07 ޖޫން 2021 - 10:10
ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމިޓީ) އިން ކުރިޔަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރުވިޔަ ނުދޭން މަސައްކަތް ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.
މަޖިލީހުން ހިންގާ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރު ކުރަން 241 ކޮމިޓީން އެންގުމުން ޑިފެންސް މިނިސްޓްރީން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. އަދި ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށާއި ޖަވާބުދާރީ ވާނީ މުއައްސަސާ ކަމަށް ބުނެ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއި ކުރައްވައި ސިޓީއެއް ވެސް ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.
އެކަމާ ގުޅިގެން ނަޝީދު ވަނީ ޒަމީލްގެ މައްސަލަ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ވެސް ފޮނުވި އެވެ. ނަމަވެސް އެ ކޮމިޓީން ރޭ ވަނީ އެ މައްސަލަ ބޭރުކޮށްލަން ނިންމައިފަ އެވެ.
ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭ މައްސަލާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕް ރޭ ހޫނުވެފައި ވަނިކޮށް، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ނަޝީދުގެ ފަރާތުން ކަމަށް ވިދާޅުވެ އެ ގްރޫޕަށް މެސެޖެއް ފޮނުވައިފަ އެވެ.
ހަސަން މެދުވެރިކޮށް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވެފައި ވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ވިޔަ ނުދޭން މަސައްކަތް ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން ކަމަށެވެ. އެކަން ކުރައްވާ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ ކަމަށާއި ސިއްރު ކުރައްވަން އުޅުއްވަނީ ކޮން ކަމެއްތޯ އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.
"މިއީ ރައީސް ނަޝީދު. ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 އަށް ހާޒިރުވިޔަ ނުދޭން ތިޔަ މަސައްކަތް ކުރައްވާ ސަބަބެއް އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ. ކޮން ކަމެއްތޯ ސިއްރު ކުރައްވަން ތިޔަ އުޅުއްވަނީ،" ނަޝީދު ވިދާޅުވި އެވެ.
ވަކިވަކި ސިފައިން ހާޒިރު ކުރާ މައްސަލާގައި އެމްޑީޕީ ޕީޖީ ތެރޭ ހޫނުވެފައިވާއިރު 241 ކޮމިޓީން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވަން ނިންމައިފަ އެވެ. މިއީ ނަޝީދުގެ މައްސަލައިގެ އިންކުއަރީ ފެށި ފަހުން އެ ކޮމިޓީން މީޑިއާތަކާ ބައްދަލު ކުރާ ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭރުވެސް އިނގޭ!
07 June 2021
އިލްޙާމް ނުވިޔަސް، މިހާތަނަށް ރައީސް ނަޝީދުގެ ޢަމްލުފުޅު ތަކާއި، ބަސްމަގު ގެންގުޅުއްވި ގޮތުން އެނގޭ ރ. އިބޫއާ ޖެލަސްވެ ވަޑައިގަންނަވާކަން! އަދި މާ ގިނަދުވަހަކު ކެތްނުކުރެއްވޭނެ ކަން! ފާޅުގައި ރައީސް އިބޫ އާ އިދިކޮޅަށް ނިކުންނަވާނެ ކަން! އެހެންކަމުން މިހާރު އެއޮތީ، ބަރަވަލި ތޮށިގަނޑުން ބޭރުވެފައެވެ. ނަތީޖާއަކަށް ވާނީ އިދިކޮޅު ޕޕމ އާ ރައީސް ނަޝީދު ގުޅިވަޑައި ގަތުމެވެ!
މ އަސްލު
07 June 2021
ގަބޫލުކުރުންދަތި އެޕާޓީ އައް ހެޔޮއެދޭކަމަށް ޕާޓީ އަށް ހެޔޮއެދޭނަމަ ޕާޓީގެ މެމްބަރުން ބުރަބޮޑު މަސައްކަތުން ޕާޓީ އަށް ހޯއްދަވައި ދެއްވާފައިވާ ވެރިކަން ފުރަތަމަ ދައުރު ނިންމުމުގެ ފުރުސަތު ވެސް ނުދެއްވާ ވައްޓާލަން ތަފާތު މަސައްކަތް ނުކުރާނެ، ފިތުނަ ނުއުފައްދާނެ، އެކަނި ބޭނުމީ ވެރިކަން ރައްޔަތުންނަށް ހެޔޮއެދޭކަމަށް ގަބޫލު ނުކުރެވޭ، މާޒީއަށް ބަލާއިރު ހަގީގަތް އެބަފެނޭ އިބްރާ، މުނައްވަރު، އަލްހާނު، މޫސަ، އަދި ވެސް ހީވިހާ މީހެއް........
