އެޗްއީއޯސީން މިއަދު ބޭއްވި ބައްދަލުވުމުގައި ތަރްޖަމާން މަބްރޫކް ވާހަކަ ދައްކަވަނީ. --ފޮޓޯ:އެޗްއީއޯސީ
13 ޖޫން 2021 - 19:11
މާލެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލް ކުރަން އެންމެ ފަހުން އެޅި ފިޔަވަަޅުތައް އަންނަ އަންގާރަ ދުވަހު ނިމޭއިރު ލުއިތަކެއް ދޭން މަޝްވަރާ ކުރަމުން އަންނަ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކަށް ލުއިދިނުމާ ބެހޭ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އޭނާ ވިދާޅުވީ ދޭނީ ކޮންކޮން ލުއިތަކެއް ކަން އެނގޭނީ އެހެން މަޝްވަރާތައް ނިމުމުން ކަމަށެވެ.
މަބްރޫކް ވިދާޅުވީ މަޝްވަރާކުރަމުން އަންނަނީ ދެވެން އޮތް އެންމެ ބޮޑެތި ލުއިތަކެއް ދިނުމަށް ކަމަށެވެ.
"ވިސްނުމަކީ ރައްކާތެރިކަމާ އެކު ދޫކޮށްލެވޭ އެންމެ ބޮޑު މިންވަރަކަށް ދޫދެމުން ދިއުން. އެހެންވީމާ އިރާދަކުރެއްވިއްޔާ މި ހަފްތާ ނިމޭ އިރު ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އިތުރު ތަފާތުތަކެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން މިހާތަނަށް ދިން އެންމެ ބޮޑެތި ލުއިތައް މިފަހަރު ދޭ ލުއިގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ. ވެކްސިނުގެ ދެޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭ ގޮތަށް ދިން ލުއި، އަލުން އިއާދަކުރަން ވިސްނާތޯ ކުރި ސުވާލަށް މަބްރޫކް ވިދާޅުވީ އެވަރުގެ ލުއިތައް އަދި ނުދޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތު އަދި އެހާވަރަށް ރަނގަޅުނުވާ ކަމަށެވެ.
"މި ވަގުތު ވެސް ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތައް އެބަ އުޅޭ، އެގާރަހާސް ކޭސް. އެންމެ ފަހު ރިޕޯޓިން ޕީރިއަޑްގައި 100 އިން ތިރިއަށް މި އުޅެނީ މާލެ ސަރަހައްދުގައި ވެސް. އެއީ އެނޯމަލީ އެކަން ވުން ވެސް އެކަށީގެންވޭ،" މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑް ކޮންޓްރޯލްކުރަން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ވަކި ގަޑިތަކެއްގައި ކާފިއު ހިންގުމާއި އެނޫން ގަޑިތަކުގައި ވެސް ޒަރޫރީ ބޭނުންތަކަށް ފިޔަވައި ގެއިން ބޭރުގައި އުޅުން މަނާކުރުުން ހިމެނެ އެވެ. ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް އެ ފިޔަވަޅުތައް އެކި ވަރަށް ވަނީ އަޅައިފަ އެވެ.
ރާއްޖޭން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 70،000 އަށް ވުރެ މަތިވެފައިވާއިރު އެ ބަލީގައި 197 މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައްޓަފޫޅި
15 June 2021
ފަތިހު ކަސްރަތު ކުރެވޭނެ ގޮތް ވުން އެދެން.
ޙިނި
15 June 2021
ކޮބާތޯ ނިޔާވާ އަންހެނުންނާ ފިރިހެނުން ގެ އެވްރެޖް އުމުރަކީ، އަދި ޖުމްލަ އެވްރެޖް އުމުރަކީ. ޔޫރޯގަ އެވެނި މިވެނި މީހަކު ގޯލުޖެހިވަރު ބެލޭ ނަމަވެސް މީންކަމެއް ހިއްސާ ނުކުރެވޭ 160ރ މިލިޔަން ރުޔިޔާގެ އެލަވަންސް ދިނީމަވެސް.
