ޖެންޑާ ކޮމިޓީގެ މުގައްރަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު--
06 ޖޫން 2021 - 14:08
މި މަހުގެ ދެވަނަ ދުވަހުގެ ރޭ އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދު، ކޮވިޑް ބަލީގައި ހާލު ބޮޑުވެ، ނިޔާވި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް މާދަމާ ހާޒިރުކުރަން ނިންމައިފި އެވެ.
މިޝްކާ ނިޔާވުމުގައި އިހުމާލު އޮތް ކަމަށް އާއިލާ އިން ކުރާ ތުހުމަތުތަކާއެކު، އެ މައްސަލަ ހެލްތު މިނިސްޓްރީން ބެލުމަށް ފަހު، އާންމުކުރި ރިޕޯޓުން ވެސް އެއީ ހަގީގަތެއްކަން އެނގެ އެވެ. އެ ކުއްޖާ ނިޔާވުމުގެ ކުރިން ހޮސްޕިޓަލަށް ގެންދަން ބޭނުންވެގެން، ބެލެނިވެރިން ކޯލް ސެންޓަރަށް އެތައް ފަހަރަކު ގުޅި ކަމަށާއި ހާލު ބޮޑުވެގެން އެ ވާހަކަ ބުނުމުން، އެމްބިއުލާންސް ދާނެ ކަމަށް ބުނެ މައުލޫމާތު ދީފައި ވިޔަސް އޭރު ވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައި ނުވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.
މިޝްކާ ނިޔާވުމާއެކު، އެކަމުގެ މައުލޫމާތު ހޯދަން ކަމާ ގުޅޭ މުއައްސަސާތަކުގައި މަޖިލީހުގެ ޖެންޑާ ކޮމިޓީން އެދިފައިވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވި އެވެ.
އޭނާ، "މިހާރު" އަށް ވިދާޅުވި ގޮތުގައި މިއަދު 2:00 ހާއިރު އެ މައުލޫމާތު ކޮމިޓީއަށް ލިބޭނެ އެވެ. އެހެންވެ، މާދަމާ މެންދުރު 2:00 ގައި ނުވަތަ ހަވީރު 4:00 ގައި ހެލްތު މިނިސްޓްރީ އާއި އެޗްއާރުސީއެމްގެ އިސްވެރިން ކޮމިޓީ އަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށް ޖީހާން ވިދާޅުވި އެވެ.
މިޝްކާގެ މަރުގެ ޚަބަރާ އެކު އެޗްއާރުސީއެމުން ވެސް ބުނެފައި ވަނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ހެލްތު މިނިސްޓްރީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އެއީ އިމަޖެންސީ ހާލަތެއް ކަމެއް ބެލިފައެއް ނެތެވެ. އެފަދަ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތަށް އަމަލުކޮށްފައި ވެސް ނުވާ ކަމަށާއި އެމްބިއުލާންސް ޓްރިގާ ކުރަންޖެހޭ ވަގުތު އެކަން ވެސް ކޮށްފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ.
އިމަޖެންސީ ކޭސްއެއްގެ ގޮތުގައި ރިޕޯޓްކުރި ހިސާބުން ފެށިގެން އެމްބިއުލާންސް ޓްރިގާކުރެވުނީ ދެ ގަޑިއިރާއި 26 މިނެޓު ފަހުންކަން ވަނީ ހާމަވެފަ އެވެ. މިއީ އިމަޖެންސީއަކަށް ވިޔަސް ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރަށް ބެލިފައި ނުވާކަން ކޯލް ލޮގްތަކުން އެނގޭ ކަމަށާއި އަދި މައުލޫމާތު ހިއްސާކުރަންޖެހޭ ފަރާތްތަކަށް އެ މައުލޫމާތު ދިން ނަމަވެސް އެމްބިއުލާންސް ފޮނުވަން އަންގާފައި ނުވާކަން ރިޕޯޓްގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމަ333
06 June 2021
މިގައުމުގަ އިންސާފު ލިބޭނީ ކިހިނެތް? ދައުލަތުގަ މަތީފަޑީގަ ޒިންމާދާރުވާންޖެހޭ މަގާމުތަކުގަ މިތިބެނީ ގިނަ ފަަހަރު ކުށްތަކަށް މަގުފަހިކުރުވާ އެކަންކުރާ މީހުން....
އުސްމާނުބެ
07 June 2021
އިންސާފު ލިބޭނީ އެމީހަކީ ދައުލަތުގެ ނުވަތަ ދައުލަތުގެ ބަލަދު އަރާ އިއްޒަތްތެރި މެމްބަރަކައް ވެއްޖެޔާ.... އޭރުން އިންސާފު އެމީހެއްގެ ފަހަތުން ދުވާނު....... ބާކީތިބި މީހުން ހުސް ނާށިގަޑު ހިފައިގެން އިންސާފައް ގޮވާލަ ގޮވާލަ ތިބެން ޖެހޭނީ.. މީހަގީގީ މަންޒަރު ކޮންމެ ސަރުކާރެއް އަޔަސް.
