ޚަބަރު / ގާނޫނުލް އުގޫބާތު

ނަފުރަތު ބިލު އަނބުރާ ގެންދަން އެމްޑީޕީގެ މެމްބަރަކު ގޮވާލައްވައިފި

ތިނަދޫ ދެކުނު ދާއިރާގެ މެމްްބަރު އަބްދުﷲ ސަނީފް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ސަރުކާރުން ހުށަހެޅި ބިލް އަނބުރާ ގެންދަން އޭނާ ގޮވައިލެއްވި.

މީހުންގެ އަގީދާއާ ގުޅުވައި ނަފުރަތު އުފެއްދުން ކުށަކަށް ހެދުމަށް ޓަކައި ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލް އަނބުރާ ގެންދަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ،މެމްބަރަކު މިއަދު ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވީ ސަރުކާރުން ބިލު އަނބުރާ ގެންދަން އޭނާ އެދިވަޑައިގަންނަވަނީ އެ ބިލާއި މެދު ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތައް ހުރުމުން ކަމަށެވެ. އޭނާ ވިދާޅުވީ އެ ބިލް އޭނާ ބިލު ބަލައިވެސް ނުގަންނަ ކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުމަކީ ޑިމޮކްރަސީއާ ބީރަށްޓެހި ކަމެއް ކަމަށެވެ. އެކަމަކު މީހުންނާ މެދު ނަފުރަތު އުފައްދައި ލޭހުއްދަކުރަން ގޮވައިލުމަަކީ ވެސް ޒަމާނީ މުޖުތަމައެއްގައި މީހުން ގަބޫލުކުރާނެ ކަމެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަނީފު ވިދާޅުވި ގޮތުގައި ބިލު މިހާރު އޮތް ގޮތަށް ފާސްކޮާށް ގާނޫނަކަށް ވެއްޖެ ނަމަ ސިޔާސީ މަގުސަދުތަކުގައި މީހުން ޖަަލަށް ؛ލުން އާއްްމުވާނެ އެވެ.

"ރާއްޖޭގައި މިބީދައިން ބިލެއް ފާސްކޮށްފި ކަމަަށް ވެއްޖެއްޔާ ކުރިއަށް އޮތް މުސްތަގުބަލުގައި ސިޔާސީ މަގުސަދަކަށް ޓަކައި ގިނަ އަދަދެއްގެ ކުށްްވެރިން [ލައި] ދިވެހިރާއްޖޭގެ ޖަލުތައް ފުރައިލެވިގެންދާނެ ކަމަކީ މި ބިލުން އަޅުގަަނޑަށް ފެންނަން އޮތް ހަގީގަތެއް،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގައި ދީނީ ކަންތައްްތަކުގައި ލަފާދޭ ކޮމިޓީއެއް ( އިސްލާމްދީނުގެ މަޝްވަރާ މަޖްލިސް) އޮތް ނަމަވެސް އެ މަޖިލިސް އެކްޓިވް ނުވެ އޮންނަތާ ފަސް އަހަރު ވެފައިވާ ކަމަށްް ވިދާޅުވެ ސަނީފު ކަންބޮޑުވުން ފާޅުކުރެއްވި އެވެެ. އެ މަޖިލީހަށް ބޭފުޅުން ހަމަައްސަވައި އަލުން ހަރަކާތްތެރިކުރުވަން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އޭނާ ގޮވައިލެއްވި އެވެ.

އެއާ އެކު އޭނާ ވިދާޅުވީ ބިލުގެ ސަބަބުން ރާއްޖޭގައި އިސްލާމީ އަގީދާއަށް ގެއްލުން ވެދާނެ ކަމަށް ވިދާޅުވެ، ބިލު އަނބުރައި ގެންދަވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އޭނާ ގޮވައިލެއްވި އެވެ.

"އަޅުގަނޑު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ [އަރިހުން] އެދެނީ މި ބިލު އަނބުރާ ގެންދިއުމަށް. މިއީ އިސްލާމްދީނަށް މީގެ ސަބަބުން ގެއްލުންވެގެން ހިނގައިދާނެ ކަމެއް. އިސްްލާމްދީނުގެ އަގީދާއާއި އިސްލާމްދީން ފެތުރުމަށް މަސައްކަތްކުރާ ،މީހުންގެ އަތް ފައި ބެނދެވިގެންދާނެ ކަމެއް،" ސަނީފު ވިދާޅުވި އެވެ.

