޖެހޭ ކަންކަން. ގިނަ ފިރިހެނުންގެ ގޮތަކީ ގޭގެ ކަންކަން އަންހެނުން ބޮލަށް ޖަހާފަ ގޮސް ކޮފީގަ އަޗާތަޅަން ތިބުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454