ރިޕޯޓް

އިންޑަސްޓްރިއަލް ވިލެޖް: ސަރުކާރާއި ކައުންސިލުން ދެ ޑިޒައިނެއް!

އިންޑަސްޓްރިއަލް ޒޯން: ސިޓީ ކައުންސިލާއި ސަރުކާރުން ގެންގުޅެނީ ދެ ހިޔާލެއް -- ފައިލް ފޮޓޯ: މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭގެ ހުޅަނގު ފަރާތުން ހިއްކި ހަތް ހެކްޓަރު ބިމުގައި އޮތް އިންޑަސްޓްރިއަލް ވިލެޖު ތަރައްގީކުރުމުގެ ވިސްނުން އޭރުގެ ސަރުކާރުން ގެންގުޅުނީ ތޮއްޖެހިފައިވާ މާލޭގެ ތެރޭގައި ހުރި ގުދަންތަކާއި ގަރާޖުތައް އަދި ވޯކްޝޮޕްތައް އެތަނަށް ބަދަލުކޮށްގެންނެވެ. ވެރިކަން ބަދަލުވިއިރު ޕްލޭން ކުރި ގޮތަށް އެކަން ކުރެވިފައެއް ނުވެ އެވެ. އެތަން މިހާރު އޮތީ ކުނިބުންޏާއި ބޭނުންނުކުރާ އުޅަނދުފަހަރު ޕާކުކޮށްފައި އޮތް "ގޮނޑެއްގެ"ގެ ގޮތުގަ އެވެ.

ކުރީ ސަރުކާރުން 170 މިލިއަން ރުފިޔާ ހޭދަކޮށްގެން ހިއްކި ހަތް ހެކްޓަރުގެ އެ ބިން މި ސަރުކާރުން ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް "މިހާރު" އަށް ވަނީ ލިބިފަ އެވެ. އޭގައިވާ ގޮތުން ކުރީ ސަރުކާރުގެ ޕްލޭންގައި ހިމެނޭ ގުދަންތަކާއި ގަރާޖުތަކާއި ވޯކްޝޮޕްތަކެއް އެތަނަކު ނެތެވެ. އަދި ޕްލޭނިން މިނިސްޓްްރީން ވެސް ބުނި ގޮތުގައި މި ސަރުކާރުން އެ ސަރަހައްދު ބޭނުންކުރާނީ "ކޮމިއުނިޓީ ރެކްރިއޭޝަނަލް" ސަރަހައްދެއްގެ ގޮތުގަ އެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި އިންޑަސްޓްރިއަލް ވިލެޖް ތަރައްގީކުރާނެ ގޮތުގެ ކޮންސެޕްޓް ޕްލޭން އެކުލަވާލިއިރު މައިގަނޑު ގޮތެއްގައި އިސްކަން ދީފައިވާނީ މާލެއަކީ މިހާރު ވެސް، އިޖްތިމާއީ ހަރަކާތްތަކަށް ޖާގަ މަދު ރަށަކަށް ވާތީ އެކަންތައްތަކަށް ބަލައިގެންނެވެ.

މާލެ، ހިތްފަސޭހަ ފެހި ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރުމާއި، މާލެ އަށް ބޭނުންވާ ޕާކިން ޖާގަ އިތުރުކުރުމަށް ޕާކިން ލޮޓްތަކެއް ގާއިމުކުރުން މި ޕްލޭންގައި ހިމެނެ އެވެ.

އެ ޕްލޭންގައިވާ ގޮތުން އެތަނުގެ އެކި ބްލޮކްތައް ވަނީ އެކި ކަންކަމަށް ބަހާލައިފަ އެވެ. އެ ޕްލޭންގައި އެ ސަރަހައްދުގެ ބްލޮކް ދޭއް އަދި ތިނެއްގައި ސެންޓްރަލް ބަސް ޓާމިނަލް އަދި ޓާމިނަލް އާ ގުޅުންހުރި ކަންތައް ހިމަނާފައިވާއިރު ބްލޮކް ނަންބަރު ހަތަރެއްގައި ޕަބްލިކް ގްރީންސްޕޭސް އެއްގެ ގޮތުގައި އާއި، ކަސްރަތު ފަދަ ހަރަކާތްތަކަށް ބޭނުންކުރެވޭ ގޮތަށް ލޭންޑްސްކޭޕް ކުރެވިފައިވާ ސަރަހައްދެއް ހިމެނެ އެވެ.