ނަފަރަތު އުފެއްދުމަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަން ހުށަހެޅި ބިލާ މެދު ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެ ބިލުގައިވާ ބައެއް މާއްދާތައް އުނިކުރަން ޖެހޭ ކަމަށާއި މިހާރު އޮތް ގޮތަށް ބިލު ފާސްކުރަން ވޯޓު ނުދެއްވާނެ ކަަމަށް ވެސް ޔައުގޫބް ވިދާޅުވި އެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ނަފްރަތު ބިލާ މެދު އޭނާ ވެސް ކަންބޮޑުވުން ފާޅުކުރެއްވި

ޔައުގޫބު ވިދާޅުވީ ސަރުކާރުން ބިލު ހުށަހެޅީ ރަނގަޅު މަގުސަދުގައި ކަން ގަބޫލުކުރައްވާ ކަމަށައި އެހެން ނަމަވެސް އޭގައިވާ ބައެއް އިބާރާތްތަކާ ކަނޑައެޅިގެން ދެކޮޅު ހައްދަވާ ކަމަށެވެ. އެގޮތުން އޭނާ ކަންބޮޑުވުން ފާޅުކުރެއްވީ ބިލުގެ އެއްވަނަ ނަމްބަރުގައިބާ އިބާރާތާ މެދުގަ އެވެ. ބިލުގެ އެއްވަނަ ނަމްބަރުގައި އޮތީ "އަންނަނަނިވި ހާލަތްތަކުގައި އަންނަނިިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ" މި ހެންނެވެ.. އެއަށް ފަހު އޭގެ ދަށަށް ގިނަ ކަންތައްތައްތަކެއް ލާފައި ވެ އެވެ. އެގޮތުން އެންމެ ފުރަތަމަ އޮތް އިބާރާތަކީ "އާއްމު ތަނެއްގައި، ވަކި މީހާކީ އިސްލާމްދީނާ ހިލާފަށް ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތުކުރުން،" މިހެންނެވެ.

ޔައުގޫބު ވިދާޅުވީ އެ އިބާރާތް އޮތް ގޮތުން އިސްލާމްދީނާ ހިލާފަށް އުޅޭ މީހަކަށް އެހެން އޭނާ އުޅޭ ކަމުގެ ތުހުމަތު ކުރުމުގެ ޖާގަ ވެސް ގެއްލޭ ކަމަށެވެ.

"އެފަދަ މީހަކު އިސްލާމްދީނާ ދެކޮޅަށް އުޅޭ އިރު ވެސް އެމީހަކާ ދިމާލަށް އެހެން ނުބުނެވޭ އިރު އެފަދައިން ތުހުމަތުކުރުމުގެ ޖާގަވެސް ގެއްލިގެން އެބަދޭ،" އޭނާ ވިދާޅުވި އެވެ.

އެ މާއްދާ އެހެން އޮތުމަކީ އިސްލާމްދީނަށް ޖޯކް ޖަހައި ފުރައްސާރަކުރާ ފަރާތްތަކަށް އެގޮތަށް ކަންތައް ކުރަން ފުރުސަތު ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެގޮތަށް ގާނޫނު ހަދައިގެން ވާނެ ކަމަށް ގަބޫލުުނުކުރައްވާ ކަމަށް ވެސް ޔައުގޫބު ވިދާޅުވި އެވެ.

20 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 13%
icon angry icon angry 0%
icon wow icon wow 13%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުލައިމާނު

15 June 2021

ބިލު ފާސްވީމަ އުފާފާޅު ކުރަނީ ކޮންބައެއްތޯ ބަލަންތިބޭ. ބިލުގެފަހަތުގައި ތިބީ ކޮންބައެއްކަން ސާފުވާނެ.

The name is already taken The name is available. Register?

ނޯކޮމެޓީ

15 June 2021

ދީނީ ލަފާ ބޭނުންނުވާ ބަޔަކު އެ ޕާޓީގަ އެފަދަ ކޮމިޓީއެއް ނުއުފައްދާނެ. ހިސާނު އެބުނީ ދީނަށްޓަކައި ކޮށްގެން އުޅޭ ކަމެކޭ. އެކަމު އަމިއްލަ ޕާޓީގަ އެކަމަށް ހަދަން އޮންނަ ކޮމިޓީއެއް ނުހަދާ އެތިބެނީ ކިހާ ވަރަކަށް ދީނަށް ލޯބިކުރާތީ؟

The name is already taken The name is available. Register?

އިހުސާން,

15 June 2021

ތި ލާދީނީ ބިލަށް ފާސްކުރުމަށް ވޯޓްދެއްވާ މެންބަރުން އިގޭނޭ ގޮތަށް ބޮޑު ބޯޑެއްގަ ނަންޖަހާފަ ނެެރުމަށް ތިބިލާ އިދިކޮޅު އެންމެނަށް ގޮވާލަން.. އަދި މިބިލް ތަސްދީގު ނުކުރުމަށް ރައިސް އަށް ގޮވާލަން.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

15 June 2021

ސާބަހޭ ހުވަދޫ ކުއްދުން.ސާބަހޭ ރަނާ ،ރަންކޮޅާ ،ސާބަހޭ ރަނަމަލާ.

