މާލެގެ މަގެއްގައި އެމްބިއުލާންސެއް ދުއްވާފައި ދަނީ. މިހާރު ފައިލް ފޮޓޯ
10 ޖޫން 2021 - 17:54
އިމަޖެންސީ މެޑިކަލް ސާވިސްގެ ދަށުން "100" އަށް ގުޅުމުން މިހާރު އެމްބިއުލާންސް ލިބޭނެ ކަމަށް ހެލްތު އިމަަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.
އެ އިދާރާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ ހެލްތު މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން މިހާރު އިމަޖެންސީ މެޑިކަލް ސާވިސް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އޭގެ ދަށުން ކުއްލި ހާލަތްތަކުގައި "100" އަށް ގުޅައިގެން އެމްބިއުލާންސް ލިބޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
"އިމަޖެންސީ މެޑިކަލް ސާވިސް އުފެއްދުމުގެ ވިސްނުމަކީ ފުޅާ ދާއިރާއެއްގައި އެމްބިއުލާންސްގެ ހިދުމަތަކީ ވަކިކުރެވިފައި އޮންނަ ރިލެޔަބަލް ސާވިސްއަކަށް ހެދުން. އެހެން ނަމަވެސް މީގެ ފުރަތަމަ ފޭސް ކަމަށް ވާތީ ފޯކަސް ކުރަމުން ގެންދަނީ ކޮވިޑަަށް ޕޮޒިޓިވް ވެފައިވާ އިމަޖެންސީ ކޭސްތަކުގެ އެމްބިއުލާންސް ސާވިސްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ހާލު ބޮޑުވެ، އިމަޖެންސީގައި ފަރުވާދޭން ޖެހޭ ފަދަ މީހުންނަށް ހާއްސަކޮށް އިމަޖެންސީ މެޑިކަލް ސާވިސް ފެށިއިރު، މި މަހުގެ ކުރީކޮޅު، ކޮވިޑް-19 ގައި އުމުރުން 10 އަހަރުގެ ކުއްޖަކު މަރުވެފައި ވަނީ އެމްބިއުލާންސް ލަސްވެ، ފަރުވާ ނުދެވިގެންނެވެ. އެ މައްސަލައިގައި އެތައް ބަޔަކު ރުޅިގަދަވެ، ސަރުކާރު "ހޫނުފެނަށް" ވެއްޓުމުން ތަހުގީގެއް ކޮށް، އިހުމާލުވާ ދިމާތައް މިހާރު އަންނަނީ ހޯދަމުންނެވެ.
އިމަޖެންސީ ހާލަތުތަކުގައި އަވަހަށް އެމްބިއުލާންސް ފޯރުކޮށް ދިނުމަށް އާ ހިދުމަތެއް ފެށިއިރު، މަބްރޫކް ވަނީ އިމަޖެންސީ ނޫން ހާލަތްތަކުގައި އެ ހިދުމަތް ބޭނުންނުކުރުމަށް އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެންދީ
11 June 2021
119، 118، 102 100، 1676 އިމަޖަންސީ ނަންބަރު މަދު؟ ކަންނުވެ އޮތީ ނަންބަރ މަދުވެގެންނެއްނޫން. އަދިވެސް ނަންބަރ އިތުރުކުރެވިދާނެ. އެކަމު މީހުން ޒިންމާދާރު ކޮށްގެއް ކަންކަންވާނީ. ހެލްތް މިނިސްޓަރު މަގާމުން އިސްތިއުފާ ދޭންޖެހޭ. ވަސީލަތްތައް ޑްޕްލިކޭޓް ނުކޮށް އިމަޖަންސީ ހިދުމަތް އެއް ނަންބަރުން ލިބުން މުހިންމު. ޒިނަމާދާރު ކުރުވާ. ގާބިލް މީހުން ވަޒީފާތަކަށްލާ. މިނިސްޓަރުން ފެށިގެން ޑްރައިވަރާ ހަމަޔަށް. ޑްރައިވަރު ފެއިލް ވުމަކީ މިނިސްޓަރު ފެއިލް ވުން.
އެބައުޅޭ އެބައުޅ
11 June 2021
ނަންބަރު ނެތިގެން ނޫން އެޗްއީއޯސީން ފޯނަށް ޖަވާބުދިނުމުގައި ޢަމަލް ކުރަމުން ދިޔަ ޖާހިލުކަމުން ވީގޮތް މުޅި ސަރުކާރުގެ ހުރިހާ އޮފީސްތަކެއްގައި ފޯނަށް ޖަވާބު ދިނުމުގައި ވަމުންދާ އިޙްމާލު އެވައޮތް
ނަސީމް
10 June 2021
ނަމްބަރެއް ނެތިގެންތަ އެމްބިއުލާންސް ނުލިބިގެން އުޅެނީ،! ގުޅިއަސް ނުފޮނުވާތީ
100ހަމަ
10 June 2021
މިހާރުވސް 100 ފަހަރު ގުޅައިގެން ލިބެނީ