ބްލޮކް ފަހެއްގައި އާންމު ފަރާތްތަކަށް ކުޅިވަރު ކުޅެވޭނެ ސަރަހައްދުތަކެއް، ބްލޮކް ހަތެއްގައި ޕަބްލިކް ރެސްޓް ރޫމްސް، ބްލޮކް އަށެއްގައި މިހާރު ވެސް ޕެޓްރޯލް ޝެޑް ތަރައްގީ ކުރަމުންދާ ސަރަހައްދު ހިމެނެ އެވެ. އެތަނުގެ ކުރިމަތިން ލޭންޑްސްކޭޕް ކޮށްފައިވާ ސަރަހައްދެއް ހިމެނޭއިރު ބްލޮކް ނުވައެއްގައި އާންމު ފަރާތްތަކަށް ކުޅިވަރު ކުޅެވޭނެ ސަރަހައްދުތަކެއް، ބްލޮކް 10 ހެވީ ވެހިކަލް ޕާކިން ވެސް ހިމެނެ އެވެ.

"ޖުމްލަ ގޮތެއްގައި ވީހާ ވެސް ފެހިކަން ގަދަ އޯޕަން ސްޕޭސްއެއްގެ ގޮތަށް ތަރައްގީ ކުރުމަށް ބާރު އަޅާފައި ވާނީ،" މިނިސްޓްރީން ބުނެ އެވެ.

ކުރީ ސަރުކާރުގެ ހިޔާލާއި މި ސަރުކާރުގެ ހިޔާލު، އެ ސަރަހައްދު ތަރައްގީކުރުމުގައި ތަފާތު ނަމަވެސް ބޭނުމަކީ، އަސްލަމް ވިދާޅުވި ގޮތުގައި، މައިގަނޑު އެއް ކަމެކެވެ. މާލެއަކީ ހިތްފަސޭހަ، ހަމަޖެހޭ ތަނަކަށް ހަދައިދިނުމެވެ.

ޔާމީންގެ ސަރުކާރުގެ ޕްލޭން މި ސަރުކާރަށް ކަމުނުދާ ސަބަބުތައް

އިންޑަސްޓްރިއަލް ޒޯންް ތަރައްގީކުރުމަށް ޕްލޭނެއް އެކުލަވާލި ސަބަބެއްގެ ގޮތުގައި މިނިސްޓްރީންް ބުނަނީ ކުރިން ޕްލޭން ކޮށްފައިވާ ގޮތަށް އެ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި އެ ޕްލޭނާ އެއްގޮތަށް އެތަނުގައި އިމާރާތްތަކެއް ކުރަން ޖެހުމެވެ.

އެކަމަކު އެ ސަރަހައްދަކީ، ހުޅަނގު މޫސުމުގައި އުދަ އަރާ ސަރަހައްދަކަށް ވާތީ، އިންޑަސްޓްރިއަލް ވިލެޖްގެ ގޮތުގައި ތަރައްގީ ކުރުމަށް ބޭނުންވާ އިމާރާތްތައް އެތަނުގައި ކުރުމަކީ ދެމެހެއްޓެނިވި ގޮތެއް ކަމަށް ނުފެންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އަނެއް ސަބަބަކީ މާލެ އާބަން ރީޖަން އަށް އަމާޒު ކުރެވޭ އެންމެ މުހިއްމު މަޝްރޫއުއެއްގެ ގޮތުގައި އޮތް މާލެ- ވިލިމާލެ- ގުޅިފަޅު- ތިލަފުށި ބްރިޖާ އެކު މި ރީޖަންގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު އައިސް ކުރީ ސަރުކާރުން އިންޑަސްޓްރިއަލް ވިލެޖުގައި ކުރަން ރޭވި ކަންކަން ގުޅިފަޅަށް ބަދަލުވުމެވެ. އެހެންވެ، މާލޭގައި އިތުރު އިންޑަސްޓްރިއަލް ވިލެޖެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށް މިނިސްޓްރީން ދެކެ އެވެ.