ކަލީމާ
06 June 2021
ތަންކޮޅެެއް އަވަހެއް ނޫންތޯ؟ ކުރީގެ އިސްތިއުފާ ދިން ރައީސް ނަޝީދުގެ ކަންކަން ބަލާ އޭނާ ހިންހަމަޖައްސާދީފަ ދެންވެސް ކަލޭމެންނަށް ވަގުތު ވިއްޔާ ތިޔަކަމާ އުޅެލާ! އެވެސް ނަމެއްގަ! ލަދުން ބޯހަލާކު!
ބަނޑޭރި
06 June 2021
ތިޔަ ޖީހާނުމެން ލައިގެން ނުނެގޭނެ މަރުވެފަ އޮތް ބޯވައެއްވެސް. ސަފާރީ ކޭސް ފުރުވާލީ. އީސަ އަދިވެސް ހަމަ ފްރީކޮށް. ދެން ކޮން މައްސަލައެއް ބެލޭނީ. އަދިވެސް ކަމެއް ބަލަންޏާ ތިޔަ ކޮމިޓީއަކުންވެސް ނަޝީދުގެ މައްސަލަ ބަލާ. އެއީ މިހާރު މިގައުމުގަ ނުވެފަ އޮތް ކަމަކީ
މަހަސް
06 June 2021
މިދެން ކިހާ ބޮޑުކަމެއް. އިންސާފެއް ލިބެނީކީނުން. މިވަރުގެ ކެހި ވެރިކަމެއް ދުވަހަކުސް ނުދެކެން މަކަރާ ހީލަތް
މުސްތޮފާ/ ފޭރުމާގެ. ލ. މާބައިދޫ
06 June 2021
ސަފާރީ ރޭޕް ކޭސް އާއި އީސަގެ ގެވެށި އަނިޔާގެ މައްސަލަ ބަލާބަލަ
ސީކިޑް
06 June 2021
ދެން ކީކުރަން އުޅޭ ކޯޓުތަކެއް !! މި މަޖިލީހުން ހުރިހާކަމެއް ނިންމީމަ ކިހާ ޙަރަދު ކުޑަވާނެ.
ދިންޔާ
06 June 2021
ތިޔަކަމުގަ ބެލެނިވެރިންގެ އިހުމާލު ނުވޭބާ! އެތަށްގަޑި އިރެއވީ އިރު އެމްބިއުލަންސަށް ބަލަން ތިބޭކަށްނުވާނެ ގެންދެވުނު ގޮތަކަށްވާނީ އަވަހަށްގެންދަން. ވ ދެރަ ހިތާމަވެރި ކަމެއްތި ހިނގީ
ފަރުދު
06 June 2021
ތިކަން ލަސްވެސްވެއްޖެ. ޖަވާބުދާރީވާންޖެހޭ އެއްވެސްފަރާތެއް ޖަވާބުދާރީވަނީކީނޫން. ޖަވާބުދާރީވާންޖެހޭ އެއްވެސްބަޔަކު ޖަވާބުދާރީ ވަނީކީވެސްނޫން. ނުކުރެވިގެންއުޅޭހައިވެސް ކަމަކީ ކުއްލިހާލަތުގައިގުޅާނެ ނަންބަރު އިތުރުކުރެވޭތޯއާއި މިފަދަކެމެއް ނުވާނެގޮތްރޭވުން! ޑިޕާޓުމަންޓުން ޒިންމާދާރުނުވާނަމަ، މިނިސްޓްރީއިން ޑިޕާޓުމަންޓު ޒިންމާދާރުކުރެވެންޖެހޭނެ. މިނިސްޓްރީއިން ޒިންމާދާރުނުވާނަމަ، ދައުލަތުގެ ވެރިޔާ މިނިސްޓަރު ޒިންމާދާރުކުރުވަންޖެހޭނެ.
ބައި
06 June 2021
މިހާރު މަޖުލީހަކީ ގާނޫނުހަދާތަނެއް ނޫންދޯ. ރާއްޖޭގައިހުރި ހަމައެކަނީ ތަހުގީގީ އިދާރާ އެއީ. ހިޔުމަންރައިޓްސް، އެންޓިކޮރޮޕްޝަން މިތިބަ އިންކުއަރީ/ރިޔާސީކޮމިޝަނާއި ފުލުހުންގެ އިދާރާވެސް އުވާލައި އެހުރިހާކަމެއް މަޖުލީހުން ކުރާގޮތަށް ރަސްމީކޮށް ނިންމަންވީ.
މަރޭމަރޭ
06 June 2021
ނޫސްވެރިންވެސް ފިރިހެނުންނާއި ފިރިހެންދަރިންގެ ކަންކަމުގައި ގަލަންނަގާތަނެއް ނުވަތަ ޓައިޕްކޮށް ޖުމްލައެއްވެސް ލިޔާނީ އަހަރަކުން އެއްފަހަރު، އެވެރިންގެ ވާޖިބަކީ ބޮލީވުޑްގެ ހަބަރުތައް މުޅި އޮންލައިން ފުރެންދެން ޕޭޖްގައިލިޔުން. އަމީތާބައް ކޮވިޑްޖެހޭ ވާހަކައާއި ފިލްމުސްޓާރުން ކެއްސާވާހަކަތައް. ނޫސްވެރިންގެ ވާޖިބު ނޫސްވެރިންއަދާނުކުރޭ. ފޒނ ވެސް ހަމައެގޮތް. މިކޮމެންޓްނުޖަހާނެ