The name is already taken The name is available. Register?

ތިކުރީތު

15 June 2021

ކޮރަޕްސަނާބެހޭ ކަމެއްގަ ދީނީބައި ކުޑަވާނެ އޮކުސިޖަނުއްވެސް ވައްކަން

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

15 June 2021

އޮކްސިޖަނުން ވައްކަންކުރިތަން ކަލޭ ދެކުނިންތަ؟؟

The name is already taken The name is available. Register?

ތިރިބެ

15 June 2021

ރައްޔިތުންގެ މަޖިލީހަކީ ބިލުލާހާގޮތަކައް ފާސްކުރާބައެއްތަ އެބިލުސަރުކާރުންލިޔުނީވެސް އިންސާނެއް އެހއންވީމާ ކުއްހުންނާނެ އިންޒައިތެރިން ކުރައްވީކަމަކީ ބަލައިގަނެ ފަންނީ މީހުންލަފާ ހޯދާ ގޯސްތައްކޮޅެއްވިޔާރަގަލުކޮން ހެދުން ، ފުރަތަމަވެސް އިންޒައިތެރިއް މިކުރާކަމަކީ މަމޮޅުހެދި ރައްޔިތުންލޮލުގައަދުންއަޅުވަނީ ، ކުއްފުންޏަކުން ދަތުތެއްދިނަސް ލާރި ކޮޅެއްދިނަސް ހަލާލެއް ހަރާމެއްނުބަލާނެ ކާލާނެ

The name is already taken The name is available. Register?

ބަރުސް

15 June 2021

މިވެނި މީހަކީ ލާދީނީ މީހެކޭ އޭނަ ޖެހޭނީ ***** މި ހުއްޓުވަން ޖެހޭނެ ކަމެއް. މަގުމަ ތިން ހުކުމްކޮށް ނިންމަން ފަށާފާނެ.

The name is already taken The name is available. Register?

ހަސަނުބޭ

15 June 2021

ލާދީނީ ވާހަހަކަ ނުދައްކާނަމަ އެހެން ނުކިޔާނެ. މަށަކާ ދިމާލަކައް ނުކިޔާ. އިސްލާމްދީނައް ފުރައްސާރަކުރާ މީހުންނަށް އެހެން ކިޔާނެ. ވަގުންނަށް ވަގެކޭ ކިޔާފަ ގޮވާހެން

The name is already taken The name is available. Register?

ކަރުސް

15 June 2021

މަގުމަތިން މީހަކު އެއްޗެކޭ ބުނުމަކީ އަދި ހުކުމް ކުރުމެއް ނޫން. އެމްޑީޕީން މަގުމަތީ ކޯޓް ހަދައިގެން ކަންކަން ހިންގިއަސް އެހެން މީހުންނަކީ އެހާ ގޮތްކުޑަ ބައެއް ނޫން. މަގުމަތީގަ މީހަކު އެހެން މީހަކާ ދިމާލަށް ގޮވާ އެއްޗަކާ ހެދިއެއް ނޫން ހަމަލަދޭ މީހުން ހަމަލަދެނީ. މީހަކު ފާޅުގައި ދައްކާ ލާދީނީ ވާހަކައަކާ ގުޅިގެން އެމީހަކަށް މީހުންގެ ނުރުހުން ލިބެނީ.

The name is already taken The name is available. Register?

ބޮޑުމީހާ

15 June 2021

މިއޮތީ ޑިމޮކްރަސީ ލިބިފަ.

The name is already taken The name is available. Register?

އަލީ ވަހީދު

15 June 2021

ވެރިކަމަށް އާދެވޭއިރައް މިމީހުން ހޭބުއްދި ފިލާދަނީތައަޅެފަހެ ގައިމު ކަލޭމެންގެ65ވެސް އެއްގަލަކައްނޭރޭ ވަރުގެ ކަނޑުކޮސްބިލުލައިގެން އަޗާތަޅަނީ ބޮޑުމުސާރަނަގައިގެން, އަމިއްލަނަގުލުގަ ގޮށްޖަހަޖަހާތިބޭ

The name is already taken The name is available. Register?

ޢިބޫ

15 June 2021

ޑިމޮކްރެޓިކް މުޖުތަމައު ތަކުގަ ހޮސްޕިޓަލް ތަކަށް ގެންނަ އޮކްސިޖަން ފުޅިތަކުން ކަޓް ނެގުން އޮވޭތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454