މާލީ ގޮތުން ބަޔަކު ބައިވެރިވެފައި ވޭތޯ ބަލަން އެމެރިކާގެ ތަޖުރިބާކާރެއްގެ އެހީ އަންނަނީ ހޯދަމުން
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ނޫސްވެރިންގެ ސުވާލުތަކަށް މިއަދު ޖަވާބުދެއްވަނީ. -- ފޮޓޯ: ޕޮލިސް
06 ޖޫން 2021 - 13:41
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އެއީ ބަޔަކު ފަންޑުކޮށްގެން ދިން ހަމަލައެއް ނަމަ، އެ ބަޔަކު ހޯދޭނެ ކަމުގެ ޔަގީންކަން ފުލުހުން މިއަދު ދީފި އެވެ.
މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ 8:30 ވާން އުޅެނިކޮށް، ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް، އައިއީޑީއެއް ގޮއްވައިލި ދިން ޓެރަރިސްޓް ހަމަލާ އަށް މަހެއް ވުމާ ދިމާކޮށް، ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގައި ބުނީ މިހާތަނަށް ލިބިފައިވާ ސީސީޓީވީ ފުޓޭޖްތަކުން މުހިންމު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަފުސީލްތައް އަދި ހާމަނުކުރެވެން ނެތީ ތަހުގީގު ބައްޓަން ކޮށްފައިވާ ގޮތުން ކަމަށެވެ.
"މި މައްސަލައިގެ ތަހުގީގުގައި އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސް އާއި އެމެރިކާގެ މިކަމުގެ ފަންނީ މާހިރެއް އެހީ ވެސް އަންނަނީ ލިބެމުން. އަދި މި ތަހުގީގަށް ބޭނުންވާ ފޮރެންސިކް ތަހުލީލުތައް ކުރުމުގައި ވެސް އެ ފަރާތްތަކުގެ އެހީ އަންނަނީ ލިބެމުން،" މި ހަމަލާގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ތަހުގީގަށް އެއްކޮށްފައިވާ ފޮރެކްސިކް ހެކިތަކުން ވެސް މުހިންމު ހެކިތަކެއް ލިބިފައިވާ ކަމަށެވެ. އެއީ، އިންސާފަށް ވާސިލުވުމަށް މުހިންމު ދައުރެއް އަދާކުރާނެ ހެކިތަކަކަށް ވާތީ އޭގެ މައުލޫމާތު އާންމު ނުކުރަން ނިންމާފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ.
މި ތަހުގީގުގެ މައިގަނޑު މަގުސަދަކީ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި ހަމަލާ ރޭވުމުގައި އުޅުނު މީހުންނާއި އަދި މި ހަމަލާ ދިނުމަށް އެއްވެސް ގޮތަކުން މާލީ އެހީތެރިކަން ބަޔަކު ފޯރުކޮށްދީފައިވާ ނަމަ އެ ބަޔަކު ހޯދުން ކަމަށް ފުލުހުން ބުނާ ބުނުން މިއަދު ވެސް ތަކުރާރު ކުރި އެވެ.
ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ފަރާތުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ --- ފޮޓޯ: ޕޮލިސް
"ޓެރަރިޒަމް ފައިނޭންސިންގެ [ހަމަލާއަށް ހަރަދުކުރުމުގައި] ކުށްތައް ތަހުގީގު ކުރުމުގެ ދާއިރާ އިން ދިވެހި ފުލުހުންގެ ގާބިލުކުރަން އިތުރު ކުރުމަށް އެމެރިކާގެ ސަރުކާރާ ގުޅިގެން، އެމެރިކާގެ މިކަމުގެ ފަންނީ މާހިރެއްގެ ލަފަ އާއި އި އިރުޝަދާ އެކީ މި ވަގުތު މަސައްކަތް ކުރެވެމުން އެބަދޭ،" ޝިފާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ސީދާ މި ހަމަލަ އަށް ބަޔަކު ފަންޑު ކޮށްފައި ވޭތޯ ބެލުމަށް ކުރާ ތަހުގީގުގައި ވެސް އެމެރިކާގެ ފަންނީ މާހިރުގެ އެހީތެރިކަން އަންނަނީ ހޯދަމުންނެވެ.
