މަސް މާރުކޭޓުގައި ހުރި މަސްތަކެއް. ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓު ކުރަނީ ކަޅުބަލި މަސް--ފޮޓޯ:
08 ޖޫން 2021 - 14:07
މިއަހަރުގެ ފުރަތަމަ ހަތަރު މަހު 20،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކޮށްފި އެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހަށް ވުރެ 3،000 މެޓްރިކް ޓަނު ދަށް އަދަދެކެވެ. މީގެ ތެރެއިން 16،000 މެޓްރިކް ޓަނު މަހަކީ ފިނިކުރި އަދި ގަނޑުކުރި މަހެވެ.
ރާއްޖޭން އެންމެ ގިނައިން އެކްސްޕޯޓުކުރަނީ ކަޅުބިލަ މަހެވެ. މިދިޔަ ހަތަރު މަހު 12،000 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް އެކްސްޕޯޓުކުރި އެވެ. ކަންނެލި ބާވަތުގެ 5،000 މެޓްރިކް ޓަނު ވަނީ އެކްސްޕޯޓުކޮށްފަ އެވެ. މިއަހަރުގެ މިހާތަނަށް 2،000 މެޓްރިކް ޓަނުގެ ދަޅު މަސް އެކްސްޕޯޓުކޮށްފައިވެ އެވެ.
ކަޅުބިލަ މަސް އެކްސްޕޯޓު ކޮށްގެން އޭޕްރީލް މަހު 51 މިލިއަން ރުފިޔާ ލިބުނެވެ. ގަޑުކުރި ކަންނެލި އެކްސްޕޯޓުކޮށްގެން 35 މިލިއަން ރުފިޔާ އެކްސްޕޯޓުކޮށްފައިވެ އެވެ.
މިދިޔަ އަހަރު ކޮވިޑްގެ އުނދަގޫ ހާލަތުގައި ވެސް 67،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކޮށްފައިވެ އެވެ. އެއީ 2019 ވަނަ އަހަރަށް ވުރެ 13،000 ޓަނު އިތުރު އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy