ޖަލުގައި ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނަށް ފަހު އަނބުރާ މާލެ އަންނަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
12 ޖޫން 2021 - 20:17
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓު ހަމަލަ އާއި ހަރުކަށި ފިކުރާ ދެކޮޅަށް މާލޭ ޖަލާއި މާފުށީ ޖަލުގަައި މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި 40 އަށް ވުރެ ގިނަ ފޯނު އަތުލައިގެންފި އެވެ.
ފުލުހުން މިރޭ ބުނީ އެ ޖަލުގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަނަލް ސާވިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުން ބަލައި ފާސްކުރި ގޮޅިތަކުން، މާލޭ ޖަލުން ސިމް ކާޑާއެކު އެއް ފޯނު އަދި މާފުށި ޖަލުން ސިމް ކާޑާއެކު 43 މޯބައިލް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަަމަށެވެ. ހަރުކަށި ފިކުރާ ގުޅޭ ބައެއް ފޮތްތައް ވެސް އަތުލައިގަތް ތަަކެތީގެ ތެރޭގައި ހިމެނެ އެވެ.
އެ އޮޕަރޭޝަނުގައި ފުލުހުން ޓޭޒާ ބޭނުންކުރި ކަމަށް ބުނެ ފަތުރާފައިވަނީ ދޮގު މައުލޫމާތެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެކަމަކު، ނުކިޔަމަންތެރިކަން ދެއްކި ދެ ގައިދީއަކާ ދެކޮޅަށް ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އޮޕަރޭޝަންގައި ޕެޕާ ސްޕްރޭ ބޭނުން ކުރުމުގެ ސަބަބުން ސިއްހީ ފުރަތަމަ އެހީ ދެ ގައިދީއަކަށް ފޯރުކޮށްދީފައިވެ އެވެ. މާލޭ ޖަލުގެ އިތުރުން، މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ބިޑި އަޅުވާފައި އިން ގައިދީއަކު، ސިމެންތި އައްޓެއްގަައި އަމިއްލަ އަށް ބޮލުން ޖަހައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
".އެ އޮޕަރޭޝަންގައި ދެންނެވުނު ތިން ގައިދީންގެ އިތުރުން، އިތުރު ގައިދީއަކަށް އަނިޔާ ވެފައި ނުވޭ،" ފުލުހުން ބުންޏެވެ.
މިއަދުގެ އޮޕަރޭޝަންގައި ޖަލުން އަތުލައިގަތް ސާމާނު-- ފޮޓޯ: ޕޮލިސް މީޑިއާ
ސިފައިންނާއި ފުލުހުންގެ 300 ވަރަކަށް މީހުން ބައިވެރިވި އޮޕަރޭޝަންގައި ހަމަނުޖެހުން ހިނގީ ކައިވެނީގެ ނަމުގައި 13 އަހަރުގެ ކުއްޖަކު ރޭޕްކޮށް، ހަރުކަށިފިކުރު ފަތުރާކަމުގެ ތުހުމަތުގައި 2019 ވަނަ އަހަރު ހައްޔަރުކުރި އިސްމާއިލް ހައްމާދާއި ލ. އަތޮޅުގައި ލޯންޗުތަކެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުކުރާ ހަރުކަށި ފިކުރުގެ މީހުން ތިބި ދެ ގޮޅީގައި ކަމަށްވެ އެވެ. ލޯންޗްގައި ރޯކުރި މީހުންގެ ތެރޭގައި، ސަލްޓަން ޕާކް ބޮމުގެ ހަމަލާއަށް ފަހު ފިލައިގެން ޕާކިސްތާނަށް ގޮސް އުޅުނު މީހަކު ވެސް ހިމެނެ އެވެ.