ޛފޖފޖޗޖ
07 June 2021
އެގްޒޭކްޓްލީ. މިހާރު މަވެސް ހިތަށްއަރަނީ މިހެން. މިސަރުކާރު ހޮވަން ވޯޓުލީއިރު ހީކުރިން މި ފަސްއަހަރު ދާނީ ވ އަމާންކޮށްކަމަށް. ހަގީގަތަކީ ގައުމަށާއި ރައްޔިތުންނަށް ހެޔޮއެދޭ ވެރިއަކު ނޫޅެކަން. މިކޮންމެ މީހަކުވެސް ބޭނުމީ ވެރިކަން. ވެރިކަން ބޭނުންވަނީ ރައްޔިތުންނަށް ހިދުމަތްކުރާކަށްނޫން އަމިއްލަ ބޮޑުކަންދައްކައި ބާރުގަދަކަންދައްކަން.
ޕްރޮފެސަރ ޕޮލިޓިކްސް
07 June 2021
ރައީސް ނަޝީދުގެ ވެރިކަން ނިމުނީ މާރިޔާ ބުނިގޮތަށް ސަރުކާރު ހިންގުމުން. ރައީސް ސޯލިހުގެ ސަރުކާރަށް ލޮޅުންއެރީ މާރިޔާ އަށް ޑިފެންސް ހަވާލު ކުރުމުންބާ؟
ނިރު
07 June 2021
މިއޮތީ ވާ ކަމެއް މިގަދަ ހިފުމުން ކާކްތޯ ގަދަވަނީ މަހުންނާނީ ބަލަން *** ކިތަންމެ ވަރެއްކުރިޔަށް ވެރިކަމުގެ ނިޒާމް ބަދަލް ކުރިޔަކަ ނުދޭނަން ހަމަ މިޤައުމުގަ އޮންނާނީ ރިޔާސީ ނިޒާމް. ނަޝީދު ބޮޑުވަޒީރުކަން ކުރަން ބޭނުމިއްޔާ އިންޑިޔަ އަށް ދޭ
ނޭނގޭ
07 June 2021
ނަޝީދު ޖަޒުބާތުގަ ޖެހިގެން އަޅަން އުޅޭ ޅައެއްޗެހި ހުއްޓުވަން އެއުޅެނީ. ވެރިކަން ވެއްޓޭ ހާލަތަށް ދުއްވާލަން ނަޝީދު ކުރަން އުޅޭ ކަންކަން ހުއްޓުވަން އެއުޅެނީ. ގޯހުންދާ ކަންކަން ރަގަޅުކުރަން އުޅޭ އުޅުމުގެ ނުބައި މާނަ ނަޝީދު ތިޔަ ނަގަނީ.
ގިތެޔޮގުޅި
07 June 2021
އަމިއްލަ އެދުމަށްޓަކައި ޤައުމުގެ ހަމަޖެހުން ނަގާލަން އުޅެނީ ކާކުކަން އެބަ އެނގޭ. ރައީސް އަށް ދަންނަވަން ވިސްނުންތެރިކަމާއި ކެތްތެރިކަމާއި އަމާނާތްތެރިކަމާއެކު ޤައުމު އަމާން ހިސާބަކަށް ގެންދިއުމަށް މަސައްކަތްކޮށްދެއްވުމަށް.
ވިގާރު
07 June 2021
ނަޝީދު ބޮޑުވަޒީރުކަން ހޯދަން ޖަހާ ކޮންމެ މަޅިއެއް ބޭކާރު ކޮށްލަނީ ރައީސް ސޯލިހްގެ ހިކުމަތްތެރި ވިސްނުމުން..ޝުކުރިއްޔާ ރައީސް..
ނެކްސްޓް
07 June 2021
މިއަންނި ބޭނުންހާ ކަމެއް ހަމައެއް ލަމައެއް ނެތި ވާންޖެހޭނެ.
މަޑެވެލި
07 June 2021
އެމްޑީޕީ ކުޅެމުންދާ ޑުރާމާ ބަލާކަ ބޭނުމެއްނުން ދެނެ
ްގިރާވަރު
07 June 2021
ކޮމާންޑައިންޗީފްކަން ބޮޑުވަޒީރަށް ދޭންވީނުން