މި ހަމަލާ އަށް ފަންޑުކުރި ބަޔަކު ތިބި ނަމަ އެ ބަޔަކު ހޯދުމުގައި ކުރިއެރުން ލިބިފައިވޭތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ފުލުހުން ބުނީ އެފަދަ ކަމެއް ހިނގާފައިވާ ނަމަ، ތަހުގީގަށް މިހާރު ލަފާދޭ ތަޖުރިބާކާރުންގެ އެހީއާ އެކު އެކަން ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މިކަމުގައި ކުރިއެރުންތައް ލިބިފައި ވިޔަސް، މިކަމާ ބެހޭގޮތުން އެއްވެސް ތަފްސީލް ނުދެވެނީ، މި ތަހުގީގާ ގުޅޭ ގޮތުން ކުރިއަށް ހުރި ކަންކަމަށް ހުރަސްއެޅިދާނެތީ ކަމަށް ބުންޏެވެ.
- މި ހަމަލާގެ ތަހުގީގަށް އެކި ގޮތްގޮތުން 150 އަށް ވުރެ ގިނަ މީހުން މައުލޫމާތު ދީފައިވޭ.
- އާންމު ރައްޔިތުންނާއި ފުލުހުންގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި 25 ތަނެއް ބަލާ ފާސްކޮށްފައިވޭ.
- ހަމަލާއާ ގުޅުން ހުރި ކަމަށް ތުހުމަތުވާ ހަތަރު މީހެއް ހައްޔަރުކޮށްފައިވޭ.
- ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިން ހިންގި ހަރުކަށި ފިކުރާ ދެކޮޅު ޚާއްސަ އޮޕަރޭޝަންގައި ތުހުމަތުކުރެވޭ 10 މީހަކު ހައްޔަރުކޮށްފައިވޭ.
- އާންމު ރައްޔިތުންނާއި ފުލުހުންގެ ސީސީޓީވީ ފުޓޭޖުތައް ހިމެނޭ ގޮތަށް 200 އަށް ވުރެ ގިނަ ޕުޓޭޖުތައް ބަލައި، އެނަލައިޒްކުރުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުން.
މި ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުން މިހާތަނަށް މައުލޫމާތު ހާމަކޮށްފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އެވެ. ފުލުހުން ބުނީ މީގެ އިތުރުން ހައްޔަރުކޮށްފައިވާ މީހުންނާ ހަމަލާއާ ގުޅުން ހުރިތޯ މިހާރުވެސް ބަލަމުން އަންނަ ކަމަށާއި ތަހުގީގަށް ފަހު އެ މައުލޫމާތު ހާމަކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުވާނެ
14 December 2021
ނުހޯދޭނެ…
ޖާބެ
07 June 2021
ޢެއްވެސް މީހަކައް އިންސާފެއް ނުލިބޭނެ ، ފުލުހުންގެ މުއައްސަސާ ރިފޯމްކޮށްމަތީފަޑި ބެރުކުރަންޖެހެ ، ޑރ.އަފްރާޝީމް އަށް ވިގޮތް އޭރުގެ ކަމިޝަނަރު ބުނީ އެގެޔޭ ޝަރިއަތުގެ މަޖްލީހުގައި ބުނާނަމޭ އަދިވެސް ނޭންގެ ...
ބޮޑުމީހާ
06 June 2021
ތަހުގީގު ނުނިމެނީސް ނޫސް ކޮންފަރެންސް ބާއްވަނީ ކީއްކުރަން! ސުވާލެއް ކުރާއިރަށް ތި މައުލޫމާތު ނުދެވޭނެ ތަހުގީގުކުރާތީ
ހަސަދު
06 June 2021
ހޯދޭނެބާ!!. ކިތައްމަރު ފުނަކަށް ނުދެވުނު. ފެއިލް ފެއިލް.