ހަތިޔާރާއި ކުއްތާ ވެސް ހިފައިގެން ގޮސް ސިފައިންނާއި ފުލުހުން ގޮޅިއަކަށް ވަނީ އެއްފަހަރާ ކަހަލަ ގޮތަކަށް ކަމަށާއި ކޮންމެ ގޮޅިއެއް ފާސްކުރަން ގަޑިއިރެއް ވަރު ހޭދަކުރި ކަމަށް ވެ އެވެ. އަދި ޑްރޯން ބޭނުންކޮށްގެން ވެސް އެ ސަރަހައްދު ބަލާފައިވެ އެވެ. ނަޝީދަށް ދިން ހަމަލާގައި ހަރުކަށި ފިކުރުގެ ބައިވެރިވުން އޮތްކަމަށް މިހާތަނަށް ތަހުގީގަށް އެނގިފައިވެ އެވެ. އެ ހަމަލާއާ ގުޅިގެން ފަސް މީހަކު ހައްޔަރުކުރިއިރު އޭގެ ތެރެއިން އެކަކީ ނަޝީދަށް ދިން ހަމަލާއާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ ހަރުކަށި ފިކުރުގެ އޮޕަރޭޝަންތަކުގެ ތެރެއިން ހައްޔަރުކުރި އެކަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުރުބޭ
14 June 2021
ފޯނުތައް ޖަލައްވަދެވޭނީ ކަރެކްޝަނެލް މެންބަރުން ގެއިިހުމާލުން
ލުތުފީ
13 June 2021
ޖަލު ހިންގަން ތބިމީހުންނަށް ޖަލު ނުބެލެހެއްޓޭކަން އެބައެގޭ. ފޯނާއި ސިގިރޭޓާއި މަސްތުވާތަކެތި ޖަލަށް އެތެރެކޮށް ބޭނުންކުރަމުންދާކަން ޖަލުގެ ވެރިންނަށް އެގިތިބެ، އެކަންކަން ކުރުވަނީ. ޒިންމާއަދާނުކުރިޔަސް މުސާރަލިބޭނެ. މައްސަލައެއް ނެތެއްނޫންތޯ!
އަހައްމައިދީ
13 June 2021
ހަރުކަށި ފިކުރުގެ ފޮތަކީ ކޮބާ؟ ބުޚާރީ މުސްލިމްތަ؟
އިންސާފް
13 June 2021
ތިސިމްކާޑުތައް ރަގިސްޓްރީ ކުރެވިފާވާ ފަރާތްތައް ހައްޔަރުކޮށް ތަހުގީގު ކުރަން ޖެހޭ. ގާނޫނުގެ ދަށުން އެމީހުން ބޮޑެތި އަދަދު ތަކަކުން ޖޫރިމަނަކޮށް، ދަތުރު ހުރުނަ މަނާކޮށް، ސަރުކާރުގެ ވަޒީފާތައް އަދާނުކުރުވޭގޮތް ހެދެން ޖޫހޭ. ހަމަނުޖުހުން ހިންގިގައިދީން ހައިސެކުއިރިޓި ގޮޅިތަށް ބާކީއޮތް މުއްދަތައް. ބަދަލު ކުރަން ޖެހެ.
އުދުހޭ
13 June 2021
ދުއްވާފައި ދިޔަ ޕިކަޕެއް ހޮޅިދަނޑިއެއްގައި ޖެހުނުގޮތަށްތޯ ބޯފަޅައިގެން ދިޔައީ؟
ހައިރާން
13 June 2021
މި ގައުމުގަ ހިއުމަން ރައިޓްސް ކޮމިޝަނެއް އޮވޭތަ މިހާރު؟ ފުލުހުން ބުނީމަ ގަބޫލުކޮށްލައިގެން ތިބެންވީ؟
ދޮންބެއްޔާ
13 June 2021
ބަލަ މިހާރުގެ ހޯމް މިނިސްޓަރ ވެސް ޖަލުގަ އޮންނެވި އިރު ފޯން ވައްދައި ސެލްފީ ނެންގެވި. ދެން...