މި ސަރުކާރުން އިންޑަސްޓްރިއަލް ވިލެޖް ތަރައްގީކުރާ ގޮތުގެ ޕްލޭން

މިހާރުވެސް ދިރިއުޅުމުގެ މައްސަލަތައް ގިނަ މާލެ، މި ޕްލޭނާ އެއްގޮތަށް ތަރައްގީކުރެވިއްޖެ ނަމަ އިޖުތިމާއީ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

މޭޔަރު ވިދާޅުވަނީ ސަރުކާރުގެ ޕްލޭނަކީ ރައްޔިތުންގެ ޕްލޭން ނޫން ކަމަށް

ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި ޑރ. މުހަންމަދު މުއިއްޒު ހުންނަވައިގެން ހެދި އިންޑަސްޓްރިއަލް ވިލެޖަށް، މާލޭގައި ހުރި ގުދަންތަކާއި ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލުކުރަން ނިންމާފައިވާ ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ފަށައިފަ އެވެ.

އިންޑަސްޓްރިއަލް ވިލެޖް-- ފައިލް ފޮޓޯ: މިހާރު

މާލެތެރޭގައި ހުރި ގުދަންތަކާއި ގަރާޖުތަކާއި ވޯކްޝޮޕް އަދި ވަޑާންގެތަކާއި ގާއެޅުން ފަދަ ސިނާއީ މަސައްކަތް ކުރާ ތަންތަން އެކަމަށް ހާއްސަ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން ސަރުކާރުގައި ދަންނަވަން ނިންމަވައި އެކަމުގެ މައުލޫމާތު އެއްކުރަން މިދިޔަ ބުރާސްފަތި ދުވަހު ސާވޭއެއް ވެސް ފަށާފައިވެ އެވެ.

މުއިއްޒު ރޭ ވިދާޅުވި ގޮތުގައި މާލޭގެ ތަރައްގީގެ މަޝްރޫއުތައް ގެންދާނީ ކައުންސިލްގެ ބައިވެރިވުމާ އެކުގަ އެވެ. އޭނާ އަދި ވިދާޅުވީ އެކަން ކުރާނީ ވެސް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ވެސް ހޯދައިގެން ކަމަށެވެ.

"އެ ޕްލޭން [މިނިސްޓްރީގެ ޕްލޭން] އަދި އަޅުގަނޑުމެންނާ ހިއްސާކޮށްފައެއް ނުވޭ. އޮތިއްޔާ ދެއްވާނެ ކަމަށް ބަލަނީ. އެތަން އަޅުގަނޑުމެން ހިއްކީ މާލޭ ތެރޭގައި ހުރި ކަމުނުދާ ތަންތަން އެތަނަށް ބަދަލުކުރުމަށް. އެކަންތައް ހާސިލުކުރެވޭނެ ގޮތަކަށް ކުރިއަށް ދާނީ،" މުއިއްޒު ވިދާޅުވި އެވެ.

"ރައްޔިތުން ހިޔާލު ހޯދައިގެންނެއް ނޫން ތި ޕްލޭން ތި އޮތީ. އެހާ ބޮޑު ބިމެއް ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ފައިދާއެއް ނުވާނެ ގޮތަކަށް ކުރިއަށް ގެންދިއުމަކީ ރަނގަޅު ކަމެއް ކަމަށް ނުފެނޭ. ކައުންސިލާއި ރައްޔިތުން ބައިވެރިކޮށްގެން ފައިދާވޭތޯ އަޅުގަނޑުމެން ބަލަން ޖެހެނީ."

