އެމެރިކާއިން ހަދިޔާކުރި ސާމާނު ރާއްޖެ ގެންނަނީ: މިފަހަރު ހަދިޔާކުރީ ފްރަންޓްލައިން މުވައްޒަފުންނަށް ބޭނުުންވާ ސާމާނު --- ފޮޓޯ/އެމެރިކާ އެމްބަސީ
04 ޖޫން 2021 - 13:26
ކޮވިޑް-19 އާ ގުޅިގެން ހަރަކާތްތެރިވާ ފްރަންޓް ލަައިން މުވައްޒަފުންނަށް ބޭނުންވާ ގިނަ އަދަދެއްގެ ސަމާނު އެމެރިކާއިން އަނެއްކާވެސް ރާއްޖެއަށް ހަދިޔާކޮށްފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އެމެރިކާ އިން ކުރިން ވެސް ވަނީ ފްރަންޓް ލައިން މުވައްޒަފުންނަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފަ އެވެ. އަދި އެމެރިކާއިން އެންމެ ފުރަތަމަ ހިލޭ ވެކްސިން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމަނާފައިވާ ކަން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.
އެމެރިކާ އިން މިފަހަރު ހަދިޔާކުރީ ފްރަންޓް ލައިން މުވައްޒަފުންނަށް ބޭނުންވާނެ 292،000 ސާމާނެވެ. އަދި 600 ޕަލްސް އޮކްސިމީޓާ ވެސް ވަނީ ހަދިޔާކޮށްފަ އެވެ.
ފްރަންޓް ލައިން މުވައްޒަފުންގެ ސާމާނުގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ގިނަ އަދަދެއްގެ ވެންޓިލޭޓަރު ވެސް އެމެރިކާއިން ކުރިން އޮތީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
04 June 2021
އެމެރިކާ އަކީ ހިތް ހެޔޮ އަހަރެމެނަށް ނިކަން ގިނަ އެހީ ތަކެއް ދޭ އޯގަތެރި ގައުމެއް... ޝުކްރިއްޔާ އެމެރިކާ...
ސިރު
04 June 2021
ޝޭހުން ބުނަނީ ކީކޭ.
ކަކުނިބޯ
04 June 2021
ޢޭގެތެރޭ އެބައޮތްތަ ފްރަންޓްލައިން އެލަވަންސް އެހެހeންވިއްޔާ އެ ދީބަލަ އަވހަށް އެއްޗެއްވެއްޖިއްޔާ ދޭނަމޭކިޔާތި އެފެންވަރުނެތަސް
ބަނޑޭރި
04 June 2021
ޝަރުތަކަށް އެމެރިކާއިން ބުނެފަވޭތޯ ފަލަސްތީނު މައްސަލައިގެ ތެރެއަށް ދިވެހިން ނުވަނުމަށް. ހަމަ އަހާލީ އަނގަ ގަދަކަމުން
އ އެމްސް
04 June 2021
އެމެރިކާ އެ އް ނޯންނާނެ ކުރަން ކުރާކަށް! އިއ އްޔެގެ ޚަބަރުގަ އެވާހަކަ ގޮވީ، މި އަދު އެ އޮތީ ކަންކޮށް ނި އްމާފަ! ރާ އްޖޭގެ ސްޓެލްކޯ އަށް އެ އުޅެނީ 3 އަހަރު ވީ އިރު ހުޅުމާލެ ފޭސް 2 ގެ ފްލެޓްތަކަށް ކަރަންޓް ނުދެވިގެން! އެޗްޑީސީ އެ އުޅެނީ ނިމިފަ ހުރި ފްލެޓްތަކެ އް އަދި އަދަށްވެސް ޙަވާލުނުކުރެވިގެން! ކޮވިޑޭ، އެވިޑޭ ކިޔާލަ ކިޔާލަ ތި އްބަސް ސަރުކާރު އެންމެނަށް ބަރާބަރަށް މުސާރަ ހިނގާތާ!
ޢާދަނުބެ
04 June 2021
ތި އެތްޗެހި ވާތަނެތް ނޭނގެ
ލާމަސީލު
04 June 2021
ފްރޮންޓްލައިން އަކީ ސަރުކާރުން މުސާރަދޭ މީހުން އެކަނި. ކަސްޓަމްސް އިން މުދާނެރޭ ބްރޯކަރުންނަކީ މިމީހުން ދެކޭގޮތުގައި ވޭސްޓް. އެކަމަކު ރިސްކް ނަގައިގެން މުދާ ނުނެރޭނަމަ ތިކިޔާ ފްރޮންޓްލައިންގަ އުޅޭ މާތް ބޭފުޅުންތިބޭނީ ނުކައިނުބޮއި ބަނޑަށްޖެހިފަ. ލަދުހަޔާތްކުޑަބައެއް. ޕްރައިވެޓް ސެކްޓަރ ހަލާކުއަރުވާލަނީ
ސަވިއްތަ
04 June 2021
ތޭންކްސް ޔޫއެސް އެއިޑް ގެ މިކޮޅު ކުއްޖާގެ ހިއްވަރަށް. ސާބަސް ދަރިޔާ.