އެޅަބެއްޔާ
06 June 2021
އެންމެ އިންސާފު ވެރި ގޮތަކީ ސެލްވަމް ގެނެސް ތިކަން ބެލުން، އެއަށް ފަހު ކޯނީ ރިޕޯޓް އަށް ހެދި ހެން ސިއްރު ކޮށް 25 އަހަރަށް ޑިފެންސް ގަ ރައްކާކުރި ގޮތަށް މިފަހަރު 30 އަހަރަށް ކަނޑުފައްތަން.
ގަނިހައްވަ
06 June 2021
ހުސް ގާނޫނާ ހިލާފް. ކޮބާ ޓްރާންސްޕޭރަންސީ ... މީ ޑިމޮކްރަސީ ތޯ - ގާނޫނާ ހިލާފް ހާމަކުރޭ ގެއްލޭނެ އެއްޗެއް ނުހުންނާނެ.، އޭރުން ހަމަ އެބަޔަކު ހޯދޭނީ ... ތިޔަ ސިއްރުކުރަނީވައްކަން.
މަޒް
06 June 2021
ދެން ފަންޑު ނުކުރާކަމެއް ފަންޑު ކުރިކަމަށް ނިންމައި މައުސޫމު މީހަކަށް އަދަބު ނުދޭތި ކެނެރީ އާއިލާ ހިތްހަމަ ޖައްސަން.. މި ގައުމަށް ބޭނުންވަނީ އިހްލާތެރި ވެރިން.. އެކަން ނެތް ހަމަ އެއްވެސް ވެރިއެއްގެ.. އެބަޔަކު ބޭނުން ގޮތަށް ރައްޔިތުން ގަނަ ތަޅުވަނީ
އެޅަބެއްޔާ
06 June 2021
ބޭނުމިއްޔާ ހޯދޭނެ......
ހީވާ
06 June 2021
އެހަމަލާގެ ތަކެއްޗަށް މާބޮޑު ޚަރަދެއްނުދާނަމަ އެވިސްނުމުގެ ބަޔަކު އަމިއްލަ އަމިއްލައަށްވެސް ކޮށްލަފާނެ ތިޔަފަދަ ކަމެއް. އެމީހުންނާ ދިމާއަށް ދީނީ ހަރުކަށި މީހުންނޭ ކިޔާއިރު އެމީހުންގެ ތެރެއިން އެއްބައެއްގެ ވިސްނުން ހުންނަ ގޮތް އެއީ ބަލަންޖެހޭ އެއްޗެއް. އެއް ބަޔަކު އަމަލުކުރަނީ ދީނުގަ އޮންނަ ގޮތް އޮޅިގެން މާބޮޑަށް ދީނީވާންވެގެން. އެކަމަށް ފައިސާ ނުހިފަވެސް ކޮށްފާނެ. އެފަދަ ބައެއްގެ ބޮލަށް އެޚިޔާލު ވައްދާލަންޖެހޭނީ އެކަން ކުރުވަން އެކްޓިވޭޓްކުރަން
ބަނޑޭރި
06 June 2021
ފަންޑުކުރި ބަޔަކު ހޯދޭނެކަމާމެދު ޝައްކު އުފެދޭ. ސަބަބު މިއޮތީ. އަފްރާޝީމް، ރިލްވާން، ޔާމިން މީހުސް ބޮޑެތި މަރުތައް ކަމުގަ ކޮންމެ ސަރުކާރަކުންވެސް ދެކުނު މަރުތަކެއް. އެކަމު ހިތާމައަކީ މިއަދާ ހަމައަށްވެސް ދިވެހިދައުލަތުން އެ އާއިލާތަކަށް ދަރާފައޮތްކަން. އެކަންކަމުގެ ހަގީގަތް މިއަދާ ހަމައަށް އައިއިރުވެސް އެކަށީގެންވާ ވަރާ ގާތަށްވެސް ހާމަކޮށްފަ ނެތްކަން. މިމައްސަލައިގަ އަދިވެސް ފުލުހުން މިކިޔަނީ ހަރުކަށި ފިކުރު ހަރުކަށިފިކުރު. މިވަރަކުން ނުފުދޭ.