މޭޔަރުކަމާ ހަވާލުވެވަޑައިގެން މުއިއްޒު ވިދާޅުވި ގޮތުގައި މާލޭގެ ޓްރެފިކް މައްސަލައަށް ވެސް އޮތް ހައްލަކީ ގުދަންތަކާއި ވޯކްޝޮޕްތައް އެ ސަރަހައްދަށް ބަދަލުކުރުމެވެ. ދިރިއުޅެން ފަސޭހަ ތަނަކަށް މާލެ ހެދޭނީ ދިރިއުޅޭ ތަނެއްގައި ހުންނަން ނުޖެހޭ ތަންތަން އެހެން ތަނަކަށް ބަދަލު ކޮށްގެން ކަމުން، ހައްލަކީ އިންޑަސްޓްރިއަލް ވިލެޖް ކަމަށް ވެސް މުއިއްޒު ދެކިވަޑައިގަންނަވަ އެވެ.

އިންޑަސްޓްރިއަލް ވިލެޖްގެ ޕްލޭން ހަދައި، ކަމާ ބެހޭ ވުޒާރާ އަށް ހުށަހަޅައިގެން އެ ތަން ތަރައްގީކުރާނެ ބަޔަކު ވެސް ހޯދާނެ ކަމަށް ވެސް މުއިއްޒު ކުރިން ވަނީ ވިދާޅުވި އެވެ.

18 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަރުތަ

10 June 2021

"ދިރިއުޅެން ފަސޭހަ ތަނަކަށް މާލެ ހެދޭނީ ދިރިއުޅޭ ތަނެއްގައި ހުންނަން ނުޖެހޭ ތަންތަން އެހެން ތަނަކަށް ބަދަލު ކޮށްގެން ކަމުން، ހައްލަކީ އިންޑަސްޓްރިއަލް ވިލެޖް ކަމަށް ވެސް މުއިއްޒު ދެކިވަޑައިގަންނަވަ އެވެ". ދެން މުއިއްޒު އެކަން ނުކުރީ ކީއްވެ، މުއިއްޒުމެން ކޮށްފަ އޮތް ޕްލޭނަށް މިސަރުކާރުން ކޮންމެހެން ކަންތައްތައް ކުރުން ލާޒިމެއްނުވާނެ، މުއިއްޒު މެނަށް ވިސްނުނު ގޮތަކަށް އޭރު ޕްލޭނުކުރީ، މިމީހުނަށް ފެންނަ ގޮތަކަށް މިމީހުން ޕްލޭން ކުރާނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

10 June 2021

ވަށަފަރު މުއިއްޒު އާއި މާތޮޑާ އަސްލަމް މެން ކަރުދާހުގައި ހަދާ ޕްލޭންތައްޙަޤީގަތަކަށް ނުވެގެންއުޅެނީ ކީއްވެގެންތޯބަލާން ޕްލޭންތަކާއި ދިރާސާތައް ކުރާންވެއްޖެނޫންތޯ. # އަކަކިލޯމީޓަރެއް ހަމަނުވާ މާލެއަކީ ތިޔަ ހުރިހާ ކަންކަމެއް ކުރެވޭނެ ބިންއޮތް ތަނެއްނޫން. އިންޑަސްޓްރިއަލް ޒޯނާއި، ކޮމާޝަލް ހެވީވެހިކަލް ޕާކިންގ ތަކާއި، ސެންޓްރަލް ބަސް ސްޓޭޝަނާއި، ރެސްޓް ރޫމް، ގްރީންޒޯން މިހިރަ ނަންތަކަކީ ފަރިތަ ނަންތަކެއް ކަމުގައިވިޔަސް ތިއީ ކުރެވޭނެ ކަމެއްނޫން.

The name is already taken The name is available. Register?

ރަޑާލި

09 June 2021

މާލެތެރޭގައި މިހިރަ ގަރާޖުތަކާއި ވޯކްޝޮޕްތަކާއި ލަކުޑި ގުދަންތަކާއި ނުކަލެއް ހިގާފެ ހުރިހާ ތަނެއް އިންޑަސް ޓްރިއަލް ވިލެޖަށް ބަދަލު ކުރާށޭ މުއީޒުމެން އެދައްކަނީ ރަގަޅު ހަމަޖެހޭ ވާހަކައޭ

The name is already taken The name is available. Register?

