ކޭޝްކާޑު ބޭނުން ކޮށްގެން އޭޓީއެމްގެ ހިދުމަތް ހޯދަނީ. ރާއްޖޭގައި ދޫކުރާ ހުރިހާ ވިސާ ކާޑެއްގެ މައިގަނޑު ސެޓްލްމަންޓް ހަދާނީ ބީއެމްއެލް އިން.--ފައިލް ފޮޓޯ: މިހާރު
10 ޖޫން 2021 - 10:40
ރާއްޖޭގައި ހިންގާ ބޭންކްތަކުން ދޫކުރާ ވިސާ ކާޑުތަކުން ރާއްޖޭގައި ޑޮލަރުން މުއާމަލާތް ނުކުރެވޭ ގޮތަށް ހަދަން ނިންމި އުސޫލަށް އަމަލުކުރުން އެމްއެމްއޭ އިން ފަސްކޮށްފި އެވެ.
އެމްއެމްއޭ އިން ކުރިން އިއުލާނުކޮށްފައި އޮތީ ރާއްޖޭގެ ބޭންކުތަކުން ދޫކުރާ ވިސާ ކާޑުތަކުން، މިދިޔަ މަހުގެ 15 އިން ފެށިގެން ޓްރާންސެކްޝަންތައް ހިންގޭނީ ދިވެހި ރުފިޔާ ކަމަށެވެ. ނަމަވެސް މިހާރު ވަނީ އެގޮތަށް އަމަލުކުރަން ފަށާނީ އޮގަސްޓް 15 އިން ފެށިގެން ކަމަށެވެ.
މި ނިންމުމަށް އަމަލުކުރުން ފަސްކުރީ ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެ، ރައްކާތެރިކަމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައި، ހިދުމަތްދޭ ފަރާތްތަކަށް ގޮންޖެހުންތަކެއް ހުންނާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން މިބަދަލު ގެންނަނީ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް" ރާއްޖޭގައި ތައާރަފްކުރުމާ އެކު އެވެ.
ރާއްޖޭގައި ދޫކުރާ ވިސާ ކާޑުތަކުން ކުރާ ވިޔަފާރިތަކުގައި ބައެއް ތަންތަނުން ކަނޑަނީ ޑޮލަރުންނެވެ. ދިވެހި ރުފިޔާ ބޭނުންކުރާ ކާޑުތަކުން ވެސް އެގޮތަށް ޑޮލަރުން ކަނޑަނީ، އެނގިފައިވާ ގޮތުގައި، ބައެއް ވިޔަފާރިތަކުން ރާއްޖެއިން ބޭރުން ގެނެސް ހުންނަ ކާޑު މެޝިންތައް ވެސް މެދުވެރިކޮށެވެ.
ވިސާގެ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް"ގެ ގޮތުގައި އެމްއެމްއޭއިން ކަނޑައަޅާފައި ވަނީ ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އެވެ. އެހެންކަމުން ރާއްޖޭގައި ދޫކުރާ ހުރިހާ ވިސާ ކާޑެއްގެ މައިގަނޑު ސެޓްލްމަންޓް ހަދާނީ ބީއެމްއެލް އިންނެވެ.
ކޮވިޑްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހުއްޓުމުން އިގުތިސާދަށް ކުރިމަތިވި މައްސަލަތަކާއި ޑޮލަރުގެ ބޮޑު ތާށިވުމާ ގުޅިގެން، ރާއްޖޭގައި ޑޮލަރުގެ ހާލަތު ރަނގަޅުކުރަން އެމްއެމްއޭ އާއި ސަރުކާރުން ވަނީ މަސައްކަތް ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަވޯޓާ
12 June 2021
ބަޔެއްތަންތާގައި ޑޮލަރުން އަގު ޖަހާފަ ހުރޭ.އެއީ މައްސަލައެއް ނޫންތޯ؟
ކޮރަލް
10 June 2021
އޮންލައިން ކޮށް ބޭރުން ގެއަށް ގެންނަ އަމިއްލަ ތަކެތި ގަންނަން މިހާރު ވަނީ ލޮމިޓްކޮށްފަ އެވެ. ބިދޭސީން ނަށް އަން ލިމިޓް ކޮށްފަ އެވެ.
އަހުމަދުބިންސުލައިމާން
10 June 2021
ވަކި ބަޔަކަށް ފައިދާ ކޮށްދިނުމަށް ތިޔަލަސް ކުރީ. ނިކަމެތި ދިވެހިންނަށް 250 ޑޮލަރ. ކޭއެފުސީ އިން ބޭނުން ވަރަކަށް ކޭޝް ކާޑު ބޭނުން ކޮށްގެން ޑޮލަރ ގަންނަންވީ. ވަރަށް ސާފު. ޝުކުރިއްޔާ އަލީ ޙާޝިމް.
ވިސާކާޑު
10 June 2021
ވިސާ ހުރޭ އެކި ކަހަލަ ކާޑު.. ޑޮލަރު އެކައުންޓަށް ދޫކުރާ ވިސާ ކާޑުން ޑޮލަރުން ފައިސާ ދެއްކެންޖެހޭނެ! ދިވެހިންގެ ބޭންކު މީހަމަ ލޭބޯ ބައެއް.
ބައި
10 June 2021
ޑޮޅަރު ކާޑުދީފައި ހުންނަނީ ރާއްޖޭގައި ވިޔަފާރިކުރާންތަ؟ ރާއްޖޭގެ ލީގަލްޓެންޑަރ އަކީ ދިވެހިފައިސާ. ޓްރާންސެކްޝަންތައް ހުންނަންވާނީ ދިވެހިފައިސާއިން.
އަރުތަ
12 June 2021
ތީއޮޅުމެއްހެން ހީވަނީ، ޑޮލަރުން ނުދެއްކޭނެ.
ކަކުނިބޯ
10 June 2021
މިފެންނަނީ ރައްޔިތުންނަށް ހެޔޮއެދޭވަރު. މަގޭޖީބު ބަރުވީމާއޯކެ
ޒިންދަގީ
10 June 2021
ފިތުނީ.. ފިތިބާރުވީ.. އަނެއްކާވެސް ހުރިހާ ތުރާލަކާއި ގެއްލުމެއް އަރުމެން ނިކަމެތިންނަށް.. މަހަކު 250ޑޮލަރުގަ އަހަރުވަނީ..
ނީޒާ
10 June 2021
ހާޝިމް ވެސް ސައިޒް ވީ ތޯ ކޭ.އެފް.ސީ އާ ޖެހިފަ. ދެން ވަރަށް ލަދުހުތުރު. ވިޔަފާރިތަކުން މިހެން އެއްވެސް ހިފެހެއްޓުމެއް ނެތި އެބަ އާންމުންގެ ޑޮލަރު ކޮޅު ކާލެވޭ. ރައްޔިތު މީހާ ބޭސްފަރުވާއަށް ދާން ޑޮލަރު މި ލިބެނީ ވަކި ލިމިޓަކަށް. އެމް.އެމް.އޭ ގަވަރުނަރު ވެސް ބޮޑެތި މަހުޖަނު ވިޔަފާރިވެރިންގެ އަތްދަށު ވާންވާނީ ވަކި ވަރަކަށް.