ޢިހްސާސް
12 June 2021
ތިތަނަށް ފޯނު ވަންނަގޮތް ރަގަޅަށް ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ. ދައުލަތުގެ ބެލުމުގެދަށުގަ ތިބިބަޔަކު ތިތަނަށް ވެއްދުން މަނާތަކެތި ތިތަނަށް ވެއްދުމަކީ ޖަލު ބަލަހައްޓާ މުއައްސަސާގެ ފެއިލްވުމެއް. އެފަދަ އޮފިސަރުންނާމެދު ގާނޫނުގެ ތެރެއިން ފިޔަވަޅުއަޅާ.
މަންޑޭލާރޫލް
12 June 2021
ބޯފަޅާ ލީ އަމިއްލައަށް ތޯ ތަހުގީގު ކުރަން ޖ ޖެހޭ ސެކިއުރިޓީ ކެމެރާއާއި ބޮޑީ ކެމެރާ ޖޖބޭނުން ކުރަން ޖޖެހޭ މައުމޫނުގެ ތިރީސް އަހަރު އިޔާދަވަނީ ބާ އަނެއްކާ ޔާމީނު އަނިޔާ ވެރިއޭ ކީމީހުން ކޮބާ ތަހުގީގުކުރަން ޖެހޭ މިކަން
އަރުތަ
12 June 2021
ތިކަންވެސް ކުރަންވާނެ، އެކަމަކު ތީގެ ކުރީގަ ތަޙުޤީޤު ކުރަންވީ، ތިހާ ގިނަ ފޯނު ތިތަނަށް ވަދެފަ ހުރި ގޮތެއް ބަލަން ނޫންބާ، ގައިދީން އަމިއްލައަށް އުފައްދާފަހުރި ފޯނުކަމަކަށް ޤަބޫލެއް ނުކުރެވޭ.
އަރުތަ
12 June 2021
ތިކަންވެސް ކުރަންވާނެ، އެކަމަކު ތީގެ ކުރީގަ ތަޙުޤީޤު ކުރަންވީ، ތިހާ ގިނަ ފޯނު ތިތަނަށް ވަދެފަ ހުރި ގޮތެއް ބަލަން ނޫންބާ، ގައިދީން އަމިއްލައަށް އުފައްދާފަހުރި ފޯނުކަމަކަށް ޤަބޫލެއް ނުކުރެވޭ.
ކަނޑުކޮސް
13 June 2021
އަވަހައް ހިނގާ ބޯފަޅައިގެން ދިޔަމީހާ މިނިވަންކުރަން. އޭރުންތާ އޭނާއަށް އަރަމެންގެ އަބިންގެ، ދަރިންގެ ގަޔައް އެރޭނީ. އަހަރަމެންގެ ގޭން ވައްކަންކުރެވޭނީ. އަހަރަމެންގެ ފިރިހެން ދަރިން މަގުފުރައްދައިގެން ސީރިޔާއަށް ގެނަދާނީ.
ނިކަމެތިރައްޔިތުމީހާ
12 June 2021
ތިތަނަށް ފޯން ވައްދަނީ ތިތާގެ ގާޑުންނާއި ގުޅިގެން! ފުރަތަމަ ތިކަން ހުއްޓުވަބަލަ! ދައުލަތުގަ ތިތާނގަ މެޓަލް ޑިޓެކްޓަރެއް ބަހައްޓާނެ ފައިސާކޮޅެއް ވެސް ނެތީތޯ؟
ގާސިމް
13 June 2021
ސިމްކާޑުގު ވެރިމީހާ ބަންދުކޮށް، ތަހުގީގުކޮށް، ދައުވާކޮށް އަދަބުދޭންފުށުމުން ތިކަން ހުއްޓިދާނެ. އެކަމު ފުރަތަމަ ޖެހޫނެ ހިމަންރައިޓްސް ގުރޫޕު މައިތިރިކުރަން.