ހިތަދޫ ހުސެން

09 June 2021

މުއިޒް އޯކޭ އެކަމަކު މުއިޒްގެ މި ޕްލޭން ކަމަކު ނުދޭ! ގުދަން ހަދަ ކަހަލަ ތަނެއް ނޫން ތީކ،،،

The name is already taken The name is available. Register?

އަރުތަ

10 June 2021

މުއިއްޒުގެ މަޤްސަދަކީ މިސަރުކާރުން ކުރަން އުޅޭ ކޮންމެ ކަމަކަށް ހުރަސް އެޅެން އޮތްގޮތަކަށް ހުރަސްއެޅުން، އެއްވެސް އިޚްލާސްތެރިކަމެއް ހުރި މީހެއްނޫން މުއިއްޒުއަކީ، އެހެން ނޫންނަމަ ކުޑަބަނޑޮހާ ފޭދޫ ފިނޮޅު ވިއްކާލާފަ މިހާރު ކުއްލިއަކަށް މާލޭގަ ދިރިއުޅޭ ރައްޔިތުން ޕިކުނިކުދާން ފަރުކޮޅުފުށި ހަމަޖައްސާކަށް ނޫޅޭނެ، ދެވަނަ ކަމަކު ނޫން ހަމަ ފިތުނަ، ތީފިތުނަމޭޔަރު.

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

09 June 2021

މިސަރުކާރަށް ކަންކުރަން ނޭގޭކަން ވެރިކަންލިބުމާއެކު ރައްޔިތުންނައެގިއްޖެ.މާލޭގަހިގިބޮޑު އަލިފާނުގެ ހާދިސާގެފަހުން މިސަރުކާރުން ގުޅިފަޅަށް ގުދަންތަކާ ވޯކުޝޮޕްތަކާ ގަރާޖްތައް ބަދަލުކުރަން ބޮޑުޙަރަދެކުރިވާހަކަ ނޫސްތަކުންފެނުނު.ކޮބައިތޯ އެމަޝްރޫކިތައް ގުދަން ގަރާޖު ބަދަލުކުރެވިއްޖެތޯ.އެވިޔަފާރިވެރިންނަ ފަސޭހަވާނީ ގުޅިފަޅުގަ ޙިދުމަތްދޭންތޯ ޙިދުމަތްހޯދާމީހުންނަވެސް ފަސޭހަވާނީ ގުޅިފަޅުތޯ. މުއިއްޒުގެ މަސައްކަތް ރައްޔިތުން ބަލައިގަންނާތީ މިސަރުކާރަށް ހަޖަ

The name is already taken The name is available. Register?

އަރުތަ

10 June 2021

އިންޑަސްޓްރިއަލް ޒޯނަށް މުއިއްޒު ކިތަށް ގުދަނާ ވޯކްޝޮޕް ބަދަކޮށްފަބާ އެހުރީ ގޮސް. ޚިދުމަތް ހޯދާމީހެއްގެ ހައިސިސއްޔަތުން އަޅުގަނޑަށްވެސް ރަނގަޅީ މިގޭދޮރުމަތީގަ ވޯކްޝޮޕަކާ ވަޑާންގެއެއްވެސް ހުރުން، އެކަމަކު............

The name is already taken The name is available. Register?

އަލޭ

09 June 2021

މުއިއްޒުއަށް ބޮޑުބައި ދޫކޮށްލައިގެން ތިބެބަލަ. އިބޫގެ ވަޒީރުންނަށް ނުކުރެވުނު އެތައް ކަމެއް ކޮށްފަ މުއިއްޒު ދައްކަދޭނެ. މި ދައުރު ނިމޭއިރު އިބޫއަށް ރީތި ނަން ލިބޭނީ. މުއިއްޒުކުރާ ކަމަކުން ޕީޕީއަކަށް ލިބޭނެ މޮޅެއް ނޯންނާނެ.