މަޑަވެކި
14 June 2021
ހަމަ މިހާރުން މިހާރައް ކަލޭމެން އިސްތިއުފަ ދޭންވީ
އެގޮތް
14 June 2021
މިއަދު ދިމާނުވިއްޔާ އެބަ މާދަމާ ދިމާވޭ. މިއަދު ދިމާވެފަ 6 މަސް ނޫނީ 1 އަހަރު ފަހުންވެސް އެބަ ދިމާވޭ. ކޮންމެ އިރަކު ދިމާވިއަސް އެއްބަޔަކަށް ބަލީގެ ހިލަމެއްވެސް ނުވޭ. އަނެއް ބަޔަކު 100 އަހަރުން މަތީގަ އުޅުނަސް އެބަ ބަލިން ރަގަޅުވޭ. ކަންކަން ހިފަހައްޓާ ވަރަކަށް އަހަރުތަކަކަށް ކޮވިޑް ދިގުދެމިގެންދަނީ. އެންމެ ކުރިން އުޅުނު އާދައިގެ ވައިރަހާ ފަހުން ދިމާވާއިރު އެތައް ގުނައެއް ބާރުގަދަ. ފަހުން ބޮޑުވަރުވާތީ ހިތަށްއަރަންވީ ކުރިން ޖެހުނުނަމަ ކިހާ ރަގަޅުހޭ؟
ހިމާރުލްގައުމު
14 June 2021
ދުނިޔޭގެ އެހެން ގައުމުތަކުގަ ދެ ޑޯޒް ޖަހައިގެން ތަންތަނަށް ގޮސް އުޅެވި ދުނިޔޭގެ އޮޔާއި ވައި އެބަ ލިބެވޭ. މިތަނުގަ ދޭތި ޖެހިޔަސް އެކަތި ޖެހިޔަސް އެއްޗެއް ނުޖެހިޔަސް ހަމަ ވާވަރު. މވެރިންގެ ވިސްނުން މިހުރީ ރައްޔިތުން ގޭ ބަންދުކޮށްގެން މީހުން ފެލައިގެން ލާރި މަޅަން. ފެއިލްޑް ކަރަޕްޓް އިންޑިއަން ޕަޕެޓްސް.
ފެލަނީ
14 June 2021
ޖޫރިމަނާކޮށްގެން މިލިއަނުން ލާރި ލިބޭ ދައުލަތަށް.
ކީކޭ
14 June 2021
އަވަސް އަރުވާ ލައިގެން ކަމުދާނެބާ ކުރި ކަންތައް ބޭކާރު ކޮށް ނުލައްވައި އާދޭސް ކޮށްފައި މިބުނަނީ
ޓަކި މޫނާ
14 June 2021
އަވަސް އަރުވާލާގެން ދެ ޑޯޒް ޖެހީ ހިތައްއެރި ގޮތަކަށް ބޭރުތެރޭ އުޅެވޭނެ ކަމަށް ހީކޮށް.
ބޭވަފާ
14 June 2021
ކޮވިޑް ބަލި މަޑުކަން ވީ ރައްޔިތުން ބަންދުގަ ބައިތިއްބާފަ ބަޔެއްގެ ޖީބުތައް ފުރާލަން ލިބުނު ރަނުގެ ފުރުސަތަކަށް. އެކަންތައް ހައްދުފަހަނަޅާގޮސް ގައުމުސް ވިއްކާ ބަހާލާ ހިސާބަށް ކަންތައް ހިނގަޖެހެން ހީވަނީ. ލިބުނުހާ އެހީތަކަށް ވީގޮތެއްވެސް . ސިއްހީ މަރުކަޒުތަކުގަޔާ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ވެސް ވީ މަދު ހިދު މަތުގެ ފެންވަރުވެސް ވީ ދަށް. މުސްކުޅި ފުރާގެ ބަލި މީހުންވެސް ރަށްރަށުގައި ގޮތް ހުސްވެފައި..
ގުލިސްތާނު
14 June 2021
މިސްކިތުގައި ރައްކާތެރިކަމުގެ ފިޔަވަޅުއަޅުއްވާފަ ނަމާދުކުރެވޭނެގޮތް ހައްދަވައިދެއްވާ.
ވެކްސިންގ
14 June 2021
ވެކްސިން ޖެހިމީހުންނަށް ލުއިދޭންޖެހޭ. ނުގަވާއިދުން އުޅޭ ބިދޭސީ އެންމެން ފޮނުވާލާ، މަސައްކަތު ބިދޭސީން ގެންގުޅުން ވަކި ޑޯމެޓަރީ ހަދާފަ ރަށުތެރޭ ތަންތަނުގަ އެމީހުން ކުއްޔަށް އުޅުން މަނާ ކުރޭ. އޭރުން ތޮއްޖުހުން ކުޑަވެ ދުޅަހުޔޮވާނެ.