މިސްބާހު.-
07 ޖޫން 2021 - 21:38
ގެއްލިގެން ހޯދަން އިއުލާނުކޮށްފައިވާ މިސްބާހް މުހައްމަދު ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައިވަނިކޮށް، އޭނާ އެކަން ދޮގުކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިރޭ އާއްމުވެއްޖެ އެވެ.
މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ޚަބަރެއް ނުވުމުން 25 އަހަރުގެ ޒުވާނާގެ މައްސަލަ އާއިލާއިން ޕޮލިހަށް ރިޕޯޓްކުރީ މިދިޔަ އޭޕްރީލް މަހުގަ އެވެ. އެހެންވެ، ފުލުހުން ވަނީ ހދ. ނޮޅިވަރަންފަރަށް އުފަން ޒުވާނާ ގެއްލިގެން ހޯދަން އިއުލާނުކޮށްފަ އެވެ.
އެކަމަކު ފަހުން ފުލުހުން ބުނީ، މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ 22:13 ގައި ފްލައި ދުބާއީން މިސްބާހް ފުރާފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ކަމަށެވެ. އޭނާ ދުބާއީ މަގުން ޕާކިސްތާނަށް ގޮސްފައި ވެ އެވެ.
ފުލުހުން މިދިޔަ ހަފުތާގައި ނެރުނު ބަޔާނުގައި ބުނީ މިސްބާހަކީ މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތީގެ "ގެރެންޓާ" ކަމަށް ބެލެވޭ ކަމަށެވެ.
🚨#Breaking: Pakistan gai drug network akun rahunu kohfa huri kamah bunaa Misbah ge video eh social media gai aanmu vehjje!
— #MvCrisis (@MvCrisis) June 7, 2021
Eyna bunanee drug network akaa gulhumeh nei kamah adhi Fuluhun hadhanee dhogu kamah!
Ithuru mauloomaathu: https://t.co/bzHIhkR25j pic.twitter.com/XWgFqcyE5W
މިރޭ އާންމުވި ވީޑިއޯގައި ފެންނަނީ ގަސްތަކެއް ކުރިމަތީގައި ހުރެ، އަމިއްލައަށް ނަގާފައިވާ ވީޑިއޯގައި މިސްބާހު ވާހަކަ ދައްކަނިކޮށެވެ. އޭނާ ބުނީ ޑްރަގްގެ ނެޓްވޯކަކާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.
"އަހަރެންނަކީ ޑްރަގްގެ އެއްވެސް ނެޓްވޯކާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން. އަހަރެންނޭ ކިޔައިގެން ފުލުހުން އެ ހަދަނީ ހުސް ދޮގު" ނުވަ ސިކުންތުގެ ވީޑިއޯގައި ބުނެފައި ވެ އެވެ.
ނަމަވެސް އެ ވީޑިއޯ ނަގާފައިވަނީ ކޮންތާކު ހުރެގެން ކަމެއް އަދި ކޮން ދުވަހެއްގެ ވީޑިއޯއެއް ކަމެއް ސާފެއް ނުވެ އެވެ.
ފުލުހުން ބުނި ގޮތުގައި މިސްބާހު ގޮވައިގެން ދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު އަށް ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އިރުފާނެވެ. އިރުފާނު ހައްޔަރުކުރީ މިސްބާހު ދުބާއީއާ އަށް ގެންގޮސް އެނބުރި އައި ފަހުން މަސްތުވާތަކެއްޗާ އެކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިޔާބުނީ
09 June 2021
ޚަބަރުކިޔާ މީހުން ހެން، އެއްޗެއް ބަލައިގެން ކިޔާ ހެން ވައްތަރީ
ޜުބިކަން
09 June 2021
ޢާ ކަލޭ ތީ ހުދުބޯކިރު ކޮޅެއް ،
ގަބޭ
08 June 2021
ހޫނ. ކަލެޔަށް ނޭގޭނެ ޑްރަގް އެއީ ކޯންޗެއކަންވެސް.
ޗޮސްބެ
08 June 2021
ވާހަކަދައްކާ ގޮތުންވެސް އެގޭ މީނަޔަށް ޑްރަގް އެއީ ކޮން އެއްޗެއްކަންވެސް ނޭގޭނެކަން.
މެމެމެމޭން
08 June 2021
ކޮއްކޯ ހާދަ ވަރު ދޫވެފަ ހުރި ގޮތަކަށް ތިޔާ ވާހަކަ ދައްކަނީ.
ވަހުތާނު
08 June 2021
ވާހަކަ ދައްކާ ގޮތަުންވެސް ކަލެއަށް ޑްރަގް އެއީ ކޯއްޗެއްކަންވެސް އެނގޭހެނެއް ހިޔެއް ނުވޭ.
ބާލައާދަނު
08 June 2021
ތެދެއް ތިބުނީ. އަނެއްކާ އާއިލާއިން ގެއްލިގެން ހޯދާކަން އެނގުނީމަ ކޯއްޗެކޭ މިކިޔަނީ..
ކިޔާން
08 June 2021
އޯކޭ ހަމަ މައްސަލައެއް ނެތް އެސޮރު އެހެންބުމީނަ ހަމަ އޯކޭ.. ފުލުހުންނަށް ނޭނގޭތީތަ ޑްރަގްބޯ ޕާޓޭއިން މުޅި މާލެ މަގުތަކުގަ މިނިވަންކަމާއެއކު އެ އުޅެނީ. ގައިމު ވިއްސަކަށް އަހަރު ވެދާނެ އެމީހުން ފާޅުގަ މާލޭ މަގުތަކުގަ އެ ވިއްކާ އެ ބޮއެ އެއިން ފެންވަރާ އުޅޭތާ. ކޮން ސަރުކާރަކަށް އެކަން ހުއްޓުވުނީ.
256ލ
08 June 2021
އެއިން ފެންވަރާ.. ހަހަހާ
ފައިލް ފޯލްޑަރ
08 June 2021
ނެނގޭ ކަމައް ހެދިގެން ތިބީމަ ފަސޭހަ ވާނީ. ގައުމު ދަވާލި އިރުވެސް. ޑްރަގް ބޯ މީހުން މަގު ކަންމަތީގަ ތިބޭއިރުވެސް. ފަންޑަމެންޓަލިސްޓުން އެޖެންޑާ ހިންގާއިރު. ހަނގުރާމަ އައް ރެކްރޫޓް ކުރާއިރު. ހިނގާ ބަހީ ޖަރުމަނުގެ ސެކިޔުރިޓީ ރަނގަޅު ތޯ ބަލަން.
ޢަބްދުލް
08 June 2021
އެސޮރު ނޫނަސް ތިޔަކަހަލަ ތުހުމަތު ކުރެވޭ މީހުން ދުނިޔޭގަ އެބަތިބި ދޯ؟ ވާހަކަ މަދުކޮށް ހަމަޖެހޭ ކަހަލަ ޢަމަލު ގިނަކުރަންވަނީ… ފުރިގަޑި، ހުރިތަން، ކުރެވޭ ޝައްކު، ނިމުމެއް ނުވާ ތަހުގީގު… އޭގެ އިތުރަށް ކުރެވެނީ ކޮންކަމެއް؟
ދެރަ
08 June 2021
ކަލޭ މައިންބަަފއިންނަށް ހުރިތަނެއް އަންގާލާ، އަހަރުމެނަށްހެޔޮ