The name is already taken The name is available. Register?

އަރުތަ

10 June 2021

މުއިއްޒުއަށް ރަނގަޅުވާނެކަންނޭގެ، ކުރީގަ އޮތް ކައުންސިލަށް ދިން ދަރަޖަ ދީފަ ސަހަރާތަކުގެ ބޭރު ފާރުބުޑުން ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުމާ ވިހާ މަރުވާ މީހުންގެ ދަފްތަރު އެކަނި ބަލަހައްޓަން ހަވާލު ކުރިއްޔާ، ކުޑަ ވަރެއްގެ އޮފީހަކާ އިށީންނާނެ ގޮނޑިއެއް ކޮންމެހެންވެސް ދޭންވާނެ، މުއިއްޒުމެން އެކަން ކޮށްނުދީ އޮތަސް.......

The name is already taken The name is available. Register?

ޝޯމޭން

09 June 2021

ދިވެހިރާއްޖޭގެ ގައުމީ ތަރައްގީގެ ދުރުރާސްތާ ޕްލޭނެއް ކުރިޔަށް އޮތް 20-25 އަހަރަށް ޓާގެޓުކޮށް އެކުލަވާލާ މި ޕްލޭނަކީ ކޮންމެ ސަރުކާރެއް އައިސް ބަދަލު ނުކުރެވޭ ވަރުގެ އެއްޗަކަށް ގާނޫނެއްގެ ދަށުން އެބަ ހަދަންޖެހޭ. އެހެންނޫނީ އަހަރުމެންތެރޭ މިއޮތް ޖެއްސުންކުރުމުގެ ސަގާފަތް ހިޔެއްނުވޭ ކެނޑިގެން ދާނެހެނެއް. ގައިމު ތި ގުދަންތައް މާލެތެރޭ ހުރެގެން ހިނގި ނުރައްކާތެރި ހާދިސާތައް މިސަރުކާރުގެ ވެރިންނަށްވެސް އިނގޭނެއެއްނު. ކުޅިވަރު ކުޅޭތަނެކޯ.. ކީކޭދެންބުނާނީ

The name is already taken The name is available. Register?

ޢަލީ00000

09 June 2021

ތިލަ މާލެ ބްރިޖް ފަށާނީ މިތަނުން ކަންނޭނގެ، ޕްލޭން އެއް ހަދާއިރު މިކަމަށް ވެސް ބެލުން މުހިންމު

The name is already taken The name is available. Register?

އަރުތަ

10 June 2021

ރަނގަޅު މިހާރު ކުރަހާފަ އޮތް ޕްލޭން އޮތީ އެގޮތަށް، އިންޑަސްޓްރިއަލް ޒޯނެއް ހަދަން ހިއްކިބިމުގެ ދެކުނުގަ އޮތީ ހައިވޭ (ބްރިޖް).

The name is already taken The name is available. Register?

ބެއް ޔ ގެ ހަސަންބޭ

09 June 2021

ކުރީ ގެ ސަރުކާރުން އެ ސަރަހައްދު ޑިޒައިން ކޮށްފައިވަނީ ވޯރާ ވި ޔާފާރި އަނެއްކާ ގެނައުމުގެ މަގުސަދުގައި

The name is already taken The name is available. Register?

ޙިނި

09 June 2021

ސަރުކާރައް ކަމެއް ނުވެ ރިހޭ ފައިމައްޗަ ފޮޔެ ވެއްޓޭ ވަރުން އުޅެނިކޮއް މުއިޒު މިނިކުތީ އާ މާލޭ ސަރުކާާރެއް ހަދައި އެޑުވާންޓޭޖު ނަގަން. ޢެމްޑީޕީގެ ބަނިއާދަން ކަމުން މުއިޒުގެ މިނިސްޓަރު ކަމުގަ ސިޓީ ކައުންސިލައް ހަދާލި ގޮތްހަދާލަންވެސް ނުކެރޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454